ދިވެހި ރާއްޖޭގެ ޒުވާނުން ހައްދުފަހަނައަޅާފައިވާ ފިކުރަށް ހެއްލި އަނިޔާވެރިކަމަށް ގިނަ ޒުވާނުން އަރައިގަންނަ ސަބަބަކީ މުޖުތަމައުން ބާކީކޮށް އެކަހެރިކޮށްލެވޭތީކަން ރާއްޖޭގައި ހެދި ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާއަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީގައި މިދިޔަ އަހަރުގެ 2018 ނޮވެމްބަރުން 2019 ފެބްރުއަރީއަށް ހެދި ދިރާސާއެކެވެ.

ދިވެހިރާއްޖޭގެ ޒުވާނުން ހައްދުފަހަނައަޅައިދިޔުމަށް ހުށަހެޅޭ ސަބަބުތައް ދެނެގަތުމަށް ހެދި މި ދިރާސާ ރިޕޯޓް އިފްތިތާހްކޮށްފައި ވަނީ މިއަދުއެވެ.

"ޔޫތު ވަލްނަރަބިލިޓީ އެސެސްމަންޓް"ގެ ނަމުގައި ތައްޔާރުކުރި މި ރިޕޯޓް އިފްތިތާހްކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދުދީދީއެވެ.

މިއަދު ޗަމްޕާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައެވެ.

މި ދިރާސާއިން ދައްކާގޮތުގައި ހައްދުފަހަނައަޅާފައިވާ ފިކުރަށް ހެއްލި އަނިޔާވެރިކަމަށް ގިނަ ޒުވާނުން އަރައިގަންނަ ސަބަބަކީ މުޖުތަމައުން ބާކީކޮށް އެކަހެރިކޮށްލެވޭތީ އާއި ޒުވާނުންނަށް ހުރި ފުރުޞަތުތައް މަދުވުމެވެ. މިހެން މެދުވެރިވަނީ ކޮރަޕްޝަން، ތަޢުލީމާއި ގުޅޭ މައްސަލަތައް، މަސްތުވާތަކެތި، ވަޒީފާ ނުލިބުން، ގެދޮރުވެރިކަން ދަތިވުން، ގޭންގް މާރާމާރި، އަދި ވަޔަލަންޓް އެކްސްޓްރީމިޒަމް ފަދަ ކަންތައްތަކާއި ގުޅިގެން ކަމަށް ބައިވެރިން ފާހަގަކުރިއެވެ.

މިއަދު ޗަމްޕާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

މި ހަފްލާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވިދާޅުވީ މިއީ އެންމެނަށް ލިބިފައިވާ ރަނުގެ ފުރުޞަތެއްކަމަށެވެ. އަދި އެކަހެރިވެފައި ތިބޭ ޒުވާނުން މުޖުތަމަޢަށް އަނބުރާ ގެނެސް ބާރުވެރިކުރުމާ ޒިންމާދާރު ބަޔަކަށް ހެދުމަށް މި ދިރާސާގައި ހުށަހަޅާފައިވާ ޕޮލިސީ ގައިޑްލައިންސް ތަކަކީ ސަރުކާރުގެ ހުރިހާ އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތައް އަދި ވަކި ފަރުދުންވެސް ބަލަންޖެހޭ ކަންތައްތަކެއްކަމަށެވެ.

މި ދިރާސާއިން ހޯދިފައިވާ ހޯދުންތައް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ތައްޔާރު ކުރާ ނޭޝަނަލް އެކްޝަން ޕްލޭން އެކުލަވާލުމުގައި ބޭނުންކުރެވޭނެއެވެ.

މިއަދުގެ ހަފްލާގައި ޑިފެންސް މިނިސްޓަރގެ އިތުރުން ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ ކެއިކޯ ޔަނައި، ޔޫ.އެން.ޑީ.ޕީއިން ދިވެހިރާއްޖެއަށް ކަންޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓެ ރެޕްޒެޓެންޓިވް އަކީކޯ ފުޖީ، މި ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަނޞޫރު އަދި ކައުންޓަރ ޓެރަރިޒަމް ސްޓްއަރިންގ ކޮމިޓީ، ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީ، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން، އަދި ދިވެހިރާއްޖޭގައި މަސައްކަތްކުރައްވާ އެން.ޖީ.އޯތަކުން ބައިވެރިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސޯބެ

    ޔާމީން ހެދި ގޮތަށް ހުރިހާ ކުދިން އަލުން ފެނަކަ، މރޑސ ، ބަނދަރު އަދިވެސް މިހެންގޮސް ނަނަް ހުސްކޮށް ހުންނަ ކުންފުނިތަކަށް ލައި . ނަމަވެސް މިފަހަރު ވައްދަންޖެހޭނީ މޑޕ ކުދިން. އެއިރެއްގައި އޮންނަ ސަރުކާރަކަށް ތާއީދު ނުކުރާ ހުރިހާ މީހުން އެއީ އެއްވެސް އެއްޗެއް ލިބެންޖެހޭ ބައެއް ނޫން.
    އެއީ ހުރިހާ މީހުންވެސް ކުރާ ހެޔޮވެރިކަމަކީ. އެބައެއްގެ ޕާޓީކުދިންނަށް ހެޔޮވާގޮތަށް.

    7
    1
  2. ޢަދުރޭ

    ބުހުތާނު ދޮގު . ޖަޕާނުން މި ދިރާސާ ކުރަން ދިން ލާރިގަނޑު ކާލާފަ ކޮންމެސް އެއްޗެކޭ ބުނަންޖެހޭނެތާ . ރާއްޖޭގެ ޒުވާނުން ދީނާ ދެކޮޅަށާ ދީނާ އެއްކޮޅަށް ޙައްދު ފަހަނަ އަޅާ ދާންފެށީ އެމްޑީޕީ ސަރުކާރު ވުޖޫދަށް އައިސް މި ޤަވުމުގައި ހިފަހައްޓަމުން ގެންދިޔަ ސަލާމަތީ ހިފެހެއްޓުންތެރިކަން ދޫކޮށްލާ " ފްރީޑަމް އޮފް ސްޕީޗް " ގެ ނަމުގައި ބޭނުން ކޮންމެ މީހަކު ،ބޭނުން ކޮންމެ ތަނެއްގައި ދަރުސް ދޭންފެށީމަ . ޢެކްސްޓްރިމިސްޓުން އުފެދުނު ވަރަށް އޭތީސްޓުން ވެސް އުފެދުނު .ފްރީޑަމް އޮފް ސްޕީޗް ހުންނާނީ ދެވިފަ.

    7
    1
  3. ހުސޭނުބޭ

    ޒުވާނުން އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގައި މިހާރު ހަރަކާތްތެރިވަނީ ވަރަށް ކުޑަކޮށް! ސިޔާސީ ޕާޓީއެއްވިއްޔާ ހީވާނީ މީހުންތައް އައިސް އަރާގަނެފާނެހެން! ޒުވާނުންނަށް ބުނެދެންވީނު މީގެ ކުރިންވެސް މިކަން ކުރިގޮތަށް އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގައި ހަރަކާތްތެރިވާށޭ! އޭރުން ތި ބާކީވުމުގެ މައްސަލަ ވަރަށް ކުޑަވާނެ!

  4. މޮހަނު

    ރާއްޖޭގެ ޒުވާނުން ހައްދުފަހަނަ އަޅައި ދަނީ ބާކީ ކުރާތީކީ ނޫން، އެހެން ދިމާވާ ވަރަށް ގިނަ ސަބަބުތައްވޭ
    ރަގަޅު ތަރުބިއްޔަތެއް ބުލިބުން
    ދިރިއުޅެން ޖެހިފައިވާ ދަތި ހާލުގެ ސަބަބުން މައިން ބަފައިންނަށް އެމީހުންނަށް ދޭންވާ ވަރަށް އަޅާލުމާއި އޯގާތެރިކަން ނުލިބުން
    ދިރިއުޅޭނެ ރަގަޅު ބޯހިޔާވަހި ކަމެއް ނެތުން
    ކުރާ މަސައްކަތާއި އަޅާބަލާއިރު ލިބޭ އާމްދަނީ މަދުވުން
    ގްރޭޑް 10 ނިންމާ މަތީ ރަޢުލީމް ޙާސިލް ކުރަން ފުރުސަތު ނުލިބޭ ކުދުން 18 ނުފުރޭތީ ވަޒީފާއެއް ނުލިބި އިތުރު 2 އަހަރު މަގުމަތީގައި އުޅެން ޖެހުން

  5. މިއަދު

    ރާއްޖޭގެ ޒުވާނުންބަކީވަނީ މިރާއްޖޭގެ ތަޢުލީމީ މަންހަޖު ބިނަވެފައި އޮތްގޮތުން ސްކޫލުމަންހަޖުގެ ކޮންމެވެސް ހަމޔަކުން ކުއްޖާގެ ވޮކޭސަނަލް ތަމްރީނެއް ފުރިހަމަކުރުމަށް ޔުނީފޯރމް ސެކްޓައެއްގައި ތަމްރީނާއިއެކު މަސައްކަތް ކުރުން މުހިއްމު ޕޮލިސް އެމްއެންޑީއެފް އަދި ކަސްޓަމަކީ ރަގަޅު ޑިސިޕްނެއް އޮތްތަނެއް ރަގަޅު އަޚުލަގެއް ލިއްބައިދޭތަނެއް އެހެންކަމުން ބޯނެއެއްޗެއްނުބޮއި އުޅޭނެގޮތަކަށްނުއުޅެ މަދުވެގެން 1 އަހަރުގެ މަސައްކަތު ތަޖުރިބާއެއް ޑިސިޕްލިނަރީ ސެންޓަރެއްގައި ފުރިހަމަކުރަގޮތަށް ތަޢުލީމީ މަންހަޖު އެކުލަވާލުން ވަރަށްމުހިއްމު ކަމަށްފެނޭ

  6. ރަނގަޅު ތަރުބިއްޔަތު ނެތުމުން

    ތިކަމާ އެއްގޮތަކަށް ވެސް އެއްބަހެއް ނޫނެވެ! އެކަން އެހެންވަނީ ރަނގަޅު ތަރުބިއްޔަތެއް ނުދެވި ދަރިންނަށް އިހުމާލު ވެވޭތީ އެވެ. ރަނގަޅު ތަރުބިއްޔަތެއް ދެވިއްޖެ ނަމަ، ކިތަންމެ ދަތި ޙާލެއްގައި އުޅެން ޖެހުނަސް، ޢާމްދަނީ މަދުން ލިބުނަސް މިންވަރަށް އީމާން ވާނެ އެވެ. އޭރުން ހައްދު ފަހަނައަޅާ ދާން ހިތަށްވެސް ނާރާނެ އެވެ.

  7. ލކ

    މިސަރުކާރުންބާކީއެއްނުކުރާނެ 17000 ވަޒީފާއިތުރު ވެއްޖެ ނ އުފެދިއްޖެ

  8. ޢަފްލާ

    ޜަންނަމާރި ޢައުރަނިވާ ނުކުރަނީ ކާކް ކީއްކޮއްގެން ދެއއކެންހުރި ހުރިހާ ބަހަނާއެއް ދައްކާ ކަލޭ ޑިފެންސް މިނިސްޓަރ ކަމުގަ ހުއްޓަސް ވެެިކަން ބައްކޮއްގެން ނޫޅެވޭނެ 2012 7ފެބް މަތިން ހަނދާން ކޮއްލާ