ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޖަލުގައި ބަންދުކޮށްފައިވާ ދެ ފަނޑިޔާރުން ކަމަށްވާ އަލްއުސްތާޒު އަބުދުﷲ ސައީދާއި، އަލްއުސްތާޒު އަލީ ހަމީދު މުހައްމަދު އަވަހާރަފުޅު ލައްޕަވަނީ ކޮންކުރީޓް އަށްޓެއްގެ މަތީގައި ކުނަލެއް އަޅައިގެންކަމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލްއުސްތާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އަލީ ޒާހިރު ވިދާޅުވީ ދެ ފުލުހަކު ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ގޮޅިން ނެރެ ފުރޮޅުލީގޮޑިއަކަށްލައިގެން ޑޮކްޓަރަށް ދައްކަން ގެންދިޔަ މަންޒަރު ދޫނިދޫއަށް ދިޔަ ވަކީލުންތަކަކަށް ފެނިފައިވާކަމަށެވެ. ނަމަވެސް އެމަންޒަރު ފެނުނީ ކޮން އިރަކު ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

އަލީ ހަމީދު މުހައްމަދު ހައްޔަރުކުރި ފަހުން އޭނާ ވަނީ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދީފައެވެ.

އަލީ ހަމީދުގެ މައްޗަށް ފުލުހުން ވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުޢީ ޙުކުމްތައް ވަކި ގޮތަކަށް ކުރުމާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމާއި ދައުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާޢީ އަދުލުގެ ނިޒާމް ހިންގުމަށް ޤަސްދުގައި ހުރަސް އެޅުމުގެ ތުހުމަތު ކޮށްފައެވެ.

އަލީ ހަމީދުގެ އިތުރަށް އޭނާގެ އަނބިކަނބަލުންނާއި، އާއިލީ ދެ ބޭފުޅަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. މި ބޭފުޅުންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ފުލުހުން ވަނީ ކޮށްފައެވެ. އަދި އެ ތުހުމަތުތަކަށް ބާރު ލިބޭ ގިނަ ހެކިތަކެއްވެސް ލިބިފައިވާކަމަށް ފުލުހުން ދަނީ ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

86 ކޮމެންޓް

  1. ިެެަަަައަހުމަދު

    މީ ވަރަށް ހިތާމަވެރި ކަމެއް

  2. އިބުރާ

    ކުށެއްގެ ތުހުމަތުގައި ހައްޔަރުގައި ތިބި މީހުން ނިންދަވަނީ އަށްޓެއްގެ މަތީގައި!

  3. އަލީ

    ތިޔަ އަލީޒާހިރު މިހާރު ތިއުޅެނީ ސައިޒް އޮޅިގެން ނަމުން ގާނީނީ ވަކީލެއް މުޅިއުމުރުން ވަކާލާތުކުރަން ލިބުނީ 4 މައްސަލަ އިތުރު ވަޒީފާއެއް އަދާކުރަނީ ކީނޫން ކޮންތަކުން ޜީލޯޑުއަޅައިގެންތަ ތިހާމުއްސަދި ދިރިއުޅުމެއް އުޅެނީ މީނަމިހާރު މުޅިއަދާލަތުޕާޓީ ހިސޯރުކޮށްގެން އިމްރާނާދެމީހުން މިކުޅޭކުޅިވަރު ވަރަށް އަވަހަށް ފަޅާއަރާނެ ސިދާތާ ގޮވައިގެން ތިގަންނަގަނޑުއެންމެން ނަށް ވެސް އެނގޭ ކަލޯވެސް އަދި އެ ކުނާމަތީ ނިދަންޖެހެނެކަން ހަނދާންބަހަށްޓާތި

  4. ނަޖްވާ

    ޤައުމަށް ޣައްދާރުވާ ޚާއިނުންނަށް އޮންނާނީ އެގޮތެއްނު! މި މީހުން ހީ ކުރީކަންނޭނގެ ދޯ އެއްކަ 2013 ގައި ފާޑުފާޑަށް މިހާރުގެ ވެރިކަމުގެ ތިބި މީހުންނަށް ފަހިވާގޮތަށް ހުކުމްތައް އިއްވީމަ ނުހަނު ގިނަގުނަ ފައިދާ އާ މަންފާ ކުރާނެ ކަމަށް، އޭގެ ތެރޭގައި މާލީ އެހީވެސް ލިބޭނެ ކަމަށް، އެކަމަކު އެހީކުރިގޮތަށް ކަން ނުވީމަ، އަނެއް އަތަށް ހުކުމް ތައް ފުރޮޅަން ފެށީ! ދެން އަނެއްކާ އެހާ ބަލި ކޮށް އުޅެމުންވެސް، އަލީ ހަމީދަށް ހާދަ ބްރެއިނީ އައިޑިޔާސް އާދެޔޭދޯ!

  5. ޒާހިރު

    ބަލަ އެހެން މީހުންވެސް އެ ރިސޯޓްގަ ނިދަނީ ހަމަ އެގޮތަށް އެ ތަންމަތީގަ. ކީއްވެތަ މަޑުން ނުހުރެވިގެން ތި އުޅެނީ މިނިސްޓަރ ކަމެއް ނުލިބޭނެ

  6. ދުވާފަރު މީހާ

    އަލީ ޒާހިރު އެއިން ކޮންމެ ބޭފުޅަކަށް ބެޑްރޫމް ސެޓެއް ހަދިޔާ ކުރައްވަންވީ ނޫންތޯ...

  7. ޙަލީލު

    ޢަލީ ގެއަށް ގެންގޮސް ބައިތިއްބަންވީނު. ބަލައެމީހުން ވީމަ ވަކި މޮޅު ގޮތެއް އޮންނަން ޖެހޭތަ. ތިބުނާ ފަނޑިޔާރުން ކަށްވަޅުގަ ތިބޭނީވެސް ގޮދަޑި އަޅައިގެން ދޯ

  8. ޣާދިރު މަނަދޫ

    އަލީޒާހިރު ގެއިން ކޮޓަރިކޮޅެއް ހަމަޖައްސަން ފެނޭ.މ

  9. Anonymous

    އަލީޒާހިރު ގެއިން ކޮޓަރިކޮޅެއް ހަމަޖައްސަން ފެނޭ.މ

  10. ސާބަސް

    ކަށްވަޅުގަވެސް އެމީހުން ތިބޭނީ ކާލޯން ގޮދަޑީގައިތަ! ޢަދުލުވެރިކަމުގެ ކަންފުޅެއް ނެތްއިރު ޝައިޚްކަމުގެ ލަޤަބު ގެ ފަގުޑި އަޅައިގެން އުޅޭ މީހުން ތިފާޑަށް އެމީހުންނަށް ނިކަމެތިކޮށް ހިތާކަމަށް ދޭހަވާގޮތަށް މީހުންގެ ތެރޭގައި ފިތުނަ އުފެދޭގޮތަށް ވާހަކަ ދެއްކީމަ ހުތުރު، އެއީ ޑިޓެއިން ކުރެވިފައި ތިބޭ އެންމެނަށްވެސް ހަމަހަމަ އުސޫލުން ކަންކުރުން، އެހެނިހެން ޑިޓެއިނިން އާއި އެއްގޮތަށްއެމީހުންނަނާއި މެދުވެސް ކަންކުރަންޖެހޭނީ، އެއީ ދޯ ހަމަހަމަ ކަމަކީ ޢަދުލަކީ އިންސާފަކީ، މިހެން ތިބެ މިގޮތަށް މިޤައުމުގައި ޢަދުލު އިންސާފު ނެތިކުރަނީ ތިޔަކަހަލަ ވިކިފަ ތިބި ޝޭޚުން

  11. ކީއްކުރާނީ

    މަގޭ ދަރިވެސް އެގޮތަށް ތަޅުންމަތީގަ ގޮޅީގަ ނިންދަވަނީ ވަރަށް ގައިގަ ރިއްސާތީއުޅޭ އެހާ ހޫނުގަދަވެސް ހަަމަ ތުހުމަތަކަށް ގެންދިޔައީވެސް ޕޮލިހުންގެ ބެލުމުގަ ދަށުގަ އިންދާ ބަލިވަނީ އެކަމަކު ޢާއްމުންގެ ކުރިމައްޗަށް ނެރޭތީ ލަދުން އެވާހަކަ ނުވެސް ބުނަން އިންނަނީ

  12. ސ ނުން ސޮނިބެ

    ރިޝްވަތުގެ އަހުލުވެރީންނަށް އާޙިރަތުގަ އަށްޓެއް ކީއްކުރަން ކުނަލެއްވެސް ނުލިބޭނެ... ލާރިގަނޑު ކެވިއޖެނުން... މައިތިރިވެ އޮވެވޭތީބަލާބަލަ

  13. އަބުރު

    ޢޭ،،،ޢެމީހންވެސް އެތަނުގެ ރަހަ ދެކެންޖެހޭނެ ނުބައިނުލަފާހުކުމްކޮއްގެންތިބިބައްއްއެއީ..

  14. އިންސާނާ

    ޖީބުފުރެންދެން ލާރިއާ ހަށިގަނޑައް ވުރެން ބޮޑު މަގާމުތަކާ ރީތި ގެތަކާ މަޑު ގޮދަޑިތައް ދީފަ ދީނުގެ އުސޫލުތަކާ އެއްގޮތައް އިންސާފުން ށަރީއައް ކުރަން ބެއިތިއްބީމާ އަމާބުނީމާ ފަރައްދާ ވައްތަރައް ށަރީއައް ކޮށް އަމުރުނެރޭބަޔަކައް ތިވަރުވެސް ކޮށްދިނުމީ ދެންތިބި ބަޔަކައް ށުކުރު ވެރިވާން ޖެހޭކަމެއް

  15. ޝީނާ

    ދެން ކިހިނެއް ވީ އާދައިގެ ނިކަމެތި ރައްޔިތަކު ޖަލަށްލީމަ ތިއަށިތަކުގަ ނިދަންވީ...ޖަލަށް ލައިފިއްޔާ އެންމެންނަށްވެސް ކަންކުރްންވާނީ އެއް އުސޫލަކުން..ހަރާން ލާރި ވަރަށް ދުވަހު ކެވިއްޖެ.. މަޑު ތަންމަތީގަ ނިދިއްޖެ.

  16. ސުމާ

    ދެން އެމީހުން ބައިތިއްބަންވީ އޭސީ ކޮޓަރިއެއްގައިތަ

  17. Anonymous

    އެތަނަށް ޖަލޭ ކިޔާނެކަމެއްނެތް ދޯ؟؟ ކިޔަންވީ 5ސްޓަރ ހޮޓަލެކޭ، އެމީހުންނަކީ ހަމައެކަިނި އަމިއްލަ ފައިދާއަށްޓަކާ ދައުލަތަށް ގައުމަށް ރައްޔިތުންނަށް ޢައްދާރުވެފައިވާ ބައެއްކަމަށް އެމީހުންގެ ވަކީލުންނަން ހަމަ ގަބޫލުނުވަނީބާ؟؟ޖަލުގައި ބަހަށްޓާ އެއްވެސްބަޔަކަށް ކަންތަށް ތަފާތުކުރެވިގެންނުވާނެ ވަކިފެންވަރެއްގެ މަގާމެއް އަދާކުރިއޭކިޔާފަ، އަހަރުމެންގެ ދަރިން ޖަލުގައި ހޭދަކުރަނީ މާނިކަމެތިގާލު،

  18. Anonymous

    ކޮއްދިން ކަންކަން ހަނދާން ނެތުނީމަ ކޮންމެ ތާކުވެސް ބާއްވަފާނެ.. ވެރިޔާ ވަރަށް ރަހުމް ކުޑައެ.

  19. ބޮލި މުލައް

    ކޮބާ މައްސަލަޔަކީ އިސްލާމީ އުސޫލުތަކުން ބޭރުވީމާ ހައްޤު އަދަބު ލިބެންޖެހޭނެ. ޢިސްލާމީ ޝަރީޢައް ފުނޑާލީތީ ތިމީހުން ވީ ގަންހިނގަން.

  20. ސަމީ

    އެއީ މައްސަލއެއްތަ.

  21. ތާޖުދާރީން

    އަޅުގަނޑު ގެ އެންމެ ޅައުމުރުގަ ބިންމަތީ ސުތުލިގޯންޏެއް އަޅައިގެންނިދާއުޅުނިންއެކަމަކު އަޅުގަނޑު ދުވަހަކުވެސް ކުށަކައްވާ އެއްވެސް ކަމެއް ނުކުރަން.

  22. އައްޓަމަސް

    ކޮބާމައްސަލަޔަކީ އަހަރމެންވެސް ނިދަނީ ތިހެން ލައްކަދުވަހު އަރމު ތަންމަތީގައި ނިދައިފި

  23. އާދަނު

    މިހާރު އެއީ ޤައުމަށް ޣައްދާރުވެފައިވާ ބާޣީން. އެމީހުންނާމެދު ޢަމަލު ކުރަންޖެހޭނީ ވެސް އެހެން ޤައިދީންނާ އެއްގޮތަށް. ކޮން އަވަހާރަފުޅު ލެއްޕެވުމެއްތަ؟

  24. ހުސޭނުބެ

    އަލީ ޒާހިރު ޖަލުގަ ދޯ އެމީހުންވީ!! ފައިވްސްޓަރ ހޮޓަލެއްގައެއްނޫން!!! އެކަން ގަބޫލުކޮށްބަލަ!! ޖަލުގަ ހުންނާނީ ސިމެންތި އަށި އަށިމަތީގަ ކުނާ އަޅައިގެން ނިދަންޖެހެނީ!!! ބާލީހެއް ލިބޭނެ!!! ކުށްކޮށްގެން ހައްޔަރުކުރާ މީހުން ބައިތިއްބަނީ އެގޮތަށް!!! ކޮރަޕްޝަންގެ މުޑުދާރު ޢަމަލުން މީހާ ޖަރީކުރީމަ ވާނެގޮތް ދުނިޔެމަތިންވެސް ފެންނާނެ!!! އަދި އާޚިރަށްދުވަސް މާބޮޑަށް ހިތިކޮށް ފެންނާނީ!!! މިހާރުވާ އައްޓެއްގެ މަތީ ކުނަލެއް އަޅައިގެން އެބައޮވޭތާ!! މަރުވީމަ މިފަދަ ނުބައި ޢަމަލު ހިންގާ މީހުން ތިބޭނީ ނަރަކައިގެ އެންމެ ފުލުގައި!!! އަލީ ޒާހިރު މިކަން އެދެމީހުންނަށް ހަނދާންކޮށްދީބަލަ!!!

  25. Anonymous

    މިބޭފުޅުން އަވަހާރަފުޅު ލައްޕަވަމުންއައި ދާންކޮޅަށްވުރެ މާފަސޭހަ ދާންކޮޅެއްގަ ނިދިކުރައްވަން އަމިއްލަބާރުން އުޅުއްވީމަ ކުރިމަތިވިގޮތް؟ ކުރާނެކަމެއްނެތް، ﷲއަށް ދުޢާކޮށް ތަޢުބާވުން ނޫންގޮތެއްނެތް، ﷲ ތިމެންނަމެންނަށް ދެއްވި މަތިވެރި ނިޢުމަތަށް ޙަމްދުނުކޮށް ދެއްވާފައިވާ އިމްތޔާޒު ނަހަމަގޮތުގާ ބޭނުންކޮށް ނާޖާއިޒު ފައިދާ ނަގަން އުޅެފިބަޔަކަށް ﷲގެ ކޯފާއާއި މިދުނިޔެއިންވެސް ކުރިމަތިލާން ނުޖެހިދާނެއެކޭ ހީކުރެވިގެންނުވާނެ، ﷲ ކޯފާ ބާއްވައިލައްވަނީ އެކިފަހަރު އެކިގޮތްގޮތަށްކަން، ހުރިހާ މުސްލިމުންވެސް މިގޮތަށް ވިސްނުން ބަހައްޓައިގެން ދިރިއުޅޭނެނަމަ...

  26. އަލީ

    އަޅެ ޖަލުގައި އުޅޭ އެނަމެންނަކީ މިނިސްޓަރުންނާއި ވަކީލުންނަށް ވާންޖެހޭނީ އެހެންނޫނީ ހިޔުމަން ރައިޓުސް ވޯކެއް ނުކުރާނެ އިންސާނަކަށްވެސް ނުވެދާނެ ނޫސްވެރިންވެސް އެކަމާ އެއްވެސް ވިސްނުމެއްނެއް... ހާދަދެރައޭ

  27. ކަލޯގަޔާ

    އެކައްޗެއްވެސްދޭނެކަމެއްނެތް. ތަޅުންވެސްވާ އެބައއޮތްތާ. ކަޅުފަސްމަތީހުސްގަޔާބައިތިއްބަންވީ. ދެޖާހިލުން.

  28. އަދުލު

    އަލީޒާހިރުގެ މައުލޫމަތައްޓަކާ ބުނަން. ޖަލަށްލަނީ ކުއްވެރިން.. ޖަލުގަ ލަގްޒަރީ ޕެންޓްހައުސް ގޯލްޑް ޕްލެޓިނަމް އެޕާޓްމަންޓުނުހުރޭ.. ދުނިޔޭގެ ކޮންމެވެސް ރީތި ނަމެއްކިޔާ ގައުމެއްގަ އެބަހުއްޓޭ އަލީޒާހިރު ބުނެފާނެ.. އެކަމަކު މިގައުމުގެ އެހެން ކުއްވެރިންނަ ނުލުބޭ ހިދުމަތެ ތިޔަ އަބުރުވެރި ހާއިނުންނަކަށް ނުލިބޭނެ.. އެހެންވީމަ އުމަރުގެފާނުގެ ހަލީފާކަމުގެ އަދުލުވެރިކަމުގެ ވާހަކަ ނުދެއްކުންއެދެން.. އުމަރުގެފާނުގެ ހަލީފާކަމުގަނަމަ މިހާރު އަލީޒާހިރު ހުންނަންޖެހޭނީ ހުރަގޭގަ.. ވަލިއްޔުލް އަމުރާ ދެކޮޅަށް ބައާވާތް ނުކުރެވޭނެކަން އިސްލާމްދީނުގެ އިލްމުވެރިން ކުރިންވަނީ ކިޔާދީފަ.. އެހެންވީމަ ތިޔައީ މޮޑަން ގައްދާރެ... ތިމާމެން ބޭނުންމީހަކު ބައިންދަންވީ ސަންއައިލޭންޑްގަ ހުކުމް ތަންފީޒުކުރަން... ތިޔަމީހުންނަ މިގައުމުގެ ވެރިކަން ލިބިއްޖެނަމަ އަދުލުގެ ކަންފުޅެވެސްނުވާނެކަމުގެ ލާމަސީލު މިސާލެ ތިބުނީވެސް..

  29. ސިއްހަތު އިސްކުރުން

    ދެ ފަނޑިޔާރުންވެސް ތަންކޮޅެއް ގިނައިން ކޭން ބެއްލެވުމުގެ ސަބަބުން ހަށިގަނޑު ފެންނަނީ ތަންކޮޅެއް ފަލަކޮށް އަދި ބުރަހެލިކޮށް. އެހެންކަމުން މިއީ އެބޭފުޅުންގެ ސިއްހަތަށް ފައިދާކުރާނެ ކަމެއް. ވަރަށް ވެދުން

  30. އަންދު އަމަތު

    އެއީ މިހާރު ފަނޑިޔާރުންނެއްނޫން އޮޅިވަޑައިގެން ތިއުޅުއްވަނީ . އެއީ ހާއިނުން ބަގާވަތުގެ ބައިވެރިން އަަދަބަކީ މަރު ! ހުކުން އަވަސްކުރޭ

  31. ޙަފްޞާ / މާލެ

    ޖަލުގަ ، ކަޅު މުޙައްމަދެކޭ ، ދޮން މުޙައްމަދެކޭ ވާންވާނީ އެއްގޮތް! އަމިއްލަ ގޯތިގެދޮރުގައި ތަފާތުވުން އޯކޭ!

  32. ކޯބްރާ

    ޢަލީ ޒާހިރޫ ކަލޭ ކިޔެވީ ކޮން އެއްޗެއްތަ؟ އަބޫޖަހުލު ކައިރިންތަ ކަލޭ ކިޔެވީ؟

  33. Anonymous

    އަވަހާރަފުޅު ލައްޕަވާނީ ކީރިތި ރަސޫލާ.

  34. ސްޓްރޭންޖަރ

    އަވަހާރަފުޅުލައްޕަވާނީ ކީރިތި ރަސޫލާ އިނގޭތޯ

  35. ޙޮއްކޮ

    ދޮންކަލޯ އަހަރުމެން ވެސް މިނިދަނީ މުސިގަޑުމަތީގަ އަހަރުމެން ކަހަލަ ކިތައް ދިވެހިންުޅޭކދިވެހިންުޅޭކަން އިގޭތަ ކަޅޯ މރނައް 80 ހަސް ލިބޭ އިރު މުސާރަ ތައް އިގެތަ މިރަތް ޔިތުން ގެ ޓެކުހުން ނޭ ކަލޯމެން އަމިއްލަޔައް ބޮދު މުސާރަ ނަގާގެން ތިތިބެ ނި އެއްމެފަަހަަރަކުވެސް މިވަހަކަ ގޮވާބަލަ

  36. ކަލަމިންޖާ

    މީގެކުރިން ކއްވެރިން ގެ ހާލު ނުބަލަނީ ކީއްވެބާ

  37. މޫސަ

    2013 ގައި ބޭއްވި އިންތިޙާބު މަތިމައްޗައް ކެންސަލްކޮށްގެން ހޯދަދިން ވެރިކަަމަކުން ލިބޭނީހަމަ ރަނުގެ ދާންކޮޅުތައް. ހެޔޮކޮށް ތިވީ

  38. އަޅީ

    ބަލަ ޖަލުގައި ހުންނަނީ ލަގްޒަރީ ބެޑެއްނޫނޭ.. އެއީ ކުއްކުރީމަ އަދަބުދޭން ހުންނަތަނެކޭ.. ނަސީބެއްނު އަށްޓެއްވެސް ހުންނަކަން.. ކުއްކުރާއިރު ނުވަތަ ކުށަކަށްއަރާގަންނައިރު ހަމަ ނޭގެނީތަ؟ މިވަރުގެ ވޭންހުންނަކަމެއްކަން..

  39. ނާރާ

    ހަޑިނަހާވާ އިއްޒަތުގަ ތިބިނަމަ ތިހެންނުވީސް، ގުއިރޯނުގައި ޖެހުނީމަ ވަނެގޮތްވީ، ދެން ކޮންވާހަކައެއް ދައްކާކަށްތިބެ، ބަޣާވާތް ފުޅެއް ކުރެއްވީ .......

  40. ޢަލީ

    ކަލޯ ކޮއްކޯ! ޖަލަށް ދިޔައީމަ ބޮޑު ގޮދަޑިއެއް ނުލިބޭނެ. ހިތައް އަރާއިރަކަށް އަނބި ތަޅާކަށް ނުލިބޭނެ. މިއޮއް ހުރިހާ ދުވަހު ރިސްވަތު ކައިގެން ރަން ފާޚާނާ ތައްޓަށް ގުއިރީގެން އުޅުނުއިރު ޖަލުގަ މީހުން އުޅޭ ހާލެއް ނޭންގުނު ދެއްތޯ! ތިޔައީ އެންމެ ގިނަ މީހުން ޖަލަށްލާން ހުކުމް ކޮށްފަ ތިބި އާލާތުން. ޜިސްވަތު ނަގައިގެން. ކަލޭމެންނަށް މިއަދު ޖަލުގެ ރަހަ ފެންނާތީ އުފާކުރަން

  41. ހަސަނ ސާކިރު

    ހެރޭނެ.. މަހުޝަރު ދުވަހުނ އަދި އޮތީ އަލިފާނއ

  42. އިބްރާހީމް

    އުއްތަމަ ފަނޑިޔާރެއް ޢަލީ ޙާމީދެއް ޢަލީ ޒާހިރެއް ނޯންނާނެ ޖަލުގަ އޮންނަން ޖެހޭނީ ޖަލުބަލަހައްޓާ މީހުން ބޭތިއްބީ ތަނެއްގަ.

  43. އާވައީ

    އޯކޭނު މިހާރުއެއީ ހަމަހަމަކަން

  44. އާވައީ

    ވަރަށްފުރިހަމަ

  45. އާވައީ

    ވަރަށްފުރިހަމަދޯ

  46. ނަޝީތު

    އަލީ ޒާހިރޫ. ޖަލަކީ ޖަލު. އެތަނަށްލަނީވެސް ކަމެއް ވެގެން . ކަންތައް ތަކެއް ވިސްނައި ދޭން. އެކަމުގައި ވަކި މީހަކަށް ތަފާތު ކުރުމަކީވެސް އިންސާފެއް ނުން.އަރާމުގައި އުޅެވެން އޮއްވާ ޖަލާ ހަމައަށް ދާން ޖެހުނީމާ ދެން އައްޓެކޭ ފަންކާ އެކޭ ކިޔާނެކަމެއްނެތް. ކުނާ ގަނޑެއް ލިބުނުކަންވެސް އެއީ ނަސީބުކަމަށް ހީކޮށްލާ .

  47. ޙ

    އެންމެ ދެ ފަނޑިޔާޜައްޓަކާ މުޅި ގައުމު ހަލާކެއް ނުކުރެވޭނެ މަކުލޫފު ބުންނަސް

  48. ރައްޔިތުން

    .ކަށްއެޅި ބިންގަލެއް ކެއްޗާ ހަމަޔަށް ދިޔަސް އެވާނީ. ޥީމާ ސ ކޯޓުން އެޅި ކަތި ފިޔަޅުގެ ރާހަތު އެމީހުން ދެކޭނޫ އެވެ.

    • ލައު

      ވިޝާލް އެއް އަފްރާހެއް ނޯންނާނެ

  49. ހުސޭނުބޭ

    ދެން ޢަލީ ޒާހިރު ފަދަ މާތް ޝޭޚަކު ފަސާދަކުރުމުގެ ބަދަލުގައި ދެ ފަނޑިޔާރުންގެ ހިތްތިރިކުރުމަށާއި، ފާފަތަކަށް ތައުބާވުމަށް ނަސޭހަތްދޭންވީނޫންތޯއެވެ. ހަމަ ގައިމުވެސް އެ ދެބޭފުޅުން މިހާރު އަވަހާރަލައްޕަވަނީ ޑޮލަރުގެ ގޮދަޑިއެއްމަތީގައެއްނޫނެވެ.

  50. އިސާ

    ކުށްވެރިންނަށް އޮންނާނީ އެއް ހަމަޔެއް. ހެހެހެ.

  51. ތާޖުދާރީން

    ސޯ؟ އެމީހުން ދެންވީ އޭސީ ކޮޓެރީގަ ނިންދަވަން؟

  52. ކޮރުފާ ދަރި

    ދެ ފަނޑިޔާރުން އަތުގައި ނުހުންނާނެ ލައިގެންކާނެ މަހެއް ގަންނާނެހާވެސް ފައިސާ. ކުނާ މަތީ ނިދުމަކީ މިއަދު ހާލަތު. އެ ދެބައިން ކިޔަވައިގެން އަސްލު ފަނޑިޔާރުންނަށް ވީމަ އަދި ލިބޭނެ އިއްޒަތުގެ ގޮނޑިވެސް.

  53. ޝުއައިދު

    މުހައްމަދު އަފްރާހެއް މުަހައްމަދު ވިޝާލް އެއް ނޯންނާނެ! ޖަލުގައި ދެ މުހައްމަދު ވެސް އެއްގޮތް ވާންވާނީ!

  54. ތިމަރަ

    ޢަލީ ޒާހިރު އަކީކާކު؟ ކޮންގައުމެއްގެ މީހެއްތަ؟

  55. ލައު

    ވިސާލް އެއް އަފްރާހެއް ނޯންނާނެ. ގޮޅީގައި އެއްގޮތް ވާންވާނެ!

  56. ވައްތި

    އަލީ ޒާހިރު އެއިން ކޮންމެ ބޭފުޅަކަށް ބެޑްރޫމް ސެޓަކާއި ލަގުޒަރީ އެޕާރޓްމަންޓެއް ހަދިޔާ ކުރައްވަންވީނު

  57. ދާދު

    އަހަރެން ނިދަނީ ބިންމަތީ

  58. ށުމަން

    ޒާހިރޫ. ކަލޭ ތީ ށޭހެއެް ކަމަށް މަ ހީކުޓަ. ޢެހެނަކާ ނޫން ވޫ. ތަ ބޭނުން ވެންނަ ފައިސާ ދާ؟ .ތޯރަޓެ ބައި އަފުންނާ އެކަ މަހެ ބެންނަ
    . ޢެކަން ތައް އިނގެންނެ...

  59. ޒަޢީމާ / ހުޅުމާލެ

    އެ ދެބޭފުޅުން ނިދިކުރައްވަނީ ... މިއީ ގޮތް! ތިދެން ރިޝަވްތު ހިފީތީ މާ މައްޗަށް ނަގަނީ!

  60. ކަންފަތް

    ދެފަޑިޔާރުން އެތިއްބެވީ 5ސުޓަރ ހޮތަލެއްގަތޯ ކުއްވެރިވީމަ ކީއްވެތަ ވަކިބަޔަކަށް ތަފާތުކުރުން ބޭނުންވެގެން ތިޔައުޅެނީ ބަލަ ހަސަނަކަސް ހުައިނަކަސް އެން ހަމަޔަކުން މިނަންއަދަ ކޮށްބަލަ

  61. ނުރަބޯ

    ދެ ބާޣީންނަށް އަދި ތިޔަވަރުވެސް މާމޮޅު ތިޔަ ކުނާ ވެސް އަތުލާފަ ހުސް އަށިމަތީ ބާއްވާ. އިއްޒަތް ތެރި ކަމާ ގަދަރުވެރިކަން ފައިސާ އަށް ވިއްކާފަ ބަޣާވާތް ކުރާ މީހުންނަށް ކަމޭހިތާނެ ކަމެއްނެތް.

  62. އިންމަބެ

    އަވަހައް ރަން އެނދު ގެންދޭ އަތްގާއްކޮއްދޭ އަންހެން ކުދިންނާ.. 7ތަރީގެ ރިސޯޓެއްގެ ފެންވަރު ދޭންޖެހޭނެ ގައްދާރު ބާޢީންނައް.. ކުއްކުރާ މީހުންގެ އަދަބުގަ އަރާމުވާން ޖެހޭނެ ވިއްޔަ.. ލޮލް

  63. ޕޮގުބާ

    ބަރާބަރު ކޮޅަށް ބައިތިއްބަންވީ

  64. ޕީޖޭ

    ކުށެއްގެ ތުހުމަތު ހައްޔަރުކުރެވޭ މީހުން އެސީ ރޫމުގައި ގޭގައި އުޅޭހެން އުޅެވިގެން ނުވާނެ، ޔޫސުފްގެފާނު އޮންނެވީ ކޮންތަނެއްގައިތޯ؟؟ ނަބީ ބޭކަލުންނަށް ވުރެ މަތީ ދަރަޖައެއް އޮރިޔާން ފިލްމުކުޅޭ ކަމަށް ތުޙުމަތު ކުރެވޭ މީހަކަށް ދިނުނަށް ގޮވާލުން، ޒިންމާ ދާރުކަން ކުޑަ ކަމަށް ދެކެން!!

  65. ޙުށޭނު

    އެ ދެމީހުން ވެއްޖިއްޔާ ވަކި ތަނެއްގަތހަ ނިދަން ޖެހެނީ؟ ސަޖިދައަށް އޮާްވާތަ ހައްޔަރު ކުރީ ދޭތި؟

  66. ފާތުން

    ޢެއީ މައްސަލައެއް ނޫން. ޖަލައްދިޔައީމަ އެހެން އުޅެންޖެހޭނީ. ކާލޯން ގޮދަޑީގައި ނިންދަވާކަށްނުޖެހޭ.

  67. ވާވަރު

    ރަންގަޅައްއުޅުނުނަމަ ތިހިނެއްނުވީސްދޯ.....

  68. އަޒޫ

    ކިތަންމެ އިއްޒަތްތެރިޔަސް މަރުވީމަ ވަޅުލާނީވެސް އަހަރުމެން ނިކަމެތިން މަރުވީމަ ލާފަދަ ސަންދޯކެއްގައި..........އެ ދެ ފަނޑިޔާރުން ނޫނަސް ކުއްވެރިން އެބަތިބި އޭސީ ރޫމެއް ނުލިބޭ...........

  69. ޚާލިދު ވަޙީދު

    ދެން ކޮބާ މައްސަލަ އަކީ

  70. ޕަކާސް

    ނަސީބެއްނުން ކުނަލެއްވެސް ދޭކަން ޤައުމަށް ހަރާންކޯރުވާ މީހުން ފަނޑިޔާރެއްކަމަކު އަދި އެނޫން މީހެއްކަމަކު ކުނަލެއްވެސް ދޭނެ ކަމެއްނެތް ތިވަރު މީހުންނަށް އަދި މިޔަށް ވުރެއް ހޫނު ދުވަހެއް އޮންނަކަން ހަނދާން ކޮއްދޭންވީ

  71. ހެޕީ

    އަހަންނަށް ރަނގަޅީ ތިޔައްވުރެވެސް ހާލުގައޮތީޔާ... މިހުރިހާކަމެއް މިހިސާބައް ގެނައިބަޔަކީ ތިއީ... ރނަގަޅަށް ރަހަ ލާފަ ހުންނާނި މިހާރު...

  72. އަޙްމަދް

    ހެހޭ: ދެން ޢަލީޒާހިރު އެ ދެފަނޑިޔާރުންނަށް ކަރލޯން ގޮދަޑިއެއް ހަދިޔާ ކުރައްވަން ވީނޫންތޯ.

  73. އަލީ ޒަަހިރު

    އަލީ ޒާހިރުގެ ބެޑް ދޭންވީނު

  74. ތާއީދު

    އަލީ ޒާހިރު ކަލެއާ ސިދާތާ ނިދަނީ އަނެއްކާ ކިހިނަކުންތަ

  75. ސާރުދާ

    އަޅޭ އަލީ ޙަމީދު އަދިވެސް ހާދަ ލޯބިއޭދޯ މިހާރު ދެރަވޭ އިންނަން އެހީމަ ނޫނެކޭ ބުނެވުނީމަ ދެއް ނުލިބޭނެދޯ ފުރުސަތެއް

  76. އަލީި

    އަލީ ޒާހިރު އެވެ. އެއީ ޖަލު ، މި ދިވެހި ރާއްޖޭގެ އެއްމެހާ ނިކަމެތި ރައްޔިތުން ޖަލައްލުމުން މީގެކުރިންވެސް ތިބޭތަން. އެއީ ރަސްރަސްކަލުންގެ ކިއްލާއެއްނޫން. ނިކަމެތިންގެ އިހުސާސްތައްވެސް ތިފަދައިން ބަލައިގަންނަ ނަމަ ހާދަ އުފާވީހެވެ. އާދައިގެ ނިކަމެތި މީހާ މުޅި އުމުރު އެތަނުގައި ހޭދަކުރެއްވިޔަސް އެ ހަރު އަށި ހުންނަނީ ހަރުކޮށެވެ.

  77. އަހުމަދު

    އެ އަށި އެއީ ޖާދޫގެ އައްޓެއް. ނިކަމެތިމީހާއަށް އެ އަށި މަޑު ގޮދަނޑިއެއްފަދަ. އިއްޒަތް ތެރިންނަށް އެއީ ކޮންކުރީޓް.

  78. ާމަގޭ ހިަޔާލު

    ޢަހަރެން މަންމަމެންވެސް ނިދި އައްޓެއްގެ މަތީގައި. ކުއްވެރިއަކު ބަހައްޓަންވާނީ ނިކަމަތި މީހުންގެ ފެންވަރުބަލާ އެއަށްވުރެށްވެސް ދަށްކޮށް

  79. ބުރޯ

    އަލީ ޖާހިރު އަށް އެކަން އިގެނީ ކިހިނެކުން ހޭ މީނަ އެސް އެގެސްޓް ހައުސްގަ އުޅުނުބާ

  80. މުޙައްމަދު

    ތީ ވަކި އެ ދެމީހުން ވީމަ ކުރާކަމެއް ނުން

    ދޫނދޫ އައް ކުށެއްގެ ތުހުމަތުގަ ގެންގޮސްސިއް

    ޔާ ކޮންމެ މީހަކައް ވެސް އޮންނަ ގޮއި

    އެހެން ނޫނަސް ރަނގަޅީ ތި ދެމީހުނައް ނިދަން

    ކުނާ ގަޑެއްވެސް ބާލިސް ގަޑެއް ވެސް ނުދީ

    އަށި މަތީގަ ނިންދެ ވިއްޔާ! ކުށެއް ނެއް ކިތައް

    މީހުން ކިތައް އަހަރު ތި އަށި މަތީގަ ނިދަން

    ޖެހުނު ތި މީހުންގެ ސަބަބުން ރަނގަޅައް ތިވީ

    އާމީން...

  81. މޯޑުމޯޑު

    ބަލަ މަނިކުފާނަށް ތިޔަވަކީލުކަން ކުރައްވާއިރުހުރިހާ ކުއްވެރިންވެސް ނިދަނީ މަޑުގޮދަނޑި މަތީގަ ނޫންކަން ނޭގެނީތޯ؟އެހެންރައްޔަތުން ޖަލުގަތިބޭއިރު ކުނާމަތީގަ ނިދާއިރު އެމައްސަލައަކަށްވެގެން ނޫޅެނީ ކީއްވެތޯ؟އެއީ ބޭފުޅާގެ އިޚްލާސްތެރިކަމުންތޯ؟

  82. ބުއްސު

    އޭ ގޯޅިއަށްލާ އެންމެވެސް ނިދަނީ އެތާގައޭ. މިހާރު އެގޮޅިތަކުގައި އެ އަށި ހުންނަތާ 40 އަށްވުރެ ގިނަ އަހަރުވެއްޖެ. މިވީ ހުރިހާ ޒަމާނެއްގައި ކުށުގެ ތުހުމަތުގައި އެތަނަށްލާ އެންމެން ނިންދަވަނީ އެތާ. އަލީ ހަމީދުމެން އެތާ ނިންދެވުމެކޭ އެހެން ނިކަމެއްޗަކު ނިންދެވުމެކޭ ކޮބާތަފާތަކީ.

  83. ހުއިވަނި

    ހަނދާން ބަހައްޓަންވީ އެއީ ޖަލެއްކަން. އެއީ ދުނިޔެމަތީގެ ސުވަރުގެއެއްވެސްނޫން.

  84. ފޭކް އިންދިޔާ

    ޙަމަ ބަރާބަރު

  85. ޖަމީލް

    ތީހަމަ ތިކަން ކުރަންޖެހޭ ގޮތް