ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ދިވެހި އަންހެނަކާއި ފިރިހެނަކު އިންޑިއާ އިން ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އާއި ހަވާލާދީ އިންޑިއާގެ މީޑިއާ ތަކުން ބުނާ ގޮތުގައި އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 24 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރު ކުރީ ޗެންނާއީ އެއާޕޯޓުން އިއްޔެގެ ވަގުތެއްގައެވެ.

އެމީހުން ހައްޔަރު ކޮށްފައި ވަނީ ސްރީލަންކަން އެއާލައިންގެ ފްލައިޓެއްގައި އިންޑިއާ އިން ރާއްޖެ އައުމަށް އެއާޕޯޓަށް ގޮސް ޗެކިން ކުރިތަނުންނެވެ.

އިންޑިއާ ފުލުހުން ބުނާ ގޮތުގައި ހައްޔަރު ކުރި ދެމީހުން އާދީއްތަ ދުވަހު އިންޑިއާ އިން ހައްޔަރު ކުރީ ޗެންނާއީ ގައި 20 ދުވަހު މަޑުކުރުމަށް ފަހު މަސްތުވާތަކެތި ހިފައިގެން ރާއްޖެ އަންނަން އުޅެނިކޮށެވެ.

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އެމީހުން ގެންގުޅުނު ޝޭމްޕޫ ފުޅިތަކެއްގައި ބަންދުކޮށްފައި ހުރި ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ދެމީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ގާތްގަނޑަކަށް ކިލޯ އެއް ހުއްޓެވެ. އެތަކެތީގެ އަގު 72950 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އިންޑިއާ ފުލުހުން ބުނެއެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 1.1 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ.

ދެދިވެހިން އަތުން ފެނުނު މަސްތުވާތަކެތީގެ މައްސަލަ އިންޑިއާގެ ފުލުހުން ގެންދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މަސްތުވާތަކެއްޗާއި އެކު އިންޑިއާ އިން ދެ ދިވެހިން ހައްޔަރު ކޮށްފައި މިވަނީ ޕާކިސްތާނުން އިންޑިއާ އަށް މަސްތުވާތަކެތި އެތެރެ ކުރުމަށް ރާއްޖެ ބޭނުން ކުރާ ކަމަށް އިންޑިއާގެ ސަލާމަތީ ބާރުތަކުން ބުނިތާ އެއް ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހިޔާލު

    ކޮބާ ވަކީލުނކޮޅު...ހިނގާ މިކަމާ އުޅެލަމާ...75 ހާސްވަރު ޖައްސާލެވޭނެވަރު ވާނެހެން ހީވަނީ....

    23
    2
  2. ާަަަަަެެެޮޮިުއަފީ

    މިހާރުމަޖިލީހުގެރައީސްއަކައްގަނންޖާއެއް
    އެގަންޖާއެބަބުނޭބޯންޖެހޭނެއޭ ބޮއިގެން
    ނޭއުޅެވޭނީނުބޮއިނުވާނެއޭ އޭރުންނޭ
    ދޮންމީހުންރުހޭނީ؟ގިނަގިނައިންއެހީވެސް
    ވާނެއޭ ތިވާނީތިގަަންޖާކުޅުއްވާފިލުމުގެ
    ބައެއްކަމައް މިހާރުބާޢީގެވާހަކައޮއްބަން
    ޖެއްސިގޭމެއްކަމައް؟

  3. އަލި

    ކުއްވެރިން ބަދަލް ކުރެވޭތީ މިއޮތީ ރަނުގެ ފުރުސަތެއް ރާއްޖެ ގެނެސް ދޫކޮށްލެވޭނެ އެއީ ދިވެހި ފުލުހުންގެ އަތުގައި ހެކި ނެތިގެން

    15
  4. ޒ

    ވަކި ބައެއްގެ ފޮޓޯދޯ އާއްމުކުރަނީ.

    16
  5. އައްޓަމަސް

    އިންޑިއާއިން ދެދިވެހިން ހައްޔަރުކޮށްފައި މިވަނީ ޕާކިސްތާނުން އިންޑިއާއަށް މަސްތުވާތަކެތި އެތެރެކުރުމަށް ރާއްޖެ ބޭނުންކުރާކަމަށް އިންޑިއާގެ ސަލާމަތީ ބާރުތަކުން ބުނިތާ އެއް ދުވަސް ފަހުންނެވެ. ނަމަވެސް މިހާރުއެނގިއްޖެ އިންޑިޔާއިންކަން އެހެންގަވްމުތަކަށް ޑުރަގު ސަޕުލައިކުރަނީ!

  6. ދޮންބެ

    ކޮބާ ވަކީލަކު ނެތްތަ މިކާމާ އުޅެލަދޭނެ؟ އޯކޭނުން 5 ލައްކަ ވަރު ލިބުނަސް؟؟

    13
  7. ފަލާހު

    މޯދީ، ދިވެހިރާއްޖޭގައި ހުންނަ ސަފީރު އަށް ވަރައް ސަލާމް... ދިވެހި ރާއްޖެއިން އިންޑިއާ މަސްތުވާ ތަކެތި އެތެރެކުރާކަމައް ބުނެރާއްޖެ ބަދުނާމު ކުރަނީ މިހާތަނައް ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި ޑްރަގް ސަޕްލައިކުރާ އެއް ގައުމަކީ އިންޑިއާ..