މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މިރޭ 1:10 ހާއިރު މަޖީދީ މަގު ޑިލައިޓް ކައިރީގައި މި އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ.

މި އެކްސިޑެންޓް ގައި އަނިޔާވި ދެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ހާލު ސީރިއަސްވެ ފަރުވާދެމުން ދަނީ ޕީއެސްއެމްގެ ޓެކްނީޝަނެއް ކަމަށްވާ މުހައްމަދު ޝުހާންއަށެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދު --- ވަގުތު އިމޭޖްސް/ މައުރޫފް

މަންޒަރުދުށް މީހުން ބުނީ، އެކްސިޑެންޓްގައި އޭނާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ގިނަ އަދަދެއްގެ ލޭ ފައިބާފައި ހުރި ކަމަށެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންނާއި އަދި އައިޖީއެމްއެޗްގެ ބަހެއް ލިބިފައެއް ނުވެެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. އަދާލަތު

  ޝިފާން އަށް އަވަސް ޝިފާޔަކަށް އެދެން.

  36
  1
 2. ދޯ

  މިހާރު އުޅޭ ޒުވާން ކުއްޖަކަށް ސައިކަލަކަށް އެރިއްޖެއްޔާ ފަޔަށް ހިނި އަރައިގެން އުޅޭހެން ހީވާނި ދެން އެކްސިޑެންޓް ވީމަ އެވާހަކަ ދައްކާނި އަދި ފަހަތުގައި އަންހެން ކުއްޖަކު އިނިއްޔާ ސައިކަލު ދުއްވަން ނުވެސް އެނގޭނެ....

  37
  5
 3. އ. ޝަރީފު

  ސައިކަލް ދުއްވާ އިރު ހެލްމެޓް އެޅުމަކީ، ކިހާ މުހިއްމު ކަމެއްކަން އެގެމުން މިދަނީ. މަޖްބޫރް ނުވިޔަސް ، އަމިއްލަ އިޚްތިޔާރު ގައި މިކަން ކުރަން ވެއްޖެ.

  43
 4. ރައްޔިތުމީހާ

  މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންނާއި އަދި އައިޖީއެމްއެޗްގެ ބަހެއް ލިބިފައެއް ނުވެެއެވެ ޔައުނީ ފުލުންނާއި އައިޖީ އެމް އެޗް ފިލީ ،
  ޝަކުވާ ހުޝަހައްޅަން ގުޅީމަ ފޯނުން ނަންބަރު ނަގައި އެއީ ކާކުތޯ ބަލައި ޓުރެފިކު ޖޫރުމަނާ އާއި ދެން ވެސް އެމީހަކަށް ފިލުވެން އޮތް ހަސަދަ އެއް ފިލިވުން މިއީ ދެރަ ވެގެން ވާ ކަމެކެވެ.

  20
  1
 5. ހެލްމެޓް

  ހެލްމެޓް އަޅަންވީކީ ހަމަ އެކަނި ބުރިޖް މަތިން ނޫންކަން މި އެނގެނީ

  21
  1
 6. ނަސީދު

  ހެލްމެޓް އެއްނޫންއަޅަންވީ މިހުން ގަވައިދައްފައްތަންވި ފުލުހުން މަގުމަތީ ގިނަކުރަންވިީ އޭރުން ރަގަޅު ވެދާނެ

  12
  1
 7. ހަމީޒް

  ގޭގޭ ބެލްކަނި ބޮލައް ފައިބަނީ.. ޓުރެފިކު އެކުސިޑެންޓު ހިނގަމުން ހިނގަމުން މީހުން މަރުވެ ހުސްވަނީ.. މަގުމަތީގެ އަޅާފަ ހުންނަ ގާތައް ހީވަނީ ކަނޑުގެ ރާޅުތައްހެއް.. ޓުރެފިކު ބާރުބޮޑުވެ ހީވަނީމަގުތައް ފަޅައިގެން ހިނގާދާނެ ހެން..އިމާރާތްކުރަމުން ކުރަމުންގޮސް މާލޭ މީހުންނައް ނޭވާނުލެވޭވަރައް އިމާރާތްކޮއް ގެތައް ފިތިބާރުވެ މީހުން ތޮއްޖެހިއްޖެ. ޖަންކުސަންތައް ފުރިބާރުވެގެން މަތިގަނޑުން ފެން ލީކުވަނީ.. ބިދޭސީން މުޅިމަގުމަތީގައި..ކުލި އެހާބޮޑު..ފޯނު ބިލުއެހާ ބޮޑު.. ކަރަންޓުބިލް އެހާބޮޑު.. ޓެކުސް ދައްކަ ދައްކާ އަވަދުވަދިވެއްޖެ.. ތަކެތީގެ އަގު އެހާބޮޑު.. މުސާރަތައް ތިރިޔައް.. ފަޒީފާތައް ދަށައް.. ރައްރަށުގައި ސިހުރުވެރިކަމާއި ކާހިނުކަން އުތުރިއަރަނީ.. ކަނޑުމަތީ ހާދިސާ އެހާގިނަ.. އެއްޖިންސުން ގުޅުންހިންގަނީ.. ރަލާއި މަސްތުވާތަކެތި އަދި ޕާޓީ ޑުރަގު އިންތިހާގައި.. މިއޮތީވާ ގައުމެއް ލިބިފަ..

  45
  4
 8. ޏަނ

  މިގޮތަށް ފޮޓޯ ނުލުމަށްށް އެދެން.. އާއިލާ އާއި ރައްޓެހިން ހެޔޮއެދޭ ފަރާތްތަކަށް އެގޮތަށް ފެނުން އެއި ވަރަށް އުނދަގޫ ހިތްދަތި ކަމެއް... ޢެހެންމީހުންގެ އިހުސާސްތަކަށް އިހުތިރާމް ކުރައްވާ....

  23
  5
 9. ވައިޓުހައުސް

  މިހާރުގެ ސީޕީގެނެއްވިސްނުމެއް މިކަންކަންހައްލުކުރާކައް މާލޭގާ އަބަދު ޖީއެންތަކުގަރޭސްޖަހަނީ

  14
 10. ކެރަބެ

  ދިވެހިންގެ މަގުމަތީ ޑިސިޕްލިން ވަރަށް ދަށް.

 11. ޙަސަނު

  ޓުރެފިކް ޙަދިޡާ ތައް ހިނގަން މެދުވެރިވާ އެންމެ ބޮޑު އެއްސަބަބަކީ، ދުއްވާސްޕީޑްް ، ޓުރެފިކް ފުލުހުންނަށް ކޮންޓުރޯލު ކުރުމުގެ ދަތިކަން

 12. އަލީ ހަނީ

  އަޅުގަނޑު ދުއްވާތާ 25 އަހަރު. އެކި ގައުމު ތަކުގައި އެކި އުޅަނދު ދުއްވަން. ކާރުވެސް، ސައިކަލްވެސް. އަޅުގަނޑު އެކްސިޑެންޓެއް ނުވޭ، ޤަވާޢިދުން ހަމަ ދުއްވަނީ ސްޕީޑަށްވެސް ބަލައިގެން.

 13. އަޙްމަދު

  ސުޕީޑު މަދުކުރޭ ފުރާނަ ސަލާމެއކުރޭ