މާފަންނު ގެއެއްގެ ވައިގޮޅިއަށް ވެއްޓި ސީރިއަސް ޒަހަމްތަކެއް ލިބުނު އުމުރުން ދުވަސްވީ އަންހެން މީހާ ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އެ މީހާ ނިޔާވެފައި ވަނީ މިއަދު މެންދުރު 13:30 ހާއިރު ކަމަށެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 1:33 ހާއިރު ކަމަށެވެ.

ފުލުހުން މިއަދު ވިދާޅުވީ، އުމުރުން 76 އަހަރުގެ އެ އަންހެން މީހާ ވެއްޓުނީ މާފަންނު ގެއެއްގެ ހަތަރު ވަނަ ފަންގިފިލާގެ ވައިގޮޅިއަށް ކަމަށެވެ.

ވައި ގޮޅިއަށް ވެއްޓުނު އަންހެން މީހާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް، ކަނާތު ފައި ފަލަމަސްގަނޑާ ހަމައިން ބިންދައިގެން ގޮސް ވާތު ފައިގެ ކުޑަހުޅު ވެސް ބިންދައިގެން ގޮސްފައިވެއެވެ.

އެ އަންހެން މީހާ ވައިގޮޅީން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި އިމާރާތްތަކުން މީހުން ވެއްޓިގެންނާއި، އިމާރާތްތަކުން ވެއްޓޭ އެއްޗެހިން ޖެހި މީހުންނަށް އަނިޔާވުން ވަނީ އާއްމު ކަމަކަށް ވެފައެވެ. އިއްޔެ ވެސް ހުޅުމާލޭގައި އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާ އަކުން ޖެހި މީހަކު ނިޔާވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އަދާލަތު

  އިންނާލިﷲ ވައިންނާއިލައިރާޖިޢޫން. މާތްﷲ މައްޔިތާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުަމަތް ދެއްވާށި. ޢާއިލާޔަށް ކެތއތެރި ކަމާއި ދުޅަހެޔޮކަން ދެއްވާށި. އާމީން

  101
  2
 2. ހުދުހުދު

  ‎إنا لله وإنا إليه راجعون
  އާއިލާ އަށް ކެތްތެރިކަން ދެއްވާ މަރުހޫމާގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާދޭ އާމީން

  35
  1
 3. ޤާދިރު

  ކޮންމެ 24 ގަޑިއިރަކުން ހިތާމަވެރި ކޮންމެެސް ކަމެއް ހިނގާ. މިކަމާ ވިސްނާލުމުން ހިތަށް ވަންނަނީ ދިވެހިންނަށް ހަމަ ކުށެއް ކުރެވިއްޖެއޭ..

  37
  2
 4. guboo

  v dheravehje

 5. ސާނީ

  ކިހިނެއްތަ ވެއްޓުނީ؟ ވެއްޓުނު ގޮތެއްވެސް އިންނާނެނުން. އެއްވެސް ހަބަރަކު އެވާހަކަ ނެތް

  29
  • މުހައްމަދު

   ދިވެހި ހަބަރު ހުނާނި އެގޮތައް. ދެން އިތުރު ތަފްސީލު ބޭނުންނަމަ ހަނދާން ނަތާލާ.

   19
 6. އަހުމަދު

  ‎إنا لله وإنا إليه راجعون

  13
  1
 7. ޚސނ

  ‎إنا لله وإنا إليه راجعون

  13
 8. ކާކު

  ޚަބަރު ލިޔާމީހުނަށް ވީގޮތާ، މީހާގެނަން ލިޔުންމަނާ ލިޔަންޖެހެނީ އަންހެނެއް، ފިރިހެނެއް. ޢެނިމުނީ މަރުކޮމެޓީންއަންގާފައޮއްނަމިންވަރު އިތުރަށް. ޅިޔެފިނަމަ. ޥާނުވާއެނގޭނެ އެއީވަރަށްބޮޑު ގޯހެއް

 9. ތިމަންނަ

  ދިވެހި ރާއްޖޭގެ ގެއެއްގެ ވައިގޮޅިއެއްކަމަށް ބެލެވޭ ތަނަކަށް 76 އަހަރުގެ މީހަކު ވެއްޓުމުން 47 އަހަރުގެ މީހަކާ 35 އަހަރުގެ މީހަކުވެގެން އެމީހާ 33 އަހަރުގެ ޑުރައިވަރަކު ދުއްވަން އިން ކާރަކަށްލާފަ ހޮސްޕިޓަލަށް ފޮނުވީމާ ބަޔާޅީސް އަހަރުގެ ޑޮކްޓަރަކު އެމީހާ ބެލިއިރު އެމީހާވަނީ ނިޔާވެފަ...

 10. މާނަ

  ޝިފާ ބަހެއްވެސް ނުބުނެއި އެކަމަކު ބަނގުލަދޭޝްގެ ކުއްޖެއްގެ މަރާގުޅިގެން ބޮލުގަ ހެއްލްމެޓް އަޅައިގެން ހަދަމުންދާ ޢިމާރަތްތަކަށް އެރި ޔާމީނޭ، ޔާމީނު ސަރުކަރޭ ގޮވިދައިތަ ޒިންމާ އުފުލަން ޖެހުނީމާ ފިލީ ކީއްވެތަ؟

 11. ޕޮގުބާ

  ވެރިން ނުބައިވީމާ ގައުމުގަ ބިރުވެރިކަން އުފެދިއްޖެ.