ހުޅުމާލޭގައި އިތުރު ސްކޫލެއް އިމާރާތް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ. އެ ސްކޫލް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އިއުލާން ކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ހުޅުމާލޭގައި އައު ސްކޫލްއެއް ޑިޒައިންކޮށް، ކުރެހުމާއި ބީ.އޯ.ކިއު އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާކަމަށެވެ.

މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން މިމަހުގެ 25 ވަނަ ދުވަހު އޮންނާނެކަމަށާއި، ބިޑް ހުޅުވުން އޮންނަނީ އޯގަސްޓްމަހުގެ 1 ވަނަ ދުވަހުކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

ހުޅުމާލޭގައި މިހާރުވެސް ސަރުކާރުގެ ތިން ސްކޫލެއް އަންނަނީ ހިންގަމުންނެވެ. އެއީ ޣާޒީ ސްކޫލާއި، ރެހެންދި ސްކޫލުގެ އިތުރުން މި އަހަރު ހުޅުވި ހުރަވީ ސްކޫލެވެ. މި ތިން ސްކޫލުގެ އިތުރުން އިންޓަރނޭޝަނަލް ސްކޫލަކާއި، ޕްރީ-ސްކޫލެއް ވެސް ހުޅުމާލޭގައި އަންނަނީ ހިންގަމުންނެވެ.

ހުޅުމާލޭގައި އަލަށް ސްކޫލެއް އިމާރާތް ކުރަނީ ކޮން ސަރަހައްދެއްގައި ކަމެއް އެޑިއުކޭޝަން މިނިސްޓްރީ އަކުން ވިދާޅެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެސްކޫލް އިމާރާތް ކުރާނީ ފޭސް-2 ގައެވެ. އެސަރަހައްދުގައި އިމާރާތް ކުރަން ފަށާފައިވާ ގިނަ ފްލެޓްތަކެއް މިހާރު ވަނީ ނިމެން ކައިރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލަބީބު

    ރައީސް ޔާމީން ކަމެއްކޮށްފަ އޮތިއްޔާ އެކަމެއްކުރެވޭތޯ އުޅުން ތިޔައީ ހަމަ ރަގަޅު ކަމެއް!

    14
    • ގުއިގަނގަނުތަޅާ

      ކުރީގެ ރައީސުން ނުކުރާ އާކަމެއް ރައީސު ޔާމީނު އެބައޮތްތަ ކޮށްފަ؟؟ އޮތިއްޔާ އޮތީ ވެސ ްބުރިޖެއް އެވެސް ކުރީގެ ކޮންސެޕްޓެއް ހާއްސަކޮށް ރައީސް މަޢުމޫނުގެ..

      4
      14
  2. ފާތުން

    މާލެއަށް ރާއްޖެތެރެ މީހުން ގިނަކުރަން ކީއްކުރަން އަނެއްކާ އަޅާ ސުކޫލެއްތަ. ?

    11
    8
  3. ބޯ ހަލާކު

    ތިތަނުގަ ދިރި އުޅޭ މީހުންނަށް ލުއި ވާނެ ގޮތް ހަދާބަލަ. ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ހިދުމަތްތައް ބަހާ މާލެ ކޮޅަށް ލުއި ކޮށްލަ ބަލަ

    9
    1
  4. ބަތޫތާ

    ކިހާ ދެރަކަމެއް.މާލޭގައި ތި ސުކޫލުތައް ނާާޅާ ރާއްޖެތެރޭގައިހުރި ސުކޫލުތަކުގަ ރަނގަޅަށް ކިޔަވައިދެވޭތޯބަލާބަލަ.މީކޮންތާކުންއަިސްގެންއުޅޭ މިނސްޓަރެއްތަ؟ރާއްޖެތެރޭ ސުކޫލުތަކުގަ ޓީޗަރުން ހަމަނުވޭ.ގއ.ކޮލަމާފުށީ ސުކޫލުގަ ދިވެހި ކިޔަވައިނުދޭތާ 04 މަސް ވެއްޖެ.ނާސްތާ ޕްރޮގުރާމްވެސް ދަނީ ގޮނު ގޮހޮރަށް.އޯކޭ ހެދުނު ދިރިމެޓަޔެއްގެންދިޔަޔަސް.ކުނި ބިސް ދިނަސް އޯކޭ.ގަރުދިޔަ މަހުގެ ސޭންޑް ވިޗް އަދި ގަރުދިޔަ މަހުގެ މަސްހުނި ދިނަސް އޯކޭ.އެކަން ބަލަހައްޓަން ހުންނަނީ ނާސްތާ ފޯރުކޮށްދޭ ފަރާތުގެ ދައްތަ.ނާސްތާ ފޯރުކޮށްދޭ ފަރާތަކީ މިސަރުކާރުގެ ބާރުހުރި ފަރާތެއްގެ ކޮއްކޮއެއް.ހިތާމަހުރި.

  5. ޓީޗަރ

    ދެވަނަ ފިޔަވަހީގަތަ ސްކޫލް އަޅަނީ؟ މަ ވަރަށ އުފާވެއްޖެ. މަ ބޭނުން ތިޔަ ސްކޫލަށްދާން.

  6. ސަލަަމް

    މިސްކިތެއްވެސް އަޅާބަލަ