ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު ލައްމާން ހަމަޖައްސައިފިއެވެ.

ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން މި މަގާމަށް ލައްމާން ހަމަޖެއްސެވީ މިއަދުއެވެ. މީގެކުރިން ލައްމާން މަސައްކަތް ކުރަމުން އައީ މިފްކޯގައެވެ.

ލައްމާން އަކީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ވަރަށް އިސް ދައުރެއް އަދާކުރި ބޭފުޅެކެވެ. އަދި މިހާރު ވެސް ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުގައި މުހިއްމު ދައުރެއް ލަމާން އަދާކުރެއެވެ.

ފެނަކައިގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ފެނަކަ މުވައްޒިފެއްގެ ހަޞިއްޔަަތުން ބުނެލަން ބޭނުންވަނީ ، ހަމަ މަރުޙަބާއޭ!!

  2. ޭެެހަސަން އަލީ

    މުސާރަ ބޮޑުނުވާ ހަމައެކަނި ކުންފުނި މިރާއްޖޭގައޮތް.