ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މާލެ ބަންދަށް ދޫކޮށްލައިފިއެވެ.

ކަރެކްޝަނަލް ސާރވިސްއިން މިއަދު ބުނީ 15 ދުވަހުގެ ޖަލު ހުކުމްގެ މުއްދަތު މިހާރު ހަމަވެފައިވާކަމަށެވެ.

އަދީބްގެ މައްޗަށް ކުރެވުނު ބޮޑެތި ތުހުމަތުތަކާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް އެ ހުރިހާ ހުކުމްތަކެއް ވަނީ ކޯޓުން ބާތިލްކޮށްފައެވެ.

އަދީބު ބޭސްފަރުވާ ކުރަން ރާއްޖޭން ބޭރުގައި މަޑުކުރުމަށްފަހު އެނބުރި ރާއްޖެ އައީ މި މަހުގެ 06 ވަނަ ދުވަހުއެވެ. އަދި ރާއްޖެ އައިސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ކޯޓުގެ ހުރުމަތްކެނޑިކަމުގެ 15 ދުވަހުގެ ޖަލު ހުކުމް މިހާރު ވަނީ ނިމިފައެވެ. އެ ހުކުމް ނިމުނީ ކޮން އިރަކު ކަން ޔަގީނެއް ނޫނެވެ.

އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމަކީ، ފިސްތޯލަ ގެންގުޅު ކަމަށް ބުނާ މައްސަލާގައި އިއްވި 10 އަހަރުގެ ޖަލު ހުކުމާއި، ފިނިފެންމާ ލޯންޗުކޮޅު މައްސަލަ އާއި މާބިންހުރާ ހިޔާނާތުގެ މައްސަލައެވެ. މި ދެ މައްސަލާގެ ޝަރީއަތް އަލުން ހިންގަން ކުރިމިނަލް ކޯޓަށް ވަނީ އަންގާފައެވެ.

ނަމަވެސް، ކުރިމިނަލް ކޯޓުން ވަނީ އެ ދެ މައްސަލަ ހިމެނޭ ގޮތަށް އަދީބުގެ 15 މައްސަލައެއް އެ ކޯޓުން ނުބަލަން ނިންމައި ބޭރުކޮށްލާފައެވެ. ނަމަވެސް އެ ހުރިހާ ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ވަޖީދު

  އެހެންވީމަ ބްރޯ ފާޑެއްގެ ފިޓްނެސް ޕްރޮގުރާމެއްދޯ ނިންމާލީ.

  48
 2. ގުނބޯ ރާއްޖެ

  ވަގުން މިނިވަން ކަމާއި އެކީ.

  41
  1
  • ސަމަރިން

   "ވަގުން މިނިވަންކަންމަތީ އަބަދައް..".. މި ސަރުކާރުގެ މޮޓޯ..

   36
   1
 3. ނަޝްފާ

  ދެނަކޮބާބާ ކުއްވެރިން ނަކީ،، މިސަރުކާރު ގެންނަން ހަރަދުކުރި އެކަކު، ބިޑުވަގެއް، މީހުންމަރާމީހެއް ތިވަރުގެ ބޮޑު ޙާއިނެއް ދޫކޮށްފަ ބެހެއްޓިގެން ނުވާނެ... ޒީރޯ ޓޮލެރެންސްގެ ދަށުން

  42
  2
 4. މަސްވެރިޔާ

  އަދީބު އަތުން 200 މިލިއަން ކެމްޕެއިން އަށް ނެގިކަމަށް ދޫނިރާއްޖޭގެ ރައީސް ޔަހުޔާ ވ ސާބިތުކަމާއެކު ބުނޭ، އެއީ އަލީ ވަހީދުގެ ކިއްލި ތަޅާއިގެން ލިބުނު ފައިސާގެ ބަޔަކޯ... ބުނަނއތޯ ވާހަކައެއް، ެ އަދީބު ދުލެއްނުކުރައްވާނެ މިވެރިކަމުން ދިވެހިރާެްޖެ ފަނާކުރާކަށް،، އަދީބަށް ކެރޭނެ، އަދި އިނގޭނެ ކުޅެންވާކުޅި...

  27
 5. ޣެލިބެލި

  އެމަނިކުފާނުގެ ިިިިިިިިިިިިިkiyaigެn ހާދަހާ އިހުތިރާމެއް ތިދެނީ.

  18
 6. ސައިޚާން

  އެހެންގައުމެއްގަ މިވަރުގެ ވަގަކު މިހެން ގެންގުޅޭތަނެއް ނުދެކެން..

  13
  1
 7. އަޚްމީމް

  ދިވެހީން ހަލާކުގެތެރެއައް ޣަރަގުވެ ނިމިއްޖެ.. ކޯފާއެއްގެ އިންތިޒާރުގަ ތިބިބަޔެއްފަދަ..

 8. އައްޔަ

  ސިޔާސީ ފަރާތްތައް ދޫކޮށްލަން ހުކުމްކުރި ފަނޑިޔާރުން ޓްރާންޒިޝަނަލް ޖަސްޓިސްގެ ދަށުން އަދިވެސް ދަނީ ހުކުމް ތަންފީޒުކުރަމުން. ހެހެ