12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
މިކަން ހާމަކޮށް ފުލުހުން ވިދާޅުވީ، މި ހާދިސާގެ މަޢުލުމާތު ފުލުހުންނަށް ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 23:35 ހާއިރު ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ރާއްޖޭގެ އުތުރުގެ ރަށަކުން ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ކަމަށާއި، ހައްޔަރުކޮށްގެން ކޯޓަށް ގެންދިއުމުން އޭނާ ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންނެވެ. ފަހަކަށް އައިސް ރާއްޖޭގައި ޖިންސީ ގޯނާ ކުރުމާއި ގެވެށި އަނިޔާގެ މައްސަލަތައް ވަނީ އިތުރުވާން ފަށާފައެވެ.
ވަރަށް ދެރަ ހަބަރެއް، މިކަހަލުގެ ކުއް ކުރާ މީހުން ނަށް ވަރަށް ހަރުކަށި އަދަބު ދޭން ޖެހޭ..އެކަން ކުރި މީހާގެ ނުބައި ކަމާއެވެ...އެކަމަކު ދެދުވަސް ނުވަނީސް ދޫކުރާނެ...މިފަދަ މީހުން މުޖުތަމައަށް ދޫކޮއްގެން ނުވާނެ ހަމަ އެއް ވެސް ގޮތަކަށް...އުސް އިމާރަތަކުން ވައްޓާ މަރުމަށް ކޯޓުން ހުކުމް ކުރާނެ ކަމަށް މި ބަލަނީ.
ކޮން ރަށެއްތަ. ވަގުތު ނޫހަކީ ހުސް ބޮޓުން ތިބޭ ނޫހެއް. ދުވަހަކު ވެސް ނުޖަހާނެ ރަށެއްގެ ނަމެއް. ދެން ކިޔާ މީހުންނައް ކޯއްޗެއްތަ އިގޭނީ.
ވަގުތު ނޫހުން އުތުރުގެ ރަށެއް ގަޔޯ."ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ދެނުކުގެ އަތޮޅެއްގެ ރަށެއްގައި.
12 އަހަރު ޢުމުރުން ވާއިރު ބިޓު ނުކަޓުވާ އެއްކުއްޖެއްވެސް މިހާރު ނޫޅޭ! އެ ހެޔޮ އަންހެނަސް ފިރިހެނަސް! ގްރޭޑް 6 އަށް ދާއިރު ސުކޫލުތެރޭގައި އަންހެންކުދިން ފިރިހެންކުދިންނަށް ދެއްކުމަށް މޭމައްޗަށް ފެންޖަހާ ތެންމައިގެން އުޅޭ މަންޒަރުވެސް ފެނޭ! މިއޮތީވާ ރާއްޖެއެއް!
ރަނގަޅަށް ވިއްޔާ ތި ވާނީ “ ރުހުމުގަ” ކުރިކަމަކަށް ، 12 އަހަރު ވާއިރަށް ބިޓުން ގެންގުޅެން ފަށާ ވިއްޔާ !! މިއޮތީ ވާ ކަމެއް!! މީ ރޭޕްގެ މޫސުމް ބާ؟؟
މިކަހަލަ ކަންކަން އާންމު ކުރަން ވެގެން ސުޕަރ މެޖOރިޓީ އާއި އެކު ޖަޒީރާ ރާއްޖެ މިގެނައީ.
ކޮންމެ ކަމެއް ސިޔާސީ ނުކޮއްބަ ފްރެންޑޫ
އެކަމުދޯ މިހިރަ ނުބައި ނުލަފާކަމެއް ކާކުތޯ މިކަމަށް އިން ސާފެއް ގެންނާނީ މިގައުމެކޭ އިންޑިޔާއެކޭ މިކަމުގަ ވަނީ ފިސާރި ގާތްގުޅުމެއް އިންޑިޔާގަ ރޭޕެއް ކޮށްލާއިރަށްމިޖަޒީރާ ގައުމުގަ ހަމަ އެގޮތަށް އެބަކޮށްލާ މިހާރު އިންސާ ނިޔަތު ކަމެއް ކުޑަވެސްނެތީތަ ނޫނީ މިގައުމުގަ ސަރުކާރެއް ނެތީތަ ނޫނީ ކުއްވެރިންނަށް ހިމާޔަތް ދިނުން ނޫންކަމެއް ނެތީތަ ކުއްވެރިންގެދިފާއުގަ ކުރާކަންކަން އަބަދުވެސް ފެންނަނީ ނުވަތަ އަބަދުވެސް ކުރީސަރުކާރެއްގެ ފަހަތުން ދުވުން ކަމަކީ ދެން ކާކުތޯ މިކަމަށް ފިޔަވަޅުއަޅާނީ ސިދާތާ ހުންނެވީ ހިނިފުޅުވަޑުވަން ރައީސް ހުންނެވީ ފިސާރި ޖަޒީރާ ވެގެން ދަތުރުކުރުމުގަ ގައުމުގެ އަމާންކަމެއްނެތް ވައްކަމާ ފޭރުމާ ރޭޕްކުރުން އިންތިހާ މާތްކަލާންގެޔާ ވަކީލް
ބާރައަހަރުގެ ކުއްޖަކާ ބެހިގެން ހައްޔަރު ކުރަނީ ކީއްވެ؟ ފުރަތަމަ ކަލޭމެން އެދުރު މީހާ ހައްޔަރު ކުރަންވީނު؟
އާނދޯ. ކުރުދުއްފުށީ ބޮޑު މުހަންމަދު ހައްޔަރު ކޮށްބަލަ