ވެރިކަން ދިފާއު ކުރުމަށް މިހާ ގިނައިން ކުއްލި ހާލަތު އިއުލާނުކުރި ސަރުކާރެއް ނޯންނާނެ ކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
ދިގު މެދުކެޑުމަކަށް ފަހު ރޭ ގުޅިފައިވާ އިދިކޮޅު ފަރާތަކުން ޖުމުހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނީ ވަކީލުން ސަސްޕެންޑްކުރި ވަރަށް އެހެން އެއްވެސް ވެރިކަމުގެ ދައުރެއްގައި ސަސްޕެންޑްކޮށްފައިނުވާ އިރު ވެރިކަން ދިފާއު ކުރުމަށް މިހާ ގިނަ އަދަދަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ސަރުކާރެއް ވެސް ނޯންނާނެ ކަމަށެވެ.
"މީހުން މަލާމާތްކުރާ ތާކުންތާކުން ނުޖެހޭ ސަރުކާރެއް ދިފާއު ކުރުމަށްޓަކާ މިއަދަދަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ގައުމެއް އަޅުގަނޑަކަށް ހިޔެއް ނުވޭ އެއްދައުރެއްގެ ތެރޭގައި ހުންނާނެ ހެނެއް. ހުރިހާ ސިޔާސީ ލީޑަރުން ޖަލުގައި،" އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ޖަލު ފުރާ މިއަދު ފެނިގެންދަނީ، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއައްސަސާތަކުގެ ދިފާއުގައި އެ މުއައްސަސާތައް ސަލާމަތް ކުރުމަށް ގޮވާލާ މީހުން ކަމަށެވެ.
" ގައުމޭ ބުނުމުން "ވަގު ޗެކު، ވަގު ޑޮލަރު، ވައްކަން" ފަދަ ކަންކަން ސިފަވެގެން ދިއުމަކީ ރައްޔިތުން ފަހުރުވެރިވާ ކަންތައްތަކެއް ނޫން , ކޮމަންވެލްތު ފަދަ ތަންތަނުން ވަކިވުމާއި ބައިނަލްއަގްވާމީ މައިދާނުގައި އެކަހެރިވަމުންދަނީ ދުނިޔެ އިން ނެތެމުންދާ އަހްލާގެއް ރައީސް ޔާމީން ގެންގުޅުއްވާތީ " އިންތި ވިދާޅުވިއެވެ.
ގައުމުގެ ކަންކަން އިސްލާހު ކުރުމަކީ ހުރިހާ ފަރާތްތަކެއްގެ ވާޖިބެއް ކަމަށާއި އިންސާނީ ހައްގުތައް ދިފާއު ކުރުމަށް ވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށް އިންތި ވިދާޅުވިއެވެ.
މިހާ ގިނަ ކުއްލި ޙާލަތު އިޢުލާން ކުރީ އަހުރެމެނެންނަށް ޓަކައި ދިވެހި އިސްލާމީ އުއްމަތަށް ޓަކައި ، މުނާފިޤުން ނަކަށް މިކަހަލަ ކަންތައްތަކެއް ނޭންގޭނެ
ވެރިކަން ކުއްލި ކުއްލި އަށް ވެއްޓުނު ގޮތަކަށް ވައްޓާލަން އުޅުނު ޒަމާނެއްވެސް ނުދޭ.
އެންމެ ގިނައިން ވައްޓަން އުޅެ ނުވެއްޓުނު ސަރުކާރަކީވެސް މިސަރުކާރު
ކަލޭމެންގެ ކާފަބެ ކިތައް ކުއްލިހާލަތު ގެނައި ބާ!
ވެރިކަމުގެ ދަހިވެތިކަމަގައި ޤައުމުގެ މުއައްސަސާތަކުގައި ހުޅުޖެހި އެއްވެސް ބަޔަކު އެމް ޑީ ޕީ ފިޔަވައި ނޮއޮންނާނެ.
ތިޔަބުނާ ބަޔަކު ލީދަރުން ނޭކިޔާބަޔަކު ޖަލުގަތިބުމަކުން ނެތުމަކުން ވެސް އާއްމު ދިވެހި ރައްޔިތުން ވާގެއްލުމެއް ނެތް ތިޔަބުނާ ލީޑަރުން ނާހެދި ވައްޔާ ވަނީ އުނދަގުލެއް ގެއްލުމެއް
ބާރާ ނުފޫޒް ހޯދުމަށް ސަރުކާރާދެކޮޅަށް މިހާގިނައިން ރިޝްވތު ބެހި އިދިކޮޅުބަޔަކު ދުނިޔޭގައި ނޫޅޭނެއެވެ.
ކުޑަ ދުވަސްކޮޅެއްގެތެރޭގައި މިހާގިނަ ތަރައްޤިގެ މަޝްރޫޢޫތައް ހިންގި ސަރުކާރެއް ރައީސް ޔާމީންގެ ސަރުކާރު ފިޔަވައި ނޯންނާނެއެވެ.
މިސަރުކާރު ވައްޓާލަން ތިޔބައިމީހުްނަށް ވުރެ ގިނައިން މަސައްކަތްކޮށް ވައްޓާނުލެވުނު ބައެއްނެތް. ކެނޑެނީ ހުސްފޮނި. އަހަރެމެން ގެއަސް ނުވަންނާނަމެ ބުނިއްޔާ އެކަމެއް ނުނިމެނީސް ނުވަންނަނަސް ގެއަކަސް. ތިޔައި ހުސް ފިނޑިން. އެއްވެސް އުރައްޕަތެއްނެތް. އަމުދުން ތިޔައިންތިއަކީ މަކަރުން އުޅޭމީހެއް. މުޒާހަރާއަށް ނިކުތަސް އެންމެ މުހިންމު ވަގުތު އޭއްޗެކޭ މީއްޗެކޭ ކިޔާފާ ދެންގޮސް އިންނާނީ ޓީވީއަށްއަރާ.މީމީނާގެ މަކަރަކީ.
ވެރިކަން ބޭނުމަސް ތީ ދެން ބޮޑު ވަރު............. ރީދޫ އިބިލީސް
ވެރިކަމުގެ ދަހިވެތި ކަމުގައި މިހާގިނަ ކުށްކުރި އެއްވެސް އިދިކޮޅު ބައެއް މުޅި ދުނިޔޭގަވެސް ނޯންނާނެ، މިއީ ދުނިޔޭގެ ރެކޯޑެއް ޚާއްޞަކޮށް މިއުޅޭ ރީދޫހުން ޖެހިފަ ތިބި މީހުން ފޮޓޯއިން ތިފެންނަ މީހުންނާއި ކެނެރީގެ ސޮރާއި އަދި މިކަހަލަ ހައެއްކަ މީހުން މިއީ މިކަމުގައި އަރާތިބި ބަޔެއް
އިންތިޔާޒުއަށް މިހާރުފެންނަނީ ކޮންއެއްޗެއްބައި އަދިވެސް މުޒާހަރާކުރޭ ވާނެކަމެއްނޯންނާނނެ ވާނެކަމަކީ ރައްޔަތުންނަށް އުދަގޫވުން