ޓީޗަރުންގެ މުސާރަ ބޮޑުކުރުމުން ދިވެހި ޓީޗަރުން ލިބޭނެ ކަމަށް ތައުލީމީ ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި މިހާރުގެ މަޑުއްވަރީ ދާއިރާގެ މިހާރު މެމްބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިގޮތަށް ރާއްޖޭގެ ބައެއް ސްކޫލުތަކުގެ ޕްރައިމަރީ ގްރޭޑުތަކަށް ދިވެހި ޓީޗަރުން ނުލިބޭތީ ބޭރުން ޓީޗަރުން ގެންނަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކުރުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މިދިޔަ ސަރުކާރު ނިމުނުއިރު، ޑިފެންސް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އާދަމް ޝަރީފް ވިދާޅުވީ، ޕްރައިމަރީ ގްރޭޑްތަކަކީ ކުދިންގެ ކިބައިގައި ދިވެހި އިސްލާމީ ސިފަތައް އަށަގެންވެުމަށް އެންމެ މުހިންމު މަރުހަލާ ކަމަށެވެ.

"އެ މަރުހަލާގައި ބޭރު ޓީޗަރުން ކިޔަވާ ދިނުމަކީ ގައުމީ މަންހަޖުގެ ފަލްސަފާއާ ނުގުޅޭ ކަމެއް". މެމްބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

މެންބަރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ޓިޗަރުންގެ އަގު ވަޒަން ކުރުމަކީވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލުމާތުދެމުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ޕްރައިމަރީ ގްރޭޑްތަކަށް ބިދޭސީ ޓީޗަރުން އިއުލާނުކުރީ ވެސް އެ މަގާމުތަކަށް ދިވެހީން ނުލިބުމުގެ ސަބަބުން ކަމަށެވެ. އަދި މިގޮތަށް ދިމާވަނީ ޓީޗަރުންނަށް ކުރާ އިހުތިިރާމް ކުޑަވުމާއި މުސާރައިގެ މައްސަލަތައް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޕްރައިމަރީ ގްރޭޑުތަކަށް ބިދޭސީ ޓީޗަރުން ކުރިން ގެނެއެވެ. ނަމަވެސް މިހާރު އެކަން މަޑުޖައްސާލާފައި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޑޭންޖުރެސް

    ރާއްޖޭގެ ޕްރައިމަރީ ގްރޭޑްްސް ތަކުގައި ކިޔަވަން އިންޑިއާ ޓީޗަރުން ގެންނަން ހިންނަވަރޭ ވެރިކަމުގައި އޭނާ އެއުޅެނީ އެއީ އިންޑިއާގެ މޮދީ އާއި އެކު އޭނާ ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެ އިންޑިއާ އަށް ވިއްކާލުމުގެ ޕްލޭންގެ ތެރޭން އޭނާ ކުރާ ކަމެކޭ އައި ކުޑް ފީލް ހީ ލޮސްޓް ފެއިތް އިން މޭންކައިންޑް އަައި ސޭ ހީ އިޒް ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ ދިސް މޭން އިޒް ސޯ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހާއްހާއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް...

    21
    1
  2. ޑޭންޖުރެސް

    ރާއްޖޭގެ ޕްރައިމަރީ ގްރޭޑްސް ތަކުގައި ބޭރުން ޓީޗަރުން ގެނެސްގެން ސްކޫލް ތަކުގައި ކިޔަވާ ދިނުމަކީ އެއީ ދީނާއި ވެސް ދުރު ކަމެކޭ އަދި ކުދިންގެ ކިބައިން ގައުމީ ވަންތަ ކަން ފިލައިގެން ގޮސް ރާއްޖޭގެ ތަރިކަ އާއި ކަލްޗަރ އަށް ގެއްލުންވާ މިންގަނޑަށް މިކަން ހިނގައިދާނެއޭ މީ ވަރަށް ނުރައްކާތެރި ވިސްނުމެކޭ ދިވެހި ޓީޗަރުން ނުލިބެނީއޭ ބުނެ ރާއްޖޭން ބޭރުން ޓީޗަރުން ޕްރައިމަރީ ގްރޭޑް ތަކަށް ގެނައުމަކީ ނޯ ޑޭމް ގުޑް ފޯރ ކަންޓްރީ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް

    21
    3
  3. އައްޔު

    ހިނގާބަލަމާ ބޭރުމީހުންނަށް ކުރާޚަރަދާއި ދިވެހިންނަށް ކުރަންޖެހޭ ޚަރަދަށް ބަލަމާ
    ބިދޭސީން މުސާރަ އަދި އެކަމަޑޭޝަން ވިސާ ކޮއްތު އެލަވަންސް މެޑިކަލް މިހެންގޮސް ނަންހުސްކޮށް އެލަވަންސް ދިވެހި މީހުންނަށް މުސާރަ އެކަނި ނިމުނީ އެކުޖުމްލަ ބުނާނަމަ ކޮންމެ 2 ބިދޭސީއަކަށް ޚަރަދުވާ ފައިސާއިން 3 ދިވެހިންނަށް ވަޒީފާދެވޭނެ

  4. ގުދޯގުދޯ

    މަނިކްފާނުމެންގެ 5 އަހަރު ކީއްވެތޯ އެވަރަށް ބޮޑު ނުކުރެއްވީ.. މިހާރު ދެން ފަޅޮލޭތޯ ތި ކިއުއްވަނީ

    9
    19
    • ޒެޑޭ

      މިހާތަނަށް ކުރި ބޮޑެއްވެސް ކުރީ ވޭތުވެދިޔަ 5 އަހަރު ދިރިއުޅުމުގެ ޚަރަދު ބޮޑުވެގެން މިހާރު ލިބޭ އެއްޗަކުން ދެކޮޅުނުޖެހޭ
      ޑިޕްލޮމާ ހަދާފަހުރި ނަރުހެއްގެ މުސާރަވެސް މާސްޓަރސް ފެންވަރުގެ ޓީޗަރެއްގެ މުސާރައަށްވުރެ ބޮޑު.

      6
      2
  5. ކޮރަޕްޝަނޭ

    ޕްރައިމަރީ ގްރޭޑްސް ތަކުގައި ކިޔަވާ ދޭނެ ދިވެހި ޓީޗަރުންވާނެ ސަރުކާރުން އަޑި ނޭގޭ ގޮތަށް އިންޑިއާ އިން ޓީޗަރުން ފީންނެއް ގެނެސް ގެން ދިވެހިން ސްކޫލް ތަކުން ބޭރު ކުރުމުގެ ޕްރޮގްރާމް އެއް ފަށަން އުޅޭ ކަމުގެ އިޝާރާތެކޭ ފެނިގެން މިދަނީ މިރާއްޖޭގެ ރިސޯރޓަކުން މެދު ފަންތި އަދި މަތީ ފަންތީގެ ވަޒީފާ އެއް ދިވެއްސަކަށް ނުލިބޭ އަދި ސްކޫލް ތަކުގައި ޓީޗަރު ކަން ކުރާނެ ދިވެއްސަަކު ނެތް ގަބޫލެއް ނުކުރެވޭނެ ތިޔާ ކަމެއް ތިޔާއީ ސީދާ ކޮރަޕްޝަންގެ މަގުން ސަރުކާރުން ކުރަން އުޅޭ ކަމެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ..

  6. ޙަސަން

    މެމްބަރު އާދަން ޝަރީފު ޢުމަރަކީ ބތަޢުލީމީ ދާއިރާ އެންމެ ބޮޑަށް މިހާރު އެނގިވަޑައިގްނަވާނޭ އެއްބޭފުޅާއެވެ. އެހެންކަމުން ޓީޗަރުންގެ ކަންކަން ވަރަށް ރަނގަޅަށް އޭނާއަށް އެނގިލައްވާނެ. ބޭރު ޓީޗަރުން ޤައުމަށް ގެނައުމުން ދެންދިމާވާނެ މައްސަލަތައް އަހަރެމެން ވިސްނަން ޖެހެއެވެ.

  7. ބޮޑު ތިންގެރި

    ކުރީގެ ސަރުކާރުގާ ޓީޗަރުންގެ މުސާރަ ބޮޑުނުކޮއްދީ މިހާރު ކޯޗެކޭ ކިޔާކަށް!!!!ހަމަރަންގަޅަށް އެބައިނގޭ ދޯ މިވަނީ ކީއްކަން!!!

    6
    3
  8. ފަޅޮލޭ...

    ކީތްވެތޯ މަނިކުފާނުންގެ ރަސްކަމުގައި ދެކޮޅުއެއްކޮށްބޮކޮށްނުދެއްވީ....މަނިކުފާނުންގެ ރަސްކަމުގައި ރަނގަޅުހުރިހާކަމެއްކުޑަވެފަ ނުރަނގަޅުހުރިހާކަމެއްވީ ބޮޑު.....

    3
    1
  9. ސާހީ

    ރަންކޮޅާ މިސަރުކާރުން ދިވެހި ކިޔައިދޭން ގެންނަނީ ފެންވަރު ރަނގަޅު އިންދާޔާމީހުން

  10. ޓީޗަރެއް

    މިނިސްޓަރ އޮފް އެޑިއުކޭޝަނަށް ވެދުން ސަލާްމަށްފަހުދަންނަވަން.
    މިހާރަކަށް އައިސް ސްކޫލްތަކުގެމެދުގައި ވާދަވެރިކަންބޮޑުވެ އެއްސްކޫލަކަށްވުރެން އަނެއް ސްކޫލެއްގައި އިތުރުޙަރަކާތްތައް ބޭއްވުން އިތުރުވެ ހުކުރެއް ހޮނިހިރެއް ޗުއްޓީއެއް ނުލިބި ސްކޫލުގެ އެކިކަންކަމުގައި އުޅެންޖެހުމުން ޢާއިލީ ގުޅުމަށްދަނީ ބުރޫއަރަމުންނެވެ. އަދި ނުވިތާކަށް ހަފްތާބަންދުގައި އެއްވެސް ރެސްޓެއްނުލިބި އަނެއްހަފްތާޔަށް ތިބެންޖެހެނީ އެހާމެ ވަރުބަލިވެ ލޮޑުކަންމަތީގައެވެ.
    މީގެ އިތުރަށް ސްކޫލްތަކުގައި މިގެންދާ އިތުރު ޙަރަކާތްތަށް ގެންދަނީވެސް އަހަރެމެން ޓީޗަރުން މެދުވެރިކޮށް ބެލެނިވެރިންއަތުން އެތަށް ފައިސާތަކެއް ނަގައިގެންނެވެ. މިކަމަކީ ނުފުދިފައި ތިބޭ ބެލެނިވެރިންގެ ނުރުހުމުގައިކުރަންޖެހޭކަމެކެވެ.
    ހަމައެއާއެކު މިހާރު ކޮންމެބަޔަކުވެސް ސޯޝަލްމީޑިޔާގައި އެބައެއްގެ ސްކޫލުގައި ކުރާކަންތައް އަނެއްބަޔަށްވުރެން މޮޅުކޮށް ފޭސްބްކާ ޓްވިޓާރ މެދުވެރިކޮށް މިނިސްޓްރީއަށް ފެންނަގޮތަށް ޕަބްލިޝްކުރަނީ ދެއްކުންތެރިކަމުގެ ޢަަމަލެއްކަމުގައިނޫނީނުދެކެމެވެ.

    ވުމާއެކު މިކަންތަކާ މިނިސްޓްރީން އެކަޝީގެންވަ ފިޔަވަޅެއް މިހިދުން މިހިދަށް އަޅަދއްވުންއެދި ނުހަނު އިޚްލާސްތެރިކަމާއެކު ދެންނެވީމެވެ.
    އިޙްތިރާމްއާއި ހެޔޮދުއާ.

    ޓީޗަރެއް.