ޓްރާންސްޕޯޓް އޮތޯރިޓީ އިން ދޭ ބައެއް ހިދުމަތްތައް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް އެ މިނިސްޓްރީ އިން ބައެއް ހިދުމަތްތައް އޮންލައިންކޮށް ދޭން ނިންމައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ނަހުލާ ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ލައިސަންސާ ގުޅޭ ހިދުމަތްތައް އޮންލައިންކޮށް ދޭނެކަމަށެވެ.

"ލައިސަންސް އާއި ގުޅުން ހުރި ހުރިހާ ހިދުމަތްތަކެއް އަޅުގަނޑުމެން އޮންލައިން ކުރާނެ ވާހަކަ ދަންނަވަން. އަދި ޕޯޓް ޑިއުސް އަދި ލެޓް ޑިއުސްގެ ހިދުމަތްތައްވެސް އޮންލައިން ކުރެވިގެންދާނެ،" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ އިތުރަށް ވިދާޅުވީ މި ވަގުތުގައި ދޫކުރާ ނަންބަރުތައް ހުސްވަންދެން ހިދުމަތް ދޭމުން އަންނާނެކަމަށެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އިންދޭ ހިދުމަތްތަކަށް ބަދަލު ގެނެސް އެ އޮތޯރިޓީއިން ނަންބަރު ދޫކުރާ ގަޑިތަކަށްވެސް ވަނީ ބަދަލުގެނެސްފަ އެވެ. އެގޮތުން މިހާރު ކޮންމެ ދުވަހަކުވެސް 8:00 އިން 11:00 އަށް ނަންބަރު ދޫކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަބްދުﷲ

    އެއްވެސް އިންސާނެއްގެ ލޮލުގެ ކަޅުކަޅީގެ ތިރިން ހުދުކަޅި ފެންނަނަމަ، އެކަން ބަލައިގަނެވޭނެއެވެ.

  2. މުހައްމަދު

    ކާރު ތަށް ރަޖިސްޓަރީ ނުކުރެވިގެން މިއުޅެނީ ސަރުކާރުން އެކަމަށް ގޮތެއް ނުނިންމިގެން، މިސަރުކާރު ގެނެސް ދީފަ މިއޮތީ އާންމު ރައްޔިތުންނަށް ފަސޭހަތަކެއް ވާނެ ކަމަށް،އަޅުގަޑު ވަރަށް އަދަބް ވެރިކަމާއި އެކު މިނިސްޓަރ އަށް ގޮވާލަން ވީހާވެސް އަވަސް ގޮތެއްގައި މިނުނިމި އޮތް ކަން، ނިމުމަކަށް ގެނެސް ދިނުމަށް، އަދި އުއްމީދު ކުރަނީވެސް މޮގޮތް.....

  3. މިއަދު

    ބައިގަ ލައްވާނުލާފާނެތީ އިތުރުފުޅެެއް ހެއްދެވީދޯ

  4. ސަމީރު

    ކަލޭ އޮންލައިންކޮށް ހިދުމަތް ދީބަލަ ބަބުރު ސޯލިހުއަށް. އަހަރުމެން ނުތެޅެން ކަލޭގެ އޮންލައިން ހިދުމަތް ހޯދާކަވެސް އަދި ބޭނުން ކުރާކަވެސް

  5. އައިިޝާ

    އަދުގެ ޓްރާންސްޕޯރޓް މިިނިސްޓަރުގެ ބެލުމުގެ ދަށުން އެތަނުގައި ކުރިން އުފެދިފައިވާ ކޮރަޕްޝަން މައްސަލަތަައް ޙޙައްލުވުމާއި ، އިތުރު ތަރައްޤީ ދަނީ ފެެންނަމުން. ޕަބްލިކްް ސަރވިސް ޚިދުމަަތްތަކުގައި އަގުތައް ކޮންޓްރޯލްކުުރުމާއި ، އަަގު ކުޑަކުރުމަކީ ދައުލަތުގެ ޒިންމާއެއް. މިނަމޫނާ އިިން މިސާލުލިބި ދައުލަތުގެ އެހެން ޚިދުމަތްތަކާއި ބޭންކްތަކާއި ތަންތަނުން ރަނގަޅު ބެހެނިވެރި ފިކުރެެއް ދައްކާނެކަމަށް ދެކެން. މިނިސްޓަރ ދައްކަވަމުންގެންދާ ލީޑަރޝިޕަށް މަރުޙަބާ! މސ