ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރި ކުރުމަށް ބާރުއެޅި އެކުވެރި ގައުމުތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހާއްސަ ޝުކުރެއް އަދާކުރައްވައިފިއެވެ.
މިނިސްޓަރ މިރޭ ކުރެއްވި ޓްވިޓެއްގައި ވަނީ ވަކި ވަކި ގައުމަތަކުގެ ނަންހާމަކޮށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން ޝުކުރުގެ ލިސްޓްގެ އެންމެ ކުރީގައި އޮތީ އަވަށްޓެރި އިންޑިއާއެވެ.
މިނިސްޓަރ ވިދާޅުވެފައިވަނީ ލަންޑަންގައި ކުރިއަށް ދިޔަ ކޮމަންވެލްތްގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ، ކޮމަންވެލްތުގައި ބައިވެރި ކުރުމަށް ބާރު އެޅުއްވި އެންމެހާ ގައުމުތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރާކަމަށެވެ.
Would like to wholeheartedly thank India, Bangladesh,Canada,Pakistan, Rwanda and Sri Lanka for the strong show of support at Commonwealth Foreign Ministers meeting in London, for #Maldives being fast tracked back into the @commonwealthsec. The ties between our countries run deep
— Abdulla Shahid (@abdulla_shahid) July 11, 2019
މިނިސްޓަރގެ ޝުކުރުގެ ލިސްޓްގައިވާ ގައުމުތަކަކީ އިންޑިއާ، ބަންގްލަދޭޝް، ކެނެޑާ، ޕާކިސްތާން، ރުވަންޑާ އާއި ސްރީލަންކާއެވެ.
އިސްވެ ދެންނެވި ގައުމުތަކަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވި އިރު ރާއްޖެ ކޮމަންވެލްތާއި ގުޅުން އަވަސް ކޮށްދިނުމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ އެސް. ޖައިޝަންކަރު ވަނީ ގޮވާލާފައެވެ. އަދި ރާއްޖެ ކޮމަންވެލްތުން ވަކިވެފައިވާ ގޮތުގެ ސަބަބުން ގެމްބިއާ އަލުން ކޮމަންވެލްތާއި ގުޅުމަށް ގެންގުޅުން "ފާސްޓް ޓްރެކް" ގެ ފުރުސަތު ރާއްޖެއަށްވެސް ދޭން ޖެހޭކަމަށް ސްރީލަންކާއިން ބުނެފައި ވެއެވެ.
ކިގާލީގައި އަންނަ އަހަރު ބާއްވާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގައި ރާއްޖެއަށް ކޮމަންވެލްތުގައި ބައިވެރިވެވޭނެ ވަގުތު އޮއްވައި ރާއްޖެއަށް މެމްބަރޝިޕް ދިނުމަށް އަވައްޓެރި ލަންކާއިން ވަނީ ގޮވާލާފައެވެ. އަދި ބަންގްލަދޭޝް، ކެނެޑާ، އިންޑިއާ، ޕާކިސްތާން އަދި ރުވާންޑާ ވެސް ވަނީ ރާއްޖެއަށް މެމްބަރޝިޕް ދިނުން އަވަސްކުރުމަށް ކޮމަންވެލްތު ސެކްރެޓޭރިއޭޓަށް ގޮވާލާފައެވެ.
އޮސްޓްރޭލިއާ އެމްބެސެޑަރ ވަނީ ރާއްޖެއަށް ކޮމަންވެލްތުގެ މެމްބަރުކަން އަވަހަށް ލިބުމަށް އޮސްޓްރޭލިއާއިން ބޭނުންވާކަމަށް މާލޭގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
މިނިސްޓަރ ޝާހިދު ވަނީ ދެފަހަރު މަތިން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުވެސް ކުރައްވާފައެވެ. މީގެ އިތުރުންވެސް ކޮމަންވެލްތުގެ ހާއްސަ އެސެސްމަންޓް ޓީމެއް ވަނީ ރާއްޖެއަށް އައިސް އެސެސްމަންޓް ހަދާފައެވެ.
ހެލޯ ޕްރީޕެއިޑް! ސަލާންޖަހަން އަނެއްކާ ފުރާ މަލިކަށް!
ކޮމަން ވެލްތޭ ކިޔައިގެން މިކަލޭގެ މިހިރަ އަނގަ ހާރުވަނީ ކޮބާ ރާއްޖެ؟ މިއޮތް ބަޑަށް ޖެހެނީ ސަރުކާރު ދަވާލައިފި