ރޭ ދަންވަރު މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުން ފިލި ގައިދީއަކު ކަނޑުމަތިން މިއަދު ހޯދައިފިއެވެ.
ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ ގައިދީ ފިލުމުން އޭނާ ހޯދައި މިއަދު ހެނދުނު 06:55 ގައި މާފުށީ ޖަލަށް ގެންދެވިފައިވާ ކަމަށެވެ.
ޖަލުން ފިލި ގައިދީ ފެނިފައި ވަނީ ކެނޯއެއްގައި ދަތުރު ކުރަމުން ދަނިކޮށެވެ.
ގައިދީ ހޯދަން ކުރި މަސައްކަތުގައި ފުލުހުންނާއި މާފުށީ ރައްޔިތުންގެ އެހީތެރިކަން ލިބުނު ކަމަށް ވެސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިއެވެ.
ޖަލުން ގައިދީ އަކު ފިލުމާއި ގުޅޭ ގޮތުން ކަރެކްޝަނަލް ސާވިސް އިން އިތުރު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
ރޭ މާފުށީ ޖަލުން ގައިދީއަކު ފިލިއިރު ފަހަކަށް އައިސް ޖަލުގެ ހާލަތު ވަރަށް ވަރަށް ބޮޑަށް ގޯސްވެފައެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން މާފުށީ ޖަލުގައި ގައިދީންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި ދެމެދު ކުރިމަތިލުންތައް ވެސް ހިނގާފައިވެއެވެ. އެކުރިމަތިލުންތަކުގައި ބައެއް ގައިދީންނަށް އަނިޔާ ވެސް ވިއެވެ.
ގަަައިދީން ނަށް އެކަނިތޯ އަނިޔާވީ؟
ޝޯސޭންކު ރިޑެމްޝަން..
ކޮބާ ފިލި މީހާގެ ހައްގު. ތިކަމުގައި އޮފިސަރުން ސަސްޕެންޑް ނުވާނެ ތޯ
ކޮބާ ފިލި މީހާގެ ހައްގު. ތިކަމުގައި އޮފިސަރުން ސަސްޕެންޑް ނުވާނެ ތޯ
ވަރަށް ކޯޑިނޭޓް ވެގެން ފިލަން އުލެފަ ވާހެން ހީވޭ! ބާގީ ލުތުފީ ތޯ ފިލަން އުލުނީ؟