ބަންދުގައި ބަހައްޓައިގެން ރ.އަތޮޅު މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމަށް އަންހެނަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ރ. މަޑުއްވަރި، ސްޓާރލައިޓް، ޢާއިޝަތު ނަޝާޔާ (25އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޢާއިޝަތު ނަޝާޔާ ހޯދަމުންދަނީ، ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވެ އެ އަމުރުގައިވާ ތާރީޚުގައި އެ އަމުރުގައިވާ ގަޑިއަށް ކޯޓަށް ހާޒިރުވެފައިނުވާތީ، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން 2019 ޖުލައި 15 ވަނަ ދުވަހުގެ10:30 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށްއެދި މޯޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޢާއިޝަތު ނަޝާޔާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލުތުފީ

    ކެނޑިފައި ހުރެގެން މަގުމަތީ އެނބުރޭތަން ފެނޭ ވަރަށް.

    15
    1
  2. ލުތޭފޭ

    ފުލުހުންނަން ހަމަ ރަނގަޅަށް އިނގޭނެ ތިކުއްޖާ އުޅޭތަން އައި ޖީ އެމް އެޗުގެ (ބީ އެމް އެލް އޭޓީއެމް ) ކުރިމަތީ ހަނިގޯޅި ތެރޭ ހުއްނަ ގެއެއްގައި ތިކަމަނާ އުލޭނި ފުލުހުން ވަރައްފަހުން ރެއިޑު ކުރި ގެއެއް އެއީ

    16
    1