ރައްޔިތުންގެ އުންމީދުތަކާ އެއްވަރަށް ޚިދުމަތްތައް ދެވޭނީ، އެކަންކަމަށް އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށް، އެ މަގަށް ކަންކަން ތަރުތީބު ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އާބާދީއާއި ތަރައްޤީ، އެއްހަމަ ކުރުމުގައި އަދިވެސް ގޮންޖެހުންތައް އެބަހުރި. ޙައްލުކުރަންޖެހޭ އެތައް މައްސަލަތަކަކާއި، ހާސިލުކުރަންޖެހޭ އެތައް ލަނޑުދަނޑިތަކެއް އަދިވެސް އެބަހުރި. ރައްޔިތުންގެ އުންމީދުތަކާ އެއްވަރަށް ޚިދުމަތްތައް ދެވޭނީ، އެކަންކަމަށް އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށް، އެ މަގަށް ކަންކަން ތަރުތީބު ކޮށްގެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޖުތަމަޢުގައި އެންމެ ނާޒުކު ޙާލަތުގައި ތިބި އަންހެނުންނާއި، އަންހެން ކުދިންގެ އުފަންވެނި ޞިއްޙަތު ރަނގަޅު ކުރުމަށާއި ދެޖިންސުގެ ހަމަހަމަކަމަށްވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި ނަމަވެސް މިކަންކަން ފުރިހަމަކުރުމަށްޓަކައި މާލީ އަދި ފަންނީ އެހީތެރިކަން ރާއްޖެއަށް ބޭނުންވާ ކަމަށެވެ.

ރައީސް ވިދާޅުވީ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ފައިދާތަކެއް ކުރިނަމަވެސް އެމީހުންގެ ސަބަބުން ރާއްޖޭގެ އާމްދަނީގެ ބޮޑު ބައެއް ގައުމުން ބޭރުވެގެންދާ ކަމަށެވެ. "މިހާރުގެ އަންދާޒާތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު، 533،000 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ދިރިއުޅޭނެ. އޭގެ ތެރެއިން 30 އިންސައްތައަކީ ބިދޭސީން. އެމީހުންގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއް ލިބޭ. ނަމަވެސް ރާއްޖޭގެ އާމްދަނީގެ ވަރަށް މަތީ މިންވަރެއް، އެމީހުންގެ ސަބަބުން ރާއްޖެއިން ބޭރުވެގެންދާކަމީވެސް ފެންނާން އޮތް ޙަޤީޤަތެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަޒީފާގެ ބާޒާރުގައި ބިދޭސީން މިހާރު އަދާކުރާ ދައުރު ފުރިހަމަކުރާނެ ދިވެހީންތަކެއް އުފެއްދިގެން ނޫނީ، ރާއްޖެއަށް ލިބޭ އާމްދަނީ، ގާދޫކޮލުން ބޭރުވިޔަނުދީ ހިފެހެއްޓޭނެ ގޮތެއް ނޯންނާނެއެވެ.

"މިކަންކަމަށް ރިޢާޔަތްކޮށް، ރާއްޖޭގެ މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް. ރާއްޖެއަށް ހިޖުރަކުރާ ބިދޭސީންނާއި، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ބޭނުން، ހެޔޮގޮތުގައި ހިފޭނެގޮތް ހެދުމަށްޓަކައި، މައިގްރޭޝަން ޕޮލިސީއެއް އެކުލަވައިލުމަށް ސަރުކާރުން ވަނީ ރާވާފައި." ރައީސް ވިދާޅުވިއެވެ.

ކޮންމެ ފަރުދަކީ، ޤާބިލް، އުފެއްދުންތެރި، ހުނަރުވެރި އަދި އީޖާދީ މީހަކަށް ހެދޭފަދަ ގޮތަކަށް، ތަޢުލީމީ ސިޔާސަތު ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އަދި ޤައުމީ ތަރައްޤީގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ރަނގަޅު ކާނާއާއި، ދުޅަހެޔޮ ޞިއްޙަތުގެ ޒަރީޢާއިން ރައްޔިތުންގެ ހަށިހެޔޮކަން އިތުރުކުރަންޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އަސާރަ

    ރައްޔިތުުންނަށްް ކަންކަންކޮށްދެވޭނީ ، ސަރުކާރު ހިންގަން ތިިބިބަޔަކަށް ލިބެންޖެހޭ ޙަޤީޤީ މަަންފާލިބިގެެންކަން ރައްޔިތުންނަށް ވެސް އެނގެން އެބަޖެހޭ . ހަނާވަންދެން ކެތްތެރިކަމާއެކު މަޑުންތިބިއްޔާ ކީއްތަވާނީ؟

    27
    1
  2. Anonymous

    އެއީ ތެދެއް، މިމީހުން ކުރާކޮންމެކަމަކަށް ރައްޔިތުމީހާ ބުނަންވީ އާނ އެކޭ، މިކަހަލަ ތާކުން ތާކު ނުޖެހޭ ކޮސްވާހަކަ މިދައްކަނީ،

    37
  3. ހުސޭނުބޭ

    ކަލޯ މިހާރު ކޯންޗެއް ނުލިބެގެން ރައްޔިތުންނަށް ޚިދުމަތްނުކޮށްދެވެގެން ތި އުޅެނީ! ފުރަތަމަ ބުނީ ތިމަންމެން ވެރިކަމަށް އައުދެވެގެންނޭ! އެއްކަމެއްވެސް ނުކޮށްދީގެން ހަޅޭފަޅޭޖަހަންފެށިމާ ބުނީ މަޖިލީހު މެޖޯރިޓީ ލިބިގެނޭ! ދެން ބުނީ ޝަރުޢީ ދާއިރާއާއި ދައުލަތުގެ ރިޒާވް އަތްމައްޗަށް އަރައިގެނޭ! ދެންވެސް އެއްވެސް ކަމެއް ނުކޮށްދީގެން ހަޅޭފަޅޭލަވަންފެށިމާ ރައްޔިތުން ބަނޑު ހަންގަނޑުތަ ދޭންވީ! ކަލެޔަށް ނުވަންޏާ އިސްތިޢުފާ ދީފައި ގޭގައި އޮވޭ!

    44
  4. ޒަރީތު

    ކޮއްބަލަ ވިސްނުންބަދަލު...

    22
  5. Anonymous

    އެހެންވެގެންދޯ ދިވެހިން ވަޒީފާތަކުން ވަކިކުރަނީ. ދިވެހިންގެ ޕޯރޓް އިންޑިއާއަށް ވިއްކާލަނީ. އޭރުން ދިވެހިންނަށް ވަޒީފާ ލިބި ގައުމުގެ ފައިސާ ގައުމުން ބޭރަށް ނުދާނެ. ތި ދެއްކޭ ވާހަކަ އިނގޭތަ. ކިނބޫވާނީ ހަމަ ކިނބުލަށް. ހަނދާން ހުންނާނީ އަނގަ ހުޅުވަންދެން. ހުޅުވުމާއެކު ހަނދާން ނެތޭނެ.

    32
    1
  6. އަބްދުއްލާ

    ރައްޔިތުންނަށް ޚިދުމަތްތައް ދެވޭނީ، އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށްގެން – ރައީސް

    ރައްޔިތުންނަށް ޚިދުމަތްތައް ދެވޭނީ، ދޮގުހެދުން ހުއްޓާލައިގެން

    ރައީސްދޮގުހަދަނީ 17000 ވަޒީފާ

    މަޖިލިހުގެ ރައީސް ދޮގުހަދަނި ބާޢީފޮރުވަން

    ހޯމްމިނިސްޓަރ ދޮުހަދަނީ

    ފޮރިންމިނިސްޓަރ ދޮގުހަވަނީ

    ދެންވެސް ދެންވެސް

    35
  7. .....

    އެހީތެރިވެވޭނީ ބަހާ އަމަލާ ދިމާކޮށް ތެދުވެރިވެ އިހްލާސްތެރިވާން ދަސްކޮށްގެން....
    ޔަހޫދީ ދުލުން ވާހަކަ ދައްކައިގެނެއްނޫން....

    34
  8. ޑެއިލް

    ސިއްހަތު ރަނގަޅުކުރަން ހެނދުނުގެ ނާސްތާ ދެމެންނުން.. ހޮސްޕިޓަލުގަ ވަރިހަމަ ޑޮކްޓަރަކު ނެތަސް. ހެނދުނުގެ ނާސްތާ ދެނިކޮށް ހުރިހާ ކަމެއް ހަމަޖެހޭނެ.

    33
  9. ރާއްޖެ

    ތެދެއް ތިބުނީ. ފުރަތަމަ ކަމަކަށް ކަލޭމެން ކަހަލަ ނުކިޔަވާ ތިބޭ ގަޅިން ވެެރިންނަށް ހޮވަން ވޯޓް ނުދޭންވީ.

    36
  10. ސަޓޯ

    އެމްޑީޕީގެ ކަނޑުކޮސް ވިސްނުން ދޫކޮއްލާ އިބުރޭ

    35
  11. ގޯނާ

    ވެރިކަމަށް އައީ ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ވަޢުދުވެފައި އެޖެންޑާ 19 ހިފައިގެން ރައްޔިތުންގެ ވިސްނުމާ ކުޅެން ފާޑުފާޑު ވާހަކަ ނުދައްކާތި! ޖެހޭނީ ރައްޔިތުންނަށް ކަންކަން ކޮށްދޭ އަދި އެއްކަމެއްވެސް ނުވެގެން ތިޔައުޅެނީ ވިސްނާލަބަލަ ބައިމީހުނަށް ބޮއްކޮށް ދިނަކަސް ކަމަކު ނުދާނެ! މަމެންނަކީވެސް ރައްޔިތުން، ވިސްނާލަބަލަ،

  12. މޭކްއިޓް

    އާމްދަނީ ނުހޯދާ ބަޔަކު ތިބުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ރައީސް އިބޫ ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ ރާއްޖޭގައި ތިބި ޒުވާނުންގެ ތެރޭން މާލޭގެ ގެ ދޮރު ކުއްޔަށް ދީފައި ރާއްޖޭން ބޭރުގައި ދިރިއުޅޭ އާއިލާ ތަކުގެ ތެރޭން %95 ކުދިންނަކީ ބޮޑު ޚަރަދު ކުރި ނަމަވެސް މީންސް ހުރި ގޮތެއްގައި ކިޔަވާ ބަޔެއް ވެސް ނޫނޭ މިޒަމާނުގައި ސެރޓިފިކެޓް ޔުނިވަރސިޓީ ތަކުން ލިބިދާނެ ފައިސާ ހުރެއްޖެނަމަ ޔޫކޭއިން ވެސް ލިބޭނެއޭ އޮކްސްފޯރޑް ޔުނިއިން ވެސް ލިބޭނެއޭ އެކަން ހައްލު ކުރެވެން އޮތީ ސަރުކާރުގެ ޕޮލިސީސް ތަކަށް ރައީސް އޮފީހުން ގެންނަ އިކޮނޮމިކް ބަދަލު ތަކުންނޭ މާލެ ސަރަހައްދުގައި ފްލެޓްސް ތައް އެޅުން އެއީ އިކޮނޮމިކް ނޯރމްސް އިން ބަލާނަމަ ރާއްޖޭގެ އިކޮނޮމީ އަށް ވަރަށް ބޮޑަށް ގެއްލުން ހުރި ކަމެއް ސަބަބަކީ މިމަސައްްކަތް ލިބެނީ އެއްކޮށް ބޭރުގެ ކޮންޓްރެކްޓަރުންނަށް ވެފައި އެމެންނަށް ޕޭބެކް ކުރަން މިޖެެހެނީ ދިވެހި ރައްޔިތުން ކަމަށްވާތީއޭ ބަދަލުގައި މާލެ ސަަރަހައްދުން ގޯތި ދޭންވީ އަކަފޫޓަކަށް މަހަކު 1 ރުފިޔާ އަށް ދޭންވީއޭ މީއޭ ސަރުކާރުގެ ވިސްނުން ބަދަލު ކުރަން ޖެހޭ ގޮތަކީ މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް...

  13. ޖަރީމާ

    "ފަސްމާމުލު 5 ވަގުން"ގެ ފުރިހަމަ އެއްބާރުލުމާ އެކު ވެރިކަމާ، މަޖިލީހުގެ ސްޕަރ މެޖޯރިޓީ ދިނީމަވެސް ކޮން ހަންގަނޑެކޭތަ މި ކިޔަނީ. ދައުލަތުގެ ރިޒަރވް ހެސްކިޔާފަ ދަށަށް. އިމްޕޯރޓް އެކްސްޕޯރޓް ފަތުއަޑު ކިޔާފަ ތިރިޔަށް. ހައް ހައް ހާ. ހާ. ހާ.

  14. ނަފާ

    ގައުމުގަ ތިބިއްޔާތިބި ރަނގަޅުހަރުދަނާ ހުރިހާބަޔަކައް ޝަރީއަތް ހިންގާ ގައުމު ގެ ރަތްޔިތުންގެ އަނގަ މަތީއަތް އަޅައިގެންތަ ކަލޭވެރިކަންކުރަން އުޅެނީ.

  15. ގިވްއިން

    އާމްދަނީ ނުހޯދާ ބަޔަކު ތިބުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށްވާނަމަ އެބަޖެހޭ ސަރުކާރުން ސްޕެޝަލީ ރައީސް އޮފީހުން ވެސް ގަބޫލުކުރަން ރާއްޖޭގެ އިގްތިސާދުގެ ހިތަކީ އެއީ މާލެ ސަރަހައްދު ކަމަށް އަދި އިގްތިސާދުގައި ކަސްތޮޅު އެޅިގެން މިއުޅެނީ މާލެ ސަރަހައްދުގެ ކުލި ތައް ބޮޑު ކަމުން ކަން ސަރުކާރަށް މިކަން ހައްލު ކުރެވޭނެއޭ ފްލެޓްސް ދިނުމުގެ ބަދަލުގައި މީހަކަށް 2 ހާސް އަކަފޫޓްގެ ބިން މަހަކު 1 ހާސް ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކުއްޔަށް ދޭންވީއޭ އެއިރުން ފައިސާ ލިބޭނީ ސަރުކާރަށް އެއީ ރައްޔިތުންގެ ތިޖޫރީ އަށް އެފައިސާ ކޮންމެ މަހަކު ވަންނާނެ ކަމުގެ ޔަގީން ކަން އޮތުމުން ދެން ޖެހޭނީ މާލެ ސަރަހައްދުން ކުއްޔަށް ދޭ ބިން ތަކުގެ ވޮލިއުމް ސަރުކާރުން ބޮޑު ކުރަން އެގޮތުން އަހަރަކު 10 ބިލިއަން އަކަފޫޓް ކުއްޔަށް ދޭނީ މާލެ ސަރަހައްދުން ނަތީޖާ އަކީ ސަރުކާރަށް މަހަކު 5 ބިލިއަން އަހަރަކު 60 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުން އެފައިސާގެ ދެބައިކުޅަ އެއްބައި ބީއެމްއެލް މެދުވެރިކޮށް ލޯން ދޭނީ ގެދޮރު ހަދަން %1 އިންޓަރެސްޓް ރޭޓް ގައި މީ ވިސްނުން ބަދަލު ކުރުމަކީ ޒަކާތް ފެށެން ޖެހޭނީ ގޭތެެރެއިންނޭ ވިސްނުން ބަދަލު ކުރަންވީ ފުރަތަމަ ސަރުކާރުގެ އިގްތިސާދީ ޕޮލިސީ މިކަން އިނީޝިއޭޓް ނަގަން ޖެހޭނީ ރައީސް އިބޫއޭ ރައީސް އިބޫ އެއްވެސް މިނިސްޓަރަކާއި ވެސް މަޝްވަރާ ނުކޮށް މިކަން މިޖުލައި މަހުގެ 26 ވަނަ ދުވަހު އިއުލާން ކުރަންވީއޭ އެއިރުން މަމެންނަށް ޔަގީނޭ މިކަން ރަނގަޅުވާނެ ކަން އެއީ ވިސްނުން ބަދަލު ވުމަކީ އިޓް އޮންލީ ކެއަރސް ފޯރ ޖޯއި ފުލް ގިވިންގް...

  16. ޢަފްލާ

    ޢެމްޑީޕީ އިން ހިކަންޖެއް ނެރުނަސް ރައްޔިތުން ވޯޓްލާނެ ބޮލައްސަވާރުވެފަ ވިއްޔާ ތިބެނީ

  17. ދިސްވޭއޭ

    އާމްދަނީ ނުހޯދާ ބަޔަކު ތިބުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށްވާނަމަ އެއީ މަމެން އެކަމާއި ވަރަށް ދެރަވާ ކަމެކޭ ރާއްޖޭގައި އާމްދަނީ ނުހޯދާ ބޮޑު ޖީލެއް އެބައޮތް ފުރަ މާލޭގައި އެކަން މިގޮތަށް މިވަނީ އެއީ ގެދޮރު ބޮޑު އަގުގައި ކުއްޔަށް ދީގެން ލިބޭ އާމްދަނީން އުޅޭތީއޭ އެކަން ބަދަލު ކުރެވޭނީ ސަރުކާރަށް ސަރުކާރުން ކަމަރު ބަންނަންވީ ކުއްޔަށް ތަންތަން ދޭނީ ސަރުކާރުން ކަމަށް އަދި ސަރުކާރުން ބިން ތައް މާލެ ސަރަހައްދުން ހިއްކާ ކުޑަ އަގުގައި ގިނަ އަދަދެއްގެ ބިން ތައް ކުއްޔަށް ދޭންވީއޭ އެއިރުން ދެން އަމިއްލަ މީސް މީހުންގެ ތަންތަން ބޮޑު އަގުގައި ކުއްޔަށް ހިފާނެ މީހުން ނުވުމުން މަސައްްކަތް ކޮށްގެން އާމްދަނީ ހޯދަން މަޖްބޫރު ވާނެއޭ އަދި މިހާރު ލަންކާ މެލޭޝިއާ އަދި އިންޑިއާ ގައި ތިބި ހުރިހާ ދިވެހިން ވެސް ޕުލް އިފެކްޓް ތިއަރީގެ ދަށުން މާލެ ސަރަހައްދަށް ދިރިއުޅުން ބަދަލު ކުރާނެއޭ މީ މިއަހަރު ސަރުކާރަށް ގެނެވޭނެ ބަދަލޭ ހަަމަ އެކަނި ރައީސް އިބޫ ޖެހޭނީ އެކަން އިއުލާން ކޮށްލުން ދެން އެއަށްފަހ އެމްޓީސީސީ އާއި ހަވާލުކުރަންވީ ގުޅިފަޅު އެއްކޮށް ހިއްކާލަން...

  18. ބަލާތި

    ރާއްޖެ އަށް ލިބޭ އާމްދަނީ ބޭރަށް ދާ މައްސަލަ ހައްލުކުރަން ޖެހޭނީ މާލެ އަކުން ނޫން ރިސޯރޓްސް ތަކުން ފުރަތަމަ ވެސް އެގޮތުން ރިސޯރޓްސް ތަކުގެ %45 އެއީ ދިވެހިން ކަމަށް ސަރުކާރުން ނިންމާފައިވާތީވެ މަހަކު 500 ޑޮލަރުން ފެށިގެން މަތީ މުސާރަ ދޭ ހުރިހާ މަގާމް ތަކެއް ދޭން ޖެހޭނީ ދިވެހިންނަށް ކަމަށް ދިވެހި ސަރުކާރުން ނިންމަންވީ އެކަން ނިންމާނީ ޚުދު ރައީސް އޮފީހުންނޭ ދާއިމީ ވާރކް ވިސާ ނުދޭންވީ އެފަދަ މަގާމް ތަކަށް ރިސޯރޓްސް ތަކަށް ދެން އެއިރުން 5 އަހަރު ތެރޭ އެކަން ނިމޭނެއޭ ރާއްޖޭގެ ވަޒީފާ ބާޒާރު އޮތީ ރިސޯރޓްސް ތަކުގައޭ އެކަން ދިވެހިންނަށް ހަދާން ކޮށްދޭންވީ ރަނގަޅަށް އެއިރުން އެކަން ކުރެވޭނީ ހަމަ އެކަނި ޖޮބް މޯލްޑިވްސް ގައި ނޫން އިއުލާން ކުރަންވީ ވަޒީފާ ތައް ރާއްޖޭގެ ހުރިހާ އޮންލައިން ނޫސް ތަކުގައި ޖެހޭނެއޭ އިއުލާން ކުރަން އެއިރުން މިކަން ކަން ރަނގަޅުވާނީ...

  19. ނަދާ

    ތެދެއް. ގއުމަށް ބޭނުންވާ ހުނަރުވެރިން އުފެއްދޭނީ ތައުލީމީ ސިއާސަތު ކުރިއަރުވައިގެން. އެގޮތަކީ ވެރިންގެ ދަރިން ދުނިޔޭގެ މޮޅެތި ޔުނިވަަސިޓީތަކުން މަތީ ތައުލީމު ހާސިލްކުރުވާފަ ނިކަމެތި ރައްޔިތުމީހާގެ ދަރިންނަށް އެފުރުސަތު ބަންދުކުރުން. އެއިރުންނެއް ނު ވެރިކަން ދެމެހެއްޓޭނީ.

  20. ޟާން

    ކިހާބޮޑު ޖޯކެއް، ކެޕްޓަލް އިން ބޮޑުބައެއް ބޭރުވާކަން އެނގުނުކަން ވެސް ނަސީބް. ޗައިނާ ލޯނުދައްކަން އެއަށްވުރެ ބޮޑުލޯނެއް އިންޑިއާ އަތުންނަގާ އިންޑިޔާގެ ވިޔަފާރިތައް މިތާގައި ފުޅާކޮށްފަ އެ ފުރުސަތު ހުޅުވާފަ ދެން ކޯއްޗެއް ކިޔާކަށް. ލިބޭ ޑޮލަރުގަނޑު ހެލްކޮޕްޓަރުގަ އީއީޒެޑް ބޭރައް މަނަވަރެއް ގެނެސް އެއަށް އަރުވއިގެން ގެންދިޔައީމަ ނިމުނީ. ޢެކަންކަމަށް ފާރަލަން ރާޑަރުވެސް އެހުރީ ހަރުކޮށްފަ

  21. ބަލާތި

    އާމްދަނީ ނުހޯދާ ބަޔަކު ތިބުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ރައީސް އިބޫ ވިދާޅުވާނަމަ ރާއްޖޭގެ ކުދި ފަންތި އާއި އަދި މެދު ފަންތީގެ ކުންފުނި ތައް ކުރިއެރުވުމަށް ޓަކައި ލޯން ދޭން ބޭންކެއް ހުޅުވިނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ އެފަދަ ކުންފުނި ތަކަށް ކޯޓާ ނުދީ އަދި މާލެ ސަރަހައްދުން އެމެންނަށް ބިން ތައް ނުދީ ފުރަތަމަ ގުޅި ފަޅު ހިއްކާ މާލެ ސަރަހައްދުގައި ހުރި ކުންފުނި ތަކަށް ކޮންމެ ކުންފުންނަކަށް 5 ހާސް އަކަފޫޓް މަހަކު 5 ހާސް ރުފިޔާ އަށް ކުއްޔަށް ދޭންވީއޭ އެއިރުން އޭގެ ރަނގަޅު ނަތީޖާ ނިކުންނާނީ އެސްއެމްއީ ބޭންކްއިން ދޭ ލޯން ފައިސާ ދާނީ މާލޭގައި އެމެން އަގުބޮޑު ކޮށް ކުއްޔަށް ހިފާ ތަނަށޭ މީ ދަންނަން ޖެހޭނެ ކަމެކޭ ރަައީސް އޮފީހުން...

  22. ނުރައްކަލޭ

    ރާއްޖެ އަށް ލިބޭ އާމްދަނީ ބޭރަށް ދާ މައްސަލަ ހައްލުކުރަން ޖެހޭ ކަމަށް ރައީސް އިބޫ ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ މިރާއްޖޭގެ ރިސޯރޓްސް ތަކުގައި ދިވެހިން ވަޒީފާ އަދާ ކުރަން ޖެހޭ ރޭޝިއޯ އެވަނީ %45 ދިވެހިން އަދި %55 ބޭރު މީހުންނަށް ރައީސް އޮފީހުގައި ތިބި ކޮރަޕްޓް މިނިސްޓަރުން ކެނެރީގެ ނަޝީދުގެ ވެރިކަމުގައި ބަދަލު ކޮށްފައޭ އެބައި އެބަޖެހޭ ބަދަލު ކުރަން %75 އަށް ބޭރު މީހުން ރިސޯރޓްސް ތަކުން އެބަޖެހޭ މަދު ކުރަން އެއީ ނުރައްކާތެރި ކަމެކޭ ނުރައްކަލޭ ނުރައްކަލޭ ނުރައްކަލޭ...

  23. ނުވާނެއޭ

    ރާއްޖެ އަށްް ލިބޭ އާމްދަނީގެ ބޮޑު ބަޔެއް ރާއްްޖޭން ބޭރަށް ސްވައިޕް އައުޓް ވުމުގެ ހުރިހާ ޒިންމާ އެއް ނަަގަން ޖެހޭނީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިންނޭ ރާއްޖޭގެ އިގްތިސާދުގެ ހިތަކީ އެއީ މާލެ ސަރަހައްދު ކަމަށްވާއިރު މާލެ ސަރަހައްދުގައި ހުރި 50 ހާސް އަމިއްލަ ކުންފުނި ތައް ކުރިއެރުވުމަށް ޓަކައި އެމެންނަށް ގުޅި ފަޅު ހިއްކާ ގުޅި ފަޅުން ބިން ތައް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކުއްޔަށް ދިނުން އެއީ މުހިއްމު ކަމެކޭ އެކަން ކުރަން ފަސް ޖެހެނީ އެއީ ސަރުކާރުން ސީދާ ރައީސް އޮފީހުންނޭ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން މިހާރު މިވީ 10 މަސް ދުވަސް ތެރޭގައި ދަ ރާއްޖެތެރޭން ކައުންސިލަރުން ރައީސް އޮފީހަށް ގެނެސްގެން އެކުރާ ބޭކާރު ޚަރަދުން ނިކުންނާނެ ރަނގަޅު އިގްތިސާދީ ނަތީޖާ އެއްވެސް ނޯންނާނެއޭ އަދި އިޖްތިމާއީ ނަތީޖާ އެއްވެސް ނޯންނާނެއޭ އެއީ އަމާބުނީތީ ފަރަށް ދާ އުސޫލުން ކަންކަން ކުރާ މީހުންނޭ އެއަށް ވުރެން ރަނގަޅުވާނެއޭ މާލެ ސަރަހައްދުގެ ވިޔަފާރި ކުރާ މީހުންނާއި ރައީސް ބައްދަލު ކުރިއްޔާ ރައީސް އޮފީހަށް އެމެން ގެންގޮސް ގެން މަމެންނަަށް ޔަގީނޭ ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަން ޔަގީނޭ ޔަގީނޭ ދަ ރާއްޖެތެރޭގެ ރަށްރަށް ތަރައްގީ ނުވާނެއޭ އެމެން އެބުނާ ގޮތަށް އާބާދީ ގައި 50 ހާސް މީހުން ތިބެ ރަށުގައި 45 ހާސް މީހުން ދިރިނޫޅޭ ނަމަ އެތަނެެއް ތަރައްގީ ނުވާނެއޭ އެއީ ވާނެ ކަމެއް ނޫނޭ...

  24. ނުރައްކަލޭ

    މަސައްކަތް ނުކުރާ މީހުނާ ހެދި އިގްތިސޯދަށް ލޮޅުން އަރަނީ އެއީ ދަ ރާއްޖެތެރޭގެ ސްކޫލް ތައްް ނިންމާ އެމެން ވަޒީފާ އެއް ހޯދަން ނުވަތަ އެމެން ވިޔަފާރި އެއް ކުރަން ބަލާއިރު އެމެން އަންނަން ޖެހެނީ މާލެ ސަރަހައްދަށް ކަަމަށްވާާއިރު އެމެންނަށް މާލެ ސަރަހައްދަށް ހިޖްރަވެ އެމެން އަމިއްލަ އަށް އާމްދަނީ ހޯދޭނެ ވަސީލަތް ތައް ސަރުކާރުގެ ޕޮލިސީ ތެރޭން ފަހިވެފައި ނުވާތީއޭ ބަދަލުގައި މާލެ ސަރަހައްދުން އަހަރަކު 4 ހާސް އަކަފޫޓްގެ 24 ހާސް ގޯތި އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ކުއްޔެެއްގެ ގޮތުގައި ދައްކާ ގޮތަށް ފަޅު ތައް ހިއްކާ އެފަޅު ތަކުން ބިން ތައް ކުއްޔަށް ދޭނެ އިގްތިސާދީ ޕޮލިސީ އެއް އެކުލަވާލާފައި އޮތް ނަމަ މިއަދު މާލެ ސަރަހައްްދުގެ އެފަދަ ބިން ތަކުގައި އެމެން ލައިޓް އިންޑަސްޓްރިއަލް މަސައްކަތް ކޮށްގެން ކާމިޔާބު ހޯދާނެއޭ ބަދަލުގައި އެމެންކުރާ ކަމަކީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ނަގައިގެން މަސައްކަތް ކުރުވަނީއޭ މީ ނުރައްކާތެރި ކަމެކޭ ނުރައްކަލޭ ނުރައްކަލޭ ނުރައްކަލޭ...