ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، އިކޮނޮމިކް މިނިސްޓްރީގެ ނައިބުގެ މަގާމަށް ގއ. ދާންދޫ، ކާމިނީގެ، އަހުމަދު މުޖާހިދު އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މުޖާހިދު އެ މަގާމަށް ހަމަޖެއްސެވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އޭނާއަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އޭނާއަކީ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީއިން މާސްޓާޒް އޮފް އެޑިއުކޭޝަން ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ މާލޭގެ ދެ ސްކޫލެއް ހިންގުމުގެ އެންމެ އިސްކޮށް މަސައްކަތްކޮށްފައެވެ. އެގޮތުން އޭނާ އެންމެ ފަހުން ހުންނެވީ، އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގަ އެވެ. އަދި މީގެ ކުރިން އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުވެސް އޭނާ އަދާކުރިއެވެ. އަދި އެ ސްކޫލްގެ ލީޑިން ޓީޗަރުގެ މަގާމާއި، ގައުމީ ޔުނިވަސިޓީގެ ޕާޓް ޓައިމް ލެކްޗަރާއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައި ވެއެވެ.

މީގެ އިތުރުން، އޭނާ ވަނީ ޓީވީއެމްގެ ގިނަ ޝޯވތަކުންވެސް ފެނިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޫކަސް

    އެމް.ޑީ.÷ީ ފިކުރު ތޫވީޓް ކުރި އެންމެނަށް ވަޒފާ ޔަގީން.ޓުވީޓް ކުރި ގުރާޕް ގަ ވަޒީﷲާ ނުޑޭ އެކަކު ނެތް.ތި އުޅޭ ލޫކަސް މާލެ އަށް ފައިވާފަ ބުނީ ސަރުކާރުގެ ވަޒީފާ އެއް އަދާނުކުރާނަމޭ.މިހާރު އެއްކަލަ ހުދު ގަމީހުގައި.ތާހިރު.ތިއީ ހައްތާވެސް އަމިއްލަ އެދުން ،ކޮރަޕްޝަން އާއިލީ ވެރިކަން.