ސުޕްރީމް ކޯޓަށް ނުރައްކާކޮށް އެކޯޓުގެ ކަންކަމާ ނުބެހުމަށް އދގެ އިންސާނީ ހައްގުތަކާބެހޭ ތަޖުރިބާކާރުން ހިމެނިވަޑައިގަންނަވާ ވޯރކިންގ ގްރޫޕަކުން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ރަސްމީ ވެބްސައިޓްގައި މިއަދު ޝާއިއު ކޮށްފައިވާ އެ ގްރޫޕްގެ ބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރު ކުރުމަކީ ޖުޑިޝަރީއަށް ދެވުނު ހަމަލާއެއް ކަމަށެވެ.

"ފަނޑިޔާރުން ހައްޔަރު ކުރުމަކީ ރާއްޖޭގެ ޝަރުއީ ކޯޓުތައް މިނިވަންކަމާއި، ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމަށްވެސް އެޅުނު ހުރަހެއް" މި ބަޔާނުގައިވެއެވެ.

ފަނޑިޔާރުންނާއި، ގާނޫނީ ވަކީލުންގެ މިނިވަންކަމުގެ މައްސަލަތަކާގުޅޭ، އދގެ ޚާއްސަ މަންދޫބު ގާސިއާ ސަޔާން ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރި މަގްސަދާމެދު އދގެ އިންސާނީ ހައްގުތަކާބެހޭ ތަޖުރިބާކާރުންގެ ގްރޫޕްގެ ކަންބޮޑުވުން ހިއްސާ ކުރައްވާފައެވެ.

އިންސާނީ ހައްގުތަކާބެހޭ އދގެ ވޯކިންގ ގްރޫޕްގެ ޗެއަރ ހޯސޭ ގުއެވާރާ ވަނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރު ކުރުމާ ގުޅިގެން އެހެން ފަނޑިޔާރުންގެ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައި ގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދެވުނު "ސީދާ ހަމަލާ" ގެ ސަބަބުން އެ ކޯޓުގެ ސައްހަކަމާއި، މިނިވަންކަމަށް އޭގެ ހިޔަނި އެޅިފައިވާ ކަމަށްވެސް އދގެ އިންސާނީހައްގުތަކާ ތަޖުރިބާކާރުން ވިދާޅުވެފައި ވެއެވެ. އަދި ރާއްޖޭގެ އިންސާނީ ހައްގުތަކާއި، އަސާސީ މިނިވަންކަން ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ ގާބިލްކަން ސުޕްރީމް ކޯޓަށް ލިބިފައިވާ ކަމާމެދު ވަރަށް ސީރިއަސް ޝައްކުތަކެއް މިހާރު އުފެދިފައިވާ ކަމަށްވެސް ތަޖުރިބާކާރުން ވިދާޅުވެފައި ވެއެވެ.

"އިދިކޮޅު ނުވަ ލީޑަރުން މިނިވަންކޮށް، އެބޭފުޅުންގެ މައްޗަށް އަލުން ޝަރީއަތް ހިންގުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުނުތާ 5 ދުވަސްފަހުން މިކަން މިކުރީ. ފަނޑިޔާރުން ހައްޔަރުކުރި ވަގުތުގެގޮތުން ވަރަށް ބޮޑަށް ޝައްކު އުފެދޭ" ސަޔާން ވިދާޅުވެފައި ވެއެވެ.

މި ބަޔާނުގައި ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު މުހަންމަދު ހައްޔަރު ކުރުމަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ބާކީތިއްބެވި ފަނޑިޔާރުން، އިދިކޮޅު ނުވަ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލްކުރިކަން، ވަނީ ފާހަގަ ކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މިނިވަންކުރުމަށް ސަރަހައްދުގެ އެންމެބޮޑު ބާރުކަމަށްވާ އިންޑިއާއިން ދިވެހި ސަރުކާރަށް ގޮވާލާފައި ވާއިރު، ރާއްޖޭގައި އިޢްލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލައި، ފަނޑިޔާރުން މިނިވަން ކުރުމަށް އދއާއި، އިނގިރޭސިވިލާތް، އެމެރިކާ އިންވެސް ވަނީ ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ސްޕްރީމްކޯޓަށްވުރެ ، ރައްޔިތްނ އިންތިޚާބުކޮށްފައިވާ ވެރިއެއްގެކަންތަކާ ނުޙައްޤުން ބެހުން މާގޯސްވާނެ! މިކަމަކަށް ައަޅާލާނޭމީހަކު ނެތްތަ އދ ގައި؟

  2. ޅިޔަންބެ

    ކެނެރީގޭ މޮޔަފުޅު ދައްކާ ވާހަކަ ތިޔައީ. ސްޕްރީމް ކޯޓުން މިކަމަށް ރައްދުދީ ނޫސްބަޔާނެއް.ނެރެންޖެހޭނެ

  3. ނަޖްވާ

    ހަމަ ނުރުހޭއިރަށް، އިމާޖެންސީ އިޢުލާނުކޮށް ތިމާ އާ އިދިކޮޅު އެންމެން ހިފާ ހައްޔަރު ކޮށް މި ޒާތުގެ ކަންކަން ނުކުރެވޭނެ އިނގޭ! އަހަރުމެންވެސް އެބަ އުޅޭ ކަން ދަނެގެން އުޅޭތި!

  4. ޑިމޮކްރަޓިސްޓް

    މިހިރީ މިމީހުން ވަކިބަޔަކަށް ވިކިފަތިބިވަރު### ބަލަ އެންމެ ކުޑަކުއްޖާޔަށްވެސް އެނގޭ ސްޕްރީމް ކޯޓުން ކުއްލިޔަކަށް މިރާއްޖޭގަތިބަި ބޮޑެތި ވަކި ކުއްވެރިންތަކެއް ވަގުތުން ދޫކޮށްލަން ހުކުމެއްކުރާނީ ފަނޑިޔާރުން އާދަޔާހިލާފު ކަމެއްވެފަތިބީމަކަން### މިމައްސަލަޔަކީ މިރާއްޖޭގެ ދާހިލީކަމެއް### ދޮންމީހުނަށް މިވައްތަރަށް ވާހަކައެއް ނުދެއްކޭނެ### މައްސަލަ ބެލުމަކީ ސަރުކާރުގެ މައްޗަށް މަޖުބޫރުކަމެއް### މީތަ ދޮންމީހުން މިބުނާ ޑިމޮކްރަސީއަކީ### ކަލޭމެނަށް ކޮންކަމެއް ލުއްޗާތަކާ### ސަރުކާރުން މިކަންކަން ބެލެންޖެހޭނެ### ބެލޭނެ### ކަލޭމެނާބެހޭކަމެއްނޫން###

  5. ޗަލާނޭ

    އަބަދުވެސް ތިދައްކަނީ އެއްކޮޅަށް ވާހަކަ. ފަނޑިޔާރުން ނެރުނު އަމުރު މުރާޖަޢާ ކުރަންވެސް ރައީސަށް އެންގޭނެ. އަމުރުގައިވާ ކަނަކތައްތަކަށް އަދި ގަުއމީ މަސްލަހަތަށްޓަކައި. ފަނޑިޔާރުން ޢައްޔަނުކުރަނީވެސް އަހަރުމެން އަދި ގާނޫނު ހަދަނީވެސް އަހަރުމެން އަމިއްލަޔަށް. އެއަށް ބަލައި ރައީސަށް އިޚުތިޔާރު އޮންނާނެ ލިޔެފަ ނެތަސް. މަސްލަހަތު އޮންނަ ކަމެއް އެމީހަކު އަމިއްލައަކަށް ނުނިންމޭނެ. އެކަމާ އެކަކުވެސް އިންސާފުވެރިކޮށް އެއްޗެއްބުނަން ދެކޮޅުހަދަނީ ކީއްވެބާ؟ މިކަމުގަ އަދި ނޭނގޭ ބައިވަރު ހާމަނުކުރާ ބައިވެރު ކަންތައްތަކެއް އެބަހުރިކަން ޔަގީން

  6. ހަބޭސް

    މި ސަރުކާރަކުން އެފަދަކަމެއް ނުކުރާނެ ؟

  7. ލަތީ

    ކަލޭމެން ޔަހޫދީނަށް ގަދަފަދަ ކޯފާއެއް ދައްކަވާންދޭވެ. އާމީން

  8. ޢިއުލާން

    ޜަގަޅެއް ނުން އަންނި އިރުގަ އެއްޗެކޭ ކިޔާކަން ނުކެރޭ.
    ޢަންނި މިނިވަން ކުރިނަމަ އެއްވެސް މައްސަލައެއް ނެއް.

  9. ތާޖުދާރީން

    އދ އަކީމިނިވަން މުސްތަގިއްލު ދައުލަތެއްތޯ؟ ނޫން ޖަމާއަތެއް . ޢެކަމަކު ތިޔަޖަމާއަތުން ގައުމެއްގެ ދައުލަތެއްގެ މިނިވަންކަމުގެ ތެރެއަށް އަތްބާނާން މަސައްކަތްޕުޅު ކަރައްވަނީ ކީތްވެބާ؟ ކޮރަޕްޝަން އާއިފަސާދަ އަކީ އދ އިން މާނަފުޅުކުރައްވާ ގޮތުގަމާމަތިތިވެރި ސިފަތަކެއް ވާ ކަންކަމަކީތޯ؟ ރޮހިންޖާ އާއި ފަލަސްތީންގަ ފާއިތުވި އަހަރުތެރޭ އެއްވެސްކުށެއްނެތްަ މައުސޫމް ތުއްތު ކިތައްކުދިން ގަސްދުގަ މަރާލައިފިތޯ؟ ކަންބޮޑުވިންތޯ ؟ ތިޔަޖަމާއަތަކީ އިސްލާމީއުންމަތް ނެތިކޮށްފަނާކުރަމުންދާދައުލަތްތަކުގެ ވާގިވެރިއެއް.

  10. ފުޓީހާ

    މިއުސޫލުން ކަންކަން ނިނާތީ އދ ގެ އެއްވެސް އަގެއްނޭތް

  11. ރުޒާނާ ޗޮއްޕަޓު

    ރާއްޖެއަށް ނުހޮރުއްޕާން ކޮށް ރާއްޖޭގެ ކަންކަމާ ނުބެހުމަށް ދިވެހި ރައްޔިތުން ހަރު އަޑުން ގޮވަމުންދާ އަޑު ނީވެނީ ބީރު އާލތގަނޑެއް ވީމަތަ؟

  12. ޢަނާރު ކަލީ

    އ ދ ކުރެންއަހާލަން ބޭނުންވަނީ ސްޕްރީމްކޯޓަކީ ކީއްކުރާ މުއައްސަސާއެއްތޯ

  13. ކޯފީ

    އދ އިން ރާއްޖެއަށް ބިރު ދެއްކުމާއި ރާއްޖޭގެ އެކިކަންކަމާއި ނުބެހުމަށް މެޖޯރިޓީ ދިވެހިރައްޔިތުން އދ އަށް ގޮވާލަމެވެ.