އޯޓިޒަމް ހުންނަ ކުއްޖަކު މޫދަށް އެރި އުޅެނިކޮށް ގެނބިގެން ނިޔާވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ނިޔާވީ، ދ. ކުޑަހުވަދޫގައި މޫދަށް އެރިއުޅުނު އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

މޫދަށް އެރި އުޅެނިކޮށް އޭނާ ގެއްލިގެން ހޯދަމުންދަނިކޮށް އެކުއްޖާ ފެނުނީ، ކުޑަހުވަދޫ ހުޅަނގު ފަރާތު މޫދުން މިއަދު 11:30 ހާއިރުއެވެ. އެއާއިއެކު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށް މަޢުލުމާތު ލިބެއެވެ.

މިއަދު ނިޔާވި ކުއްޖާއަކީ މީގެ ކުރިންވެސް ޢާންމުކޮށް މޫދަށް ގޮސް އުޅޭ ކުއްޖެކެވެ. އޭނާ ގެއްލިފައިވަނީ މޫދަށް ދިޔަތާ މާގިނައިރެއް ނުވަނީހެވެ. ރަށާއި ކައިރި ހިސާބަކުން ފެންމަތީގައި އޮއްވައި އޭނާގެ ހަށިގަނޑު ފެނުނީ ހޯދަމުންދާތާ ބައިގަޑިއެއްހާއިރު ފަހުން ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އދ

    ބެލެނިވެރިންގެ އިހްމާލް މިމައްސަލާގައި ނުބަލާނެ ތޯ މޯލްޑިވްސް ޕޮލިސް ސަރވިސް؟

  2. ހެޔޮ އެދޭ ފަރާތެއް

    މި ޚަބަރު ކިޔާފަ ވަރަށް ދެރަވެއްގެ. މާތްﷲ މި މަރްޙޫމްގެ ފުރާނަޔަށް ހެޔޮ ރަޙްމަތްލައްވާ، ޖަންނަތުގެ މަތީ ނިޢުމަތް މި ކުއްޖާއަށް ދެއްވަވާފާންދޭ!

  3. އަންހެން

    إنا لله وإنا إليه راجعون

  4. ހެޔޮ ދުޢަާ

    މާތްﷲ އެ މަރްހޫމާއަށް ސުވަރުގޭގެ ދާއިމީ ރަހްމަތް ލައްވާށި...... امین