މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް އުދައިގެ އަސަރު ކުރިއެވެ. މީސްމިޑީއާގައި އެތައް ބަޔަކު ވީޑިއޯއާއި ފޮޓޯ ވެސް ހިއްސާކުރިއެވެ. މީގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނު ވީޑިއޯތަކުގެ ތެރޭގައި ތ. ކިނބިދުއަށް މިއަދު އެރި އުދައާއެކު އެރަށު މަގުމަތީގައި މިޔަރެއް ދުވާ މަންޒަރު ފެންނަ ވީޑިއޯ ހިމެނެއެވެ.

އެ ވީޑިއޯ މީސްމީޑިއާގައި ހިއްސާކުރި މީހަކު ބުނީ، މިއަދު ކިނބިދުއަށް އެރި އުދައާއެކު މިޔަރެއް އަރާފައިވާކަމަށެވެ. އެ ވީޑިއޯއިން ފެންނަނީ ކުޑަ މިޔަރެއް ފެންގަނޑު ތެރޭގައި ދުވާ މަންޒަރެވެ.

https://www.facebook.com/ibrahim.naveen.7/videos/2348477895265324/

މީސް މީޑިއާގައި ދައުރުވި އެހެން ވީޑިއޯއެއްގައިވެސް ރަށުގެ މަގުމަތީގައި ކުޑަ މިޔަރެއް ދުވާ މަންޒަރު ފެނެއެވެ.

https://twitter.com/kibidhoo/status/1150693787636600833?s=09

 

ކިނބިދޫ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ނާޒިމް ވިދާޅުވިގޮތުގައި، މިއަދު ހެނދުނު 10:30 ހާއިރުން ފެށިގެން އެރަށަށް އުދަ އަރާ އުދައިގެ އަސަރު ރަށުގެ މެދެއްހާ ހިސާބަށް ކުރިއެވެ. އަދި މިއީ ފަހުގެ ތާރީހެއްގައި އެ ރަށަށް މިހާބޮޑަށް އުދަ އެރި ފުރަތަމަ ފަހަރުކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު މެންދުރެއްހާއިރު ބައެއް ރަށްރަށަށް އެރި އުދައާއެކު، ރަށު ތެރޭގައި މަސްތައް ދުވާ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބެއްޔާ

    ކިނބޫ އެންމެފަހުން އެރީ ތިނަދޫއަށް. މިޔަރެއް ނާރާ.

    28
    8
  2. ޣާދިރު މަނަދޫ

    މިޔަރުގެ އުދަގުލާހުރެ ފަޅުން ފިލޮޅެއް ކިރުޅިއާ މަހެއް ރޭގަޑު ނުބޭނެ..މިޔަރުގެ އުދަގޫ ވަރައްބޮޑު.. މިޔަރުން ލޮނުމަސްއަޅާ އެކުސްޕޯރޓް ކުރަންފެނެ..

    45
    8
  3. އިބްރާހިމް

    ތިކަންބަލަން ކޮމިޓީއެއް އެކުލަވާލައި ، މިޔަރު އެކްސްޕޯޓް ކުރުމުގެ ހުއްދަދެއްވާ. ތިޔައެއްޗެތި ގިނަވެގެން މިހާރު ރަށުތެރެއަށްވެސް އަރަންފެށީ.

    35
    2
  4. ޑިމޮކްރަޓިސްޓް

    ކޮބާ ކަލޭމެން ހޮވި ނާނު؟ އޭނަ ކައިރީބުނޭ އުދަނާރާނެހެން ކިނބިދޫވަށާ ބޮޑުފާރު ރާނާދޭށޭ. ކަލޭމެން ހޮވި ސަރުކާރެއްނު ތިއޮތީ. ކޮންކަމަކާ ހާސްވަނީ.

    22
    4
  5. ޑިމޮކްރަޓިސްޓް

    އަވަހަށް މިޔަރު ކޮމެޓީއެއް ހަދާފަ އެމްޑީޕީއަށް މަރުދިން މީހުނަށް ރައްޔިތުންގެ ޓެކްސް ފައިސާ ބަހާ ހުސްކުރޭ.

    20
    2
  6. ކެލާމާވިލާ

    މިޔަރު ހިމާޔަތްކުރިފަހުން މިޔަރު މިހާރު މާބޮޑަށް ގިނަވެއްޖެ. މިޔަރުގެ މަސްވެރިކަން ހުއްދަ ކުރަންޖެހޭ. މިޔަރާއި ހެދި މަހެއް ބޭނޭވަރެއްނޫން މިހާރު.

    4
    3
  7. ހަމްދަރްދީ

    ތި ކުދި ރަށްތަކާ ހުރެ އުޅުމަކީ މޮޔަ ކަމެއް ދިރިއުޅުމެއް ހޯދާ ކުރިއަށް އޮތް ޖީލުތަކުގެ މީހުން ގެ ދިރިއުޅުން ވެސް ޚަރާބު ނުކޮށް ތިތަންތަން ދޫކޮށް ހިޖްރަ ކުރަން ފެށިއްޔާ މާރަގަޅު. ޢިބޫއަކަށް ކިބޫއަކަށް ކީއްކުރަން ތިތާ ތިބެގެން ކަލޭމެންނަށް ކަންތަ ކޮށްދޭން އަންނާނެ މީހަކު މިދުނިޔެކު ނެތް