މާލޭގެ މަސާޖް ޕާލާއަކަށް ފުލުހުން ވަދެ ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ވަދެފައި ވަނީ ސައްޔިދު ކަލޭފާނު މަގުގައި ހުރި މަސާޖް ޕާލާއަކަށެވެ.
މަސާޖް ޕާލާ އިން ހައްޔަރު ކުރި މީހުންގެ އަދަދެއް އަދި ސާފެއް ނުވެއެވެ.
މަސާޖް ޕާލާ ރެއިޑް ކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ މައުލޫމާތު ސާފުކުރަން ފުލުހުންގެ މީޑިއާ އޮފިޝަލުންނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތެއް ސާފެއް ނުވިއެވެ.
މިރޭ މާލެ އިން މަސާޖް ޕާލާ އަކަށް ފުލުހުން ވަދެ ބަޔަކު ހައްޔަރުކޮށްފައި މިވަނީ މަސާޖްޕާލާއެއް ބަންދު ނުކުރާތާ ދުވަސްތަކެއް ފަހުންނެވެ.
ފަރީދީ މަގުގައި ދިވެހިބޭސް ކޮލިނިކެއްގެ ގޮތުގައި ވަރަށް އެތެރޭގައި ހިންގަނީ ތިޔަޒާތުގެ ތަނެއް.
ގިނަ ދިވެހިން އެހާ އުފާވާނެ ޙަބަރެއް ނޫން ތިޔައީ. ދިވެހިންގެ ޙާއްސަކޮން ވެރިރަށް މާލޭގައި އުޅޭ މެދު އުމުރުގެ މީހުންގެ 70 އިންސައްތަ ތިޔަ ތަންތަނުގެ ޙިދުމަތް ހޯދާކަމީ ހިތާމައާއިއެކު ޤަބޫލުކުރަން ޖެހޭ ޙަޤީގަތެއް. ހަށި ވިއްކާ ތަންތަން ގިނަވަމުން ދާކަމީ އެތަންތަނުގެ ޙިދުމަތް މީހުން ހޯދާ ކަމުގެ ހެތްކެއް.
ހެއްހެއްހެއް.. ތީ މިތާއުޅޭ ޕޮލިހުން އެންމެ ކުރާހިތްވާ ކަންތައް؛ ހެސްކިޔާފަ ވިއާގުރާ ކައިގެންގޮސް، މަސާޖުކުރާ ތަންތަނައް އަރައިގަތުން. ދެން އެތަނުން އަތުލައިގަންނަ އަންހެން ކުދިން ފުލުސް އޮފީސްތެރޭ ހަތްޔަރުކޮއް، އެމީހުނާ ފޮށި، މައްލަވަކޮއްހެދުން.
އެކަމު ދުވަހަކުވެސް މަގުމަތީ ފަތްބޮމުން، ފަތް ވިއްކަމުން، އާވާރާވެގެން، މީހުން ލޫޓުވަމުން، ވަޅިޖަމުންދާ ބަޔަކު ރޭޑެއް ނުކުރާނެ.
މިހާރުވެސް އެމްޑީޕީ މީހަކު ފޮޑިޔެއްޖަހާއިރައް އެމީހަކު ލަފުގަހިފާ ހައްޔަރުކޮއް މުއްދަތެއް ނެތްގޮތައް ޖަލައްލާނެ.
އަސަރު ކުރީ ދޯ. ކިތަންމެ އަސަރެއް ކުރިއަސް އެކަން އޮންނާނީ ހަމަ އެހެން. ޙެހެހެހެ
ފަތް ބޯ ކުދިންނާ ނުބެހެއްޗޭ. ކަލެ އަކަށް ނޭންގޭނެ ރޭޑު ޖަހަންވީ ތަންތަނެއް. އިނގޭ ނަމަ ކަލޭ ދާނީ ރޭޑު ޖަހަން.
ޅަބޭ ތިޔަ ބުނީ ހެޔޮކޮށް. މާލޭގެ މަގުތައް ބަލަހައްޓާން ނެރުނީމާ ގޮސް ވަންނަނީ އެތަނަޖަށް. ޢެކަންތަ މި މާލެއިން ނުހުއްޓުވިގެން މިއުޅެނީ؟މީހުން ރީތިކޮށް ތިބެ ކުރާ ކަންކަން ތަ ނުހުއްޓުވިގެން މިއުޅެނީ؟ ކިހާބޮޑު ބލވރކަމއްތަ؟
ލަބޭ ތިޔަ ބުނީ ރަގަޅަށް. މަސާޖު ޕާލާ ރެއިޑް ކުރާ އޮޕަރޭޝަން އާއި ދޫނި ސޫފާ ސޫފި ނަގާ އޮޕަރޭޝަން ، ގޮނޑުދޮށުންވެލި ނަގާ އޮޕަރޭޝަން ޤައުމީ ފުލުހުންނަށް ހިންގޭނީ.
ދެން އުޅެނީ މާލޭގެ ކުލިދައްކާ ޤައުމީ ފުލުހުން.
ޤާނޫނު ނަގަހައްޓަންވީމަ ހޮރަށް ވަންނަ ފުލުހުން. ވަރަށް ސަލާމް
ސައްޔިދު ކަލޭގެފާނު މަގޭ؟ އެއީ ކޮން އިރަކު މާލޭގަ ހެދި މަގެއް؟ މިވަރު ކަމެއް ނޭނގޭ ހާލުގަ ތި ލިޔާ ޚަބަރުތައް ކިހާ ތެދެއްވާނެބާ؟