އޮސްޓްރޭލިއާގެ ހުޅަނގުން ކަނޑުގެ އަޑިއަށް ބިންހެލުމެއް އަތުވެއްޖެ އެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މި ބިންހެލުން އައިސްފައި ވަނީ އައްޑޫ ސިޓީ އާއި 5564 ކިލޯމީޓަރު ދުރަށް ކަމަށެވެ. ބިންހެލުމުގެ ސަބަބުން ރާއްޖެ ނުރައްކަލެއް ނެތެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ 6.6 މެގްނެޓިއުޑްގެ ބާރު މިނުގައި ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުމުގެ ސަބަބުން ސުނާމީއެއްގެ އިންޒާރު ދީފައެއް ނުވެއެވެ.

މިބިންހެލުމުގެ ސަބަބުން މީހަކަށް، އަދި ތަނަކަށް ވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ބިންހެލުން އައި ސަރަހައްދަކީ ނަން މަޝްހޫރު ރިސޯޓެއްގެ ކައިރިއެވެ. ބިންހެލުމުގެ އަސަރު އެސަރަހައްދުގެ ގިނަ ބަޔަކަށް އިހްސާސް ކުރެވުނު ކަމަށް ވެއެވެ.

އޮސްޓްރޭލިއާ އަކީ ވެސް އާއްމު ގޮތެއްގައި ގިނައިން ބިން ހެލުން އަންނަ ސަރަހައްދެއްގައި އޮންނަ ގައުމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙގވ

    Dhuvahakuves raajje ah nurakalen kurimathi vitha? Raajje ah binhelumenge asaru kuritha? Raajje ah thoofaanege asru kuritha? Seedha asareh raajje ah nukuraane raajje ah nurakalen neh..hama seedha kadaelhigen dhogu khabaru moosumaa behey idhaaraain dhenee..

    7
    1
  2. ސޭކު

    ރާއްޖެއަށް ނުރައްކަލެއް ނެތިއްޔާ ހެޔޮ ދޯ އެހެން ގައުމުތައް ފަނާވެ ދިޔަޔަސް؟

  3. އޮ ހޯ

    އިންސާނިއްޔްތުގެ ހިޔަނިވެސް ނެތީމަ ބިންހެލުން އަންނާނެ