ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ޝޮޓް ގަން އެއް ގެންގުޅުއްވާ ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަކީ އެއްވެސް ހަޤީޤަތެއް އޭގައި އެކުލެވިގެންވާ ފޮޓޯތަކެއް ނޫން ކަމުގައި ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިދާތާ ޝޮޓް ގަންއެއް ގެންގުޅުއްވި ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެއީ ހަޤީޤަތް އޮޅޭ ގޮތައް ފަތުރަމުންދާ ޚަބަރެއް ކަމަށެވެ.

"ދައުރުވަމުންދާ ފޮޓޯގައި އެވަނީ ގްރައުންޑް ގޮލްފް ރާއްޖެއަށް ތަޢާރަފް ކުރުމުގެ ގޮތުން ޖަޕާންގެ ޔުރިހަމަ ޓައުންގެ މޭޔަރު މިނިސްޓަރ ޝިދާތާއަށް އެރުވި ގްރައުންޑް ގޮލްފް ކްލަބްގެ ފޮޓޯއެއް." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އާއިލާއާއިއެކު އުފާވެރި މާޙައުލެއްގައި ކުޅިވަރު ކުޅުމުގެ ތަޖުރިބާ، އުމުރުން ދުވަސްވީ މީހުންނަށް ހޯދައިދިނުމަށް ގްރައުން ގޮލްފް ރާއްޖެއަށް ތަޢާރަފްކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

ގްރައުންޑް ގޮލްފް އަކީ މާބޮޑު ވަރުބަލިކަމެއް ނެތި ލުއި ކުޅިވަރެއްގެ ގޮތުގައި ކުޅެވޭ ޒަމާނީ ކުޅިވަރެކެވެ. އުމުރުން ދުވަސްވީ މީހުންނާއި އާއިލާތަކަށް ޢަމާޒުކޮށްގެން ތާރަފްކުރި މި ކުޅިވަރު އިފްތިތާޙްކޮށްދެއްވީ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފެވެ.

މި ކުޅިވަރަކީ ޖަޕާނުން ފެށިގެން އައި ކުޅިވަރެކެވެ. ކުޅިވަރު އިފްތިތާޙްކުރުމަށް ބޭއްވި ހަރަކާތުގައި ޖަޕާނުގެ ޔުރިހާމާ ޓައުންގެ މޭޔަރ މަސަމިޗީ މިޔަވަކީވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަންތިމަރީ

    ގެންގުޅޭނެ ގެންގުޅޭނެ ތިހުރިހާ އެއްޗެއްވެސް ގެންގުޅޭނެ

    7
    4
  2. ލިންލިން

    ކާކުތަ ބުނީ ޝޮޓް ގަންއެކޭ؟؟ ހަމަ ބަޔަކު ތަނެއްގަ ޓުވީޓެއް ކޮށްލިޔަސް މަޖަލަށް އެފްބީގަބޕޯސްޓެއް ކޮށްލިޔަސް ކަލޭމެން ބޮޑެތި ބަޔާން ނެރެންވޭދޯ؟ ކުރާނެ މަސައްކަތެއް ނެތީދޯ؟ ބަލަ ތިޔަ ފޮޓޯ ފެނުނަސް ކުޑަކުއްޖަކަށް ވެސް އެނގޭނެ ތީ ޝޮޓްގަންއެއް ނޫންކަމް

    13
    2
  3. ފަހުދާ

    ސިދާތާ ހިފައިގެން ހުރި ގޮތުން ވެސް އެގޭ އެއީ ބަރު ކަމެއް ނެތް ވަރަށް ލުއި އެއްޗެއް ކަން...ދިވެހިން މޮޔަ ކަމުން އެއީ ޝޮޓުގަން އެކޭ!

    8
    4
  4. އެދުރުކަލޭގެ

    ޝިދާތާ އަކީވެސް އޭގެ އެއްޗެއްކަމަށް ވަނީ!