ކީރިތި ކުރައްވައި ތުހުމަތުތަކަށް ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ޖަވާބުދާރީވެ ވަޑައިގެންފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުނު މައްސަލަތަކަކާއި ގުޅިގެން ގާޒީ ހަސަން ސަސްޕެންޑް ކޮށްފައިވާއިރު ގާޒީގެ އެދިލެއްވުމުގެ މަތިން، އޭނާގެ މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ.

އެ މައްސަލަތަކުގެ ތަހުގީގު އަޑުއެހުމުގައި ވާހަކަދައްކަމުން ހަސަން ވިދާޅުވީ، ޝަރުއީ ދާއިރާގައި ވޭތުވެދިޔަ 18 އަހަރު މަސައްކަތް ކޮށްފައިވާއިރު، މީގެ ކުރިން އޭނާގެ މައްޗަށް އެކަހަލަ އެއްވެސް ތުހުމަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން ދަނީ ބަދުއަހުލާގީ މައްސަލައެއް ކަމަށް ބުނެ ބުނެ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވުމުން އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑު ދުވަހަކު ވެސް ނުވާނެ ބަދުއަހުލާގީ އަމަލެއް ކޮށްފައެއް އަދި މުވައްޒަފުންނަށް ޖިންސީ ފުރައްސާރައެއް ވެސް ކޮށްފައި ނުވާނެ. އެފަދަ ބަދުނާމުތަކެއް ބޮލުގައި އަޅުވައި މުޅި މުޖުތަމައުއަށް އަޅުގަނޑުވަނީ ބަދުނާމު ކޮށްފައި". ކީރިތި ކުރައްވަމުން ގާޒީ ހަސަން ސައީދު ވިދާޅުވިއެވެ.

އަދި އެ ވާހަކަތަކުގެ ސަބަބުން އާއިލާއަށް ބޮޑު ދެރައެއް ލިބި، މުޅި މުޖުތަމައުއަށް އޭނާ ބަދުނާމުވެގެން ގޮސްފައިވާ ކަމަށާއި އޭނާ އަކީ އެފަދަ ކަންތައްތަކާ ވަރަށް ދެކޮޅު މީހެއް ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ވަނީ އޭނާއާ ގުޅޭގޮތުން ބަދުއަހުލާގީ މައްސަލައެއް ބަލަމުން ނުދާ ކަމަށް ވިދާޅުވެފައެވެ.

ހަސަން ސައީދު ވިދާޅުވީ، އޭނާގެ ސުލޫކީ މައްސަލަ އެއް ހުށަހަޅާފައިވަނީ، ފެމެލީ ކޯޓުގެ ތެރެއިން އުމުރާ ގުރޫޕެއް ހިންގާ ކަމަށް މީޑީއާއިން ރިޕޯޓް ކުރުމާއި ގުޅިގެން އެ މައްސަލަ ބަލައި އެކަމުގަ ޝާމިލުވާ މީހުނަށް ފިޔަވަޅު އެޅުމުން ކަމަށެވެ.

އަދި މި އަވަހަށް ބަލައި ނިންމުމަށް ހަސަން ސައީދު އެދިލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަލިބެއްޔާ

    ދެރަނުވާށެވެ.. ޙައްޤު ލިބޭނެ ދުވަހެއް އަދި އެބައޮތެވެ. ބަދަލު ހިފުމުގެ ގޮތުން، ކަންތައް ކުރެވޭކަން ދެއްކުމުގެ ގޮތުން ވަޒީފާއިން ވަކި ކޮއްލެވިދާނެއެވެ. އަބަދަކު އާރާއި ބާރުވެރިކަމެއް ނުހުންނާނެއެވެ. މިނިވަން ކަމާއި އެކު ވިސްނާށެވެ.. ޖޭ.އެސް.ސީ ގައި އެތިބީ ސިޔާސީ އެކްޓިވިސްޓުން ނޫން ތޯއެވެ.. އިންސާފުވެރިވާނެ ވަރާއި މެދު އަމިއްލައަށް ގޮތް ނިންމާށެވެ.

    116
    1
  2. އިބްރާހިމް

    މަނިކުފާނުގެ މައްޗަށް ކުރެވިފައިވަނީ ދޮގު ތުހުމަތު ތަކެއްކަމުގައި ވާނަމަ މި ތުހުމަތު ތަކުގެ ސަބަބުން މަނިކުފާނުގެ ލޮލުން ވެއްޓުނު ކޮންމެ ކަރުނަ ތިއްކަކަށް މުސީބާތެއް މި ސަރުކާރަށް މެދުވެރިކުރެއްވުމަށް މާތްﷲ ޞވޢ ހަޟްރަތުގައި ދުޢާ ދަންނަވަން.

    129
    2
  3. ސިރިސޭ

    ސަރުކާރު ނިމިދިއުން ކައިވަތަކަށް ކައިރިވެއްޖެ ކަމަށް ބެލެވޭ.

    109
    2
  4. އިކްރާމް އަބުދުއްސައްތާރު

    ހަސަން ސައީދަކީ އިޚްލާސްތެރި އެއް ރަގަޅު ބޮހެއް.. ވަރަގަދަ އިލްމީ ޤާބިލު މޮޅު ބޭފުޅެއް.. ނަޒާހާތް ތެރި ޙާކިމެއް...

    ކޮރޮޕްޓް އެއްވެސް މީހަކަށް މިފަދަ ބޭފުޅަކު ކަމުނުދާނެ..!

    97
    1
  5. ކިއުޓް މޭން

    އޯޯވވވވ... ޗުއްޕުޅި.

    3
    47
  6. ފިކުރީ

    މީ ތޫޢޫތުން....ކޮންމަނިކުފާނެއް..ކޮން ކީރިތިފުޅެއް ކިޔާކަށް...ﷲ ގެ ހުކުމްފުޅުތައްދޫކޮށް ނަޖިސް އިންސާނުން ހަދާ ނަޖިސް ޤާނޫނުތަކުން މީސްތަކުންގެ މައްޗަށް ހުކުމްތަށް ހިންގާ މުރުތައްދު ތޯޢޫތުންތީ...

    10
    31
    • ޝަޒްނާ

      އައިސިސް ގޮލައަކުހެން ހާދައެބަހީވެޔޭ..

      8
      17
    • ރަނޑު އައިސިސް އަށް

      ނަޖިސް އިންސާނުންނޭ؟ ވެދާނެ ކަލޭ ތީ ފެން ނުވަރާ ނަޖިސް އައިސިސް ބުރާންޗެއް ކަމަށް

      2
      1
      • ފިކުރީ

        ﷲ ގެ ހުކުމްފުޅުތަކުގެ މައްޗަށް ހުކުމް ހަދާ. ﷲ ހަރާމަކުރެއްވިކަންތައް ހަލާލްކޮށް .އަދިﷲ ހަލާލްކުރެއްވި ކަންކަން ހަރާމްކޮށް ހަދާ ބަޔަކީ ކާފަރުން..މީ ޤުރްއާންގަ ދަލީލް އޮތްކަމެއް..ނުކިޔަވާތިބޭ ޖާހިލުންނަށް ނޭގުނަސް.އަނެއް ކަމަކީ ފެންނުވަރާތީކީ ނޫން ނަޖިސްވަނީކީ..ޤުރްއާންގަ ﷲ އަންގަވަނީ މުޝްރިކުންނަކީ ނަޖިން ބައެއްކަމަށް...މީގެން އިސްތިސްނާނުވާނެ އެމީހުން ފެންވަރައިގެން ތިއްބަސް އަދިފެންނުވަރާތިއްބަސް. ޤުރްއާންގަ ﷲ އެންގެވި "އިންނަމަލް މުޝްރިކޫނަ ނަޖަސުން " ހަމަކަށަވަރުން މުޝްރިކުންނަކީ ނަޖިސް ބައެކެވެ.....ﷲ ގެ ހުކުމަ ފުޅުތައް ވެއްޔާމޮޑެލާ ގާޒީންނާ ،އެފަދަހުކުމްތަށް ހަދާ މަޖުލިސްތަށް އެއީ ނަޖިސް މުރުތައްދު،މުޝްރިކު ކާފަރުން..އިސްލާމްދީން އޮތީޤުރްއާން އާ ސުންނަތުގަ...ތޯޢޫތުންނާ އެމީހުންގެ އައުވާނުން ރުހޭހާ ގޮތަކަށްނޫން..މިއީ އައި އެސް ގެ ބިލީފެއް ނޫން...ރަސޫލް ސއވ އާއި ސަހާބީން އަމަލް ކުރެއްވި ގޮތް...

  7. މިއަދު

    ހަސަނާ ދެރަނުވޭ މަތްﷲ ވޮޑިގެންވަނީކެއްތެރިންނާއިއެކު ދުނިޔޭގައި އުޅޭއިރު ތަފާތުކަންކަމާއި ދިމާވާނެ އެގޮތުން މިފަހަރު ހަސަންސަޢިދުއަށް މިފަހަރު ކަމެއްދިމާވީ މިސަރުކާރުއައިގޮތަށްމިފެށިކަމަކީ ގައުމުގައިތިބި އަބުރުވެރިންގެ އަބުރުކަތިލާ އަބުރުގެ ލޭ މިގައުމަށް އޮއްސުން ކިތަންމެހާވެސް ރަގަޅަކަށް އެކަން ކުރަމުން އެބަގެންދޭ އިންޝަﷲ ކައިރިމުސްތަގުބަލެއްގައި މިކަން ނިމިހަގައިދާނެ

    27
    1
  8. ޢަލި

    ދިވެހިންގެ ލޭ ބޮވޭވަރު ކުަޑަކަމުން ރޮވެނީ އަދަބުދީ ގޭން ހުސް

    1
    23
  9. ދުންމާރި

    ހަޤީޤަތަކީ ޤަބޫލްކުރަން ދަތި އަދި އެހާމެ ހިތި އެއްޗެއްކަމަށް އިސްމާލީ ޝަރިޢަތުން އެނގޭ ޙައްޤުބަސް ބުނާ މީހަކު ވާނީ އަބަދުވެސް ބޭކާރު ބަދުނާމުވާނީ ހައްޤައް އިންސާފަށް ވާހަކަދައްކާމީހާގެ ބަހެއް ނުވިކޭނެ މީ ފަހުޒަމާން ޙަސަން ސަޢީދަކީ އިހްލާސްތެރި ތެދުވެރި ޢިލްމީ ޤާބިލް ބޭފުޅެއް ދާއިރާގައި ކުރައްވާފައިވާ މަސައްކަތަށްބެލުމުން އެކަން ވަރަށް ރަނގަޅަށް ސާބިތުވާން އެބަހުރި ނިންމުންތަށް ވަރަށް ޢިލްމީ ހިކުމަތްތެރިކަން ޙުކުމްތަކުން އެނގި ކަށަވަރުވޭ މިކަހަލަ ބޭފުޅުން މިޤައުމުގަ އަބަދުވެސް ބަދުނާމުކުރާނެ މުޅި މުޖުތަމަޢު އޮތީ ހަލާކުވެފަ ސަލާމަތުން ހުރި މަދު ބޭފުޅަކު ގަންހިންގާނީ މީ އާކަމެއްނޫން ފަހުޒަމާނުގެ އަލާމްތަކުގެތެރޭގަ ހުދު ކަޅުގެ ގޮތުގައި ބަލާނެ ޢަލިމުން ޖާހިލުންގެ ގޮތުގަ ބަލާނެ ބާތިލް އެއީ ޙައްޤު ކަމަށް ބަލާނެ މީ ޙަޤީޤަތަކީ ޙަސަން ސަޢީދު ދެރަނުވޭ އިންސާފުލިބޭނެ ދުވަހެއް އަންނާނެ އުންމީދުކަނޑާނުލާ

    24
  10. ފަހުލަވާނު

    މީ އަޅުގަނޑަށް ވެސް ވީ ގޮތް .ކަން ހިނގައިފަ އޮތް ގޮތާ ޙިލާފަށް މީޑިއާގައި އަޅުގަނޑުގެ އަގުވައްޓާލުމުގެ ބޭނުމުގައި ބޮޑެތި އިލްޒާމްތައް އަޅުވާފައި ވާތީ އެކަމާ ހިތާމަ ކުރާތާ 3 މަސްވެއްޖެ އަދިވެސް ދަނީ ބިރުދައްކަމުން.ނިމުމެއްނުވާ ތަޙްޤީގެއްކުރަމުން.

    22
  11. ކޮރުބެ

    އުސްތާޒު ހަސަންސައީދަކީ މާތް އަޚުލާގެއްގެ ވެރިއެއް. ކޯޓު ތަކުގެ ތެރެއިން ފެމިލީ ކޯޓަކީ އެންމެ ސިސްޓަމެޓިކޮއް ހިނގާ ކޯޓު. އެއީ ހަސަންގެ މިންނައް މަސައްކަތް. ހަސަންއާއި ދޭތެރޭ މިހާ އިހާނެތިކޮއް ހިތިބަޔަކަށް މާތް އަﷲ އެދުވަސް ދައްކަވާދޭވެ.

    38
    3
  12. ޖަޖުން

    ޖުޑިޝަލް ކޮމިޝަނަކީ ފަނޑިޔާރުންގެ ކަރާމާތް ނަގާލަން މިސަރުކާރުން ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް.

    39
    3
  13. ނަސީރު

    ލޮލުން ތިޔަ އޮހޮރޭ ކަރުނައިންވެސް ވަރައް ރަނގަޅައް އިނގޭ ކުޝެއް ނުކުރާކަން .

    16
    1
  14. އަމާ

    ކީރިތި.. ހަހަހަ.. އަގުބޮޑު ކަރުނަތަ ފައިބަނީ އެލޮލުން.. ރަހަތަފާތީތަ.. ކުލަތަފާތީތަ.. ހަހަ.. ހަމަ ރޮނީނު އޭނަވެސް.. ކޮން ކީރިއްޗެއްތަ..

    2
    12
    • Anonymous

      ތިބައަޅާގެ ލޮލުން ދުވަހަކުވެސް ކަރުނަތިއްކެއް ފޭބިތަ؟

  15. މުވައްޒަފު

    ޙަސަނަށް މަވެސް ނިކަން އިހުތިރާން ކުރިން. އެކަމު މީނަގެ އަސްލު ކުލަ ފެނުން ފަހުން ފޫހިވެއްޖެ. ރަނގަޅު ހެޔޮ ބަސް ބުނޭ. އެކަމު ތިމާގެ ފުށުން އެކަމެއް ނުފެނޭ. މީނާ ބޭނުންވާ ގޮތް އެ އެންމެ ރަނގަޅު ގޮތް. އިސްލާހުކުރަން ނިޔަތް އޮތަސް ގެންގުޅުނު ގޮތްތައް 0

    1
    13
  16. ރާއްޖެތެރެ

    އެމްޑީޕީ އުޅެނީ މިރާއްޖެ ފަސާދަ ކުރަން.

  17. އާހިލް

    ޖޭ.އެސް.ސީ ގައި އެތިބީ މަރުނުވާނެ ބައެއްތަ އަޅެ؟ވަގުތު ޖެހުމުން ހަމަބިމަށް ތިރިވާނެ އިންޝާﷲ...