ހުޅުމާލެ އިން ފްލެޓެއް ގަންނަން ދައްކާފައި ވާނީ އަމިއްލަ ފައިސާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މުއާޒް ފްލެޓް ގަތް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

އޭސީސީ އިން މައްސަލަ ތަޙްޤީޤު ކުރަން ފެށުމުން މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް ހުޅުމާލޭ ރެނާޓަސް އިން އެޕާޓްމަންޓެއް ގަތުމަށް ޑައުން ޕޭމަންޓަށް ބޭނުންވި 583000ރ ގެ ތެރެއިން 450000ރ ދައްކާފައިވާނީ ބޭންކް މެދުވެރިކޮށް އޭނާ އަމިއްލަ ފައިސާއިން ކަމަށާއި ބާކީ 133000ރ ދައްކާފައިވާނީ އޭނާގެ ޕެންޝަން ސްކީމުން ކަމަށެވެ.

މުއާޒް ފްލެޓް ގަތް މައްސަލަ އޭސީސީއަށް ހުށައަޅާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓް އިންނެވެ.

މުއާޒު ފްލެޓް ގަނެފައި ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި އިންޑިއާ ކުންފުންޏަކުން ހަދާފައިވާ "ރެނާޓަސް އިތާމުތް" އިންނެވެ.

މި މައްސަލާގައި މައްސަލައިގައި މުއާޒް އޭސީސީއަށް ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ. މި މައްސަލަ ބަލަނީ ބީއެމްއެލް މެދުވެރިކޮށް ޝައްކު ކުރެވޭފަދަ ފައިސާގެ މުއާމަލާތެއް އޮންލައިންކޮށް ހަދާފައިވާތީ އެފައިސާއަކީ ކޮންގޮތަކަށް ހޯދި ފައިސާކަން ޔަގީން ނުވާތީ ކަމަށް އޭސީސީ އިން ބުނެއެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ކަރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވެއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހަށް މުއާޒު މަޑަވެލި ދާއިރާއަށް ހޮވިވަޑައިގެންނެވީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ފަހުން ވަނީ ޕީޕީއެމް އަށް ސޮއި ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މޯދީ

    އަހަރެން އިސްލާމިކްބޭންކުގަ ހުރި އަމިއްލަ އެކައުންޓުން 4000ޑޮލަރު ބީއެމްއެލްގެ އަމިއްލަ އެކައުންޓަށް ޖަމާކުރީމަވެސް އެމްއެމްއޭއިން ގުޅާފަ ސުވާލުކުރި، އެކަމަކު އެތައްމިލިޔަންގެ ޓްރާންސަކްތައް ހެދިއިރު އެމްއެމްއޭގެ ތިވިދާޅުވާ ޔުނިޓް ނިދާފަތަ އޮތީ؟

    21
  2. ޒިދުނާ

    ކަލޯތިބުނާ އަމިއްލަ ފައިސާ ހޯދީ ކިހިނެއް.ތި މަޖިލިހަކަށް ހޮވުމުގެ ކުރިން ވަޒީފާއެއް އަދާކުރި މީހެއްނުން.ޔާމީނުބުނާހެން އެފައިސާ މިފައިސާ.ކީކޭ ކިޔަން ތިއުޅެނީ.ގާސިމް އަތުންނެގި ރިޝްވަތުގެ ފައިސާކޮބާ؟

    6
    11
  3. އިބޫ ހުޅުމާލެ

    ތިދެން މެންބަރަކަށް އަދާކުރެވިދާނެ ފައިސާގެ އަދަދެއް، ބަލާދީބަލަ އަދީބު މިލިޔަނަރަކަށްވީގޮތް..

    17
    3
  4. އިބޫ ހުޅުމާލެ

    ތިދެން މެންބަރަކަށް އަދާކުރެވީދާނެ ފައިސާގެ އަދަދެއް، ބަލައިދީބަލަ އަދީބު މިލިޔަނަރަކަށްވީގޮތް؟

    8
    2
  5. މަރީ

    އެންމެންވެސް ދައްއކަނީ އަމިއްލަ ފައިސާ އިންނޭ ކަލޯ މުއާޒް ، އަމިއްލަ ފައިސާ ހޯދާ ގޮތޭ މީގެ މައްސަލަ ދިމާވަނީ

    6
    4
  6. ނަސީރު

    ކަލޭމެން ކިހިނެއް ވެގެން ތިތެޅިބާލަނީ މުއާޒު އެކަނިތަ ފްލެޓް ގަނެފަ ހުރީ...

    19
    2
  7. އަންނި

    އެމުޑީޓީ މީޚުން ހުރިހާ ލާރި އެއް ކަނީ

  8. ވގ

    އާދައިގެމިކަމެތިމީހަކު ތިބެންކައް ރުފިޔާއެއް ޖަމާކުރަން ގޮސްފިއްޔާ މިކޮންފައިސާއެއް ކޮބާ އެގްރިމެންޓް ކޮބާއެވެނި އެއްޗެއް ކުރާސުވާލުތަކުން ބޯހަލާކުވާ ވަރުކުރޭ އެކަމަކު މިމީހުން ނާ ހޭވެސްއަހާނުލާ އަދި އަމުންދުން ބޮޑުއަދަދެއްވިއްޔާ އަންހެނުންވިސް ނާހާނެ

  9. އ. ޖ. އ

    ނާހަމަ ތެދެއް

  10. ޒާލިމް

    މިހާތަނަށް ދުވަހަކުވެސް ވައްގެއް ތިމަންނަ ވައްކަންކޮށްފީމުއޭ ބުނިތަ؟ ކުށެއް ކުރި މީހަކު މިހާތަނަށް ދުވަހަކުވެސް ތިމަންނަ ކުށެއް ކޯށްފީމޭ ބުނިތަ؟ މިސުވާލުގެ ޖަވާބު ހިތާ ހިތާ ކޮށްލީމަ އެވީ.

  11. ދޮގެއް؟

    ތީ އެމްޑީޕީ ވަގެއް ނޫނެއްނު. އަމިއްލަ ފައިސާއެއް ނުހުންނާނެ.

  12. އޭނާރކީ

    އަމިއްލަ ފައިސާ އަކީ ހަރާމް ގޮތުގައި ހޯދާފައިވާ ފައިސާ

  13. ރާޅު

    ކަލޯ ތިބުނީ ކަލޯއަށް ލިބުނު ޖާއިޒް ފައިސާގެ ވާހަކަތަ ؟

  14. އަބޯ

    ނަސީދު ގެވެރިކަމުގަ ކަޒަކިސްތާނުގެ ހާންސަތިރު ހޮޓަލަށް 500 މިލިއަން ޑޮލަރުހާ އަގު ހުރިކަމަށް ބެލެވޭ ދިވެހި ދޮންވެލި ޖީއެމްއާރާ ގުޅިގެން ވިއްކި ކަމަށް ތުހުމަތު ކުރެވޭ އިރު އެކަން ނުބެލިގެން އުޅެނީ ކީއްވެ . އެ ހޮޓަލުގެ ޕްރޮފައިލްގަ އެއޮތީ މޯލްޑިވެސް އިން ދޮންވެލި ކަޒަކިސްތާނަށް އެތެރެ ކުރިވާހަކަ .އެ މީހުންހެދި އާޓިފިސަލް ބީޗް އެހުރީ ފެންނަން އެމީހުންގެ އިމާރާތުގެ ޓޮޕް ފްލޯގަ އެހުރީ ދިވެހިދޮންވެލި ވެސް ކީއްވެ ނުބެލިގެން އުޅެނީ

  15. އަބޯ

    ފައިސާ ހޯދާގޮތް ބަލާކަށް ނުޖެހޭނެ. ފައިސާ ހޯދިގޮތް ސާބިތުވި ކެރަފާ ސައްތާރުވެސް ވީ މުއްސަނދި ވިޔަފާރިވެރިޔަކަށް ދަރިންނަށް ކިޔަވާދިނީ ލަންކާ އިގިރޭސިވިލާތުގަ އެދަރިންގެ ފަރާތުންގައުމަށްޖެހުނީ ބަލާ

    3
    1