ތެލެސީމިއާ ލޭ އަޅާ ބަލި ހުންނަ އަދުހަމް މުހައްމަދު (އަދޫ) މިއަދު ހެނދުނު ނިޔާވެފައި ވަނިކޮށް ތެލެސީމިއާ އިތުރު ޒުވާނެއް ކަމަށްވާ އިސްމާއިލް ފަޔާޒް ނިޔާވެއްޖެއެވެ.

އުމުރުން 24 އަހަރުގެ އަދޫ އަކީ ފޮޓޯގްރާފަރެކެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަތާ ގިނަ ދުވަސްތަކެއްވީ ފަހުންނެވެ. ނަމަވެސް ފަޔާޒްގެ ހާލު ގޯސްވިތާ ގިނަ ދުވަހެއް ނުވެއެވެ. ޑޮކްޓަރުގެ ރިޕޯޓުތައް ދައްކާ ގޮތުން ފަޔާޒް ނިޔާވީ ކިޑްނީ ފެއިލް ވެގެންނެވެ.

ރާއްޖެ އަކީ އާބާދީގެ ނިސްބަތުން ވެސް ތެލެސީމިއާ ބަލި ހުންނަ މީހުން އެންމެ ގިނަ އެއް ގައުމެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮންމެ އަހަރަކު ވެސް އެވްރެޖްކޮށް ތެލެސީމިއާގެ ހަ ކުދިން ރާއްޖެ އިން ނިޔާވެއެވެ.

ޝީގެ މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖޭގައި ކުރެވޭ ކޮންމެ 30 ކައިވެންޏަކުން އެއް ކައިވެންޏަކީ ދެ ކެރިއަރުންގެ ދެމެދު ކުރެވޭ ކައިވެންޏެކެވެ. އަދި އުފަންވާ ކޮންމެ 120 ކުއްޖަކުން އެއް ކުއްޖަކީ ތެލެސީމިއާ ބަލި ހުންނަ ކުއްޖަކަށްވެ އެވެ. އެއީ ގާތްގަނޑަކަށް އެވްރެޖްކޮށް އަހަރަކު 26 ކުދިންނެވެ.

2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަކަށް އަމަލު ކުރަން ފެށިއެވެ. އެ ޤާނޫނު ބުނާ ގޮތުން އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮންމެ ކުއްޖެއްގެ ވެސް ތެލެސީމިއާ ޓެސްޓް ކުރުމަކީ އެކުދިންގެ ބެލެނިވެރިންގެ މައްޗަށް މަޖުބޫރު ކަމެކެވެ.

ބްލަޑް ސާވިސްގައި ތެލެސީމިއާގެ 800 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓަރީ ވެފައިވާއިރު އޭގެ ތެރެއިން ދުނިޔޭގައި މިވަގުތު ތިބީ 635 މީހުންނެވެ.

ކުރީބައިގައި ތެލެސީމިއާ އަށް ޓެސްޓް ކުރުމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އިރުޝާދު ދިން ނަމަވެސް އަދިވެސް ބައެއް މީހުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަބުދުﷲއިބުރާހިމް

    ގާނޫނުން ދެކެރިޔަރުންގެ ކައިވެނި ކުރުން މަނާކުރަންވީ

    56
    3
    • އިސޭމިޔާ

      ގާނޫނު ހަދައިގެން މިރާއްޖޭގައި ހުއްޓުވުނީ ކޮންކަމެއްތޯ މިހާތަނައް..؟

      46
      • ވާނުވާ

        ދެކެރިޔަރުން ނޫން މީހުންނަށް ލިބޭ ދަރިން ދުވަހަކުވެސް މަރެއް ނުވާނެތަ؟

        9
        36
        • Anonymous

          މަރުވާނެ އެންމެންވެސް.. އެކަމަކު މި ދައްކާ ވާހަކައަކީ ކުދިން ލިބޭއިރު އެކުދިންނަށްވާ ތަދުތަކާއި އަޅާވޭން.. ކުދިންދެކެ ލޯބިވާ މީހުން އެނގިހުރި މިކަހަލަ ކަމެއް ނުކުރާނެ.. އެމީހުން ވިސްނަންވެސް ބޭނުންނުވަނީ...

        • ާަަ

          ކަލޭ ވިސްނަނީ ފައިގެ ބޮޑުވައި އިގިލިންތަ؟ މަރުވާނޭކިޔާފައި ސަންދޯއް ތެރެއައް އެރިއޮންނަންވީނު.

  2. ފާތުހޮއްކޮ

    إِنّٰا ِللهِ وَإِنّٰاإِلَيهِ رٰجِعُون، މި ދެކުދިންގެ އާއިލާއަށް ކެއްތެރިންކަން ދެއްވާންދޭ. ތެލެސީމިޔާ 1 ކުއްޖަކު ނިޔާވިޔަސް އެހެން ހުރިހާކުދިން އަދި އެ އާއިލާތައް އެކަމާ ދެރަވާނެކަން ޔަގީން. އެކަމުގެ ތަހައްމަލުގައި އަމިއްލައަށް އުޅެވިފައިވާތީ. އެތަށް އަހަރުތަކަށް އެހަނދާންތައް ދެމިގެންދޭ.
    އެކަމަކު އަދިވެސް ރާއްޖެ ތެލެސީލިއާ ކަންތަކުގައި އުޅެނީ އެންމެ ފަހަތުގަ. އެކުދިންނަށް ފަހުންވާނެ ގޮތް ނުބަލާ ކައިވެނި ކުރާމީހުން މަދެއް ނުވޭ. މީ ވިސްނާލަންވެއްޖެ ވަރަށް ދެރަކަމެއް. އެކުދިންގެ ގައިގާ އަޅާ ވޭން އިހުސާސްވަނީ ކައިވެނިކޮށް ކުދިން ލިބުމުން. ކޮންމެ މީހަކަށް ބަނޑުބޮޑުވާއިރަށް ޓެސްޓް ނުކުރެވިދާނެ. އެހެންވެ އޭގެ އެންމެ ރަނގަޅު ގޮތަކީ އެކައިވެނި ކުރިއަށް ނުގެންދިއުން. ވަރަށް ދެރަވޭ. އަދިވެސް މިކަން އެނގޭ އިރުވެސް މީހުން ވިސްނާލާކަށް ބޭނުމެއް ނުވޭ. އަނެއްކޮޅުން އެކުދިންނަށް ލިބޭނީ އެންމެ ފުރިހަމަ ހިދުމަތްތަކެއް ނޫން. މިއީވެސް ހައްލެއް ބޭނުންވާކަމެއް.. ހަމައެކަނި ވާހަކައަކުން މިކަމެއް ހައްލެއް ނުވާނެ..

    47
    1
  3. މުނާ

    ވަގުތުން ބަލާބަލަ މި 2 މަސް ތެރޭ ލޭއަޅާ ކިތައް ކުދިން މަރުވެއްޖެތޯ. އަހަރެމެންގެ ރަށުންވެސް މިދިޔަ މަހު ލޭއަޅާ ދެކުދިން މަރުވި. ލޭއަޅާ ކުދިންގެ ރެކޯޑްސްއެއް ނުބެލެހެެއްޓޭ. ރާއޮޖޭގަ މިހާ ކެންސަރ ގިނައިރު ކެންސަރ ރެޖިސްޓްރޭޝަން އޭގެ ރެކޯޑްސް ނޯވޭ.
    ސިޔާސީ ކަންކަމުގަ ޤައުމު އެއްކޮށް މަސްތުވެއްޖެ.

    22
    2
  4. މިގޭ

    ސާބަހޭ ސަރުކާރަށް ހަމަ އޯގާތެރީދޯ

    10
    5
    • ސަރުކާރު

      ސަރުކާރާ ކޮން ގުޅުމެއް އޮތީ... ސަރުކާރުން ތަ ކުދިން މަރަނި..

      3
      1