ބައްޕަގެ ބެލުމުގެ ދަށަށް ދިއުމަށް އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ 22 އަހަރުގެ އަންހެނެއްގެ މައްޗަށް ހުކުމްކޮށްފިއެވެ.
ފެމިލީ ކޯޓުން އިއްޔެ ހުކުމް ކުރި މި އަންހެން ކުއްޖާ ދިރިއުޅެނީ އާއިލާއަށް ފިލައިގެން އެހެން ރަށެއްގައެވެ.
މި މައްސަލަ ފެމިލީ ކޯޓަށް ހުށައެޅީ މި އަންހެން މީހާ ކައިވެނިނުކޮށް އާއިލާ އަށް ފިލައިގެން ގޮސް އެހެން ރަށެއްގައި އުޅޭތީ، އޭނާ އަށް ވެދާނެ ގޮތަކާ މެދު ބިރުގަންނާތީ މި އަންހެން މީހާގެ ބައްޕައެވެ.
މި މައްސަލައިގެ ޝަރީއަތުގައި މި އަންހެން މީހާގެ ބައްޕަ ބުނެފައި ވަނީ ދަރިފުޅު ކައިވެންޏެއް ނުކޮށް ހުރުމުން ދަރިފުޅު ހުންނަންވާނީ ބައްޕަގެ ބެލުމުގެ ދަށުގައި ކަމަށެވެ. ނަމަވެސް މި އަންހެން މީހާ ޝަރޫއަތުގައި ބުނީ އޭނާ ދިޔައީ މަންމަ ގާތު އަހައި ހުއްދަ ހޯދައިގެން ކަމަށާއި ފިލައިގެން ނޫން ކަން ކަމަށެވެ.
މީގެ އިތުރުން އޭނާ އެހެން ރަށަކަށް ގޮސް އުޅެނީ ކައިވެންޏެއް ކުރަން ކަމަށާއި ބައްޕަގެ ބެލުމުގެ ދަށަށް ދާން ބޭނުން ނުވާ ކަމަށާއި ބައްޕަ އަށް އިތުބާރު ނުކުރާ ކަމަށް ވަނީ ބުނެފަ އެވެ.
ނަމަވެސް ދެ ފަރާތުގެ ވާހަކަ ތަކަށް ބެލުމަށް ފަހު ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ހަދީސްފުޅުތަކުން އަންހެނަކު ކައިވެނި ނުކުރާހާ ހިނދަކު އެ އަންހެނެއްގެ މައްޗަށް އެންމެ އިސްވެގެން ވަނީ ބައްޕަ ކަމަށާއި ފާފައަކަށް ނުވާ ކަންކަމުގައި މައިންބަފައިންނަށް ކިޔަމަންވުން ލާޒިމްވާތީ ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދު ހުކުމް ކުރެއްވީ އެ އަންހެން މީހާ އިއްޔެ އިން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ބައްޕަގެ ބެލުމުގެ ދަށަށް ދިއުމަށެވެ.
މި ހުކުމް ކުރީ 2012 ވަނަ އަހަރު ހައި ކޯޓުން ކޮށްފައިވާ ހުކުމަކަށް ރިއާޔަތްކޮށް ކީރިތި ގުރުއާނުގެ ސަރީހަ ނައްސުންނާއި ކީރިތި ރަސޫލާގެ ސައްހަ ހަދީސްފުޅުތަކަށް ރިއާޔަތްކޮށެވެ.
ބޮޑެތި އަންހެނުންނަށް، މަޖްބޫރު ކުރުވޭތަ އެގޮތަށް. 18 އަހަރު ވިޔަކަސް ވާކަމެއް ނެތްތާ. ކުރާ ކުށަށްވެސް މައިންބަފައިން ޒިންމާ ވާންޖެހޭނެތާ އެހެންވީމަ.
ﷲގެ ހުކުމަށް ގޮންޖަހާލަނީތަ؟18އަހަރަކީ ކާފަރުން އަމިއްލަޔަށް މިނިވަންވުމަށް ހަދައިގެންއުޅޭ އުމުރެ. މުސްލިމު އަންހެންކުއްޖާ ބާލިޢުވަނީ އުމުރުން9އަހަރުގަ. ފިރިހެންކުއްޖާ އުރުން15އަހަރު. މިއީ ގާޒީ ހަދައިގެންއުޅޭ އުމުރެނޫން.ކައިވެނި ނުކޮށް ހުންނަ އަންހެނާގެ ބަލަދުއަރަނީ އޭނަގެ މައިންބަފައިންނަ. ކާވެނި ކޮއްފަ ވަރިކުރިޔަސް ހައްސަދަރިން ތިއްބަސް މިކަންއޮތީ މިހެން. އެހެންވެ ވާރުތަވެރިން ތިބެނީ. 18އަހަރުވީމަ ކްލަބަށްގޮސް ސަލްސާ ޑާންސްކުރަން އިސްލާމްދީނުގަ ނޯވޭ. އަންހެންކުދިން ބާލިޢުވުމަށްފަހު އޭނަ އަމިއްލަޔަށް ކާވެންޏަށް އެދެފިނަމަ ކާވެނި ކޮއްދޭނަމަ އަބަދު އަޑުއިވޭ ކުޑަކުއްޖަކު ވިހައިފި ހަބަރު ނުއިވޭނެ.
ގާޒީ ކައިރީގަ އަހާބަލަ ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ހަދީސްފުޅުތަކަށް ރިޔާއަތްކޮއް އަންހެނަކަށް ފަނޑިޔާރުކަން ކޮއް ހުކުމު ކުރެވިދާނެތޯ ފުރަތަމަ
ތިކުއްޖާ ވަގައްނަގައިގެން ދިއުމުން ތިމައްސަލައިގެ ހުރި ސީރިޔަސް ކަމަށް ބަލާ ތިކުއްޖާ ގެ ބައްޕަ މައްސަލަ ހުށަނާލާ މުއައްސަސާއެއް މިދިވެހިރާއްޖޭގެ އުޑު ހިޔާދަށުގައިނެތް! ގަރުނެއްފަހުން ހުރިހާ ކަމެއް ނިމިދިއުމުން ހުކުްމް ކުރީމަ ނިމުނީ! މުޅިންވެސް ކުޅުއްވަނީ ޑްރާމާ!
ލިޔެފަ އޮތް ޙަބަރު ނުކިޔަން ދޯ? ހުއްދަ ހޯދައިގެނޯ އައީ އެ އޮތީ.. ބޭނުން މީހަކާ އިނުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން؟
ބާރުގެބޭނުން ނުކުރޭ ނަތީޖާ ހިތިވާނެ!
ނުއުޅެން އުޅޭ ކުއްޖަކު ނުހިފޭއްޓޭނެ، ހަމަ ފިލާނެ، ވަރައް ވާހަކަ،
ގުއި ކޯޓް.
މީ މަބުނާތަން . ކުއްޖާ 18 އަހަރުވީމަ ދެނެއް މައިންބަފައިންގެ ބާރުގެ ދަށަށް ދިއުމަކަށް މަޖްބޫރެއް ނުކުރެވޭނެ. އެކުއްޖާ އިންސާނީ ހައްގަށް ތިޔަ އަރައިގަނެވުނީ.
އިސްލާމް ދީނުގަ އޮވޭތަ 18 އަހަރުގެ ވާހަކަ.
ދަރިފުޅު އަށް ވިސްނަދީ އިންނަން އުޅޭމީހާ ގޯސް ނަމަ ގޯސް މީހަކު ވިއަށް އިންނަން ބޭނުންވާނަމަ ކައިވެނި ކޮށްފަ ފޮނުވާލުން ބުއްދި ވެރިކަންނޭގެ
ﷲގެ ހުކުމްއެއް ތި ތަންފީޒް ކުރީ....މިގޮތައް އެހެން އާއިލީމައްސަލަ ތަކުގައިވެސް ދީނުގައިވާ ގޮތައް ހުކުމް ކުރާނަމަކިހާރަގަޅުވީސް........100 އިން 100 އިސްލާމީ ޤަުމެއްމީ އެކަމަކު މިޤައުމުގެ ހުސްހަށިބައި އަންހެންކުދިން ރިސޯޓްތަކުގައި ހިލޭ ފިރިހެނުންނާއި އެކު މަސްހުނިވެ ވަޒީފާ އަދާކުރުންވެސް ސަރުކާރުން އިސްނަގާގެން މަނާކުރަންވެންޖެ...މިޤައުމު ހަލާކުވެގެން ދިއުމުގެ އަސްލަކީ މިފަދަ ލާދީނީ ކަންކަން ސަރުކާރުން މަނާ ނުކޮށް ވަޒީފާގެ ހައްގޭ ކިޔާގެން މީހުންގެ ބުއްދިޔަން ނުބައި ވިސްނުންތައް ވިސްނާދީގެން ހުއްދަކުރާތީ....ރަގަޅު މުޖުތަމައެއް ބިނާކުރެވޭނީ ނުވަތަ އެ ޤައުމެއްގައި ހަމަޖެހުމާއި އަމާންކަން ގާއިމު ކުރެވޭނީ އެ ޤައުމެއްގެ އަންހެން ދަރިން ރަގަޅު އިސްލާމީ ތަރުބިއްޔަތެއްގައި ބޮޑުކޮށް އެގޮތުގައި ސާބިތުވެގެން
ރަގަޅު ކަމެއް
، ބަފަޔައް އިތުބާރު ނުކުރެވޭ ވާހަކަ ވަރައް ސާފުކޮން އެމަންޖެ އެބަ ބުނޭ، ކަމެއް ގޯސް ވެއްޖިއްޔާ ގާޒީ ގެ ނިންމުން ފަނު ފުލައް، ކީއްވެތަ މަމް އާ ހަވާލު ނުކުރީ، އިސްލާމް ދީނުގަ އޮންނަ ގޮތައް ބައެއް ކަންކަން ކޮއްފަ އަނެއް ބައި ކަން ކަން ނުވެފަ، މިސާލަކައް، މަރައް މަރު، ވައްކަން ކުރީމަ އަތް ބުރި ކުރުން، ޒިނޭކުރީމަ ރަޖަމުކުރުން،
ކޯޓުކާ ޙުކޫމަތު!!! ޕީސްޕީސް، ބައްޕަކައިިރިއަށް ދަރިފުޅު ދާންބޭނުންނުވަނީ ކީއްވެތޯއާއި ، ޢާއިލާއޮތީ ކިހިނެެތްތޯއާއި ބައްޕައަކީ ލަފާ މީހެއްތޯ ބަލާކަށް ނުޖެހޭބާ؟
ޢެމަންޖެދިޔައީ ފިލައިގެން މަޑަވެއްލާ ފިރިހެންސޮރާއިއެކު މޫނުފޮރުވިގެން އެރަށަށްގޮސް މަންމައަށްގުޅާ މިބުނަނީ ތިމަންނާމިހިރީ މިރަށުގައޭ މީހަކާ އިންނަން. ބައްޕަކައިވެނީ ނުކޮށްދިނީކީނޫން. ހިލޭ ފިރިހެނަކާއިއެއްކޮށް ފިލައިގެން ދިއުމުން އޯކޭ؟ އެސޮރުގެ ބެކްގްރައުންޑު ޗެކްކޮށްލީމަ އިނގޭނީ.....ކަލޭމެންގެ އަންހެންދަރިއެއް 100 އަހަރުވިޔަސް ފިލައިގެންގޮސް ތާކުންތާކުނުޖެހޭ މީހަކާއިންނަން އުޅުނީމަ އިނގޭނީ ތިޔަނެރޭ ފަތުވާގެ ބަރުދަން
މަސްވެސް ތެޅޭ އެއްގަމަށް އަރުވާލީމަ. ވަރަށް ބޮޑަށް. އެކަމަކު ހަމަ މަރު ވަނީ ހެހެހެހެ
މަނަމަވެސް ކަޑަވާނެ މިވީ ގޮތުން. ކުއްޖާ ވަގައް ނަގައިގެން ބްރެއިން ވޮށް ކޮއްގެން ގެންގުޅެ ވޭނެ ކަމަށް ހީކުރުމަކީ ކުއް ހީއެއް. ނުބައި ބަޔަކާ ކުޅެން ތިއުޅުނީ. ޢަދި އެވެސް ވައްކަން ކޮއް މަގުމަތީގަ ބޮއެގެން އުލުނު ސޮރެއް. ތިމާ މީހާ މާ ދީންވެރި އޭ ކިޔާފަ.
ކަޑަ ވާ މީހުން ފެނިފައި ތިބީ. ރަށަށް އަކްށޭ ކުމާރު ހެދިގެން، ބޮލީވުޑް ފިލްމެއް ކުޅެން، އަތްމަތި ދޮވެ ގެން، ކިޑްނެޕް ކުރާ މަންޒަރު ކުޅެން ދިޔަ މީހާ ރަށަށް ދާން ޖެހުނީ ރޮމުން. ކުރީގައި ކުޅެފައިވާ ޑްރަގު ބޯ ޑޭވިޑު ރޯލު ދޫކޮށް ލާން ޖެހުނީ ފެމެލީ އަށް ވިސްނާފަ. މޭން އެއް
ލޮލް، ކަޑަ ވި މީހުން ފެނިފަ ތިބީ. އަކްށޭ ކުމާރު ކަމަށް ހެދިގެން، އަތްމަތި ދޮވެ ގެން، ތިމަންނާ މި ދަނީ ފިލްމެއްގެ ކިޑްނެޕް ކުރާ މަންޒަރު ކުޅެންށޭ ކިޔާފަ، ބަލާ ދިޔަ މީހާއަންނަން ޖެހުނީ ރޮމުން. ): ): ކުރީގަ ކުޅެފަވާ ޑްރާމާ ޑްރަގު ބޯ ޑޭވިޑު ރޯލު ދޫކޮށްލީ ދަ ބެސްޓު ފާދަރ ކުޅެން ވެގެން.
ގެންގުޅެނީ އޭ ތަ؟ ލޮލް، ޑްރާމާގެ ހެޕީ އެންޑިންގުދެން އޮތީ.
ލޮލް، ކަޑަ ވި މީހުން ފެނިފަ ތިބީ. އަކްށޭ ކުމާރު ކަމަށް ހެދިގެން، އަތްމަތި ދޮވެ ގެން، ތިމަންނާ މި ދަނީ ފިލްމެއްގެ ކިޑްނެޕް ކުރާ މަންޒަރު ކުޅެންށޭ ކިޔާފަ، ބަލާ ދިޔަ މީހާއަންނަން ޖެހުނީ ރޮމުން. ): ): ކުރީގަ ކުޅެފަވާ ޑްރާމާ ޑްރަގު ބޯ ޑޭވިޑު ރޯލު ދޫކޮށްލީ ދަ ބެސްޓު ފާދަރ ކުޅެން ވެގެން.
ގެންގުޅެނީ އޭ ތަ؟ ލޮލް، ޑްރާމާގެ ހެޕީ އެންޑިންގުދެން އޮތީ.