ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ މަސްވެރިން ބާނާމަސް އިތުރުކުރެވޭނެ ގޮތްތަކާއި މަހަށް ލިބޭ އަގު މިހާރަށްވުރެ މަތިކުރެވޭނެ ގޮތްތައް ހޯދުުުުުުުުުުުުުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރޭ ގދ. ތިނަދޫގައި ކުރިޔަށްގެންދިޔަ ޖަޒީރާ ހޮޅުއަށީގެ 3 ވަނަ ސިލްސިލާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިކަން ތަރައްޤީކުރުމާ އަދި މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރެވިދާނެ އެތައް ގޮތެއް އެބަހުރިކަމަށެވެ.

އެގޮތުން އަދިވެސް މަސްވެރިކަމަކީ ރާއްޖޭގައި ސީދާ ރައްޔިތުންގެ އަތްމައްޗަށް އެންމެގިނަ ފައިސާ އަރާ މަސައްކަތްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ނިމިދިޔަ އަހަރު ހަމައެކަނި މިފްކޯއިން ވެސް މަސްގަތުމަށް 813 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ދާއިރާއިން ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިކަމުގެ ނަފާ އިތުރު ކުރުމުގެ ގޮތުން މިހާރު ކުރަމުން ގެންދާ ގޮތަށް، ފިނިކުރި މަހުގެ ގޮތުގައި އެކްސްޕޯޓް ކުރުމުގެ ބަދަލުގައި މަހުގެ އެކި އުފެއްދުންތައް ތައްޔާރުކޮށް އަގު އެއްކުރެވޭ ބާވަތްތައް އުފައްދައިގެން އެކްސްޕޯޓްކުރުމުން އޭގެ ފައިދާ 4 ގުނަ މަތިކުރެވިދާނެ ކަމަށެވެ.

މިފަދަ ކަންކަމުގައި ސަރުކާރުން މާލީ އެހީތެރިކަމާއި ފަންނީ ތަޖުރިބާ ހޯދައިދިނުންފަދަ ކަންކަން ކުރެވިދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ، މިހާރު ވަކި ޒޯންތަކަކަށް ބަހާލައިގެން ވަކި ފަރާތްތަކެއްގެ އަތުގައި މަސް ގަތުމުގެ ކޮންޓްރޯލް އޮންނަ ގޮތަށް ހުއްދަ ދީފައި އޮންނަ އުސޫލު ބަދަލުކޮށް، ކޮންމެ ސަރަހައްދަކުން ކޮންމެ ފަރާތަކަށް ވެސް މަސްގަތުމުގެ ހުއްދަ ދޭ ގޮތަށް ބަދަލުކޮށް މަސްވެރިކަމުގެ ނަފާ ގިނަބަޔަކަށް ލިބޭގޮތަށް ބަދަލުކުރެވިދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކަނޑުމަހަށް އެކަނި ބަރޯސާނުވެ ފަރުމަހުގެ ތެރެއިން ރަނގަޅު އަގުލިބޭ ބާވަތްތައް ވިއްސާ އާލާކޮށް އެފަދަ މަސްވެރިކަން ފުޅާކުރުމާއި އެންވެރިކަން ވެސް ވަކި މަސްވެރިކަމެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޚިޔާލު ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުވުމުގެ ބައިވެރިންނާ ޙިއްޞާކުރެއްވިއެވެ.

މި ފޯރަމުގައި ވަކިވަކި މަސްވެރިން އެމީހުންގެ ހުރި ކަންބޮޑުވުންތަކާއި މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ހުރި ޚިޔާލުތަކާއި އެމީހުންގެ ޝުޢޫރުތައް ފާޅުކުރިއެވެ.

އެގޮތުން މަސްވެރިން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި، ހޯޑެއްދޫގައި މަސް ކާރުޚާނާއެއް ޤާއިމުކުރުމަށް ސަރަހައްދެއް ޚާއްޞަ ކުރެވިފައި އޮތްނަމަވެސް އެކަން ނުހިނގާ އޮތުމާއި، އަތޮޅުން އަދި ބައެއް މަސްވެރި ރަށްރަށުން ބޭނުންވާ މިންވަރަށް އައިސް ގަންނަން ނުލިބުމާއި، މަސް ގަންނަ ބޯޓުފަހަރު ޖާގަ ކުޑަވުމާއި އެކަށީގެންވާ މިންވަރަށް މަސްގަތުމުގެ ކެޕޭސިޓީ އަތޮޅުތަކުގައި ނެތުމުން މަސް ވިއްކުުުުުުުމަށާއި އައިސް ހޯދަން ދުރަށް ދަތުރުކުރަން ޖެހުމާއި ތެޔޮލިބުމުގައި ހުރި ދަތިތަކާއި ތެލުގެ ސަބްސިޑީއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް މިބައްދަލު ވުމުގައި ޙިއްޞާ ކުރިއެވެ.

މަސްވެރިންގެ ފަރާތުން ހުށަހެޅި ޚިޔާލުތަކުގެ ތެރޭގައި މަސްވެރިކަމަށް ގެންނަތަކެތިން އިމްޕޯރޓް ޑިއުޓީ މަޢާފުކުރުމާއި، މަސްދޯނިތަކުގައި އުފެދޭ ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ޤާއިމުކުރުން ފަދަ މުހިން ޚިޔާލުތައް ފާޅުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    މީހުނަށް ދަޅަދައްކަން ނިކަންރީތި ވާހަކަދައްކާ މީހެއްތީ.. ކޮބާހޭ ވިހޭމަ ދޭންބުނި ތަންމަތިފޮށި؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

    32
  2. ވަކަރު

    ތިޔަކަމާއުޅެން އަދި ތަންކޮޅެއްއަވަސް މިފަސްއަހަރު ނިމެން ކައިރިވީމާ ތިޔަކަމާދޭތެރޭ ވިސްނުން ރަގަޅުވާނީ.

    26
  3. ޥިލޭއަލި

    ރައީސުން ނާއި ވާގިވެރިން ތެދުބުނުމުން ތާއީދު ގެއްލޭނެ. ވީމާ ދޮގު ހެދުން މަޖްބޫރު.

    19
  4. ކެޔޮޅު

    ސޯލިހު ވައުދުވީ ބާނާމަހަެް ހަމައަގުދޭން އަގުދަށައްދިއުމަކީ ހަމައަގައްވެދާނެދޯ؟

    18
  5. ޙާމުދުރު

    މަނިކުފާނައް ކުރެވޭނެ ކަމަކީ ސަރުކާރުގެ ފައިސާ ހަރަދު ކޮއް ގުރޫޕް ހަދައިފަ ރައްރަށައް އަރާ ރައްޔަތުން ގުބޯ ހެއްދުން..އެކަން ވަރައް ރަގަޅައް ކުރެވެމުން އެބަދޭ..ތިޔަވިދާޅުވާ ހަމަ އަގެއްވެސް ހައްގުވާ މިންވަރެއްވެސް އެއްމެކުޑަ އުޖޫރައެއްވެސް ކަނޑަ ނޭޅޭނެ...ފުރަތަމަ ބުނީ. ކައުންސިލް ދޭށޭ ދެންބުނީ ވެރިކަންދޭށޭ.. ދެންބުނީ މަޖިލީސްދޭށޭ....

    18
  6. ބުރޯ

    ނަސީދު ސަފާރީ ޓުވާސް ހިންގިހެން ވިއްކާމަހަށް ތައިލެންޑުން ލިބޭ އެއްޗަކަށް ވުރެ ބޮޑުއެއްޗެއް މަސްވެރިނަނަށް ދީފަ ދަރަނި ނެގީމަ އެވީ އެއްނު. އޭރުން ދުވަސްކޮޅަކު ހިފެހެއްޓިދާނެ . ދެ އަހަރު ފަހުން ހޯހޯ އޭ ގޮވާފަ އިސްތިއުފާދޭނީ . އޭރު ޓްރަމްޕް ބުނާ ހިސާބަށް ކިޑްނީއަށް އޮންނާނީ އާދެވިފާ.

    19
  7. ލަޠީފާ

    އަދިވެސް ފުލުފުލުން ވަޢުދުތައް! މިނޫން އެއްޗެކޭ މީނަ އެބަ ކިޔާތަ ތަންތަނަށްގޮސް؟؟؟

    16
  8. ޢަދުރޭ

    ކުދިންނޭ . ޢެއްގޮތަކަށްވެސް މީނަ ކޮށްދޭނަން ކޮށްދޭނަން ކިޔާފަ ދައްކާވާހަކަ ތަކަށް ނުހެއްލޭތި . ހަކުރުބޯ މީހުންވެސް މީހުން ކައިރީ ބުނާނެ ހަނދަށްވެސް ގެންގޮސްދޭނަމޭ. މުޅިޢުމުރުގަ އަޅެއްގެ ގޮތުގައިވެސް ހުރެދާނަމޭ . މަސްތުފިލީމަ ދެކެވުނު ވާހަކަ އެނގެނީ ..މީނަ މިހިރީ ވެރިކަން ލިބުނީމަ ހަކުރުބޯ މީހުން ވާކަހަލަ މަސްތެއް ވެފަ . މި ވެރިކަމުގަ ރައްޔިތުންނަށް ލިބޭނެ އެކައްޗެއްވެސް ނެތް . މި މީހުންގެ އަޢުވާނުންނަށް ބައިތުލްމާލު ބަހާ ހުސްކޮށްފި . ދަވުލަތުގެ ރިޒާވް 900 މިލިއަންގަ ހުރީ ވެރިކަން ލިބުނު އިރު މިހާރު 200 މިލިއަނަށް ތިރިވެއްޖެ . ޢަދިވެސް މީނަ ރައްޔިތުންނަށް ވިއްކަނީ . ވަޢުދު . މީކީ ކެމްޕޭން ދުވަސްވަރެއް ނޫނެއްނު .އެއްކަމެއްވެސް ނުވާނެ 5 އަހަރު ނިމެންދެން ތިބޭ. މިއޮތީ ދެން މި ބޮނޑި ބޮވިފަ

    13
  9. ޓަވަރު

    އަނެއްކާ ކޮން މަހެއްގެ ވާހަކައެއްތޯ ތި ދައްކަވަނީ؟

    10
  10. ސޯކާބެ

    އެހެންވާންއެޖެހެނީ ތިޔަތަންތާގެ ވެރިންނަށް އެކްޓިވިސްޓުން ލައިގެން ތަން ހިންގަން ވީމަ ވާގޮތް އަނެއްކޮޅުން ކިތަންމެ ބޮޑު ޙިޔާނާތެއް ވިޔަކަސް އަދަބު ނުދޭކަން މިމީހންނައް ހީވާކަހަލަ ދުނިޔެ އުމުރު ދެމިތިބޭނެކަމަށް ގިޔާމައް ދުވަހަކީ އަންނާނެ އެއްޗެއް ނޫންކަމަށް ހަމަ ހިލާ އެހެންނެއް ނުވާނެ އުފަންވީ ފަދައިން މަރުވެސް ވާނެ ކޮބާ އެދިގު ތިރީސް އަހަރު ކޮބާ އެމްއެސްއެލް 98ބޯޓް ކޮބާ އެއަރމޯލްޑިވްސް މަތިންދާބޯޓްތައް މިހިރަ މިހިރަ މަސްއަލަތައް ނުބަލާ ދޫކޮއްލީ މިކަހަލަގެ ކިތައް ކަންތައްތޯ މިހުރިހާތަނެއް ވީރާނާ ކޮއްލަމުން ދާއިރު ދެރަކަމަކީ މިވާހަކަ ދައްކާލާނެ މީހަކު ނުވާކަން ދެން މިހަދާ ގޮތަކީ ރަށްޔަތުން ކުރާ މަސައް ކަތުން ޖިޒީ މިނަގަނީ ސަރުކާރު ހިންގަން ފެންކޮޅެއް ބޯލިޔަސް %6 ޖިޒީ ފޯނެއް ކޮއްލިޔަސް ޖިޒީ ވިޔަފާރިއެއް ކޮއްލިޔަސް ޖިޒީ ޕޯޗްގީޒު މީހުންގެ އަޅުވެތިކަމުގައިވެސް މިވަރެއްނުވޭ އަހަރުމެން ވޯޓް ލައިގެން ހޮވިމީހުން އަހަރުމެން މިކުރީ އަޅުވެތި މިއަޅުވެތި ކުރެވުނު ގޮތެއް ނޭންގުނު ސަރުކާރު ހިންގަން ރަށްޔަތުން ހަވާލް މިކުރަނީ އަޅުވެތި ވާކަށެއްނޫން

  11. ސޯކާބެ

    މިއީ ކައުންސިލަރު އިންތިހާބައް ޖައްސާ ސްޓަންޓެއްބާ ރަށްޔަތުން ސަމާލް ވާންވީ ކުރިންނުވިރައްކަލެއް ފަހަކުންނުވާނެ ނަންވާނީ އެދިގުރާސްތާ 30 އަހަރު ވެދުން