މާލޭގެ ބާޒާރުމަތި، މަސް މާރުކޭޓު ސަރަހައްދުގައި ހުރި ފިހާރައަކުން ތިން ކޭސް ނޫޑުލްސް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ނޫޑުލްސް ކޭސްތައް ނޯތު ހާބަރު ފަޅުތެރޭގައި އޮތް ބޯޓަކަށް އަރުވަން އުޅެނިކޮށް ކަމަށް ފުލުހުން ވިދާޅުވެއެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު ލައިގެން ހުރި ޖީންސުގެ ޖީބުން ދެ ފޯނާއި ވޮލެޓަކާއި ލަގެޖު ކައްޓާއެއް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އިތުރަށް ބެލި ބެލުމުން އޭނާގެ ޖީބުން ފެނުނު ތަކެއްޗަކީ މިރޭ 18:00 ހާއިރު ހެންވޭރު ގެއަކުން ވަގަށް ނަގާފައިވާ ތަކެތިކަން އެނގިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
އާނ.. ނޫޑިލިސްކޭސް ވަގައްނެގި މީހާގެ ބުރީން ހަންދަމާލާފަ 70 އަހަރައް ޖަލައް ކޮއްޕާލާ.. އަދި އަދީބު އައް މިނިވަންކަންދީފަ ދުވާލު ދެދަޅަޔައް އޭނާއައް ބޭސްކޮއްފަ ކަނޑު ކުކުޅުކާންދީފަ ތިބޭ..
ނަމަނަމަ މިލިޔަނުން މީހުން އަތުން ފޭރޭ މީހާ ހައްޔަރު ނުކުރާތި!
މާމަދުން ނެގީމަ ހައްޔަރުކުރީ... ނޫޑްލްސް ކޮންޓެއިނަރ އެއް ނެގިނަމަ ހައްޔަރެއްނުކުރާނެ....
އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތައް އައްކަޑާބަލަ އޭރުން އުދަގޫވާނެ އެއަތުން ވައްކަން ކުރަން