އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، އުމުރުން 71 އަހަރުގެ އެ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައި ވަނީ ދިވެހި ފިިރިހެނެކެވެ.

އެ މައްސަަލާގައި އަދި އެ މިހާ ހައްޔަރުކޮށްފައިނުވާކަށް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޓަމަސް

    ރަނގަޅު އެބަ އިންޑިޔާވަންތަވޭ! އެމްޑީޕީގެ ފިލޯސަފީއެބަ ގާއިމުވޭ