ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން މަންމައާއެކު އައި އިންޑިއާގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އިންޑިއާ ޓުޑޭ ނޫހުގައި ބުނެފައި ވަނީ، އަންހެނަކާއި، އޭނާގެ ހަތް އަހަރުގެ ދަރިފުޅު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައީ މީގެ ދެ ހަފްތާ ކުރިން ކަމަށެވެ. ފަސް ދުވަހުގެ ދަތުރެއްގައި އެ މީހުން ރާއްޖެ އައިރު، މިދިޔަ ހަފްތާގެ ހުކުރު ދުވަހާއި ޖެހެންދެން ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް ކަަމަށް އެ އަންހެން މީހާއާ ހަވާލާދީ އެ ނޫހުގައި ވެއެވެ.
އެ އަންހެން މީހާ ބުނީ، އެ ދުވަހު އެ މީހުން ޖެޓްސްކީ ރައިޑް އަށް ގޮސް، ދެ މީހުންނަށް އެކަން ނުވެގެން، ދަރިފުޅު ޑްރައިވަރަކާއިއެކު ޖެޓްސްކީ ދުއްވަން ފޮނުވާ އޭނާ އިނީ ބީޗުގައި ކަމަށެވެ.
އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ އެ ޖެޓްސްކީ ޑްރައިވަރު ކަމަށް އެ ނޫހުގައި ވެއެވެ. އަދި އޭނާއަށް ޖިންސީ އަނިޔާކޮށްފައި ވަނީ އެ ދުއްވުމުގެ ތެރޭގައި ކަމަށް އެ ނޫހުގައި ވެއެވެ.
އެ އަންހެން މީހާ ބުނީ، އޭނާއަށް އެކަން އެނގުނީ ދަރިފުޅު އެނބުރި އައިއިރު، ކަމަކާއި ހިތްހަމަނުޖެހިފައި ހުރުމުން ކަމަށެވެ. އަދި އޭނާއާ ސުވާލު ކުރުމުން އެ ޑްރައިވަރު ބެހުނީ ކަމަށް ދަރިފުޅު ބުނި ކަމަށް އެ އަންހެން މީހާ ބުނެފައި ވެއެވެ.
"ދަރިފުޅު ބުނީ، ޖިންސީ ގުވަނަތްތަކުގައި އަތްލި ވާހަކަ. އަހަރެން އެ މައްސަލަ ދިވެހި ފުލުހަށް ހުށަހެޅިން". އެ އަންހެން މީހާ ބުންޏެވެ.
އަދި އެ އަންހެން މީހާ ބުނެފައިވާގޮތުގައި، އޭނާގެ ދަރިފުޅު މެޑިކަލް ޗެކްއަޕެއް ރާއްޖެއިން ނެހެދީ، އެނބުރި އިންޑިއާއަށް އަންނަން ޖެހުމުންނެވެ. އަދި އިންޑިއާއަށް އައިސް ޗެކަޕް ހަދަން ދިޔަ ނަމަވެސް، އެކަން ކުރުމަށް އެތައް ގަޑިއިރަށް ހޭދަވި ކަމަށް އޭނާ ބުންޏެވެ.
މޯދީ ބަލާނެ ތިމައްސަލަ. ވަރުގަދަ އެއްބަސްވުމެއް ހަދައިގެންނެއްނު ތިއުޅެނީ.
އެބުނާ ޑަރައިވަރަށް ހައްގު އަދަބު ދޭންޖެހޭ.މިފަދަ ގޮތަކަށް ކުއްޖެއްގެ ކަރާމާތް ނަގާލުން އެއީ ވަރަށް ލަދުކުޑަ މީހަކު ކުރާނެކަމެއް.
ރޭޕިސްތާނަށްވުރެ ކުރިއަށް ޖައްސާލާތި ރާއްޖެ ތިރޮގުން! އަދިވެސް ވީހާވެސްބޮޑަށް ރޭޕިސްތާނާ ގުޅުންބަދަހި ކުރެވޭތޯ ބަލާ!
ތި ޖެޓްސްކީ ޑްރައިވަރުތީ އިންޑިއާ އާއި ހަވާލުކުރާ ފުރަތަމަ ކުއްވެރިޔާކަމަށް ވެދާނެ.
އަނެއްކާ ތިމައްސަލަ ބަލަނީ އިންޑިއާގަ ތޯ.
އިންޑިޔާއިން ބަލާނެ މައްސަލައެއް ފެންމަތި ކުރުވީހެން ހީވަނީ؟ ކީވެބާ ހިލޭފިރިހެނަކާ އެކީ ފޮނުވީ؟ ލައިފްޖެކެޓް އަޅާފަހެން ހީވަނީ ހުންނާނީ ކިހިނެއްބާ ޑްރައިވަރ އަތްލީ؟ ހީވަނީ ޗުއްޓީއަށް ހަރަދުވިވަރު ބޮޑުވީހެން !
އޯކޭތާ މިވެސް އިންޑިޔާގެ ޕްރޮވިންސެއްވިއްޔާ .....
ޢެވަރު ކުދިން ބޮޑެތި ފިރިހެނުންނާ އެކީ ޖެޓްސީ ދުއްވަން ޙަވާލު ކުރާއިރު އެނގެންޖެހޭނެ ޖެޓްސްކީ އަކީ ގައިގަ އަތްނުލާ ނުދުއްވޭ އެއްޗެށް ތި ޤަވުމަކީ ފިރިމީހާ ކައިރީ އަމބިމީހާ ހުއްޓާ ޖަހައިގަނެގެން ގެންގޮސް ރޭޕްކުރާ ޤަވްމެއް. ރާއްޖޭގެ ނަން ހަޑިކުރަން ޒާތްޒާތު ވާހަކަ ނުދައްކާ
އިންޑިއާއަށް ފޮނުވާލާ އެތަނުން ތިމައްސަލަ ބަލާފަ ފިޔަވަޅު އަޅާނީ. މިބާވަތުގެ މީހުން ގައުމުން ބޭރުކޮށްލަން ހެދި އެއްބަސްވުމެއް އޮންނާނެ. އަންނިއަކީ ވަރަށް ދުރު ވިސްނޭ މީހެއް.
އަންނިއަކީ ކަނޑުކޮހެއް.
ޖެޓް ސުކީ ގެންދިއުމުގެ ބާރުވެސް މޯށީ އަށް އޮންނާނެ އެއްބސަވުމުގެ ދަށުން.އެކަން ހިގި ހިސާބު މޫދަށް މީހަކު އެރުން މަނާކުރުމުގެ ހުކުމެއް އިންޑިޔާ ކޯޓަކުން ނެރެފާނެ ކަމަށް ބެލެވޭ.
ދެން އިންޑިއާ އަށް ތިދިވެހި މީހާ ގެންގޮސް ހުކުމް ކޮއްލާ.
ދިވެސް އެއް ހަމަގައިމްތިިކަހަ ދަށުދަރަޖައަކައް ނުވެއްޓޭނެ ކަން ހަމަގައިމް ތިއުޅެނީ ރާއްޖޭގެ އަގުވައްޓާލަން ބަޔަކު އަޑީގައިތިބެގެން ، މަސައްދެރަޥީ ފުލުހުން މެޑިކަލް ޗެކެއްނެހެދިކަން ފަތުރުވެރިޔެއްވެއްޖިއްޔާ ޖެހޭނެ ހުރިހާކޮޅަކުން ބެލިފައި އޮންނަން
ކޮންމެ ތަނެއްގައި ތިއްބަސް މުސްލިމުންގެ ތަރުބިއްޔަތާ އެއްގޮތަށް ކަންތައް ކުރަމުންދާނެ. އާކަމެއް ނޫން. ތީ ހަތް އަހަރުތާ
މިދެން އެއްގައުމެއް ނު..އިންޑިޔާގައި ކުރާ ކަންތައްތައް ރާއްޖޭގައިވެސް ކުރާނެ ދޯ
ތީ ހަޤީގަތުގައި ހިގާދިޔަ ކަމެއް ކަންވެސް އަދި ނެންގޭތާ މީހަކު ދައްކަފާނެ ކޮންމެ ވާހަކަ އެއްވެސް، އަނއްކާ ތިކަން ކުރީ ދިވެއްސެއްކަން މި ލިޔުމުން އިނގޭކަން ނެތް، އަނެއް ކަމަކީ މަންމަ ބީޗްގަ އިދެފަ ދަރިފުޅު އެގޮތަށް ފޮނުވަންޖެހޭބާ ތިކަމުގައި އެމީހާގެ ވެސް އިޙްމާލު އެބައޮތް ތިޔައީ ހިނގާ ދިޔަ ކަމެއްކަމުގައި ވަނީނަމަ
ސީންރޫޅާލާފަ ހެކިނައްތާލުމައްފަހު ބަަހަނާދައްކާގެން ތިޖަހަނީ
މަޅި. ގަސްތުގަ ނިޔަތެއްއޮވެ ޖިންސީގުނަވަނެއްގަ އަތްލުމަކީ
ތިޔަބުނާޖިންސީގޯނާއެއް. އެއާޚިލާފަށްޖެޓްސްކީ ފަދައެއްޗެހިދުއްވަން އަޅާލައިފްޖެކެޓްއަޅުވައިދިނުމުގެތެރޭ އެނިޔަތްނެތި ގުނަވަނެއްގަ އަތްޖެހުމަކީ ޖިންސީގޯނާއެއްކުރުންކަމުގަ ނުދެކެން. އެހެންނޫނަސް ވަގުތުފާއިތުކޮށް އިހުމާލްވުމައްފަހު އަދިވަގުތުން ކަމާބެހޭފަރާތް
ތަކާ މައްސަލަހިއްސާނުކޮށް އެނބުރިގައުމައްގޮސް މާފަހުން
ބަހަނާދެއްކުމަކީ ހަގީގަތް އޮޅުވާލަން ކުރާކަމެއް. ތިޔައީއިންޑިއާ ގަވަރަށް އާންމުކަމެއް. ތިޔަކަހަލަ ބަހަނާވާހަކަ ދައްކާގެން ކޮންމެވެސްމައްސަލައެއްކްރިއޭޓް ކޮށް ކޮންމެވެސްގަތަކުންލާރިގަނޑެއް ދަމައިގަންނާނެރޮކެޓެއްޖަހާނެ. ތިޔައީއެއްގޮތްއްތުރެ ގިނަގޮތްގޮތުންް ރާއްޖޭއަގު ވައްޓާލާ ދުނިޔޭގެކުރިމަތީ ރާއްޖޭގެ ޓްވަރިޒަމް ސިނާއަތުގެ އަގުވައްޓާލަން ރާވާރޭވުމެއް.
މިހާރު ދިވެހިނަ ބޮލުގަ އަޅުވަންފެށީ ދޯ. ބަލަ ތީި ކަލޭމެންގެ ގައުމުގަ ހިނގާކަންތައް. މިތާ މީހުން ނޫޅޭ މޮޔަވެގެން
ތި މައްސަލަ ބަލަން ޑްރައިވަރު އިންޑިޔާއައް ފޮނުވަން އިންޑިޔާ އިން އިހަކަޢްދުވަހު ހެދިއެއްބަސް ވުމުގެދަށުން މިސަރުކާރަށް އެންގުމުގެ ބާރުލިބިގެންވެ. އަދި މިސަރުކާރު އެކަންކުރަން ފަސްނުޖެހޭނެ. އިންޑިޔާއިން ތިމައްސަލަ ބަލާނިމި ހުކުންއަންނައިރު ތިބުނާ ދިވެހި މީހާ ޖަލުގޮޅީގަ 10 އަހަރުހޭދަ ކުރާނެ. ނިމޭނީ ގައުމަޢް ނުރައްކާހުރި ޓެރަރިސްޓަކަށްވެ އުމުރު ދުވަހު ޖަލުހުކުމަކަށް
މޯދީގެ ގައުމުގައި މިނުބައިރަހުމުކުޑައަމަލު ދުނިޔޭގެނިސްބަތުން އެންމެކުރީގައިވެދާނެ ވީމާ
މޯދީއަށްވެދާނެ މިކަހަލަކަންތައް ރަގަޅުކަމަކަށްވެސް މޯދީ މިމައްސަލަ ބަލާނެކަމަކަށްހީނުކުރެވޭ
އަދި މިނުބައި ޢަމަލުހުއްޓުވުމަށް އެއްބަސްވުމެއްވެސް ހަދާނެކަމަށް ނުބެލެވޭ
އަމިއްލަ ދަރި އެޖާގައިގަ ހުރި ނަމަ އެގޭނީ ....
އިންޑިޔާ އެންބަސީގައި އުޅޭ ދިވެހި ދަންނަ މީހާތީ...
އަންނިއަކީ ބޮޑޮޔަހޫދީއެއް