ޖަޕާނުގެ ސަރުކާރާއި އެންވަޔަރަމެންޓް މިނިސްޓްރީ ގުޅިގެން ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މެކޭނިޒަމްގެ މަސައްކަތު ބައްދަލުވުމެއް މިއަދު މާލޭގައި ކުރިއަށް ގެންގޮސްފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޗަމްޕާ ސެންޓްރަލް ހޮޓެލުގައެވެ.

މި ބައްދަލުވުން ފައްޓަވަަަައިދެއްވީ އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ހުސައިން ރަޝިދު ހަސަނެވެ.

އަގު ހެޔޮކޮށް ލިބެން ހުންނަ ޖީއެސްއެމަކީ ތެލަށްވުރެ އިޔާދަކުރަނިވި ވަސީލަތްތައް ހެޔޮ އަގުގައި ފަސޭހައިން ބޭނުން ކުރުމަށް މަގުފަހި ކުރުމަށް ތައްޔާރު ކުރެވިފައިވާ މެކޭނިޒަމެކެވެ.

މި ބައްދަލުވުމުގައި 8 ސެޝަނެެެއް ކުރިއަށް ގެންދާނެއެވެ. މި ސެޝަންތަށް ކުރިއަށް ގެންދާނީ ޖަޕާނާއި ރާއްޖޭގެ ތަޖުރިބާކާރުންނާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ބައެއް ބޭފުޅުންނެވެ.

މި މެކޭނިޒަމްގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއުތަކުން ލިބޭ ކާބަން ކްރެޑިޓް ލިބޭނީ ދެ ފަރާތް އެއްބަސްވާ އުސޫލެއްގެ މަތީންނެވެ.