ށ. މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރާނެކަން އިއުލާނުކޮށްފިއެވެ.

މިކަން އިއުލާނުކޮށްފައި ވަނީ، މސ. ހުޅުމީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހެދުމަށް މިއަދު ހެލްތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުގެ މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ފައިމީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްްއާއެވެ. މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުހައްމަދު ޒުހައިރުއެވެ.

75 ދުވަސް ތެރޭގައި ނިންމާ ގޮތަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 1،317،465.79 ރުފިޔާއެވެ.

ހެލެތް މިނިސްޓްރީން ބުނީ، 24 ގަޑިއިރު ހިދުމަތް ދެމުން އަންނަ މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ހެދުމުން މިހާރު އެ ސިއްހީ މަރުކަޒުން ދެމުން އަންނަ ހިދުމަތްތައް އިތުުރުވެެގެން ދާނެެ ކަމަށެވެ. އެގޮތުން އަލަށް ޑިޒައިންކޮށް އިމާރާތެއް އަޅަން ނިންމާފައިވާއިރު، އަންހެނުންނަށް ހާއްްސަ ޑޮކްޓަރު، ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރު، ހޭނައްތާ ޑޮކްޓަރ، އޮޕަރޭޝަން ޑޮކްޓަރ އެތެރެހަށީގެ ޑޮކްޓަރުގެ ހިދުމަތް ފަށާނެއެވެ.

މީގެ އިތުރުން، ޑަޔަލިސިސް ހެދޭނެ ހިދުމަތާއި، ދަތުގެ ފަރުވާއާއި، ފިޒިއޮތެރަޕީ ހިދުމަތް އެ ހޮސްޕިޓަލުން ދޭނެެެވެ. އަދި އެމާޖެންސީ ރޫމް، އެކްސްރޭ ހިދުމަތް، ލޭބަރ ރޫމް، އަލްޓްރާ ސައުންޑް ސްކޭން ހިދުމަތްވެސް އެ ހޮސްޕިޓަލްގައި ފަށާނެއެވެ. އަދި އެ ހޮސްޕިޓަލްގެ އެނދު ކެޕޭސިޓީ 35 އަށް ބަދަލުކޮށް ހަ ޕްރައިވެޓް ރޫމްވެސް އިމާރާތް ކުރާނެެއެވެ.

މި ހިދުމަތްތަކާއެކު އިތުރަށް ޕަބްލިކް ހެލްތް މަސައްކަތް ހަރުދަނާ ކުރުމަށް ވެކްސިން ސްޓޯރކުރާ ކޮޓަރިއަކާއި، ކޮންފަަރެންސް ހޯލެއްވެސް އިމާރާތް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާއިފާ

    މިލަންދޫ ޞިއްޙީމަރުކަޒުގެ ނަންބޯޑު ބަދަލުކުރަނީ!!! އިތުރު ކަމެއް ނުވިތާގައި މިހާރު ހުރި ކަންތައްތައްވެސް އޮބޭނީ! ދެކެންތިބޭ ހޭބަލިވެފަ!

    5
    1
  2. ހަނދާންވަނީ

    ނަންބޯޑުތަ؟

  3. ޣާދިރު

    އަވަހައް ނަމްބޯޑް ހިފައިގެން ރަށައްދޭ. ރައްޔަތުން ނެރޭ އަތިރިއައް އަތްޖަހަން..ތަނުން ރަގަޅު ހިދުމަތެއްނުދެވުނަސް މެމްބަރުކަލޭގެ ވައުދު ފުއްދައިފި..ރޯގަލެއް ޖެހި ކެއްސާލިއަސް ޑޮކުޓަރައް ދައްކަން މާލެ..( އައިއެމަ ރައިޓް )