ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ އިތުރު ދެމެންބަރަކާއި އެކު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި ގުޅިވަޑައިގަންނަވަން ނިންމަވައިފިއެވެ.

ޖާބިރު ވަނީ އޭނާ ޑީއާރްޕީ އާއި ގުޅިވަޑައިގަންނަވަން ނިންމެވިކަން ދެންމެ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ޑީއާރްޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖާބިރު ޑީއާރްޕީ އާއި ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށާއި ޖާބިރާއި އެކު އިތުރު ދެމެންބަރަކު ވެސް ޑީއާރްޕީ އަށް ސޮއި ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ޖާބިރާއި އެކު ދެން ޑީއާރްޕީ އަށް ސޮއި ކުރައްވާނީ ކޮން ދެމެންބަރެއް ކަމެއް ޖާބިރު ވެސް އަދި ކާނަލް ވެސް ވިދާޅެއް ނުވެއެވެ.

ކާނަލް ވިދާޅުވީ ޑީއާރްޕީގެ އަހަރީ ދުވަހު ޖާބިރު އާއި މަޖިލީހުގެ ދެމެންބަރަކު ޑީއާރްޕީ އަށް ސޮއި ކުރެއްވުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"މިމަހުގެ 26 ވަނަ ދުވަހަކީ އަޅުގަނޑުމެންގެ އަހަރީ ދުވަސް. އެދުވަހު ޖާބިރު އާއި އެހެން ބޭފުޅުން ވެސް ސޮއި ކުރެއްވުމުގެ އިންތިޒާމްތައް އަޅުގަނޑުމެން ހަމަޖައްސާނަން." ކާނަލް ވިދާޅުވިއެވެ.

ކާނަލް ވިދާޅުވީ ޖާބިރު ޑީއާރްޕީއަށް ސޮއި ކުރެއްވުމާއި އެކު އެޕާޓީގެ ޕީޖީ ލީޑަރަކަށް ވެވަޑައިގަންނަވާނީ ޖާބިރު ކަމަށާއި ކުރިއަށް އޮތްތަނުގައި ޕާޓީ ހިންގުމުގައި އިސްކޮށް ޖާބިރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ޑީއާރްޕީގެ ކޮންގްރެސްއެއް ވެސް ބާއްވާނެ ކަމަށް ކާނަލް ވިދާޅުވިއެވެ.

ޖާބިރު އަކީ ޑީއާރްޕީ އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް 2007 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަން ބޭފުޅުން ޑީއާރްޕީ އިން އިސްތިއުފާ ދެއްވިއިރު ޖާބިރު ވެސް ޑީއާރްޕީ އިން އިސްތިއުފާ ދެއްވިއެވެ. ޖާބިރު ވަނީ ފަހުން ޖޭޕީ އާއި އެމްޑީޕީގައި ވެސް ހަރަކާތްތެރިވެ ވަޑައިގެންފައެވެ.

ޖާބިރު މިއަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަކުރައްވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ބަކުރުގެ ތަކުރު

  ތީ ޑ.ރ.ޕ ގެ ނިމުން.

  42
  1
 2. ޢާއްމު ފަރުދު

  ތިޕާޓީގައި މިހާރު ކިތައް މީހުން ެބަތިބިތޯ؟ 10 ހަމަވޭބާ!

  41
  4
 3. ފަގީރު

  ބޮނބި އޮޑިޔަކަށް ތިފޭބީ.

  33
  4
 4. ސަމްޓައިމްސް

  ޖަޒީރާ ހޮޅުއަށި މިރޭ ތިނަދޫގައި، ރައީސް ބައިވެރިވެވަޑައިގަންނަވާ ނަމަ އެބަޖެހޭ ރައީސް ވެސް އަދި ފިޝަރީޒް މިނިސްޓްރީން ވެސް ގަބޫލުކުރަން ފިޝަރީޒް މިނިސްޓްރީގެ ޕްރެޑިކްޝަންސް ތަކަކީ ދުވަހަކު ވެސް ދިމާވާ އެއްޗެއް ނޫން ކަން މިރާއްޖޭގައި ފުރަތަަމަ ވެސް ރޭގަނޑު ބައްތި ދިއްލައިގެން އައްޑޫ މީހުން އެން ދަމަން ފެށުމުން އެއީ އެން ހާހާ ތަކުން ހުސްވާނެ ކަމެކޭ ބުނުމުން ފިޝަރީޒް މިނިސްޓްރީން ދިނީ އެއަށް ބީރު ކަންފަތެކޭ ހޭޑް ދި އޮޕޮރޗުނިޓީ ޓު މޭކް އިޓް ރައިޓް ޑޯންޓް ބީ އެފްރެއިޑް ޓު ކަމް އައުޓް އޮފް ޔުއަރ ކޮމްފޮރޓް ޒޯން އޯއް އޯއް އޯއް ސަމްޓައިމްސް އިޓްސް ހާރޑް ޓު ފޭސް ރިއަލިޓީ އޯއް އޯއް އޯއް...

  21
  2
 5. ޑޯންޓްބީ

  އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސޭ މެން އަތުން ފައިން ކުރާ މަސައްކަތެއް ނޯވެއޭ ދެން ތަމެން ސްޓޭޓަސް އެއްގެ ބޭނުމުގައި ސަރުކާރުގެ ވަޒީފާ އަދާ ކުރިއަސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ބަދަލުގައި ތަމެން އެބަޖެހޭ ރާއްޖޭގައި އިނގިރޭސި ވިލާތުގެ އެމްބަސީ އެއް ބަހައްޓަން އަދި ޖާރމަން އެމްބަސީ އެއް ވެސް ރާއްޖޭގަައި އެބަޖެހެއޭ ބަހައްޓަން ނުޖެހޭނެއޭ ލަންކާ ގައި ރާއްޖެ ތަމްސީލް ކުރާ އެމްބަސޭ އެއް ހުންނަން ...

  14
 6. ބަރުގޮނު

  ޖާބިރު ޕާޓީއަކާ ގުޅުމަކީ މިހާރު އެޕާޓީއެއް މާ ފަޚްރުވެރިވާންވީ ކަމެއްނޫން. އެއީ މަޖްލިސް ގެ ކަޓީޕަތަންގް ގެ ދަރަޖަދޭން ރަގަޅު ބޭފުޅެއް.

  19
  3
 7. ދިސްވޭ

  މެމްބަރުން ކައިރިން ސަލާން ޖެހުން ކުރިއަށް އެދަނީ އެއީ ރައްޔިތުން ވެސް ދާ ހިތުން ދަނީ އެއް ނޫނޭ ރައްޔިތުންގެ މުހުތާދު ތައް ނުފުދޭތީއޭ ރައްޔިތުން ދާނީ މިހާރު މާލެ ސަރަހައްދުން ފްލެޓްސް ތައްް ލިބޭނެ ކަމަށް މިސަރުކާރުން އިއުލާން ކޮށްފައިވާ އެންމެންނަށް ފްލެޓްސް ތަކަށް ވަދެވޭނެ ތާރީޚެއް އަދި ވެސް ހައުސިންގް މިނިސްޓަރަށް ބުނެދޭން ނޭނގެއޭ މީގެ ސަބަބުން 80 ހާސް ދިވެހި ރައްޔިތުންގެ ބޯހިޔާ ވަހިކަން ސަރުކާރުން ފޭރިގެންފައިވާ ކަމަށް އިދިކޮޅުން ބުނަމުން ސަރުކާރަށް ސަރުކާރުން މިކަން ޖެނުއިން ކޮށް ކުރަން ރާވާފައިވާ ގޮތާއި އަދި އެ ފްލެޓްސް ތައް އެމެންނާއި ހަވާލު ކުރާނެ ތާރީޚެއް ވެސް ނުދެއޭ މިދަނީ މީ ޒިންމާ އިން ރެކޭ ސަރުކާރު ތަކުން ކަން ކުރާ ގޮތެްއް ނޫންތޭ ރައީސް އިބޫގެ ސަރުކާރުން ކަންކަން މިކުރަނީ...

  10
  1
 8. ސަމްޓައިމްސް

  މަޖިލީހުގެ ދެމެންބަރަކާއި އެކު ޖާބީރު ޑީއާރްޕީ އާއި ގުޅިވަޑައިގަންނަވަން ނިންމަވައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެންގެ ޕްރެޑިކްޝަންސް ތައް ދައްކާ ގޮތުން ނަމަ ދެން މިއަހަރު ނިމޭއިރު ޑީއާރުޕީން ވެސް ކޯލިޝަން ހަދާނެއޭ ސަރުކާރާއި އެކު އެއަށް ފަހު ކާރނަލް އަށް ތައިލެންޑް ގެ އެމްބެސެޑަރު ކަން ލިބޭނެއޭ އަދި ޖާބިރުގެ އަނބިގޮއްޔެ އައްޑޫ ކުއްޖާ އަށް އެމެން ދޭނެއޭ އައްޑޫގެ ޖީއެމް ކަން އެއީ އައްޑޫ ތަރައްގީ ކުރެވޭ ތޯ ބަލަން މީ މަމެންގެ ޕްރެޑިކްޝަންސް ތަކުން ދައްކާ ހަގީގީ މަންޒަރަކީ ...

 9. ކޮރަލް

  ޖާބިރު ހޮވަން ވޯޓް ވިއްކި މީހުން ލަދުގަންނަން ޖެހެއެވެ.

  13
  1
 10. އަލްޖިބްރާ

  ތިޔަ ޑީ.އާރު.ޕީ އަކީ މިހާރު ފަނުފުލުން ގޮސްފަ އޮތް ބައިގަޑެއް ! އެޕާރޓީއަށް ދާނީވެސް އެކަހަލަ މީހުން !

  7
  7
 11. ނޫރު

  ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާ ކުރުމާއި، މިގައްދާރު ސަރުކާރު ސައިޒްކުރުމަށް ޖާބިރުކަހަލަ ކެރޭ ސިވިލް ލީޑަރއަކު ޑީއާރޕީއާއި ގުޅުމީ ވަރަށް ރަގަޅު ފާލެއް، އަދި 2023 އަހަރު ރިޔާސީ ރޭހުގައި ވާދަކުރުމަށް ރަގަޅު ފުރުސަތެެއްލިބޭނެ....

  15
  4
 12. ާަައަބިށޭކު
 13. މުބާރަކު

  ތިހުރީ ރަންގަޅު މިސްރާބުގަ ދެން ޖާބިރު ކުރިއައްދާންވީ

  14
 14. ޢާން

  ހެޑިންގެ ޖާބިރުގެ ސްޕެލިން ރަނގަޅު ކޮށްލައްވާ

  13
  • ރަގަޅު

   އޭނީ ހަމަ ރަގަޅަށް ހެޑިންގަ. ޖާބީރު..ކިޔަން ފަށައިފި އެއްޗެއް ހުޓަން ނޭގޭ ޖާބީރެއް އެއީ ހަމަ

 15. ތިމަންނަ

  ޖާބީރު ޕާޓީ ބަދަލު ކުރުމަކުން މައްސަލައެއް ނެތް. އޭނާއަކީ މިނިވަން ކެންޑޑޭޓެއް.. ވަރިހަމަ ޖަމާތްތެރިންގެ ތެރެއަށް ވަނަސް..

 16. ހިލް

  ޖާބިރު އަދި އެމްޑީޕީޢާޢީ ގުޅޭތަން ފެންނާނެ.

 17. Anonymous

  މަޖިލީހުގެ ދެމެންބަރަކާއި އެކު ޖާބީރު ޑީއާރްޕީ އާއި ގުޅިވަޑައިގަންނަވަން ނިންމަވައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަޖްލީހުގައި ސިޔާސީ ޕާރޓީ ތަކުގެ ނަމުގައި ތަމްސީލް ކުރުމުން އެމެން އޭޒް އަ ބްލޮކް އެއްގެ ގޮތުގައި ޑިފައިން ކުރެވޭނެއޭ ޖާބިރު އަކީ އެއީ ސިޔާސީ ތަޖްރިބާ ހުރި ރާއްޖޭގެ ޑިމޮކްރެސީގެ އާރކިޓެކްޓަރުންގެ ތެރޭގައި ހިމެނޭ އައިކޮން އެކޭ ޖާބިރު އަކީ އެއީ ޖެނުއިން ޕޮލިޓިޝަނެކޭ އޭނާ އެފަދަ ކެރެކްޓަރސް ތައް މަޖްލީހަށް ބޭނުންވާނެއޭ އޮފް ކީޕިންގް ތިންގްސް އިން ދަ ރައިޓް ޑިރެކްޝަން ނޯ މެޓަރ ހައު ޔުއަރ ކޮންފިޑެންސް މޭ ފޯލް އައި ވިލް ބީ ހިއަރ ޓު ސްޓޭ ވިދް ޔޫ ހޯލްޑް އޮން ޓު މީ ހޯލްޑް އޮން ޓު މީ ހޯލްޑް އޮން ޓު މީ ހޯލްޑް އޮން ހޯލްޑް އޮން ހޯލްޑް އޮން ހޯލްޑް

  4
  1
 18. ހޯލްޑްއޮން

  މަޖިލީހުގެ ދެމެންބަރަކާއި އެކު ޖާބީރު ޑީއާރްޕީ އާއި ގުޅިވަޑައިގަންނަވަން ނިންމަވައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ޖާބިރު އެއީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މުހިއްމު އައިކޮން އެކޭ ޖާބިރުގެ ވައިފް ދިޔާނާ ވެސް އެއީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އަޔަން ލޭޑީގެ ރޯލް ކުޅެފައިވާ މުހިއްމު އައި ކޮން އެކޭ މީރާއްޖޭގެ ސިޔާސީ މައިދާނުން އެއްފަރާތް ވާން ޖެހޭނެ ބަޔެެއް ނޫނޭ އަައި ޖަސްޓް ސާރޗް އެން ފައުންޑް އޮފް ކީޕިންގް ތިންގްސް އިން ދަ ރައިޓް ޑިރެކްޝަން ނޯ މެޓަރ ހައު ޔުއަރ ކޮންފިޑެންސް މޭ ފޯލް އައި ވިލް ބީ ހިއަރ އޭޒް ޔުއަރ އޯޑިއެންސް ހޭއް ޔޯއް ޔޫއާރ ހޯލްޑިންްގް އޮން އިޓް ހޯލްޑް އޮން ހޯލްޑް އޮން ހޯލްޑް އޮން ހޯލްޑް އޮން ޓު މީ ހޯލްޑް އޮން ހޯލްޑް އޮން ހޯލްޑް އޮން ޓު މީ ޑާންސް ޑާންސް ޑާންސް ޑާންސް...

  2
  2
 19. ހޯލްޑްއޮން

  މެމްބަރު ޖާބިރު ޑީއާރުޕީއާ ގުޅިވަޑައިގަންނަވަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ޖާބިރު އަކީ އެއީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މުހިއްމު އައިކޮން އެކޭ އަދި ދިޔާނާ އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުރި އަޔަން ލޭޑީ އެއް ކަމަށޭ މަމެން މިދެކެނީ އޮފް ކީޕިންގް ތިންގްސް އިން ދަ ރައިޓް ޑިރެކްޝަން މި ކަޕްލް ބޭނުންވާނެއޭ ރާއްޖޭގެ ސިޔާސީ މައިދާނަށް ހޯލްޑް އޮން ޓު އިޓް ހޯލްޑް އޮން ހޯލްޑް އޮން ހޯލްޑް އޮން ޓު މީ ހޯލްޑް އޮން ޑާންސް ޑާންސް ޑާންސް ހޯލްޑް އޮން

  2
  1
 20. އުތުރު

  އަބްދުﷲ ޖާބިރު ތިޔަނިންމެވި ނިންމެވުމަކީ ގައުމަށް އަދި ރައްޔިތުންނަށް މަންފާކުރާނެ ނިންމެ
  ވުމެކެވެ މުޅި މަޖިލީހުގެ ކޮންޓްރޯލް ގުންޑާ މޑޕ އަށް އޮތުމަކީ އިންތިހާ އަށް ނުރައްކާތެރި
  ކަމެކެވެ އެހެންކަމުން ގައުމަށް ކުލުނެއްހުރި ކޮންމެ މެންބަރަކުވެސް މޑޕ ދޫކޮށް އެހެން ޕާޓީތަކާ ގުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ

  8
  1
 21. ޅަކަ

  ނަޝީދު ފޮނުވި އެޖެންޓެއް. ކުރީރޭ މީޓްވެފަ އަނެއްދުވަހު މަޖްލިސްތެރޭ ޑްރާމާ ކުޅެފަ...ވިސްނޭތަ އެބަ އެއްޗެއް

  4
  4
 22. ކޮތަރު

  ޑީ.އާރ.ޕީ އާއި ވެރިކަމާ ދޭތެރެ ކޭބަލްކާރުން ގުޅާލާނެ މިފަހަރު.

  10
 23. މާވަޑި ފަލާހް

  ތީގެތެރެއަށް މަންމާފުޅު އަދުރޭ، ދޮންކެޔޮބުރޯ، ކެލާ ދޮގުމުޅި އާރިފް، މާވަޑި، އަސްލް މީހާ، އަދި އެއްކަލަ ޗޮކުލެޓް ބަންދުކުރާ ގުރޫޕް ވައްޓާލީމަ ވަރަށް ފުރިހަމަވާނެ.

 24. ފަހުދާ

  ޖާބިރު ކޮބާ ކޭބަލް ކާރުގެ ގާނޫނު! އަވަހަށް ހުށަޔަލާ!

 25. މިއަދު

  މަރްޙަބާ ޖާބިރު އަޅުގަނޑުގެ އުއްމީދަކީ ޖާބިރުގެ ތިނިންމުމާއެކު ޑީއާރ ޕީ އަށް އިތުރަށްދިރުންލިބި ޑީއާރ ޕީ އަކީ ސިޔާސީ ގޮތުން ވަރުގަދަ ޕާޓީޢަކަށްވުން

  1
  1