ހދ. ނޭކުރެންދޫގައި ސިހުރު ހާހޫރައިގެ ކަންތައް ބޮޑުވެއްޖެއެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ، އެރަށުގައި ބަޔަކު ސިހުރު ހާދާތީ ނޫޅެވިގެން ބައެއް މީހުން ރަށުން މާލެއަށް ބަދަލުވެފައިވާކަމަށެވެ. މައުލޫމާތު ދިން މީހާ ބުނިގޮތުގައި، އެރަށުގައި އެކަންތައް ކުރަމުން ދަނީ ހަތް މީހަކު ވެގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޒުވާން ދެ ފިރިހެނުންނާއި، ދެ އަންހެނުންގެ އިތުރުން ބޮޑު ދެ ފިރިހެނުންނާއި، ހަރު އުމުރުގެ މީހެކެވެ.

"ކުރިން އެ ކަންތައް ކުރި މީހާ މަރުވުމުގެ ކުރިން އޭނާކޮށްފައި އިންނަ ކަމަކީ ރަށުގެ މީހުންތަކަށް އޭތި ދަސްކޮށްދެނީ. މިހާރު މި މީހުން މުޅި ރަށް ހަލާކުކޮށްލަނީ އެ".

އޭނާ ބުނިގޮތުގައި، މި ގުރޫޕްވެެގެން ރަށު ތެރޭގައި މިހާރު ފަންޑީތަ ހަދަމުން ދަނީ އެ މީހުން ބޭނުންވާ ކަންތައްތައް ކުރުމަށެވެ. އަދި މިހާރު އެކަން ކުރަމުންދާތާ ތިން ވަރަކަށް މަސް ވެދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

"މި މީހުން ރަށުގެ ބައެއް އާއިލާތަކަށް ފަންޑީތަ ހަދާ ރަށުގެ ނޫޅެވޭ ވަރުކޮށްގެން މާލެވެސް ފޮނުވާލާފައި އެބަހުރި"

މިކަން ފުލުހުންގެ ސަމާލުކަމަށްވެސް ގެނެވުނު ކަން އޭނާ ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެ މީހުން އެހާވަރަކަށް އެކަން ބަލާފައެއްް ނުވެއެވެ.

އެ މީހުން އެކަން ކުރަމުން ދަނީ އެ މީހާ ދަސްކޮށްދީފައި ހުރި ބައިތަކުންނެވެ. އަދި ކުރިން ފަންޑީތަ ހަދާ އުޅުނު މީހާ ބޭނުންކުރި ފޮތްތައް އެ މީހުންނަށް ލިބުނުކަން ނޭގޭ ކަމަށް އޭނާ ބުންޏެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައިވާކަމަށާއި، އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންތައް ބަލަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ޝައިޚް

    އާޔަތުލްކުރުސް ، އިޚްލާޞް ފަލަޤު ނާސް ، ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ހެ ދުނާއި ހަވީރު ކިޔަވައި މުޔަށް ފުމެލަ! ގެއިން ބޭރަށް ނުކުންނަނަމަ "ބިސްމިﷲ ، ތަވައްކަލް ތު ޢަލަﷲ ، ލާ ޙަވްލަވަލާ ޤުއްވަތަ އިއްލާ ބިﷲ . މިފަދައިން ކިޔައި ހިތާވީ ދިމައަށް ފުމެލަ! އިންޝާއަﷲ ސިޙުރުވެރިޔާ ލާޗާރުވެ އިނދަޖެހޭތަން ފެންނާނެ!

    143
    3
    • ޚާފަ

      އެކީއްވެ ހިތާއިމާލަށް ފުމެން؟؟ ??

      7
      35
  2. Aneeka

    ސިހުރު ހެދުމަކީ ދީނުގަ އެހާ ބޮޑަށް މަނާ ކުރައްވާފައިވާ ކަމަކަށްވާ އިރުވެސް އެފަދަ ބަޔަކަށް ދޭނެ އަދަބެއް ގާނޫނުގަ ކަނޑައެޅިފަ ނެތުމަކީ ވަރަށްދެރަ ކަމެއް

    116
    1
    • ސަގީޕް

      މުސްލިމު ގައުމެއްގައި ސެކިއުލާވެރިކަމެއް ހިނގާހާ ދުވަހަކު އެކަމެއް ނުކުރާނެ.

      9
      1
  3. އަލިބެ

    ނޭކުރެންދޫ މީހުން ސިހުރު ހަދަނީ ހަމައެކަނި ނޭކުރެންދޫއަކަށް ނޫން. ޖެހިގެން އޮތް ވައިކަރަދޫއަށް އަރައި ރަށުގެ އެތަން މިތަނުގައި އެވަހުރި ސިހުރު ހާހޫރަ ހަދާފައި. ބެރަބެދި ގަހެއް ވައިކަރަދޫއަކު ނުހުންނާނެ. މިއީ ހަމަ އެކަނި ނޭކުރެންދޫގައި ހުންނަ ގަހެއް. އެގަހުގެ މާ ގެނެސް ވައިކަރަދޫގެ ތަންތަނުގައި ސިހުރު ހަދާފަ އެބަހުރި. ހާއްސަކޮށް ނޭކުރެންދޫއާ ދިމާ ވަލު ފަރާތުގައި. ރަށް ފަޅުކުރަން މިބައި މީހުން ކަންކަން ކުރަނީ. މީ ވަރަށް ބޮޑު ކަމަކަށް ވެއްޖެ. ނޭކުރެންދޫއަކީ ސިހުރުގެ ބޮޑުން ތިބި އެކަމަށް އަރާހުރި ރަށެއް.

    53
    10
    • ކޮއްކޮ

      އަލިބެ ނަމުގައި ކޮމެންޓް ކޮށްފައި ހުރި މީހާއަށް ހެޔޮ ވިސްނުން ދެއްވާށި! ނޭކުރެންދޫ އެންމެންނަކީ ގޯސްމީހުންނެއް ނޫން. އަދި ސިހުރު ހަދާ މީހުންނެއްވެސް ނޫން. ވައިކަރަދޫގައިވެސް އުޅޭ ސިހުރު ހަދާ މީހުން އެކަމަކު އޭގެ މާނައަކީ ވައިކަރަދޫ އެންމެން ގޯހެކޭ އެއްވެސް ނޫން އަދި ވައިކަރަދޫގައި އުޅެނީ ހުސް ސިހުރު ހަދާ މީހުންނެކޭވެސް ނޫން. ނޭކުރެންދޫ ރައްޔިތުން ނިކުމެ މިތިބީ މިކަންކުރާ ބަޔަކު ހުއްޓުވަން ކަމެއްވީމަތާ! އަޅުގަނޑުމެންނަކީ ސިހުރު ހާހޫރަޔަށް ތާޢީދު ކުރާނެ ބަޔެއްނޫން. މިފަދަ ކަންކަމުގެ ސަބަބުން ރަށުގެ އާބާދީ އެހެން ރަށްރަށަށް ހިޖުރަކޮށް ރަށަށް ލިބެން އޮންނަ ތަރައްޤީއެއް ހުއްޓުމަކީ ރަށުގެ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުވެސް އެދޭ ކަމެއް ނޫން. އަޅުގަނޑުމެންނަކީ އެކުވެރި ބައެއް. އާބާދީ ކިތަންމެ މަދު ނަމަވެސް އެކަކު އަނެކަކަށް ހެޔޮއެދޭ ރައްޔިތުންތަކެއް އުޅޭ ރަށެއް. އެކަމަކު ރަށުގެ މަދު ބަޔަކު ކުރާ މިފަދަ ކަންކަމުގެ ސަބަބުން ރަށުގެ ހުރިހާ ރައްޔިތުންގެ ބޮލުގައި ތިޔަފަދަ އިލްޒާމެއް އެޅުވުމަކީ ރަނގަޅުކަމެއް ނޫން. އަޅުގަނޑުމެންގެ ދުޢާ އަކީ ސިހުރުވެރިންގެ ނުބައި ރޭވުންތަކުން އެންމެން ސަލާމަތްކުރެއްވުން. އެއީ ވައިކަރަދޫ ރައްޔިތުން ކަމަށްވިޔަސް އަދި ނޭކުރެންދޫ ރައްޔިތުން ކަމަށްވިޔަސް. އެއްވެސް އިންސާނަކަށް ދެރައެއް ލިބުމަކީ އަޅުގަނޑުމެން އެދޭނެކަމެއް ނޫން. އެއީ މިރަށު މީހަކަސް އަދި އެހެން ރަށެއްގެ މީހަކަސް އެކަން އޮތީ އެހެން.

      43
      1
    • ހައިފް

      އަތޮޅުގައި ބެރެބެދި ހެދެނީ ހަމައެކަނި ނޭކުރެންދޫ އަކު ނޫން. އަހަރެމެން ރަށު (ނޮޅިވަރަމްފަރު) ގައިވެސް ހުރޭ. ވައިކަރަދޫގައި ނުހުއްޓަސް އަތޮޅު އެހެން ރަށްރަށުގައި ބެރެބެދި ހުރޭ. އެހެންވީމަ ސިހުރު ހަދާފައި އޮތް ބެރެބެދި މަލެއް ފެނުނޭ ކިޔާފަ ހަމަ އެކަނި ނޭކުރެންދޫ މީހުންގެ ބޮލުގައި ތިކަން އެޅުވުމަކީ ރަނގަޅު ކަމެއްހެން ހިޔެއް ނުވޭ. އެރަށު މީހުންވެސް ޕޮލިހަށް މައްސަލަ ހުށައަޅައިގެން އެ އުޅެނީ ތިކަމާ ދެކޮޅު ވީމަތާ. މިއީ ވަރށް ދެރަކަމެއް މުޅިރާއްޖޭގައިވެސް މިކަން ވަރަށް އާންމު ވެއްޖެ މިހާރު

      29
      4
    • ނޭކުރެންދޫ މީހާ

      ވައިކަރަދޫ އަކީ ސިޙުރު ހަދާ ހަލާކުވެފައިވާ ރަށެއް. މީހުން ފައިބާ ހުސްވާން ކައިރިވެފައިވާ ރަށެއް. އެހެންވެ ވައިކަރަދޫމީހުން ނޭކުރެންދޫ ފަޅުކުރަން ހެދި ފަންޑިތަ އެއް ޖެހިގެން ނޭކުރެންދޫ މި ފަޅުވަނީ. ވައިކަރަދޫމީހުންގެ ބަލާ ބޮޑީ. ކޮން ބެރަބެދިމަލެއް ކިޔާކައް. ހޭބަލިވެގެން ތިއުޅެނީ ވައިކަރަދޫމީހުން ފަންޑިތަ ހަދައިގެން މިރަށައް ލިބުނު ހުރިހާކަމެއް ގެންގޮސް އެތިބީ. އަތޮޅު މަދަރުސާ ވެސް ގެންދިޔައީ ހަމަ ފަންޑިތަ ހަދައިގެން. މިރަށުގަ 2 އެންޓަނާ ޖަހައިގެން 2 ފައި ކައިރި ނުވެގެން އެ ވެސް ގެންދަން ހާދަ ފަންޑިތައެއް ހެދި ކަމައްވެޔޭ. އެއަރޕޯޓް ވެސް ހަމަ ވައިކަރަދޫމީހުން ފަންޑިތަ ހަދައިގެން ގެންދަން އުޅުމުން އޭތި ގޮވީ ބޮލައް. ހަނިމާދޫ އައް އެފަހަރު ނަސީބު ލެއްވީ.

      15
      1
      • ޓަފް

        އަޅުގަނޑު އަޑުއެހިން ތިވާހަކަ ކޮންމެވެސް ބަޔަކު ނޭކުރެންދޫގައި އެއާޕޯޓް އެޅިޔަ ނުދޭންވެގެން ސިހުރު ހެދީމަކަމަށް ހަނިމާދޫ ގައި އެއާޕޯޓް އެޅީ. ޢެހެންވީމަ މިވީ ތެދަކަށްތާ ދޯ

        11
      • އަލިބެ

        އެއްވެސް އިރެއްގައި ތައުލީމެއް ނެތް ރަށެއްގައި އަތޮޅު މަދަރުސާ އަޅަނީ ކޮން ބޭނުމަކު. މީގެކުރިން އަތޮޅު މަދަރުސާ ހުރީ ކުރިން އަތޮޅުވެރިކަން ކުރި ނޮޅިވަރަންފަރުގައި. އެއްވެސް އިރަކު ނޭކުރެންދޫއަށް އަތޮޅު މަދަރުސާ ގެންދާކަށް ސަރުކާރަކުން ނޫޅޭ. ނޮޅިވަރަމް، މަކުނުދޫ، ކުމުންދޫ، ހަނިމާދޫގައިވެސް މީހުން ގިނަވާނެ ނޭކުރެންދޫއަށް ވުރެ. އަނެއްކޮޅުން ރާއްޖޭގެ ނިސްބަތަށް ބަލާއިރު އަދިވެސް ނޭކުރެންދޫގައި ލިޔަންކިޔަން ނުދަންނަ މީހުން ގިނަވާނެ. ވައިކަރަދޫއަކީ ޒަމާނުއްސުރެ ތައުލީމީ މީހުން ގިނަ ރަށެއް. އެކަން އެނގޭނެ މިހާރު ކޮންމެ ދިމާލަކަށް ބަލާލިޔަސް. ކޮމެންޓް ކުރީމަ ތިޔަހެން އަނގަގަދަކުރަން ތިބެވިދާނެ

        3
        2
        • އަލިބެ ދޮށީ ދަރި

          އަލިބެ އެކޭ ކިޔާފައި ވާނުވާ ނޭނގޭ މޮޔަ ގޮލަޔަކު ހަޖަމު ނުވެގެން މިއުޅެނީ ހަމަ ވަރެއް ވެގެންތާ. ހަޖަމު ވިޔަސް ނުވިޔަސް ނޭކުރެންދޫ ގަ އަތޮޅު މަދަރުސާ އަޅަން ސަރުކާރުން އުޅުނު. އަލިބެ ފަންޑިތައެއް ހަދައިގެން ވައިކަރަދޫ އައް ގެންދިޔައީ.

    • ކައި

      ހދ. އަތޮޅުގަ ބެރެބެދި ހެދޭ ހަމަ އެކަނި ރަށަކީ ނޭކުރެންދޫ އެއް ނޫން. އަތޮޅު އެހެން ރަށްރަށުގައިވެސް ބެރެބެދި ހެދެޔޭ އަލިބޭ. އިތުރުފުޅު ނުހައްދަވާ ބޭފުޅާ.

  4. ކާފަ

    އަސްލު ތިކަން ހުރިހާ ރަށެއްގައިވެސް އެބައޮތް. ރ. އަތޮޅު މާކުރަތުގައިވެސް ތިކަން ވަނީ ހައްދުފަހަނަ އަޅާފައި. މާކުރަތު ކައުންސިލުއިދާރާގެ ކުރިމަތީ، އަތިރިމަތީ ސިހުރު ހަދާ ތަނެއް އަޅައިގެން އެތަނުގައި ސިހުރު ހަދާތާ ވަރަށް ޒަމާންވެއްޖެ. މީގެ އިތުރުން ރަށު ހުކުރުމިސްކިތުގައިވެސް މި މީހުން ސިހުރު ހަދާތީ އެމިސްކިތަށް ނަމާދަށް އަރާ މީހުންވެސް ވަރަށް މަދު.

    28
    1
  5. ދޮގެއްތަ؟

    ފުލުހުންނަށް ނުވަަންޏާ ރައްޔިތުން ނިކުމެ އެމީހުނަށް ޙުކުމް އިއްވާލަންފެނޭ،

    71
    • ސަމާލުވޭ

      ރަގަޅު ވާހަކައެއް. އެއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަަމަށްޓަކައި.

      52
      1
  6. ާަައަބުދު

    ކެންދޫ އަބުދު އަހަންމަދު ވެސް ހަދާ ބޮޑު ކޮއް......

    26
    4
  7. މިއަދު

    ކުދިންނޭ ދެރަނުވޭ ތިހިރީ މިސަރުކާރު ކުދިން ވ އުފާވަނެކަންތައް އެއީ މިސަރުކާރު އައީވެސް ސިހުރުން އަދި މިބައިގަނޑުގެތެރޭގައި ގިނައީ އިސްލާދީނާއި ދެކޮޅު ޢަމަލުތަކަށް ހިއްވަރުދޭ މީހުން ވީއިރު ތިކަންދާނީ ހަމަކުރިޔަށް ބާރަށްކުރިއަށް

    34
    14
    • އ. ޖ. އ

      ހުރިހާ ކަމެއް ސިޔާސީ ނުކޮއްބަލަ.. މީކީ އިއްޔެއަކު މިއަދަކު ކުރާ ކަމެއް ނޫނޭ.. މިކަން ހުއްޓުވުނު ބައެއް ވެސް ނައެއްނު

      25
      6
      • އަލީ

        ކިތައްމެ ރުޅިއަޔަސް އެމީހުން އެކަން ކުރި

        13
        4
      • Anonymous

        ރީނދޫ މީހުން ސަރުކާރު ދިފާއު ކުރުމުގަ. މިބައިގަނޑު ހުރިހާ ކަމެއް ސިޔާސީ ނުކުރާށޭ ބުނަން މާ ތާހިރެއްނޫން. އެންމެންނަށްވެސް އިނގޭ ސިހުރު ބޮނޑިބަތް ބޮއެ ކުކުޅު ކަތިލާ އުޅެނީ ކޮން ބައެއް ކަން. އެންމެ ފަހުން އަސޭލާވެސް ވީ މިމީހުންގެ މީހަކަށް. ކިނބުލަށް ވޯޓް ލައިދޭށޯ ބުނީ

        9
        5
        • އ. ޖ. އ

          ކާކުތަ އަސޭލާ ގެނައީ.. މިރަށުގަ މިހާރުވެސް އެބަ އުޅޭ ތަންތަނަށް ކައްކާއިރު ވަކި މީހަކު ކައްކާ އެއްޗެއް ކެވުނީމަ ބަނޑުގައި ރިއްސާތީ ކެތް ނުވެގެން އުޅޭ މީހުން

  8. ވަގުތު ހޭޓަރ

    މަ ޝުކުރު ރީއާނަށް މިފަދަ ލިޔުމެއް ގެނައީމަ..
    މިކަން ނުކުރާ ރަށެއް ހިއެއް ނުވޭ މިރާއްޖޭގައި އޮންނާނެ ހެނެއް... މިކަމުގައި ޖެހި އެތައް އާއިލާ އެއް ހަލާކު ވަމުން ދަނީ

    34
  9. ޕސޓ

    މިކަން ހުއްޓުވޭނީ ސިޔާސީ މީހުން މިމީހުންނާ ނުޖެހި އުޅެވޭ ވަރު ވެގެން.. މިފަދަ މީހުންނަށް ހިމާޔަތް ދޭ ސިޔާސީ ހުރިހާ ޕާޓީ އަކުން ވެސް.. މިހާރަކަށް އައިސް ސްކޫލް ކުދިން ސަކަރާތް ވަނީ... ހަގީގަތް ހާމަ ވާއިރު ހުންނަނީ ސްކޫލަުގަ ވޯޓް ލާތީވެ އެއްޗެހި ވަޅުލާފަވާ..

    29
  10. މަ

    މިއަދު ކިތަންމެ މޮޅު ވެފަ އުޅުނަސް ތިކަން ކުރާ މީހަކަށް ދެވަނަ ފުތުސަތެއް ނުލިބޭނެ..

    31
  11. ޙަސަނާ

    ތީ ހުސް ދޮގު.
    ސިހުރު ހަދާ އެއްމެ ގޮލައެއްވެސް ނަން ބުނެލަ ބަލަ ވި

    4
    6
  12. ލާލާ

    ސިހުރު ހަދާމީހުން އެއްރަށަކައްލާފަަ!
    ކަނޑިންޖަހާމަރާލާނެ މީހުން ހޯދާފަ ެއެމީހުންނާހަވާލުކުރޭ!
    ތިބައިގަނޑު ނުވާނެ ރަނގަޅެއް ބައިތިއްބާކައް!
    އެކަލޭގެ މަރުވަމުން ވެެސްދިޔާާ އިތުރު ބަޔަކައް ދަސްކޮއްދީފައެންނު ސިރުކު ކޮއް މީހުންނަށް ގެއްލުންދޭން!
    ﷲގެރަސޫލާ ވަނީ ހެޔޮލަފާާ ހެޔޮދުއާ، ކުރާނެބަޔަކު ތިބުމާކީ މަރުވެދިޔަ މީހާޔައްވާ ހެވެއް އަދި ނަސީބެއް ކަމުގަ ހަދީސްފުޅުކުރައްވާފަ!
    ތީ ނަނަކަޔައް މީހުން އިތުރު ކުރަން ވާ ބައެއްކަމަށް ގަބޫލްކުރެވެނީ، ސިހުރުހަދާނަމަ!

    14
  13. ސާމު

    ލ.އަތޮޅުގައިވެސް އުޅޭ ތިކަހަލަ ބޮޑެތި ކާފަރުން. މުޅި ރާއްޖޭގައިވެސް އުޅޭ. ޔާﷲ ސިހުރުވެރިންނާއި ސިހުރުވެރިންނަށް ވާގިވެރިވާ ފަރާތްތައް ފަޟީހަތްކުރައްވާ ނިކަމެތި ކުރައްވާ ހަލާކުކުރައްވާންދޭ! އަދި ސިހުރުތަކުގެ ނުބައިކަމުންނާއި ނުރައްކަލުން އެންމެހާ މުސްލިމުން ސަލާމަތްކުރައްވާންދޭ!

    17
  14. އަހުމަދު އަހުމަދު

    އަހަރެމެން ގެ ރަށުގަ ތިޔަކަން ކުރާމީހުން ހެދި ގޮތަކީ އެމީހުންގެ އެކުވެރި ޒުވާން ބަޔަކު ނެރެގެން ހެދުވީ ދީނީ ޖަމިއްޔާއެއް. މިބުނާ ޖަމިއްޔާއިން އުޅެނީ ދީނުގެ ކަންކަން ކުރިއަރުވާށޯ. ނަމަވެސް ސިހުރުގެ ވާހަކަ ސިހުރުގެ ކަންކަން މީހުނަށް ހާމަކޮށްދޭކަށް މިމީހުން މަސައްކަތެއް ނުކުރެ. އަބަދުވެސް ކިޔާ އަޑު އިވެނީ ބެރު ހަރާމޭ.[އަހަރެން ގަބޫލު ކުރަން ބެރު ހަރާން ކަމަށް] މިމީހުންގެ އެޖެންޑާއަކީ ސިހުރަށް ވުރެ ބެރުގެ ހަރާންކަން މާބޮޑު ކަމަށް މީހުންގެ ބޮލަށް ވައްދައިދިނުން. ޅަ ޖީލުތަކުގެ ސިކުނޑި ކާލަމުން އެދަނީ އެފަދަ ގޮތަކަށް

    • މޮޔައެނޮނިމަސް

      އެހެންވީ މަ ބެރުގަ އަތް ލައިގެން ނުވާނެތާ

  15. މޫސާ

    އަހަރެމެން ރަށުގަ ތި ކަން ކުރާ މީހުންގެ ހައްގުގަ ބަޔަކު ހެދީ ދީނީ ޖަމިއްޔާއެއް. މަގުސަދަކީ ސިހުރުވެރިންގެ ވާހަކަ ރަށުގަ އޮއްބާލުން. މިމީހުން މިކަން ކުރީ ވަރަށް މޮޅަށް. އަބަދުވެސް ދައްކާވާހަކައަކީ ބެރުހަރާން ބެރުހަރާން. [ބެރު މިއުޒިކު ހަރާން ކަމަށް އަހަރެން ގަބޫލުކުރަން]
    އެކަމަކު ސިހުރަށް ވުރެ ބެރު ހަރާންކަން ބޮޑުވާނެ ކަމަކަށް ނުވިސްނޭ. މިމީހުން އޮޅިގެންވެސް ސިހުރާ ދެކޮޅަށް މަސައްކަތެއް ނުކުރެ. ސަބަބު ވަރަށް ސާފް.

    5
    1
    • Anonymous

      އެކޮއި ކޮން ރަށެއްކަން ބުނެލިނަމަދޯ.

  16. ޟަްއި

    ސިހުރުވެރިޔާގެޢަދަބަކީ އިސަލާމީ ޝަރީއަތުގާ ކަނޑިން ޖަހާ ބޯ ކަނޑާލުން. ﷲގެ ހުކުމް އިއްވަވާ...މައްސަލަ ހައް ލުވާނީ އޭރުން..

    11
    • ގަމާރުމޯލްޑިވިއަން

      ޔަގީންތަ؟؟؟؟؟

      3
      4
  17. ސަވީނާ

    ފުލުން ވެއްޖެއެއްނުން ޑިޕާރޓްމެންޓް އޮފް ސިހުރު އިންވެސްޓިގޭޝަން އުފައްދާފަ ރުގްޔާ ފޯސް އުފައްދަން. މިހާރު މީދެން ކިހާ ބޮޑު ބަލާވެރިކަމެއްތަ. ދެން ދުވަސް ކޮޅަކުން އަސޭލާމެންވެސް ރާއްޖޭގަ އެކުސްކުލޫސިވް އެޖެންޓުން ބައިތިއްބައިގެން ސިހުރުގެ ބުރޭންޑުތައް ވިއްކަންފަށާފާނެ.

  18. ގޮމަފުޅު

    ތިޔައިީ ހަމަ އެކަނި ނޭކުރެންދޫގައި ހިނގާކަމެއް ނޫން! ތިޔައީ މުޅި މި ދިވެހިރާއްޖޭގައިވެސް ހިނގާކަމެއްކަން އެންމެނަށްވެސް އިނގޭ ބޮޑުސިއްރެއް! މުޅި ރާއްޖޭގައި ވައިގާހިފައިގެން ހިނގާކަމެއް! ??
    ދެރައީ، އެކަން ތަހުޤީގުކޮށް ހުއްޓުވަން އެއްވެސް ބަޔަކު މަސައްކަތް ނުުުކުރާތީވެ!
    ހިތާމަހުރި ކަމެއް!!!

    10
    • މޮޔައެނޮނިމަސް

      ކީކޭ ބުނާނީ 21 ވަނަ ގަރުނުގަ މުސްލިމުންގެ ހާލަތު.ދެރަވޭ ގަމާރުކަމުން

      6
      3
      • އަސްނާން

        ސިހުރު ހަދާ އިންސާނުންގެ ތެރެއިންވާ ޝައިތާނުންނަކީ އިންސާނުންގެ ތާރީޚުގަ ފެންނަންއޮތް ހަގީގަތެއް. އެއީ ހަށިވިއްކުންފަދަ އިހުޒަމާނުއްސުރެ ހިނގަމުންއަންނަ ވިޔަފާރިއެއް. އޭގައި އެކުލެވެނީ ޖިންނި ޝައިތާނުންނައި ގުޅިގެން އެކި ގޮތްގޮތުން މީހުންނައް އަނިޔާދިނުމާއި މީހުން މެރުމާއި ސިކުޑިގޯސް ކުރުމާއި އަދި އާއިލާތަކާއި ގުޅުންތައް ހަލާކުކޮއްލައިގެން ވާރުތަމުދާ ކެއުމާއި އަނެކުންގެ ދިރިއިޅުން ބަރުބާދުކޮއްލުމާއި އަންހެނުން ފޭރުމެވެ. އަދި މިއީ ސިޔާސީ އެތަކެއްބަޔަކު އެމީހުންގެ ސިޔާސީ އެޖެންޑާތަކައް ބާރުހޯދަން އަދި ވެރިކަމާއި ނުފޫޒު ގަދަކުރަން އޭގެ ބޭނުން ހިފާ ކަމެއް. މިއީކީ އަދި ކިތަންމެ ޒަމާންތަކެއް ފާއިތުވިކަމުގައި ވިޔަސް މިކަމުގެ ނުބައިކަން ދެމިގެންދާނެ ފަދަ ކަމެއް. ސިހުރު އުނގެނުނީ ހާރޫތު މާރޫތު ދެ މަލާއިކަތުންގެ ގާތުން ބާބީލުގަ. އެމަލާއިކަތުން އެކަން އުނގަންނައިދީފައި ވަނީ އިންޒާރުކުރަމުން އެއީ އިންތިޚާނެއްކަމުގައި. އެވާހަކަ ކީރިތި ގުރުއާނުގައި އެވަނީ ވާރިދުވެފައި.

        • މޮޔައެނޮނިމަސް

          ކީކޭ ބުނާ ނީ ގަމާރުކަމުގެ ހައްދު ފަހަނަ އަޅާ ދިޔުން ތީ

          1
          4
          • Anonymous

            ހުރިގޮތް އެނގިއްޖެ.

  19. އިހުސާނާ

    ދެން އެހާ މޮޅިއްޔާ ދެން ޖެފް ބެޒޯޒް ނޫނީ ބިލް ގޭޓްސް އިނދެލެވޭނެ ގޮތް ހަދާލަންވީ ނޫންތަ؟ ތި ކަން ކުރާ ބަޔަކު އުޅެނީ އެހެން މީހުންގެ މުއްފަތުން! ކީއްވެބާ އެމީސްމީހުން މުއްސަދި ވެލައިގެން ސަޅި ބިޓުންނާ އިނދެލައިގެން ނޫޅެނީ!

    1
    1
  20. ހެކި

    ޢަބުދު އަހްމަދަކީ ތިކަހަލަ ކަންތައް ކުރާ މީހެއް ނޫން އެއްވެސް އިރެއްގައި ކޮމެންޓް ކުރި ކުއްޖާ މިގޮތަށް ކޮމެންޓް ކޮށްފަ މިއޮތީ ހަމަ އަގު ވައްޓާލަން، އަބުދާއި ޒާތީ ގޮތުންޖައްސާލާފަ ހުންނާތީ، ލުބުނާ ނޫން ދެވެނަ އެހެން މީހަކު ނުކުރާނެ މިކޮމެންޓެއް، އަބުދަކީ އަޚްލާގް ރަނގަޅު މީހުނަށް ހެޔޮ މީހެއް

  21. ހުސައިން ޢަލީ

    ތިމީހުން ރަށުން ބާލަންވީނުން ރަށުމީހުން ނިކުމެގެން