ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ޝައިމް އަބްދުﷲ ގެއްލުމުގެ ޒިންމާ މުޅި ދައުލަތުން ނަގަން ޖެހޭނެ ކަމަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޝައިމް ގެއްލުނު މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތަކީ ކޮބައިކަމާއި އަދި ޒިންމާ ވާން ޖެހޭ ފަރާތްތަކާ ފިޔަވަޅު އަޅާފައިވާނެތޯ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ސުވާލު ކުރެއްވުމުން ޝިދާތާ ވިދާޅުވީ ޝައިމް ގެއްލުމުގައި "ޖެންޑާ މިނިސްޓްރީގެ މުހިންމު ދައުރެއް" އޮތް ކަމަށެވެ.

ނަމަވެސް އެކަމުގެ ޒިންމާ މުޅި ދައުލަތުން ނަގަން ޖެހޭ ކަމަށް ޝިދާތާ ވިދާޅުވިއެވެ. ޝައިމް ގެއްލުމުގެ ޒިންމާ މުޅި ދައުލަތުން ނަގަން ޖެހެނީ ކުޑަކުދިން ބެލެހެއްޓުމަށް މަރުކަޒުތައް ހެދުމަކީ ދައުލަތުގެ ޒިންމާއަކަށް ވާތީ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކަކީ އެކި ހާލަތްތަކުގައި ހާއްސަ ރައްކާތެރިކަން ދިނުމަށް މަރުކަޒު ކުރެވޭ ތަނެއް ކަމަށާއި ނަމަވެސް އެއީ ޑިޓެންޝަން ސެންޓަރުތަކެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޝައިމް ގެއްލުމާއި އެކު އެމައުލޫމާތު ފުލުހުންނާއި ހިއްސާ ކުރެވުނު ކަމަށާއި ޝައިމް ގެއްލުމާއި ގުޅިގެން ފޮލޯ ކުރަން ޖެހޭ ހުރިހާ ޕްރޮސީޖާތަކަކަށް ފޮލޯ ކޮށްފައިވާ ކަމަށެވެ.

ޝައިމް ގެއްލުނު މައްސަލައިގައި މިނިސްޓްރީގެ ހިއުމަން ރިސޯސް ކޮމެޓީ އިން މުވައްޒަފަކު މަސައްކަތުން ދުރުކުރެވި ސަސްޕެންޑް ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ސަސްޕެންޑް ކޮށްފައި ވަނީ ޝައިމް ގެއްލުނު އިރު ޑިއުޓީގައި ހުރި މުވައްޒަފެކެވެ.

މިނިސްޓަރ ވަނީ ޝައިމްގެ ޒާތީ މައުލޫމާތުތައް މީޑިއާގައި ހިއްސާ ކުރެއްވި ކަމަށް މިއަދު ދެކޮޅު ހައްދަވާފައެވެ. މިނިސްޓަރ ޝިދާތާ ވިދާޅުވީ ޝައިމްގެ މައުލޫމާތު މީޑިއާ އާއި ހިއްސާކޮށްފަައި ވާނީ ހިއްސާ ކުރަން ޖެހޭ މިންވަރަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޅަބޭބާ

    ތި ސައިމެއް ބަލާއަކާ ހަމަވެއްޖެއްނު. މީހުން ބުނާހެން ތިއަށްވުރެ ރަނގަޅުވާނެ ބައްތިޖަހާ ސޮރުގެ ވާހަކަ ދެއްކިއަސް.

    19
    1
  2. ފުޠޫން

    މިމީހާއަކީ މީހާގެ ނާޤާބިލުކަން ފޮރުވުމަށް އަގައިން ހިފަހައްޓާ މީހެކެވެ. ތިމާގެ ޒިންމާ އެހެން ބަޔެއްގެ ބޮލަށް ކަނޑާލާ އެއްފަރާތްވެ ޒިންމާއިން ރެކޭ މީހެކެވެ. ކުޑަކުއްޖެއްގެ މަރުގެ ތަޙްޤީޤު ހިނގަންފެށުމާއެކު ޕާޓީގެ ފިކުރޭބުނެ މަޤާމުން އިސްިޢުފާދިނީ ޒިންމާއިން ރެކެންވެގެންނެވެ. މިއަދު ދިމާވެގެން މިއުޅޭ ކަންތަކުންވެސް ތިމާ ބަރީއަވެ ޒިންމާ ދައުލަތަށް ކަނޑާލާފަ މަޤާމާ ބޮޑުމުސާރަޔާ ދިދަޖެހިކާރު ދޫކޮށް އިސްތިޢުފާދޭން ކެރޭނޭ ބާވައެވެ؟

    37
    3
  3. ގުދިބެ

    މީ އަބަދު އެހެން މީހުން ބޮލަށް ކަނޑަން ހިންނަ މިނިސްޓަރެއް..

    39
    1
  4. އަލީ

    އިބްތިހާލް މަރާލި ކަމުގެ ދަޢުވާއިން ރެކިގެން މިއަދު ހުރެވިދާނެ.....

    40
    1
    • ގަމާރުމޯލްޑިވިއަން

      މީ ވަގުތުގެ ފެވް

    • އ. ޖ. އ

      އިބްތިހާލް ނިޔާވީ 2016 ގަ

  5. އިންސާނާ

    ކަމަނާ ތިޔަފަދަ މައްސަލަތަކުގަ ދުނިޔޭގެ ގައުމުތަކުގަ ސިޔާސީ ލީޑަރުން (މަގާމުތަކާ ހަވާުވެތިބޭ އިސްމީހުން) ކަންކުރާގޮތަކީ އަވަހައް އިސްތިއުފާދިނުން ކަމަނާމެން ހާދަހާ މަގާމުތަކުގެ ދަހިވެތިކަން ބޮޑޭ ދެއްތޯ

    38
    2
  6. ސަޓޯ

    މިއީ ފޫހިމީހާގަނޑެއް...

  7. އަފީ

    އެއްވެސްކަމަކާހަވާލެއްނުވާނެ؟
    ފައިސާގެދަހިވެތިކަމުންމަވެސްމީއައްހެނެއް
    މަމިބުނަނީޤާބިލުއަންހެނެއްނޫނޭ؟ސަބަބެއްނެތި
    އެއްނޫން އެއީއިބުތިދާލުއައްއިހުމާލުވެފަވާ
    މީހެއްއެދުވަހުއެގޮތައްކަންތައްކޮއްފަހުރިމީ
    ހަކުމިޔަދުރަގަޅުވާނެތޯ؟
    ގެއްލޭބެޑުސީޓު ވެރިންގެބޮލުގައަޅު
    ވަންވީނޫންތޯ؟ ތީކުޑަކުދިންނައް
    އިހާނެތިކޮއްކަންތައްކުރާ
    ބޮނޑުޢައްދާރެއް؟

  8. ސީ ދައިތަ

    ޝައިމް ގެއްލުމުގަ އަލިފް ދާލުން ވެސް ޒިންމާވާންޖެހޭ..

  9. އަބޯ

    އިބްތިހާލުގެ މަރުގެ ޒިންމަ ދުވަހަކުވެސް ސިދާތާ ނަގަން ނުޖެހޭނެ.އެއީ ސިދާތާ އަކީ އިބްތިހާލުގެ މަންމަ އެއް ނޫން.ވީމަ.

    • އ. ޖ. އ

      އިބްތިހާލް ނިޔާވީ 2016 ގަ

  10. ހހހ

    މީނަގެ ބެލުމުގެ ދަށުގައި މިނިސްޓްރީ ހުއްޓަ އަޅާ ނުލުމުގެ ސަބަބުން ކުޑަކުއްޖަކު މަރާލީ. ހަމަ މީނަގެ ބެލުމުގެ ދަށުގައި މިނިސްޓްރީ ހުއްޓަ ކުޑަކުއްޖަކު ގެއްލުނީ. ދެން މުޅި ދައުލަތް ޒިންމާ ކުރުވަނީ. ނުހިންގޭނަމަ އިސްތިއުފާ ދީފަ ރައްކާވެބަލަ

  11. ރައްޔިތުން

    އިބްތިހާލް ކަންތަކުގައި އިހުމާލް ވެ އްކަމުގަ ތިޔަ މިނިސްޓްރީ ން ވަކި ކުރި ސިދާތާ އެއް ނު ތީ..

    • އ. ޖ. އ

      އިބްތިހާލް ނިޔާވީ 2016 ގަ

  12. އޮނު

    އިބްތިހާލުގެ މަރުގެ ޒިންމާވެސް ސީދާގޮތުން ނަގަންޖެހޭ މީހަކީ ސިދާތާ. އޭރު މީނާ ހުރީ ޖެންޑާގެ ސްޓޭޓް މިނިސްޓަރަކަށް. އެކަމުން ރެކެން ވެގެން އަވަހަށް އިސްތިޢުފާދިނީ. މިފަހަރު އެހުރީ މިނިސްޓަރު ކަމުގަ. ކިހާވަރަކުން ދާނެބާ.

  13. އިލްމާ

    ސަސްޕެންޑް ކޮށްފައިވަނީ ކުއްޖާ ފިލި ޑިއުޓީގައި ހުރި މުވައްޒަފެއް ނޫން. އޮޅުވާނުލައްވާ. އެ ޑިއުޓީގައި ތިބި 3 ސްޓާފުންނަށް ޕްރޮމޯޝަން ދިން ކަމަށްވަނީ.