އަރިއަތޮޅުގައި އޮންނަ ހޮލިޑޭ އައިލެންޑް ރިސޯޓަށް ވަރަށް ބޮޑަށް މިއަދު އުދަ އަރައިފިއެވެ. އެރިސޯޓަކީ ވިލާ ކުންފުނީގެ ރިސޯޓެކެވެ.

ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފަކު މިރޭ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މިއަދު މެންދުރު ފަހު 03:30 ހާއިރު ރިސޯޓްގެ ސްޕާ އާއި ހަމައަށް އުދަ އެރި ކަމަށެވެ. އަދި އަތިރިމައްޗާއި ކައިރީގައި ހުންނަ ރޫމްތަކުގެ ދޮރު ކައިރިއަށް ވެސް އުދަ އަރާފައިވެއެވެ.

މޫދާއި އެންމެ ކައިރީގައި ހުންނަ ކޮޓަރިތަކުގައި ތިބި ފަތުރުވެރިން ވަނީ ބައެއް އެހެން ކޮޓަރިތަކަށް ބަދަލު ކޮށްފައެވެ.

އުދަ އެރި ނަމަވެސް އެއްވެސް ފަތުރުވެރިޔަކު ކުރި ކޮޓަރިއަކަށް އުދައިގެ އަސަރު ކޮށްފައެއް ނުވެއެވެ. މިއަދު އުދަ އެރި ނަމަވެސް ރިސޯޓް އޮތީ އާންމު ހާލަތުގައެވެ.

މިއަދު ރާއްޖޭގެ ބައެއް ރަށްތަކެއްގައި ވަނީ އުދަ އެރުމުގެ ސަބަބުން ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. ބައެއް ރަށްރަށުގެ ގެތަކަށް ވެސް އުދައިގެ އަސަރުކޮށް ގެއްލުންތަކެއް ވެފައިވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާމިގިލީ މީހާ

    ރަނގަޅީ ވެސް ގާސިމުގެ ތަންތަނައް އުދަ އަރާވެސް ހަލާކުވިއްޔާ.

    13
    22
    • ޤާސިމް

      ކޮންމެ މީހަކަސް ބަދު ދުޢާ ލިބިގެން ނުވާނެ.....

      10
      19
      • އަމްމަޑޭ މާމިގިލީ

        ގާސިމަކީ 7 އުޑުގެ މަތިން ފައިބާފަ ހުރި މީހެއްތަ. ގާސިމަކީ މިގައުމު ދެކުން ފިރުއައުނު.

  2. ފެންފުށި މީހާ

    މާމިގިލީ މީހުން ލަދު ގަންނަން ޖެހޭނެ ގާސިމަށް ބަދު ދުޢާ ކުރަން.. ކަލޯމެން މިއަަދު ތި ދެކެވޭ ތަރައްގީއަކި ގާސިމްގެ ދީލަތި އެހީތެރިކަން... ތިމާ މީހުންނަށް ބޮޑު ކަމެއް ދިމާވާއިރަށް ދާނެ ގާސިމް ގާތަށް.. އެހެންވީމަ ދެންވެސް އެދެންވީ އެނާއަށް ރަނގަޅު ގޮތް މެދުވެރިކޮށް ދިނުމަށް