ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކަށް އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

ސަންރައިޒް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނީ ސަޢީދާ ރަޝާދު އަށެވެ. މިއީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އަންހެން ބޭފުޅަކު އެދިވަޑައިގެންނެވި ވެސް ފުރަތަމަ ފަހަރެވެ.

ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ނަމުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ދިން ހުއްދަ އާކޮށް، މިނިސްޓަރ ޔުމްނާ މައުމޫންގެ ނަމުގައި މިހާރު ވަނީ ހުއްދަ ނަގާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މ.މަލިކުވިޔު ސަޢީދާ ރަޝާދަށް، ސަންރައިޒް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރެއްވުމުގެ ހުއްދަ، މިއަދު އިލެކްޝަންސް ކޮމިޝަނުން ދެއްވައިފި ކަމަށެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު ދެން އޮންނާނީ ސައްހަ 3000 މެމްބަރުން ހަމަކުރުމެވެ. އެ އަދަދު ހަމަވުމުން ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ފުރުސަތު ފަހިވީ އެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭނީ އެ ޖަލްސާ އަށް ފަހު ގާނޫނީ ކަންކަން ފުރިހަމަވުމުންނެވެ.

މިދިޔަ އަހަރުގެ ފަހުކޮޅާއި، މިއަހަރުގެ ކުރީކޮޅު އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ވަރަށް ގިނަ ފަރާތްތަކަކަށް ދެއްވާފައެވެ. އޭގެ ތެރެއިން 3000 މެންބަރު ހަމަ ކުރެވުނީ ކޮންގްރެސް ޕާޓީއަށާއި ތާޑްވޭ ޑިމޮކްރަޓިކް ޕާޓީ އަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުރޯ

    ހައްތާވެސް މިވަނީ ބައިބައި ވުން އިތުރު . އިތުރު ޕާތީ ތައްހެދުމުން ހައްތަހާވެސް އިތުރަށް ގޯސްވެގެންދާނެ.

    26
    3
  2. މޯދީ

    ގައުމު ހަމަމަގަށް އެޅުވުމުގެ ބަދަލުގައި ބައިބައި ކުރެވޭނެހާ ފުރުސަތު ގާނޫނުންވެސް ހޯދާދެނީ އަދި ނުވީތާކަށް ރޢްޔިތުންގެ ތެރެއިންވެސް މިކަންތައް ކުރިޔަށްގެންދަނީ! މިގައުމުގައި ދެން ހަމަޖެހުމެއް ނެތް!

    6
    1
  3. ނޫރު

    ދިވެހި ރައްޔިތުން އަދި ޚާއްސަކޮށް ޒުވާނުން ޤަބޫލްނުކުރޭ ސިޔާސީޕާޓީތައް.. ސިޔާސީ ޕާޓީތަކުގެ މެންބަރުންގޮތުގައިތިބީ 85 ހާސް ޕާޓީތަކަށް ނުވަންނަ 170 ހާސް

  4. ކުޑަބަޖަރާ

    ހުއްދަދިނަސް ހާސްވާނެކަމެއްނެތް. އެއިހަމަފެންބޮކި. މަޝްހޫރުވެލުން. ކޮބާ މައުމޫނުރިފޯމް ކުރަން ހަދަން އުޅޭންޕާޓީ . މިހާރު ކަބަރެއްވެސްނެތް. އެންމެގަދައަށް މަސައްކަތްކުރި ނާދިރާ އަށް ވަޒީރުކަން ނުދިނީމާ ނާދިރާ ރުޅިއައިސްގެން ހިނގައްޖެ. ދެން މައުމޫނުމިހާރުހުރީ ކޮސްބޮލަށްއަރާފާ. މައުމޫނު ވަޒީރުކަން ހޯދާދިނީ މުޅިންވެސް އާއިލާގެ މީހުނަށް. އެކަމާ ނާދިރާ ހިތްހަމަ ނުޖެހުނީ.