ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދުގެ ކަރަޕްޝަންގެ މައްސަލައެއް އެންޓި ކަރަޕްޝަން ކަމިޝަން އޭސީސީން ބަލަން ފަށައިފި އެވެ.

އޭސީސީއިން ބަލަމުންދަނީ މުއާޒު ހުޅުމާލެއިން ފްލެޓެއް ގަތް މައްސަލަ އެވެ.

އެ މައްސަލަ އޭސީސީއަށް ހުށައަޅާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ ގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓް އިންނެވެ.

މުއާޒު ފްލެޓް ބައްލަވައިގެންފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައި އިންޑިއާ ކުންފުންޏަކުން ހަދާފައިވާ "ރެނާޓަސް އިތާމުތް" އިންނެވެ.

މި މައްސަލާގައި މައްސަލައިގައި މުއާޒު އޭސީސީއަށް ހާޒިރުކޮށް ބަޔާން ނަގާފައިވާއިރު މި މައްސަލަ ފެންމަތިވީ ބީއެމްއެލް މެދުވެރިކޮށް ޝައްކު ކުރެވޭފަދަ ފައިސާގެ މުއާމަލާތެއް އޮންލައިންކޮށް ހަދާފައިވާތީ އެފައިސާއަކީ ކޮންގޮތަކަށް ހޯދި ފައިސާކަން ޔަގީން ނުވާތީ އެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ކަރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވޭއިރު 18 ވަނަ ރައްޔިތުންގެ މަޖިލީހަށް މުއާޒު މަޑަވެލި ދާއިރާއަށް ހޮވިވަޑައިގެންނެވީ އަމިއްލަ ގޮތުންނެވެ.

އޭފަހުން މުއާޒު ވަނީ ޖޭޕީއަށް ސޮއިކުރުމަށް ފަހު ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ބަލަ އޭސީސީގެ މެންބަރުންނަށްވެސް އަމީން އެވެނިއުއިން މީހަކު ފްލެޓް ގަނެދިން. ޢެ މައްސަލަވެސް ބަލަންވީނު. ފައިސާ ހޯދި ގޮތަކާއި ފައިސާ ދެއްކިގޮތެއް. އަޑު އިވޭގޮތުގައި އަމީން އަށް ބޮޑު ޚިޔާނާތުން ދިން ފައިސާއަކީ އެކަމަށް ދިން ފައިސާ.

    15
    1
  2. ރަންޢަލީ

    މީހަކު ކުރިޔަސް މުޢާޒު ނުކުރާނެ! އެއީ އެޔަށްވުރެ މާތް ބޭކަލެއް! ޢަލީވަޙިދުމެން މާލެއިންގޯއްޗެއް ، ހުޅުމާލެއިން ދެގޯތި ، މެލޭޝިޔއިން ގޯއްޗެއް ހޯދާފަ ހުރިގޮތް ބަލާބަލަ!

    24
    1
    • ޕިސްޕިސް

      އަލީ ވަހީދު މެން ގޯތިތަކާ ފުލެޓްތަކާ ގަނެފަ ހުރިގޮތް ބަލާކައް ނުކެރޭނެ

      20
    • Anonymous

      އެއީ އޭނަ މަންމަ ކިއްލި ތަޅައިގެން ލިބުނު ލާރިންނޯ

    • ކިނބޫ

      ރަންއަލީ މުއާޒް މަންމަ ކިއްލި ތަޅާތަ؟ ނުތަޅައެއްނު. ދެން ކޮން ފްލެޓެއް އޭނައަށް ގަނެވޭނީ؟

  3. ދދދދދދ

    އެމްޑީޕީއަށް ސޮއި ކޮށްލަނިކޮށް އެއްވެސް ކޮރަޕްޝަނެއް ނޯންނާނެ. ވަގުންތައް އަރާ ބޮޑެތި ގޮނޑިތަކުގަ އެތިބީނު.

  4. އަލީ އާދަމް

    މުއާޒް ފްލެޓް ހޯދިގޮތް ބަލަންޏާ އަލީ ވަހީދު ބީއެމްޑަބްލިޔު އާއި ހުޅުމާލެ ގޯތި އަދި މެލޭޝިޔާ ފްލެޓް ހޯދިގޮތްވެސް ބަލަންޖެހޭ. މީގަ އޮންނަނީ އެއްކޮޅުތޯ؟ ކޮބާ އަނެއްކޮޅު؟ މިއީތޯ ތިބުނާ ޒީރޯ ޓޮލެރަންސަކީ؟ ކޮރަޕްޝަނޭ އެއްޗެކޭ ކިޔާގެން އައި ސަރުކާރުވެސް ކޮރަޕްޝަން.