މަތީ ތައުލީމަށް ލޯނު ދޫކުރަން ސަރުކާރުން އަލުން ހުޅުވައިލި ހުރިހާ ޖާގައަކަށް ލޯނު ދޫކުރަން ނިންމައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފަހުން ހުޅުވާލާފައި ވަނީވެސް 163 ލޯން ފުރުސަތެވެ. އެއީ ފުރަތަމަ ހުޅުވާލި 242 ލޯނު ފުރުސަތުގެ ތެރެއިން 79 ފަރާތަކަށް ލޯން ހަމަޖެއްސުމަށް ފަހު ބާކީ އޮތް މިންވަރެވެ. ފުރަތަމަ ލޯނަށް ހުޅުވާލުމުން 993 ދަރިވަރަކު ފޯމު ހުށަހެޅި އެވެ.

މަތީ ތަޢުލީމުގެ ފުރުސަތަށް ފަހުން ހުޅުވާލި ފުރުސަތުގައި ވެސް ހުޅުވާލި ފުރުސަތުގައިވެސް 900 އަށްވުރެ ގިނަ ކުދިން ކުރިމަތިލިއެވެ. ލޯނަށް އެދި ފުރަތަމަ ހުޅުވާލި ފުރުސަތު ގިނަ ދަރިވަރުންނަށް ނުލިބުނީ އެ ލޯނަށް އެދި ފޯމް ހުށަހެޅިއިރު ހުށެހެޅި ސެޓްފިކެޓްތަކުގެ ދެފުށް ހުށަނާޅާތީ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، މަތީ ތައުލީމާއި ތަމުރީނުގެ ލޯނަށް އެދުމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ހުޅުވާލި ހުރިހާ ޖާގައަކަށް ކުދިން ހަމަޖެހިއްޖެ މިފަހަރު ލޯނުތައް ދޫކުރުމުގައި ހާއްސަކުރީ ފުރަތަމަ ހުޅުވައިލި ފުރުސަތުގައި ލޯނަށް އެދުނު ދަރިވަރުންގެ ތެރެއިން ފުރުސަތު ނުލިބުނު ދަރިވަރުންނަށް ކަމަށެވެ.

މިނިސްޓަރ ޑރ. އިބްރާހިމް ވިދާޅުވީ، ފަހަރު ލޯނަށް އެދުނު ފަރާތްތަކުން ފޯމް ފުރިހަމަކޮށްފައި ވަނީ ރަނގަޅަށް ކަމަށާއި، އެހެން ކަންކަން ވެސް ފުރިހަމަކޮށްފައި ހުރީ ރަނގަޅަށް ކަމަށެވެ.

މިނިސްޓަރ ޑރ.އިބްރާހީމް ހަސަން ވަނީ މިއަހަރުގެ ފަހުކޮޅު އިތުރު ލޯނުގެ ފުރުސަތަކަށް ހުޅުވާލުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެ ފުރުސަތު ހުޅުވާލާނެ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.