ޚަރަމައިން ގްރޫޕުން ހައްޖަށް މީހުން ގެންދަން ގިނައިން ފައިސާ ނަގާ ކަމަށް ބުނާ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

ވީޑިއޯ އިން ފެންނަނީ ޚަރަމައިން ގްރޫޕްގެ އޮފީހަށް ބަޔަކު ގޮސް އެމީހުންނަށް ހައްޖަށް ނުދެވިގެން ޝަކުވާ ކުރާ މަންޒަރެވެ. ވީޑިއޯގައި ވާހަކަދައްކާ އަންހެނުން ބުނާ ގޮތުގައި އެމީހުން އެހެންތަނަކަށް ނުގޮސް ތިބީ ޚަރަމައިން އިން "އުއްމީދުތަކެއް ދެމުން އައުމުންނެވެ."

ނަމަވެސް ލިސްޓްގައި ނަން ޖަހާފައި އޮތް ތަރުތީބަށް ބަލާއިރު މާފަހުން ނަން ނޯޓް ކުރި މީހުންނަށް ހައްޖަށް ދިނުމަށް ފުރުސަތު ދީފައިވާ ކަމަށާއި އެފުރުސަތު އެމީހުންނަށް ދިނީ 100000 ރުފިޔާ ދިނުމުން ކަމަށް ވާހަކަދައްކާ މީހުން ބުނެއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އަންހެނުންތައް ވާހަކަދައްކަނީ ޕީއެސްއެމްގެ އިސް މަގާމެއް އަދާކުރަމުންދާ މުހައްމަދު އަފްޒަލް އާއި އެވެ.

ވީޑިއޯ ފެށޭ ހިސާބުގައި އަފްޒަލް ވިދާޅުވަނީ ޓިކެޓާއި ހޮޓަލުގެ ކަންކަން އޮފިޝަލުންނަށް ހަމަނުޖެހިގެން އުޅޭ ކަމަށެވެ.

އެއާއި އެކު އެތަނުގައި ތިބި އަންހެނުން ވަނީ މިހާރު ވެސް އެއްލައްކަ ރުފިޔާ ދައްކައިގެން ބައެއް މީހުން ޖާގަ ކަށަވަރު ކޮށްފައިވާ ކަމަށް ބުނެފައެވެ. އިތުރަށް ފައިސާ ނަގަން ބޭނުން ނަމަ އެވާހަކަ ވެސް ބުނުމަށް އެމީހުން އެދެއެވެ.

ހައްޖަށް މީހުން ގެންދަން އިތުރަށް ފައިސާ ނަގާ ކަމަށް އެތަނުގައި ތިބި މީހުން ކުރި ތުހުމަތުތަކަށް އަފްޒަލް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

https://www.facebook.com/436348990490330/videos/495508191226686/

އިސްލާމިކް މިނިސްޓްރީ އިން ކަނޑައަޅާ އަގަށް ވުރެ ބޮޑު އަގެއް މީހުންގެ އަތުން ނަގައިގެން ހައްޖަށް ގެންދިއުމަކީ މަނާ ކަމެކެވެ. ނަމަވެސް ހައްޖަށް މީހުން ގެންދިއުމުގެ މަސައްކަތް ކުރާ އަމިއްލަ ޖަމާޢަތްތަކުން މީހުންގެ އަތުން އިތުރަށް ފައިސާ ނަގާ ކަމުގެ ތުހުމަތު އަބަދުވެސް ކުރެވެއެވެ.

އެފަދަ މައްސަލަތަކުގައި އެއްވެސް ޖަމާޢަތަކާއި ދެކޮޅަށް ވެސް އަދި މީހަކާއި ދެކޮޅަށް ވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ގޗ

    ތީ ކުޅެފަ އޮތް ޑުރާމާޔަކާ ވައްތަރީ ތިގޮތަކަށް ނުން އަންހެނުށް އުޅެންޖެހޭނީ

    7
    46
    • ޑްރާމާ ކުޅޭ މީޙާ

      މުނާފިގުން ތަންތާ ތިބެންޏާ ޑްރާމާ ކުޅެން ޖެހުނީމާ ޑްރާމާވެސް ކުޅޭނެ

      36
      1
    • ދދދދދދ

      މަޖިލިސްތެރޭ އެއުޅޭ އަންހެނުން އެއުޅެނީތަ އުޅެންވާ ގޮތަށް؟

      8
      1
  2. ގެރި

    ކޮންމެ ކަމެއްގަވެސް ރިޝްވަތު އިންނާނެ އެނުލާ މިގައުމުގަ އެއްވެސްކަމެއް ނުދޭ ކުރިޔައް ގިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ އެދުވަހުން ޖަވާބުދޭންޖެހޭނީ

    34
    3
    • ސާދާ

      ޢެއީ ހަމަ ތެދެއް ހަރަ މައިން ވެސް އޮގަރޭ ވެސް ނަގާ ކަމަށްވަނީ އިތުރަށް، އެހެން ގްރޫޕް ތަކުގެ ގޮތެއް ނޭނގޭ ބުނާނެ ބޭންކްގެ އެކައުންޓަށް ޖަމާކުރާށޭ އިތުރަށް ނަގާބައިޖެހެނީ އަތުން އަތަށް ދޭން

      14
  3. ޥިސްނޭ މިޙާ

    ތީ އަމިއްލަ ހުރިހާ ގުރޫއްޕަކުންވެސް ކުރާކަމެއް، އަލަކަށް ކުރާ ކަމެއްވެސް ނޫން. ސަރުކާރުން އެބަ ޖެހޭ އަމިއްލަ ގުރޫއްޕުތަކަށް ކޯޓާ ދިނުން ހުއްޓާލާފަ، ހައްޖު ކޯޕަރޭޝަނާ ހަވާލުކުރަން. އޭރުން ވެއިޓިންގ ލިސްޓް ވެސް ކުޑަވީ. އެކަމު ކީއް ކުރާނި، ތި އަމިއްލަ ގުރޫއްޕުތަކަކީ އިސްލާމިކު މިނިސްޓްރީގެ ކޮންމެވެސް ހިސާބަކުން ހިއްސާއެއް ވާ ގުރޫއްޕުތަކަށް.
    ކުރުކޮށް ފޮނިކޮށް " ކޮރަޕްޝަން". ވަރަށް ސަލާމް

    27
    1
  4. ހޫން

    ތިއަކުން ވާނުވާއެއް ނޭނގެ. ޔޫސޭ އާއެކު ދުރުއުޅުމަކީ ކުޅެން ރަގަޅު ގޮލައެއް

    16
    1
  5. Anonymous

    ތީ މިއަހަރު އެކަނި ހިނގާކަމެއް ނޫން. ޖީވަން ކުރީގެ ސަރުކާރުގަވެސް ތިގޮތަށް ކޮރަޕްޝަންގެ ތެރެއިން ޙައްޖުކޯޓާ ހޯދައިގެން އެ މަތިވެރި އަޅުކަމުން ވައްކަން ކުރާތާ ކިތަންމެ އަހަރެއް. މިހާރު ބޭސް ވިއްކައިގެންނާ ތިކަމުން ޖަރީމާ ހިންގަނީ. ގޫބެރާ އެހެރީ މަޖިލީހުގަ ކިތަންމެ ވާހަކައެއް ދެއްކިޔަސް ވާނެ ކަމެއްނެތް. މިދައުރުގަ ދައުލަތް ފެންފޮދަކާ ނުލާ ދިރުވާލާނެ.

    17
    1
  6. ާއަހުމަދު

    ވަގުން ވާނީ ވަގައް ކޮންމެ ގޮތަކަށް ވައްކަން ކުރިކަމައް ވިއަސް

    15
    1
  7. މަރޭ

    ތިހަރަމައިނަކީ އަބަދުވެސް އިތުރަށް ފައިސާ ނަގާބައެއް

    18
    1
  8. އިސްލާހު

    ވަގުތުން މިފަދަ ސުރުޚީ އެއް އަޅާލިކަމައްޓަކާ ޝުކުރު ދަންނަވަމެވެ. ޙަޤީޤަތަކީ މިވާހަކަ އަކީ މުޅި ދިވެހިރާއްޖެ އަށް ބޮޑު ސިއްރެކެވެ. ކޮންމެ ޖަމާއަތަކުންވެސް މީހުން ހައްޖަށް ގެންދަނީ ވަކިއަގަކަށް އެކަން ކުރަން އެއްބަސް ވެގެންނެވެ. އެހެންނަމަވެސް ކަން ވަނީ އެހެންނަކުން ނޫނެވެ.

    23
    1
  9. ޖިނާހް

    ތިޔަ އަފްސަލް އަކީ ޕީއެސްއެމް ނިވްސް ގެ ހެޑް، އެތަނުގެ ވެރިއެއް ތިޔަފަދަ ބޮޑު ކޮރަޕްޝަން އެއްގައި އުޅޭއިރު ބައްލަވާ ތިޔަ ބުނާ ހައްޖު ގުރޫޕުން ކޮންމެ އަހަރަކު ހައްޖަށް އެކަލޭގެ ގެންދޭ، އެއީ އެ ގުރޫޕް މަޝްހޫރު ކުރުވަންވެގެން، އަފުޒަލުގެ ޒިންމާ އަކީ ދޮގު މައުލޫމާތާއެކު ޚަބަރުގައި އެ ގުރޫޕު އިޝްތިޙާރު ކުރުން އެކަން އެކަލޭގެ ކުރޭ އަދި ކޮބާ ޕީއެސްއެމްގެ މުދަލުގައި އެ ކުންފުނީގެ އެޑިޓަރ އަލީ ހުސައިން ލައްވާ ފޮޓޯ އެޑިޓްކޮށް ހަދާ އެގުރޫޕުގެ، މިއީ ކޮރަޕްޝަން ނޫން ދެން ކޮންޗެއް ބާ ؟ ޢަފްޒަލް އަށް ކޮންމެ އަހަރަކު ހައްޖު ޗުއްޓީ ދީފައި އަހަރީ ޗުއްޓީ ދޭއިރު އެހެން މުވައްޒަފުން ނަށް ނުދެނީ ކީތްވެބާ ؟ އަނެއްކާ މިއީ ޕީއެސްއެމްގެ އިސްވެރިންނާއި ހަރުމައިން ގުރޫޕުގެ ޑީލެއްގެ ދަށުން ކުރާ ކަމެއް ބާ ؟

    7
    1
  10. ނަޒްލީނާ

    ވަގުތު ނޫހަށް ވަރަށް ބޮޑަށް ޝުކުރީއްޔާ. މިފަދަ އަނިޔާވެރި ވިޔާނުދާ އަމަލު ހިންގާ މީހުންގެ ވާހަކަ ގެނެސްދެވިގެން ނޫނީ މިފަދަ އަނިޔާވެރި ކޮރަޕްޓް އަމަލުތަކުން މި މުޖުތަމައު ސަލާމަތެއް ނުވާނެ. މިއުޅޭ އަފްޒަލް ބަގާވާތް ކޮށްގެން މަގާމު ހޯދީމަވެސް ހިތަށް އެރި މިއީ އަދި ސަހަލު މީހަކަށް ނުވާނޭ ވެސް . ކަން އެވީވެސް އެހެން ވައްކަމޭ ކޮރަޕްޝަނޭ ކިޔަމުން ދުވި މީހާ ކޮރަޕްޓްވީ އެ ހައްޖަށް ގެންދަން ފައިސާ ނެގުމުގައި. ދެން ވިސްނާލާ ޕިސް ޕިސް

    7
    1
  11. އަދާލަތު

    ވަގުތުން މިފަދަ ސުރުޚީ އެއް އަޅާލިކަމައްޓަކާ ޝުކުރު ދަންނަވަމެވެ. ޙަޤީޤަތަކީ މިވާހަކަ އަކީ މުޅި ދިވެހިރާއްޖެ އަށް ބޮޑު ސިއްރެކެވެ. ކޮންމެ ޖަމާއަތަކުންވެސް މީހުން ހައްޖަށް ގެންދަނީ ވަކިއަގަކަށް އެކަން ކުރަން އެއްބަސް ވެގެންނެވެ. އެހެންނަމަވެސް ކަން ވަނީ އެހެންނަކުން ނޫނެވެ

    8
    1
    • ހހހހހ

      އަދިވެސް އިތުރު އެހެން ނަމެއްގަ ކޮމެންޓް ކޮށްލަން ފެނޭ

  12. އަހުމަދު

    ތީ އާކަމެއް ނޫން. ހުރިހާ ޖަމާއަތަކުން ވެސް 100000 އާއި 200000 އާއި ދޭތެރޭ އަދަދެއް ނަގާ. މިކަން ކުރާ ގޮތަކީ އެމީހުން ކޯޓާ ހޯދަން ހުށަހަޅާ ޕްރޮޕޯސަލްއާއި އެއްގޮތަށް ގުރޫޕުން ލާރި ނަގާފަ ބާކީ ފައިސާ ގުރޫޕް ކޮންމެސް އެހެން މީހަކާއި ހަވާލު ކުރަނީ.

    • ސަދާ

      ދެލައްކަ ނަގަނީ ވިއައި ޕީގަ ގެންދާ މީހުނަށް އެމީހުން ބައިތިއްބަނީ ވެސް ކްލޮކް ޓަވަރގަ ކަމަށް ވަނީ އެއީ ދެފަ ރާތުން އެއްބަސް ވެގެން ކުރާކަމެއް ކްލޮކްޓަވަރ އަކީ ފައިވްސްޓާރ ތަނެއް އަދި ހަރަމާ ހަމަޖެހިފަ އެމީހުން މަދީނާއަށް ގެންދަނީ ވެސް ވެނިޓީ ވޭންގަ ކަމަށްވަނީ އެހެންވީމަ އޯކޭނު

      2
      1
  13. ހާއިއިި

    ޕީއެސްއެމްގެ އިސްމަޤާމެއް އަދާކުރަމުން އެހެން ތަންތަނުގެ ވަޒީފާ އަދާކުރެވޭތަ؟ ޕީއެސްއެމްގައި ވައްކަންކޮށް އެވަޒުން ނުފުދިގެން އެހެން ދިމަދިމާލުންވެސް ހަރާންކޯރުވުން. އެހެންވާނީ ތަނެއްދޮރެއް ނޭގޭ ގަމާރުން އިސްމަޤާމުތަކަށްލީމަ. އަފުސަލެއް އެހެން ސަލެއް ނޯންނާނެ. މިހާރު އޭނާ މަޤާމުން ވަކިކުރޭ.

    6
    1
  14. ސީނު

    އިތުރަށް ލާރިނެގުން ރިޝްވަތަށްވާނެތަ؟...އެއީ ބިޒްނަސް...އެބައަކު ކަނޑަޅާ އަގަކަށް ދޯ ފައިސާދައްކާނީ...

    2
    2
  15. ޕީއެސްއެމް

    މިކަމުގެ އަޑީގަ މިހުންނެވީ ޕީއެސްއެމް ގެ ނިވްސް ހެޑަކަށް ގަދަކަމުން ހަވާލުވެހުންނެވި ބޭފުޅާ. މި ބޭފުޅާވަރަށް ޚަލީލު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އޭރުގެ ނިވްސް ހެޑަށް މަޤާމް ދިނިއްޔޭ ކިއާފަ ހުރިހާ ސްޓާފުންނަށް މެއިލްކުރި . އަދި މީނަގެ ބޯއީ އަކު އެކަމަށް ތާއީދުކޮށް ވެސް މެއިލްކުރި.އެހެންވީމަ މިކަމަށަވެސް ތާއީދުކޮށް މެއިލް ކުރާނެ ކަންނޭގެ.

    5
    1
  16. ޓީވީއެމް

    ވީޑިއޯއިން މިފެންނަ އަފްޒަލް ޕީއެސްއެމް ޚަބަރުތަށް ވެސް ގެންނަނީ ވަކި ބަޔަކު ބުނާގޮތަށް. ޢެހެންވީމަ މިކަމުގަވެސް އަހަރެމެން ހައިރާނެއްނުވޭ ޚަބަރުވެސް ގެންނަނީ އެތިކޮޅެއް ދިނީމަ އެބުނާ ގޮތަކަށް ހައްޖަށްވެސް މިފޮނުވަނީ ހަމަ އެގޮތަށް. ޢެކަމަކުވެސް ހުސަ ޒީރޯ ޓޮލެރަންސް.

    6
    1
  17. ހިޔާލު

    ޝޯސަލް މީޑިޔާގަ އެއްޗެހި ލީކުކުރާ ނަން މަޝްހޫރު ތއޔބ އަކަށްވެސް މިގުރޫޕް ވާހަކަ ޖަހާލާ ކޮމެންޓްކޮށްލާކަށް ނުކެރުން ދޯ. އަދި އިންސާފާ އެއްކޮޅަށްކަމަށް ބުނެ ޝޯސަލް މީޑިޔާގައި އުޅޭ ގުރޫޕަށްވެސް މި އުމްރާ ގުރޫޕާ ބެހޭގޮތުން ޗުއްޕުވެސް ބުނެލަން ނުކެރޭނެ. ޕާޓީއަށް ވަނީމަ ސާފު ހުދަށް ބަދަލުވީދޯ. ހޔލ ވެސް

    5
    1
  18. ހަރާއި މައިން

    ހައްޖަށް މީހުންގެންދިެުމުގަވެސް ވިޔާނުދާ ހުތުރު ޢަމަލު. ދެން އަފްޒަލް މެން ކިހިނެއް ތެދު ޚަބަރު ގެންނާނީ. މަޤާމަށްއައީ މިވަރު ތެދުވެރި ހެޔޮލަފާ އަޅުވެރިއަކުނެތްކަން ދައްކައިގެން ސިޔާސީ ނުފޫޒުގަ މީނައަކީ އެއްވެސް ފެންވަރެއް ހުރި މީހެއްނޫން. މީނަ ވަރަށް ޔާމީނުދެކެ ރުޅިއަންނާނެ އަބަދުވެސް. މީނަގެ ކަމަކަށް އޮންނާނީ ޖާސޫސްކޮށްދިނުން. ޚަލީލުއަށްކިއާފަ ބަލާލަގަތް ގަނޑު އެވެސް ހައްޖުގެ އަޅުކަމުގަ. ހަލީލު ސަލާންބުނި. އަދި މިތާނގެ ލީގަލް ހެޑަކަށް ހުންނާނެ ޖިންސީފުރައްސާރަކޮށްފަ ހުރިމީހެއް މީނައަކީ ވަރަށް ބޮޑު ގާނޫނީ ވަކީލެއްކަމަށް ވަނީ. ލީގަލް ހެޑުކަން ލިބުނީ ހައުސީންގެ ނައިބަކަށްހުރި އޭނަގެ ޅިޔަނު ކުރީގެ ޓީވީއެމް ނިއުސްކާސްޓަރު ތޮއްޑޫ ޝާމިންގެ ނުފޫޒުގަ. ހުސް ރޯނުއެދުރުން.

    2
    1