ބޮލީވުޑްގެ މަޝްހޫރު 2 ތަރިއަކާއެކު ފުވައްމުލަކުގައި ބޮޑު އީދު ބޮޑުކޮށް ފާހަގަ ކުރަން ތައްޔާރު ވަމުން އެބަދެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާ އަމިއްލަ ފަރާތަކާ ގުޅިގެން ބޮޑު އީދު ފާހގަ ކުރުމަށް އެރަށުގައި ބޮޑު ޝޯއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް މިޝޯ އިންތިޒާމު ކުރާ ސޭންޑް ރިޕަބްލިކުން ވަގުތު އަށް މައުލޫމާތު ދެއެވެ.

ސޭންޑް ރިޕަބްލިކުން މައުލޫމާތު ދޭ ގޮތުގައި މިޝޯގައި ބޮލީވުޑުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަދިތްޔާ ނާރަޔަން އާއި ޕްރިޔަންކާ ޝަރްމާގެ ހުށަހެޅުންތައް ފެނިގެންދާނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ތަފާތު ކުޅިވަރު ހަރަކާތްތަކާއި ނެށުމުގެ ހަރަކާތްތަކުގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ރަނަރަޕް އައިމިނަތު ސައިނާ ރަޝީދާއި، ފިޔަޖަހަމުން އަންނަ ޒުވާން ފަންނާނު ހުސެއިން އިރުފާނު ޒަކިއްޓެ އަދި ރާއްޖެ ސްޓޭޓް އޮފް މައިންޑް ބޭންޑްގެ ހުށަހެޅުންތައް ފެނިގެންދާނެ އެވެ.

އަދި ފުވައްމުލަކުގެ ދެ ފަންނާނުން ކަމުގައިވާ ޑަންޑަނާ ބޭންޑުން ވިދާލި މަޝްހޫރު ލަވަކިއުންތެރިޔާ ހުސައިން އިބްރާހީމް ޑަންޑަނާ ހުސައިން އާއި އަޙްމަދު ޝަފީޤް އަފަގެ ގެ ކުޅަދާނަ ހުށަހެޅުންތައް މި ޝޯއިން ފެނިގެންދާނެ އެވެ.

ތަފާތު ގިނަ ރަހަތަކާއި އެކު ގެނެސްދޭން ތައްޔާރުވަމުންދާ މިޝޯވްއަކީ ފަހުގެ ތާރީހެއްގައި ފުވައްމުލަކުގައި ބާއްވާ މިފަދަ ފުރަތަމަ ޝޯއެވެ.

ފެސްޓިވަލްއެއް ގޮތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިޝޯވްގެ ތެރެއިން އެކި ބާވަތުގެ ވިޔަފާރި ސްޓޯލްތަކާއި، ފުޑް ކޯޓްތައްވެސް ހުންނާނެއެވެ.

ފުވައްމުލަކުގެ ސިޓީ ކައުންސިލާ ގުޅިގެން މި ޝޯ ބޭއްވުމުގެ ބޭނުމަކީ ފުވައްމުލަކަކީ ފަތުރުވެރިކަން ފުޅާވަމުން އަންނަ ރަށަކަށް ވެފައި ފުވައްމުލަކުގެ ގުދުރަތީ ރީތިކަން އިޝްތިހާރުކުރުން ކަމަށާއި ހާއްސަކޮށް ލޯކަލް ޓުއަރިޒަމް ބޭރުގެ ފަރާތްތަކަށް ޕްރޮމޯޓްކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުން ކަމަށް މި ޝޯ އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުދުހުދު

    ލަވައާއި މިއުޒިކަކީ ﷲ ހަރާމް ކުރައްވާފައިވާ އެއްޗެއްކަން ނޭގެނީތަ؟

    • ގަމާރުމޯލްޑިވިއަން

      ޔަގީންތަ؟.މަދަހަ ވެސްތަ؟

  2. ނަފް

    ކޮބާ ފުވައްމުލަކު ބޭ އާއި ޕެސްޓް