ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އަކީ އަބުރާއި އިއްޒަތް ނަގާލާ، ސިޔާސީ ހަޔާތް ދުއްވާލުމަށް ކުރާ ދައުވާއެއް ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ މައްސަލައިގެ ލިޔުންތަކާއި ހަވާލުވެ ވަޑައިގަތުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމާ ވިދާޅުވީ، އޭނާގެ މައްޗަށް ހުށަހަޅާފައިވާ ދައުވާއަކީ، އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަގާމެއްގައި ހުންނަވައިގެން، އޭރު އޭނާ އޭސީސީއަށް ފޮނުއްވި ސިޓީއަކާ ގުޅިގެން، ކުރާ ދައުވާއެއް ކަމަށެވެ.

"އަޅުގަނޑަކީ ކެބިނެޓްގައި އުޅުނު މީއެއް. އަޅުގަނޑުގެ ހިޔާނާތުގެ މައްސަލައެއް ދުވަހަކުވެސް ނޯންނާނެ. މިއަދު އަޅުގަނޑުގެ މައްޗަށް މި ދައުވާ ކުރައްވަނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މަނީ ލޯންޑްރިން އަށް އަޅުގަނޑު އެސިސްޓް ކޮށްދިނިއްޔޭ، އެސިސްޓް ކޮށްދިން އިރުގައި އަޅުގަނޑުގެ މަގާމުގެ ހައިސިއްޔަތުން އޭސީސީއަށް ސިޓީއެއް ފޮނުވީމައޭ، އެހެންވީމާ އަޅުގަނޑު ހަމަ ގަބޫލު ކުރަމުން މިއަންނަނީ އެއަށްވުރެ މާ ބާރުގަދަ މަގާމުތަކުގައި ހުރެފއިަ ފައިސާގެ މައްސަލައެއް ނެތިފައި. އެހެެންވީމާ މަނީލޯންޑާއަށް އެސިސްޓް ކޮށްދީގެން ނުޖެހެއޭ އަޅުގަނޑަށް ދައުވާ އުފުލާކަށް،" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާލުވީ، މިފަދަ ދައުވާތަކަކީ ހިޔާނާތުގެ މައްސަލަ ތަކުގައި، ބައިވެރިވެފައިވާ މީހުން ދޫކޮށްލައިގެން ތިބެ، އެމީހުން އެއްވެސް ތަނަކަށް ހާޒިރުނުކޮށް އެއިން މީހެއްގެ މައްޗަށް ދައުވާނުކޮށް މަގާމުގައި ހުންނަވައިގެން ފޮނުއްވި ސިޓީއެއްގެ މައްޗަށް ދައުވާ ހުށަހަޅާފައިވާއިރު ކޮރަޕްޝަނަށް އޮތް ޒިރޯ ޓޮލަރަންސަކީ ކޮބައިކަން އެނގިވަޑައިގަންނަވާ ކަމަށެއެވެ.

އާޒިމާ ވިދާޅުވީ، އަދުލު އިންސާފުގެ ނަމުގައި މިކަންކަން އާމާޒުވަނި ކޮންބަޔަކަށް ކޮން ގޮތަކަށްކަންވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

"ކޮބައިތޯ އެމްއެމްޕީއާރުސީގެ ފައިސާ؟ ތަނަކުން އެއްވެސް ފައިސާއެއް ފެނިއްޖެތޯ؟ މިއަދު ދައުލަތުގެ މިހާ ފައިސާ ގެއްލިގެން އެއްބަޔަކު ގެންގޮސްގެން ތަހުގީގު ކުރާއިރު މިކަމުގައި އަސްލު ހިމެނޭ މީހުން ދޫކޮށްލައިގެން ތިބެ އޭގެ އެއްވެސް މީހަކު ތަނަކަށް ހާޒިރު ނުކޮށް، އެއިންމީހަކަށް ތަހުގީގެއް އަދި ދައުވާއެއް ނުކޮށް، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މަގާމެއްގައި ހުރެ ފޮނުވި ސިޓީއެއްގެ މައްޗަށް ދައުވާ ކުރަމުންދާއިރު ކޮރަޕްޝަނަށް އޮތް ޒީރޯ ޓޮލެރެންސަކީ ކޮބައިގެން އެބަ އެނގޭ ވަރަށް ސާފުކޮށް. އަޅުގަނޑުމެންނަށް އެބައެނގޭ އަދުލުއިންސާފުގެ ކަންކަން ދަނީ ކޮން ބަޔަކަށް ޓާގެޓް ކުރެވިގެން ކޮން އަމާޒަކަށް ކަންވެސް،" އާޒިމާ ވިދާޅުވިއެވެ.

އާޒިމާގެ މައްޗަށް ކުރާ ދައުވާ އާއި ގުޅޭ ލިޔުންތައް މިއަދު އެކަމަނާ އާއި ހަވާލު ކޮށްފައި ވާތީ ދެން އޮންނާނީ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ވގ

    ދެރަދޯ އުމުރުންދުވަސްވީ ދުވަހު ޖަލާ ހަނގުރާމަ ކުރަންޖެހިދާނެތީ

    23
    11
  2. ހެހެހ

    އާން. ތީ ހުދު ކާފޫރު...

    28
    25
  3. އުދަ މުދިމު

    ކަމަނާ ތިވިދާޅުވީ ވަރައްބޮޑު ތެދުފުޅެއް މިފެންނަނީ ވަކިމީހެއްގެ ބޮލައް ތާކިހާ ހެޔޮވަރު ނުކުރެވިގެން އުޅޭ މަންޒަރު

    44
    18
  4. ގުންޑާ

    ކަމަނާއަށް އަބުރާ އިއްޒަތަކީ ކިހާވަރެއްގެ އިއްޗެއްކަން މިހާރު އިހްސާސްވެއްޖެހެން އެބަ ހީވެ. އެހެން މީހުންގެ އަބުރާ އިއްޒަތް ކަމަނާ ނަގާލެއްވީ ކިތައްފަހަރުތޯ؟ ރާއްޖޭގައި ޖާރިޔާއެއް ގެންގުޅެނިއްޔޭ ކިޔައިގެން އަންހެން ކުއްޖެއްގެ އަދި އކުއްޖާއާ ގުޅުންހުރި ފަރާތްތަކުގެ އބުރުވެސް ކަމަނާވަނީ ވެއްޔާލާ މޮޑެލާފަ. ތިޔަހެން އޮރިޔާމާތިބޭ ސްޓައިލް ރީތިވެގެން އުޅޭ އަންހެނުންގެ އޮންނާނީ އެހެންނޫނަސް ކޮން އަބުރެއްތޯ؟

    25
    19
  5. ނުތާހިރާ

    މި އަންހެންކަނބުލޭގެ މާބޮޑު އަބުރެއް އޮންނަނީތަ؟ ޖީއެމްއާރު މައްސަލާގަ ދަޢުލަތަށްލިބުނު ގެއްލުމުގެ ބަދަލަށް މިކަނބުލޭގެ މުދާ ދަޢުލަތަށްނަގަންވާނެ!

    22
    24
  6. އަދުރޭ_09

    ތީ އަބުރާ އިއްޒަތް އޮތް މީހެއްނަމަ ދޯ އަބުރު ނަގާލާނީ....

    19
    32
    • ޢަލީ

      ޔަޤީންތާ ކޮއްމެ މީހެއްގެވެސް އޮންނާނެ އަބުރާ އިއްޒަތް ހަޖަމުކުރަންދަސް ކޮއްބަލަ

      25
      23
  7. މިއަދު

    އާޒިމާ ހުރީސާބިތުކަންމަތީގަ ސާބަސް އާޒިމާ ސިޔާސީގޮތުން ކުރެވޭ މިފަދަ ދައުވާތަކަކީ މިޒަމާނުގައި ސީޔާސީ ހަޔާޔް ގަޑުބަޑު ވުމެއްނޫން އެއީ ސިޔާސީގޮތުން މީހާގެ އަހު ބޮޑުވުން މިއީ ޕަޓީ ނިޒަމުގެ ޒަމާން އޮންނާނީ މިކުޅިގނަޑު އަބަދުވެސް ވަތުއޮޔްމީހާ ފުރޯޅިާފައި މައްޗަށްއަރާ އަނެކާއަށް ހަމަލާދޭނެ ހަމަލާލިބޭމީހާއަކީ އަގުބޮޑު ސިޔާސީގޮތުން ބާރުވެސްގަދަ މީހާ

    18
    12
  8. އިހުސާނާ

    މަނީ ލޯންޑަރިންގ އަށް މަގު ފަހިކޮށްދީގެނެއްނޫން މި ދައިތަ އަށް ދައުވާ ކުރަން ވީކީ! ރޯ ނުބައި ޤާނޫނީ ލަފާ ސަރުކާރަށް ދީގެން ވޮއިޑް އިބް އެބްނީސިޔޯ ގެ ދަށުން މީނަ އާ ހެދި ދިވެހި ދައުލަތުން އުފަލަން ޖެހުނު މާލީ ބުރަ މީނަ އަތުން ހޯދުމަށް ދައުވާ ކުރަންވީ އެނގިއްޖެ! މި ކަހަލަ މީސްމީހުން ހެޔޮ ނުވާނެ ޤާނޫނީ ލަފާ ދިނުމަށް ހުއްދަ ދީފަ ބާއްވަންވެސް!

    19
    20
  9. ޙަސަން

    މީނާ ޤާނޫނު ބޮއިގެން ހުންނަ މީހެއް.

    14
    22
  10. މަސްވެރިޔާ

    މިއީ ސިޔާސީ ދައުވާ، އަނިޔާ.... ޑޯންޓް ވޮރީ،
    ފަނޑިޔާރުންނަށް އެގިވަޑައިގަންނަވާ މިސިޔާސީ ދައުވާތައް.... އެބޭފުޅުން އަދުލުވެރިވާނެކަމަށް ރައްޔިތުން އުއްމީދު ކުރޭ...
    މިސަރުކާރުގެ މަގާމްތަކުގައިތިބެ ސަރުކާރު ހުސްކުރާ ވަގުން ޖަލަށްލެވޭނެ، އަހަރަމެން މިގެންދަނީ ނަގާވަރު ބަލާ ހިސާބު ޖަހަމުން ..

    26
    10
  11. ޢަފްލާ

    ވަގު ސަރުކާރު އައީ ވެރިކަން ކުރާކައްނޫން ބަދަލު ހިފަން ގުންޑާ ސަރުކާރުގެ ހިންގި ޚިޔާނާތް ކޮބާ ކިބޫ އަކައް ނޭނގޭނެ ވެރިކަން ކުރާކައް ރ ޔާމީން ފަހާ ދުވުން ނޫން ކަމެއް ނުވާނެ ލުތުފީ ގެނެސްފީމޭ ބުނާއިރު އެއީ އަލީ ލުތުފީ ކަން އިނގޭ ކިތައް މީހުން އުޅޭ ރޯނު ބުރާންތި ސިކުނޑި ހަމަނުޖެހޭ ރައީސެއް ބޯގޯސް ރައީސެއް އެހެންމީހެއްގެ ދަށުން ވެރިކަން ކުރާ ރައީސެއް

    18
    13
  12. ދަންނަ

    ޔާންޓޭ ކުރިމަތީ ތިޔަ އަބުރާއި ޢިއްޒަތް ވިއްކާލާފަ ކޮންހާ ގޮވެލިއެއް ތި ގޮވަނީ..
    ގޮތްގޮތަށް އުޅުނުއިރު ތިކަން ހަނދުމަ ނެތީތޯ؟

    23
    14
    • ބަހުގެ ޤަވާއިދު

      ގޮވެއްޔެއް ތި ގޮވަނީ*

      7
      4
  13. ޔާމީ

    އަބުރާ އިއްޒަތް އޮތްމީހެއްގެ ދޯ އަބުރާ އިއްޒަތް ނަގާލެވެނީ.. ތީ އަބުރުފުޅެއް ލިބިފަ އޮތް ކަނބަލެއް..ހިނި އަންނަނީ ދެން.

    12
    13
  14. މައުމޫނު

    ހަހަހަހަ. 1 ފެބްރުއަރީގައި ކަމަނާގެ އަބުރު ދިވެހިންނަށް އެނގިއްޖެ. ޙައްްްޤެއްނެތި އަނިޔާކުރަމުން ' އެހެންމީހުންގެ އަބުރު ކަތިލަމުން، އެއްވެސް އިންސާފެއްނެތި ސްޕްރީމް ކޯޓަކީ ތިމާގެ ހަރުމުދާހެން ކަންކަން ކުރަމުން ދިޔައީ ތިމާގެ ބާރު ޢުމުރަށް އޮންނާނެ ކަމަށްބަލައިގެން.

    15
    4
  15. ސަމީރު

    ބަލަ މިރާއްޖޭގައި ހުރި އެންމެ ބޮޑު ދެއްވަގުން އަކީ މޮޔަ ނަސީދު އާއި ބަބުރު ސޯލިހު މިދެމީހުން ކުރި ކަންތައްތައް ނުބަލަނީ ކީވެބާ ؟ އަހަރުމެން ބަލާނަން ސަރުކާރު ބަދަލުވާދުން މި ދެމީހުން ނަ މަރުގެ ހުކުމް ކުރާދުވަސް އަދި ދަންޖަސާދުވަސް.

    9
    9
  16. ޖޯޝް

    އަޅުގަނޑުގެ އަބުރާއި އިއްޒަތް އެބައޮތްތަ...

    9
    2
  17. ފިރުޝާން

    އަބުރާއި އިއްޒަތް ކިޔާ އެއްޗެއް ކަލޭގެ އޮވޭތަ..؟

    ދިވެހިރާއްޖޭގެ ނަމުގައި ވަކަލާތް ކުރާށޭ ކިޔާފަ ގޮސް ޖީ.އެމް.އާރ އާއި އެއްކޮޅަށް ކަންނިންމާ ފައިސާ ނެގީމަ.. ނުކިޔާނެ ދޯ އަބުރު އޮތެކޭ..!

    4
    1
  18. މުހައްމަދުމޫސާ

    މަންއޮތްނަމަ އޮތް ްބުރެއް ނަގާލީ ހަމަ އަމިއްލައަކަށް

    4
    1
  19. ބާބީ

    އާއި... އަސްލުވެސްތަ.. ހެޔޮނުވާނެއެއްނު.

  20. ލަދުކުޑޭ

    ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި މިހާރު ހުރީ އެހެން މީހެއް ކަން ކަމަނާއަށް އަދިވެސް ނޭގެނީތޯ؟

  21. ދަތްދޫނި

    މި ކަނބުލޭގެ އަކީ މި ޤައުމު އަނދަވަލަށް ވައްޓާލުމުގައި އިސްދައުރެއް އަދާކުރި އެކަކު. ރައްޔިތުންގެ ޙަޒާނާ ތަކާއި ރައުސުލްމާލަށް ޙިޔާތްނާތް ތެރިވި މީހުންގެ ތެރޭގައިވެސް ހިމެނޭ އެކަކު. ޤާނޫނު އަސާސީ މުގުރާލުމުގައި އިސްކޮއް ހުރި އެކަކު. ސްޕްރިމް ކޯޓުގެ ފަނޑިޔާރުން ހިފާ ހައްޔަރު ކުރުމަށް ހިތްވަރު ދިން އެކަކު. މިހާރު ހުންނާނީ އެއްޗެއް ވިސްނިފާ ކަމަށް އުއްމީދު ކުރަނމު. ވ ސަލާން.

    1
    2
  22. ނަމަ

    އަބުރާއި އިއްޒަތް ފޮރުވާފަ ބޭއްވިމަ ނަގައެއް ލުލެވޭނެ އެއްނު

  23. ރެކިފުތާ

    އަބުރާ އިއްޒަތް އޮތީ މާކުރިން ވެއްޔާ މޮޑެވި ކިލަނަބުވެފައި. މިހުރިހާ ޖަރީމާތައް ހިންގުމުގެ ފަހަތުގައި ހުރީތިޔަ ރީތިއިއްޒަތްޔެރިޔާ.