ބަނގުރަލާއި އޫރު މަސް ރާއްޖެ އަށް އެތެރެކޮށް ވިއްކުނަ މަނާ ކުރާ ގަރާރެއް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވީ ހިނދު ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ވިޔަފާރީގެ ނަމުގައި އެ ސިނާއަތުގައި ބަނގުރަލާއި އޫރުމަސް އެތެރެކޮށް ވިއްކުމަކީ އެއްވެސް ސަރުކާރަކަށް ހުއްދަ ނުކުރެވޭނެ ކަމެއް ކަމަށެވެ.
އަދި ދީނުގައި ހަރާމް ކޮށްފައިވާ އެއްވެސް ކަމެއް ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފަށް ކުރުމަށް ހުއްދަ ދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.
ޖާބިރު މިއަދު މަޖިލީހަށް މި ގަރާރު ހުށަހަޅުއްވާފައި މިވަނީ ރާއްޖޭގައި ބަނގުރާ ވިއްކާ އިރު ކެސިނޯ ނޭޅެންވީ ކީއްވެތޯ ސުވާލު ކުރައްވައި މަޖިލީހުގެ ކޮމެޓީއެއްގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި ހޫނު ޒުވާބެއް ކޮށްފައި ވަނިކޮށެވެ.
ބަނގުރާ ބޭނުން ކުރުމާއި ވިއްކުމާއި އަދި ކެސީނޯ އެޅުމާއި ޖުވާ ކުޅުން އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރަން ކެސިނޯ އަޅަން ހުއްދަ ދެއްވާނެ ކަމަށް ޖާބިރު ވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވެފަ އެވެ.
ތަފްޞީލު އަންނަނީ...
ޖާބިރުޖީ! ތިކަމުގައި ސޭޓުޖީ މަނިކުފާނުގެ ކަންފަތް މަތީ ގައި އަތް ދަމާފައި ނުޖެހިއްޔާ ކިތަންމެހާސް ވެސް ރަގަލު.
އޭ ރުން މަނިކްފާން ކިނެއްތޯ އެބޭސް ބޯނީ
މީނަގެ އަޑީގަހުރި ބަޔަކު ބަލާ ބަލާށެވެ.
އިޚްލާސްތެރިކަމެއް ނެތަސް ދެއްކި ވާހަކަ މުހިންމު. ތިކަން ކުރެވިއްޖެއްޔާ އިންތިހާއަށް ރަނގު! އޭރުން އިރާދަކުރެއްވިއްޔާ ދިވެި ދައުލަތަށް ﷲ ގެ ރުހިވޮޑިގަތުމުން ހާސިލްވާނެ.
ކޮންމެވެސް ހެޔޮ އެދޭ ކުއްޖަކު ޖާބިރު މިދައްކާ ވާހަކައާއި އަމަލު ދިމާވާނެ ފޯމިއުލާއެއް ބުނެދީބަލަ.
ހޮޑާފުށި މަތިން ހަދާންވޭބާ؟؟؟
އިރުއަރާ މަންޒަރު ބައްލަވާލައްވަން ހޮޑާފުށްޓަށް ވެސް ދެން ޖައްސައެއް ނުލެއްވޭނެ ދޮގެއްތޯ.... ހޮޑާފުށީގައި އުޅުއްވިރޭ ކުޑަކަމުދާ އެއްޗެތި ޕޮލިހަށް ނުދެއްވި ވާހަކަ ތަޅަމުގައި ކޮންމެސްކޮންމެސް ނުދައްކަވާތި އިގޭތޯ..
ތިޔައީ ތިކަން އޮންނަންވީގޮތް. އެކަމަކު ތިޔަ ނިންމި ނިންމުމާމެދު މަނިކްފާނުންގެ ނިޔަތް ރަނގަޅުނަމަ ތާއީދު ކުރަން. އެއީ މަނިކްފާނު ވީމަ.
ދެން އަނެއްވާހަކަ އަކީ ދޮންމީހުން އަންނަނީ މިގައުމުގައި ތެބެ ރާބޮއިގެން ދޮންވެލި ކައިގެން ދެކަމު އެކީ ހާޖަތަށް ދާކަށް ނޫން .
ކެސީނޯ އަޅަން ޖާބިރު އުޅުއްވުމަށް ތާއީދެއް ނޫން - ދިޔާނާ
2 ދުވަސް ކުރިން ( ޖުލައި 13, 2019 )
ބަނގުރަލާއި އޫރުމަސް އެތެރެކުރުން މަނާކުރަން ގަރާރެއް މަޖިލީހަށް ހުށަހަޅައިފި
7 ގަޑިއިރު ކުރިން ( ޖުލައި 15, 2019 )
ބަރުގޮނު
ޖުލައި 15, 2019 20:23
އިރުއަރާ މަންޒަރު ބައްލަވާލައްވަން ހޮޑާފުށްޓަށް ވެސް ދެން ޖައްސައެއް ނުލެއްވޭނެ ދޮގެއްތޯ.... ހޮޑާފުށީގައި އުޅުއްވިރޭ ކުޑަކަމުދާ އެއްޗެތި ޕޮލިހަށް ނުދެއްވި ވާހަކަ ތަޅަމުގައި ކޮންމެސްކޮންމެސް ނުދައްކަވާތި އިގޭތޯ..
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާއިން މިފަހަރު ދެއްކީ ލާދީނިއްޔަތު ޕްރޮމޯޓް ކުރާނެ މީހެއް.
ޢިސްލަާަމް ދީީނަށް އެންމެ ބޮޑަށް ޙިދުމަތް ކުރި ޞަޙާބީންނަކީ ކުރީިގައި ވަރަށް ނުބައި ނުލަފާަ މީިހުން ނަމަވެސް އެމީިހުންނަށް މާަތް ﷲ ތެދުމަގު ދައްކަވައި ހިދާަޔަތ ދެއްކެވުމުން އެބޭެ ކަލުންނީި އިސްލަަމް ދީިނަށް އެންމެ ފައިދާަ ކުރަނިވި އަޞްޙާަބު ބޭެކަލުންނަށް ވެގެނަ ދިޔައީ އެހެނަވީމާ އެއްގޮތަކަށްވެސް ޖާބިރާމެދު ﷲ މިންވަރު ކުރައްވައިފައިހުރި ގޮތެއް ބުނާކަށްނޭގޭނެ
ޢިސްލަާަމް ދީީނަށް އެންމެ ބޮޑަށް ޙިދުމަތް ކުރި ޞަޙާބީންނަކީ ކުރީިގައި ވަރަށް ނުބައި ނުލަފާަ މީިހުން ނަމަވެސް އެމީިހުންނަށް މާަތް ﷲ ތެދުމަގު ދައްކަވައި ހިދާަޔަތު ދެއްކެވުމުން އެބޭެ ކަލުންނީި އިސްލަާމް ދީިނަށް އެންމެ ފައިދާ ކުރަނިވި އަޞްޙާބު ބޭކަލުންނަށް ވެގެން ދިޔައީ އެހެންވީމާ އެއްގޮތަކަށްވެސް ޖާބިރާމެދު ﷲ މިންވަރު ކުރައްވައިފައިހުރީ ކޮންގޮތަކަށްކަމެއް އް ބުނެދޭކަށްނޭގޭނެ