ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކުރީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އެ އިސްލާހުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ހަތް ފަނޑިޔާރުން ކަމަށް ކަނޑައެޅުމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ އަދަދު ފަހަކުން ހަތަކަށް އިތުރު ކުރަން ހުށަހެޅީ، 2010 ވަނަ އަހަރު ސުޕްރީމް ކޯޓު އެކުލަވާލިއިރު ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ވަނަ އަހަރު ސިޔާސީ މަގްސަދެއްގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކި ކޮށްފައިވާތީ ކުރިން އޮތްގޮތަށް އިއާދަ ކުރުމަށެވެ.

އެ އިސްލާހަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ކޮމެޓީން އެ އިސްލާހް ފާސްކުރި ނަމަވެސް ދެ ފަނޑިޔާރުން އިތުރުވުމުން އެކަމަށް އިތުރު ހަރަދެއް ހިނގާނެތީ އެކަމާއި ގުޅޭގޮތުން ކޮމިޓީން ވަނީ ފިނޭންސް މިނިސްޓްރީގެ ލަފައެއް ހޯދާފައެވެ.

އެގޮތުން ސިޓީއެއް މެދުވެރިވެރިކޮށް ފިނޭންސް މިނިސްޓަރ ވިދާޅުވެފައި ވަނީ، ސުޕްރީމް ކޯޓަށް އިތުރުކުރާ ދެ ފަނޑިޔާރުންގެ ހަރަދަކީ ދައުލަތުގެ ބަޖެޓަށް އިތުރު ބުރައަކަށް ނުވާނެކަމަށެވެ. އެހެންވެ ފިނޭންސް މިނިސްޓްރީން ދީފައިވާ ލަފާގެ މަތިން ކޮމިޓީން ވަނީ އިސްލާހް ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނާ

    ތި ދައުލަތަށް ބުރައަކަށް ނުވާނެ އެއްގޮތެއްވެސް ނޯންނާނެ. ފައިނޭންސް ކަމާ ހަވާލުވެހުރީ ހުރީ ކޮން ރޯނު އެދުރެއްތަ. އެޅިހާ ބަތަކަށް ރިހަ މީހުން ލައިގެން ދައުލޓް ލޫޓުވާލަނީ. ދެންވެސް ތިބޭ ޔާމީނަށް ވަގަށް ގޮވަން.

  2. Anonymous

    ޔާމީނުގެ ސަރުކާރައްވުރެ މިސަރުކާރުގެ މުސާރަބޮޑު މުވައްޒަފުންގެ އަދަދު ތިންބައިކުޅަޢެއްބަޔަށް ކުޑަކޮއްފަ އެއްމެ 3 ވުޒާރާގެދަށުންކަމަށް ގައުމުހިންގާނީ ވިދާޅުވި ރައީސު އިބޫގެ ސަރުކާރުގެ މަތިބަރުވެގެންގޮސް އިނދެޖެހެމުންދާތަން މިފެންނަނީ، 5ފަނޑިޔާރުންނާއިއެކުވެސް ސުޕުރިންކޯޓު ހިންގިދާނެކަން ރައީސު ޔާމީނުވަނީ ދައްކާދެއްވާފަ، ތިޔަ އިތުރުކުރަންއުޅޭ 2ފަނޑިޔާރުންގެމައްޗަށް އަހަރެއްގެމަތްޗަށް ކިތައްޚަރަދު ހިނގާނެކަން ނެއެގޭ ބަޔަކު ނެތެވެ. މިފަދަ ބޭކާރު ޚަރަދުތައްކުރުމަކީ ކޮރަޕްޝަނަށް ނުވޭބާ؟؟؟؟