ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި އަޅާބަލާއިރު މި ސަރުކާރު ހިނގަމުންދާ ސްޕީޑް މާ ބާރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެ އެވެ.

"ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއް ގައި ވާހަކަ ދައްކަވަމުން އަހުމަދު ވިދާޅުވީ ބައެއް ފަރާތްތަކުން މި ސަރުކާރު ހިނގަމުންދާ ސްޕީޑް ސްލޯ ކަމަށް ބުނި ނަމަވެސް ވޭތިވެދިޔަ ރައީސް ޔާމީންގެ ސަރުކާރާ އަޅާބަލާއިރު މިސަރުކާރުގެ ޕްރޮޖްކްޓްތައް ހިނގަމުންދާ ސްޕީޑް މާ ބާރު ކަމަށެވެ.

އަހުމަދު ވިދާޅުވީ މި ސަރުކާރުން މަސއްކަތް ކުރަމުންދަނީ ރައްޔިތުންނަށް އޭގޭ ފައިދާ ދިގުމުއްދަތެއްގައި ކުރާ ގޮތަށް ކަމަށާއި އަދި އެކުރާ ކަމެއްގައި އެންމެ މަދުން ފައިސާ ޚަރަދުވާނެ ގޮތަކަށް ބަލައި މަސައްކަތްތައް ރާވައިގެން ކަމަށެވެ.

އަހުމަދު ވިދާޅުވީ 2008 އަހަރު މޯލިޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅުވާލުމުގެ މަސައްކަތް ފެށި ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އެއްވެސް ވަރެއްގެ ޝައުގުވެރިކަން އެކަމަށް ނެތް ކަމަށެވެ. ނަމަވެސް މިސަރުކާރުން ވަނީ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅުވާލުމުގެ މަޝްރޫއެއް ފަށާފައި ކަމަށާއި ކުރިއަށް އޮތް ދުވަސް ތަކުގައި ދަތުރުފަތުގެ ވަރަށް ރަނގަޅު ނިޒާމެއް މުޅި ރާއްޖޭގައި ފެށިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިން ވެސް އެމްޑީޕީގައި އިސްކޮށް އުޅުނު އަހްމަދުގެ ހިއްސާ އޮންނަ ވާމިލިއަން އަށް އެމްޑީޕީގެ ވެރިކަމުގައި މ.އާއި ފ، އަދި ދ. އަތޮޅުގެ ފެރީ ދަތުރުތައް ދިނެވެ. ނަމަވެސް މިއަހަރު އެކުންފުނިން ވަނީ ފެރީގެ ދަތުރުތައް ހުއްޓާލާފައެވެ.

އެ ތިން އަތޮޅަށް ފެރީގެ ހިދުމަތް ދޭތީ އެ ކުންފުންޏަށް ވަނީ ރިސޯޓް ހެދުމަށް ދެ ރަށް ދީފަ އެވެ. ފެރީގެ ހިދުމަތް ހުއްޓާލި ނަމަވެސް އެ ދެ ރިސޯޓް އަންނަނީ ހިންގަމުންނެވެ. އެއީ ދ. ވޮއްމުލީގައި ހިންގާ ސެއިންޓް ރީޖިސް އާއި ދޫރެސްގައި ހިންގާ އާވީ ރިސޯޓެވެ.

ޔާމީންގެ ސަރުކާރަށް ވުރެ މި ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ސްޕީޑް މާ ބާރު ކަމަށް ދޮންބިލަތް އަހްމަދު ވިދާޅުވިއިރު މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވެސް ވަނީ އަދި މިސަރުކާރަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ޕްރޮޖެކްޓްތައް ފަށާނެ ކަމަށް އެތައް ފަހަރަކު ވިދާޅުވެފައެވެ.

ސަރުކާރުގެ ސްޕީޑް މަޑު ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

 1. ހުސެން

  ކަލޯ ކަހނބު ވެސް ދުވަނީ ހާދަ ބާރަށޭ އޭގެ ޒާތުގައި،ގޯހެއް ނުން އަދި ހުރީ ކަހނބު ސްޕީޑުގައި

  161
 2. ސައިމާ

  އެވާހަކަ ވަރަށް ބޮޑު ތެދަކަށް ވެދާނެ. ސަބަބަކީ ސްޕީޑް މާ ބާރުވެއްޖެނަމަ ހަމަލޮލަށް ނުފެނިދާނެ.

  149
  1
 3. ޖޭއާރު

  ދޮންބިލެއް ތިބުނީ ވަރަށް ބޮޑު ތެދެއް. ފިނިހަކަ ދުވެލީގައި އެބަދުވޭ. އެންމެ ބޮޑު ޕްރޮޖެކްޓަކީ މާލޭ އަޓިފިޝަލް ބީޗް އަދި އަޑި ޕާރކް ޕްރޮޖެކްޓް. މި ވޯލްޑް ވައިލްޑުގެ 100 ބިލިއަން ޑޮލަރުގެ ބިޔަ މަސްރޫއެއް. ދެން ވަރަށް ސަލާމް ދޮންބިލެއް ވަރަށް އަވަހަށް ފީ ބިލެތައް ވާނެ. މިކަން ހަދާން ކުރާތި. ޝުކުރިއްޔާ ާ ާ

  139
 4. ޒާހިރާ

  ތިޔަބުނާ މަޝްރޫޢުތައް ފެންނާނީ ލޯފަން މީހުންނަށް ހެއްޔެވެ؟ ބަލަގަ ގަމާރު މެންބަރާއެވެ. މިހާރު ހިނގަމުންދާ ހުރިހާ މަޝްރޫޢުތަކަކީވެސް ރައީސް ޔާމީންގެ ޒަޢާމަތުގައި ފައިސާ ހަމަޖެހި ފަށާފަހުރި ނުވަތަ ބިޑްކުރެވިފައިވާ މަޝްރޫޢުތަކެވެ. ބައެއް ބޮޑަތި މަޝްރޫޢުތައް ކަލޭމެންގެ ވެރިން ނުކުމެ ހުއްޓުވާފަ އަލުން ހަމަ އެ މަޝްރޫޢުތަށް ފަށުން އެއީ ދިވެހި މުހާވަރާގައި ހާއްޔަށް ދަނޑިބޭނުމެވެ.

  94
  1
 5. ކެޔޮޅު

  މިސަރުކާރުން ހިންގާ ޕްރެޖެކުޱެއް ފެންނާނީ ހަމައެކަނި ތިކަހަލަ ބޯބުރާންޗަކައް!!

  90
  1
 6. މަބޭ

  ފާފު އަދި ދާލު އަތޮޅުގައި ފެރީހިދުމަތް ކުރިޔައް ގެންދާގޮތައް 2ރައް 2 ރަށުގައި ރިސޯޓް އެބަ ހިންގާ ފެރީދަތުރުތައް ހުއްޓިފައި 2 ރަށުގެ އެގްރިމަނޓް 50 އަހަރުވަންދެން ދައުލަތައް އެްްވެސް ކުއްޠެއް ދައްކާކައް ނުޖެހޭ ފެރީގެ ހިދުމަތް ފެށީ ސަރުކާރުން ބޮޑުލީނެއް އިންޓްރެސްޓް ފްރީކޮއްދިނީމަ

  64
 7. ކާފަބޭ2019

  ސްޕީޑުބާރުކަމުން އަހަރުމެންލަހަލަ ލޮލުގެފެނުމުގެބާރުދަށްމީހުނަށް ފެންނަވަރެއްވެސް ނޫން އަހުމަދޫސަރުކާރުގައެދެންވީނު އަހަރުމެންކަހަލަ މީހުނަށްފެންނަވަރަށް ސްޕީޑު ދަށްކޮށްދޭށޭ ވާނުވާއެގޭނީއޭރުންނެއްނު!

  67
  1
 8. ލަމް

  ކަލޯ ހަމައިގަތަ ތިހިންނެވީ، ވާނިވާ ނޭގެނީ

  62
  2
 9. ޝާހް، ރ.ވާދޫ

  ތީ މުލިޔާގޭގަ ހިންގާ ޕްރޮޖެޖްޓުތަކެއް ނަމަ ރައްޔިތުންނަށް ނޭންގިދާނެ.. ރައްޔިތުންނަކީ ދެލޯ ކަނު ބައެއްކަމަށް ކަލޭމެން ތިހަދަނީ؟ ބަލަ ރައްޔިތުން މިތިބީ ބީތާވެފަތަ ކަލޭމެން ދައްކާ ވާހަކަ ގަބޫލުކުރަން؟ ނޫނީ ކަލޭ ތިހިރީ ހަމައިގަތަ؟ ކަލެޔަށް އެނގޭތަ މީ އެޒަމާނެއްނޫންކަން؟ މިހާރު ތިހެން އަނގައެއްތަޅާ ބުރާންޗަކަށް އެތަޅަނީ ވަރަށް މޮޅުއަނގަޔަކަށް ވެދާނެ! އެކަމަކު ރައްޔިތުން އެވާހަކަ ގަބޫލުކުރާނީ ލޮލަށް ފެންނަ މަންޒަރަށް ވިސްނާފަ! ކަލޭ ވަޒީފާގަ ހުންނަން ނޫނި ކުރިއެރުން ބޭނުމިއްޔާ މިސަރުކާރުގަ ތިކަލަހަ އަނގަ ނުތަޅާ ވަޒީފާގަ ނުހުރެވޭނެކަން ކަލެޔަށްވެސް އެނގޭތީ ކޮންމެސް އަނގައެއްތަޅަން މަޖުބޫރުވާނެ!

  68
  1
 10. ކަޅުބިލެއް

  ސާބަހޭ. ޕްރޮމޯޝަން ވަރަށްއަވަހަށް ދޭނަން. ހިތްވަރުކޮށްލާ. ހާދަބާރަކަށޭދޯ ތިޔާދުވަނީ

  64
  1
 11. Sun

  ވަަރައް ބާރު

  41
  4
 12. ޥައުދު

  ޙަދާ ނިންމާފައިވާ ތަންތަނުގެ ނަންބަދަލު ކުރެވޭނެ ކުޑަކުދިންނަށްވެސް.. މިނޫން ޕްރޮޖެކްޓެއް ކުރިޔަށް ދޭބާ؟

  69
  1
 13. އާާާދަނު

  ކަށިނެތް ދުލުން ދޮންބިލަތްމެން ހިތަށް އެރިހާ އެއްޗެއް ކިޔަނީތާ. އަނގައިން ހުރިހާކަމެއް ހަމަޖައްސާ. އެއީ ކުރާކަމަކީ.

  63
  1
 14. އަހްމަދު އައިފާން

  ކަލޭގެ ހުވަފެނުގަތަ އަވަހީ. ތިކަހަލަ މޮޔައިން މުޅިންވެސް އެން ޑީ ޕީ ގަ ތިބީ. ތިވާހަކަ ގަބޫލު ކުރާނީ ކާޅު ބޮނޑި ބަތް ކާގެން ތިބި މީހުން އެކަނި. ކިނބޫ ސަރުކާރު ފިނި ހަމަ ސްޕީޑް އަށް ވުރެ ވެސް މަޑު ކޮށް އުޅެނީ.

  61
  1
 15. Anonymous

  ދޮންބިލެއްބުނީމަގަބޫލުކުރންޖެހޭނެ ދަތުރުފަތުގެނިޒާމަށް ދ.އަތޮޅުން ދިންބޮޑުދެރަށް ހަދައި ނިމުނީމާ ދަތުފަތު ހުއްޓާލީ ރަށްވަކިކުރެވޭގޮތެއްނެތް ހިދުމަތް ނުދިނުމުންވާ ކަމެއްނެތް އެހެންވެ ދޮންބިލެތްއެހެންގޮތަކަށް ވަހަކަ ނުދައްކާތި އެހެންުނޫނީ ވާގޮތް ބަލްންތިބޭތި މިހާރު އެގޭނެ އާއިލީވެރިކަމެއްގައިވާގޮތް ޖުޓިސަރީއަށްހަދާގޮތް ދ.އަތޮޅުރައްޔަތުންނަށް ވާގެންލުން އިބޫއަކަށް މަޖުލިސްމެނަބަރުންނަކަށް ނުފެނޭ ރަށް ހިންގުމަށް ބަދަލެއްނާދޭ ވީމާ ޕްރެޖެކްޓް ބާރުވާނެދޯ ........................................

  48
  1
 16. އަހްމަދު

  ދަތުރުފަތުރުގެ ނިޒާމުކަންތައްއެންމެބޮޑައް އެނގޭނީދޮންބިލަތައް އެނިޒާމުގެދަށުން މަހުޖަނަކަށްވެފަހުރިމީހެއްތީ

  49
  1
 17. ދ އަތޮޅުން ދެ ރިސޯޓް ދިނީމަ ކޮންމެ މީހަކުވެސް ތިހެން ބުނާނެ ، މިއަދު ތިޔަހުރީ ކަންމަތީ ހޮޓަލުގައި އިދެގެން މީހުން ގުބޯ ހައްދާލެވޭނެ ވަރުވެފަ އެހެން ވީމަ ކޮންމެ އެޗެކޭ ކިޔަސް ހަމަ ބާރަށް އަތް ޖަހަން ވި

  51
  1
 18. ޢަލިީ

  ޢެކަން އިގޭ ވަރަށްް ހަލުވި ސްޕީޑްގަ ދަނީ... އަގަޔާ އަތާ ދިމާ ނުވޭ.. އެޖެންޑާ 19

  40
  1
 19. ބާނީ

  ކަލޭ ތިޔަ ފަޅައިލި ކަރައެއްގެ ސަބަބުން ދެއަތްތިލް ފަޅައިގެންދާވަރަށް އަތްޖަހައިފިން.

  38
  1
 20. އިބްރާހީމް ނިލަންދޫ

  އެންމެ ބާރުކޮށް ކުރިއަށްދަނީ ފ. އަތޮޅު ފެރީގެ ޚިދުމަތް ވާރމިލިއަން މެދުވެރިކޮށް.

  30
  2
 21. ގުއިދައިތަ

  މީ ހަމަ ފައްކާ ބޯބުރާންޗެއް.. މިކަހަލަ އާވާރާ ވެފަ ތިބޭ މީހުން މަޖިލިސް މެމްބަރުންގެ ގޮތުގަ ދިވެހި ރައްޔިތުން މިހޮވަނީ..! ތީ މިހާރު ފީވެފަ އޮތް ބިލެތް ބޮނޑިއެއް.. މީނާގެ އަމިއްލަ ސިކުނޑިން އެއްޗެއް ވިސްނޭހާ ތެތްކަން ސިކުނޑީގަ ހުރި މަރުލޯލެއް ނޫން މީކީ.

  39
  1
 22. ކިކިކި

  މަދުން ފައިސާ ޚަރަދުވާނެ ގޮތަކަށް ބަލައި މަސައްކަތްތައް ރާވައިގެން ކަމަށެވެ. އެބުނީ ދަޑި ފަނުން ހަދާވާހަކަބާ ހަރަދު ކުޑަވެފަ ދިގުމުއްދަތަކައް ހަލާކުނުވެ ހުންނާނެ?

  32
  1
 23. ލޯ

  ތިދައްކާ ވާހަކަ ގަބޫލުކުރާނީ ދޮލޯ އަދިރިމީހުން

  32
  2
 24. ޝަރީފް

  ކަލޯ ފިނިހަކިވެސް ދުވަނީ ެ ވަރަށް ބާރަށް

  35
  1
 25. ރައްޔިތުން

  ހިނި އަންނަނީ.. އެއްވެސް ކަމެއް ނުކުރޭ.. ކުރީސަރުކާރުން ފަށާފަ ހުރި ކަންތަކުގެ ރިބަން ކެނޑުން އޮތީ..

  34
  1
 26. Anonymous

  ގަހުގަތޯ؟ ޕްރޮޖެކްޓްހިނގައިތަން ތިފެންނަނީ، ހިނދުކޮޅުގައި ހުންނަވާވަގުތުގައި.

  32
  1
 27. ފފފ

  ދޮންބިލެތަކީ، ފުޓްބޯޅަ ކުޅުނު މީހެއްނޫން. އެކްޓިވިސްޓެއްނޫން.

  28
  1
 28. Anonymous

  ދޮންބިލެތަކީ، ބިލެތްޅޮހުން ދޮންވާ ފަތެއް. ކަލެއަށް ކޯންޗެއް އެނގޭނީ. ނަޝީދުގެ ހެޔޮކަމުގައި، ދައުލަތުގެ ފައިސާއިން މުއްސަނދިވާ މީހުން. ލަދުހަޔާތެއްވެސް މިއިންމީހެއްގެ ނުހުންނަނީއޭދޯ.

  33
  1
 29. ލިންލިން

  ރަނގަޅު ޔާނު ސަރުކާރުގެ މެގަ ޕުރޮޖެކްޓްތައް ފެށުނީ ފަހު 3 އަހަރުގަ.. އެންމެ ބޭނުންވާ ފުލެޓު މަޝްރޫޢުވެސް ވެރިކަން ނިމެން 8 މަހަށްވީމަ ފެއްޓެވީ.. މިސަރުކާރުން ފުރަތަމަބައި ހަވާލު ކުރީ އެންމެ 7 މަސްތެރޭގަ.. ސުޕީޑުގެ ބާރިން އަސްލު އިނގޭނި ރައްޔިތުންނާ ހަމައަށް ފޯރަން ނަގާ ޓައިމް ބަލާފަ..

  3
  31
  • ރާއްޖެ

   ބުރާންޗާ ފްލެޓް އަޅާ ރަންވޭ އަޅާފަ އެހުރީ އެތަން ހިއްކައިގެން. ޢެއީ މޫދު 5 އަަހަރު ކުރިން.

   22
   2
 30. ތާޅަފިލި

  މިސަރުކާރު ދުއްވަނީ ކިލޯމީޓަރ ނުބޭލޭ އިންޖީނެއް އަޅައިގެން ހުސްދުންވުން. ދުވާ ސްޕީޑް ބުނަނީ އައުވާނުން. ތާއީދު ކުރާ ގިނަމީހުން ބުނަނީ ޓޫޓީ ސްޕީޑޭ، އަނެއްބަޔަކު ވީ ސިކްސް އިންޖީނެކޭކޭ. ޢެކްސިޑެންޓެއް ވެދާނެތީ ސްޕީޑައް ހިފާލަންވެސް ބިރުން ތިބި ބައެއް މިތިބީ

  24
  1
 31. ސަރުކާރުގެ އަނގަ

  މިސަރުކާރަކީ އަނގައިން މެގަ ޕްރެޖެކްޓްތައް ހިންގާ ސަރުކާރެއް.

  28
  1
 32. ރައްޔިތު މީހާ

  ހިޔެއް ނުވޭ. ވަރަށް ލަސް ޕްރޮޖެކްޓް ސްޕީޑް.

  23
  1
 33. އަޙްމަދު

  އެކަލޯއަށް ލިބޭ އެތޮކޮޅު ރަނގަޅުވީމާ ތިހެން ބުނާނެ. ތީނުންތޯ ބޭނުވެގެން އުޅުނު ކަމަކީ!!!

  30
  1
 34. ެަލިލީ

  ބާރައްދުވާ ވަރުން ފެންނަނީ ވައި އެހެންވީމަ ނުފެންނަނީހަހަހަަހ

  25
  1
 35. ލކފފ

  ބާރު ސްޕީޑުގައި، ދިވެހި ގައުމުގެ އިގްތިސާދު ވަޅުޖަހަމުންދަނީ.

  27
  1
 36. ގ

  އިންޑިޔާގެ އަޅުވެތިކަމަށް ދިވެހި ގައުމު މިދަނީ ވަރަށް ބާރު ސްޕީޑުގައި.

  28
  1
 37. ތޮއްޑޫ

  އެއީ ތެދުވާހަކައެއް، ބިލެތަކީ އޭގެ ޒާތުގަވެސް ވ ބޭރު ސްޕީޑުގަ ފީވެ ހަލާކުވާ އެއްޗެއް، އެހެންވީމަ އަޙްމަދު ވިދާޅުވާ ފަދައިން ސްޕީޑު ވ ފާސްޓް........ ލުލް

  26
  1
 38. ޒަލީފް

  ކަލޯ ދޮންބިލަތާ.. ކަލޭގެ ސަރުކާރުގެ ޕުރޮޖެކްޓުތަކުގެ ދުވެލި ހުރީ ތުއްތުކުއްޖަކު ހީސްލާ ސުޕީޑުގައި. ޔާމީން ސަރުކާރުގެ ޕުރޮޖެކްޓުތައް ހިންގީ އެފް 16 ޖެޓެއްގެ ބާރު ސުޕީޑުގައި. ކަލޭގެ ސަރުކާރުގެ ޕުރޮޖެކްޓުތަކުގެ ވާހަކަ ގަނޑު އަމަލީ މަސައްކަތައްވުރެ ދުވެލިބާރު. މިހާތަނައް މިސަރުކާރުން އިއުލާން ކުރީ ހުސަ ސައިބޯނި ބޮކި ކަހަލަ ސަބްސްޓެންސެއްނެތް ދަޅަދައްކާ ޕުރޮޖެކްޓު. ހަގީގީ ބިޔަ މަޝްރޫތައް ހުރީ ކުރީސަރުކާރުގައި ރާވާފައި..

  26
  1
 39. ވާނުވާ

  ބަރަވެލި ކަޑުގެ އަޑީގާފީނާނަން ފިނިހަކަ ދުވެލި އަޑީގައި ކުރިއަށް ދާނަން

  22
  1
 40. ޢަދުރޭ

  ޢެއީ ތެދެއް ރައްޔިތުންނަށް ދިގުމުއްދަތުން ފައިދާކުރާ ގޮތަށް .އެންމެ މަދުން ފައިސާ ޚަރަދުވާގޮތް ބަލައިގެން މި ސަރުކާރުން މަސައްކަތް ކުރަނީ އެކަމުގެ ހެކި ތިރީގަ މި ގެނެސްދެނީ

  1.ޔާމީން ސަރުކާރުގަ ސިޔާސީ މަޤާމްތަކަށް އޮފީސް ތަކަށް ލީ ކޯޑިނޭޓަރުންގެ މުސާރަ އަކީ 15 ހާސް . މި ސަރުކާރުގައި 25 ހާސް .ޔާމީން ސަރުކާރަށް ވުރެ ސިޔާސީ މަޤާމްތަކުގަ ތިބި މީހުންގެ ޢަދަދު 20 ގުނަ އިތުރު. އެމްޑީޕީ އަންހެން އެކްޓިވިސްޓް ޖެނިފާ ހުރީ މަލްޑިވިއަންގެ އެކަހަލަ މަޤާމް އެއްގަ މުސާރަ 80 ހާހަށްވުރެ ބޮޑު
  2 ރައީސް ނަޝީދުގެ ރައްޓެހި ކުދިންކޮޅެއް ގާތުގައި ކުންފުންޏެއް ހަދާށޭ ރިސޯޓް ހަދާނެ ރައްތައް ދޫކުރާނަމޭ ބުނެގެން ހެދި ކުންފުންޏަށް ނަޝީދު ދިން ރަށް ރިޒޯޓް ނެހެދީމަ ވަޙީދު ސަރުކާރުން އަތުލުމުން އެތަން ހަދަން ވިސްނި ވިސްނުމުގެ ބަދަލެއްގެ ގޮތުން 300 މިލިއަން އެކުދިން ކޮޅަށް މިސަރުކާރުން ހޯދަދީފި .

  3 ރައްޔިތުންގެ މަޖުލީހަށް އިތުރު 11 މެމްބަރުން އިތުރުކުރަން ފުޅިބޯ މިހާރު ގެންދަނީ ރާވަމުން . މި އެންމެންނަށް 5 އަހަރުގެ ޓާމް އެއް ހަމަކޮށްލުމުން މަހަކު 20 ރުފިޔާ ދުނިޔެ ޢުމުރަށް ޕެންޝަން ފަންޑުން ލިބޭ . 2 ޓާމް ވިއްޔާ މުސާރައިގެ 2/1.

  ލައްކަ ޚަރަދު ކުޑަތާ ؟ އަދި މަޑުކުރޭ . ފުޅިބޯ ބުނަނީ ރައްޔިތުން އަތުން އިންކަމް ޓެކްސް 15 ޕަސެންޓް ނަގައިގެން ނޫނީ ޤަވުމު ނުހިންގޭނެޔޯ ކުއްޔަށްދީފަ ހުންނަ ހުރިހާތަނެއްްގެ ކުލި މީރާޔަށް ދައްކަން ޖެހޭގޮތަށް ބަދަލުކުރާނަމޯ އެއީ ޓެކްސް އަށް މަކަރު ހަދާތީޔޯ . އޭރުން އިމާރާތުގެ ވެރިފަރާތަށް ކުލި ޙަވާލްކުރާނީ މީރާއިންނޯ .ނިދިޖެހިފަ އިންނަ ޤަމާރު މީހަކު ސޭޓަކަށް ބައިންދައިގެން ފިހާރަ ހުލިވާއިރު ދޮންބިލެތް އަހަންމަދުމެން ދައްކާވާހަކަ ޤަބޫލުކުރާނީ އެއަށްވުރެ ޤަމާރު ބައެއް . ފުޅިބޯ މެންނަކަށް ނުވާނެ މިކަމެއް .

  5
  1
 41. ނަޖީ

  ޢިސްޕީޑު ބާރުކަމުން ލޮލައް ނުފެންނަނީ އެހާބާރު އިސްޕީޑުގަ ތަރައްގީ ދަތުރުމިކުރަނީ ކިބޫ ކިހާމޮޅު

  7
  1
 42. ރައްޔިތު

  އެންމެ ބާރު ސްޕީޑުގަ އުޅެނީ ޕްރީޕެއިޑް ޝާޑު. އެކަލޭގެ ދުނިޔެ ވަށާ އުދުހެނީ. ރައްޔިތުންގެ ފައިސާ ތަޅާ ބުރުވަނީ. ޔާހަބޭސް... ?

  6
  1
 43. ބީތާ

  މިސަރުކާރައް ކިހިނެއްބާރުސުޕީޑުގައި ދުއްވޭނީ ހުންގާނުގައި ހިފާފަހުރީ ބޮޑު ގަމާރެއް

  8
  1
 44. އަޒާ

  ސްޕީޑް ބާރުކަމުންދޯ އާރޓިފިޝަލް ބީޗް އެއީ ރޯދައަށް ނިންމަން ބުނި ތަނެއް، އަދި ނިމޭނެ ދުވަހެއްވެސް ނޭނގޭ، މާވެޔޮ މިސްކިތް ރޯދައަށް ނިންމަން ބުނި ތަނެއް، އަދި ނިމޭނެ ދުހުވަހެއްވެސް ނޭނގޭ، މާލޭ މީހުން ދަތުރުދާން ތައްޔާރު ކުރާ ރަށް، ވީ ހިސާބެއްވެސް ނޭނގޭ، އެއީ މި ޖުލައި މަހު ނިންމާ ހުޅުވަން ބުނި ތަނެއް. ހުޅުމާލޭ ހައިވޭ. ހަލާކުވެފާ ހުންނަތާ ވީ ދުވަހެއް އެނގޭ މީހަކު މިއަށް ކޮމެންޓެއް ކޮށްލަ ބަލަ.. ސަލާމް..

  6
  1
 45. ހުސެން

  ނޫނޭ ބޮއިންގް ކޮންކޯޑު ފުލައިޓަށް ވުރެން ބާރު ދޯ ؟އަޑަށް ވުރެން ސްޕީޑް ބާރުކަމުން ރައްޔިތުންނަށް ނުފެނޭ ތި ތަރައްޤީ އެއް.ތިއަށްވުރެން ސްޕީޑް މަޑުކޮށްލާ ،ބޮއިންގް ވެސް ހުއްޓާލައިފިއެއް ނުން ދޯ.ދޮނބިލެތް ތިކަހަލަ ފީބިލެތުގެ ވާހަކަ ނުދައްކާ

  6
  1
 46. އަލީ

  މިސަރުކާރުގެ ޕްރޮޖެކްޓް ތަކުގެ ވާހަކައިގެ ސްޕީޑު ހަަމަ ވަރަށް ބާރު. ޢަމަލީ މަސައްކަތުގެ ސްޕީޑު ހަމަ ވަރަށް ސްލޯ. ބައެއްފަހަރު ފަހަތަށްވެސް ދަތުރުކުރޭ.

  6
  1
 47. ސުވާލު

  ޖަންޖާ ބޮއެގެން އެއްޗެހި ފެންނާނީ އަވަސް ކޮށް!

  4
  1
 48. Anonymous

  ޚޮބާ ލަދު ވާހަކަ ދައްކާއިރު މީހުންގެ ލޯއަދިރިތަ.

  • ފެހިބިލެއް

   ދޮންބިލެއް އޯކޭ ތިވާހަކަ ދައްކަން 2 ރިސޯޓް ހަދާލީނު ދައުލަތް ދަވާލައިގެން

 49. ސުވާލު

  ކަލޯ ތިނޫން އެއްޗެއް ކިޔާބަލަ. 2008ގަވެސް 2013ގަވެސް 2018ގަވެސް ހަމަައެހެން. "ލާމަރުކަޒީ ނިޒާމް، ދަތުރު ފަތުރު ނިޒާމް" މި ދެ ދާއިރާވެސް ނުހިންގި ހަލާކު ކުރި ބަޔަކީ ތިޔަ އެން.ޑީ.ޕީ، ކަލޯ ރަޢީސް ޔާމިން ހިންގި ކަހަލަ މަޝްރޫއު ތަކެއް ކަލޯމެނަކަށް ނުހިންގޭނެ. ދަތުރުފަތުރޭ ގޮހޮރޭ ކިޔާނެކަމެއްނެތް.