އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުން ދޭ ޕެންޝަނުގެ އަދަދު 5000 ރުފިޔާއިން 10000 ރުފިޔާއަށް އިތުރުކުރުމަށް ޕެންޝަނުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހު ޕެންޝަން ޤާނޫނަށް ގެންނަން އެމްޑީޕީގެ މަޖިލިސް މެންބަރުން ދެކޮޅު ހަދައިފިއެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ޖާބިރަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އަދި ބިލްގައި އޮތް ގޮތައް އިނާޔަތް އިތުރު ކުރަން ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ.

ބިލަށް ބަހުސް ކުރައްވަމުން ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވަނީ ޖާބިރު ދައުލަތަށް ނުދައްކަވައި ހުރި ފައިސާ ދެއްކެވުމަށް ގޮވާލާފައެވެ. ޝަހީމް ވިދާޅުވީ ޖާބިރަކީ ދައުލަތަށް ގިނަ ފައިސާ ދައްކަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، އޭނާ ދައުލަތަށް ދައްކަވަން ޖެހިވަޑައިގަންނަވާ ފައިސާ ވީ އެންމެ އަވަހަކަށް ދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ ޝަހީމް ދެއްކެވި ވާހަކައަށް ތާއިދުކުރައްވާފައެވެ. ޝިއާން ވިދާޅުވީ ޖާބިރުގެ ކުންފުނި ޔޮޓް ޓުއާސްއަކީ ދައުލަތަށް ބޮޑު އަދަދަކުން ފައިސާ ދައްކަންޖެހޭ ކުންފުންޏެއް ކަމަށާއި އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ވެސް ނުދޭކަމަށެވެ. ޝިޔާން ވިދާޅުވީ ދައުލަތަށް އެހާ ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކައި ހުރި މީހުން ފައިސާ ދެއްކުމުން އުމުރުން ދުވަސްވީ މީހުންނަށްދޭ ފައިސާގެ އަދަދު 15000 ރުފިޔާއަށްވެސް އިތުރުކުރެވިދާނެ ކަމަށެވެ.

ޖާބިރަށް ފާޑުވިދާޅުވީ އެމްޑީޕީ މެންބަރުންނަށް ރައްދު ދެއްވަމުން ޖާބިރު ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަކީ ވެސް އޭނާގެ އަތުން ގިނަ ފައިސާ ދަރަންޏަށް ނަގާފައިވާ ފަރާތްތަކެއް ކަމަށާއި އެ ފައިސާ އަނބުރައި ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

ޖާބިރު ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މި ބިލަކީ ސަރުކާރުން ހުށަހަޅަން ޖެހޭ ބިލެއް ކަމަށާއި، ދައުލަތުގެ ބަޖެޓް ފާސްކުރުމަށް ފަހު އަހަރުގެ މެދުތެރެއިން މިފަދަ ބިލެއް ހުށަނޭޅޭނެ ކަމަށެވެ. އަދި ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު ވަގުތުން މަޖިލީހުން ބޭރު ކުރުމަށް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

"މިއީ ކުރެވޭނެ ކަމެއް ނޫން. މިއީ އެއްވެސް ގޮތަކަށް ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ގަވާއިދު ލިޔާއިރު ވެސް މި ވާހަކަ ލިޔެފައި އޮންނާނެ. ލިޔާނަން. މި މަޖިލީހުން އިރާދަކުރެއްވިއްޔާ އެ ގަވާއިދު ފާސްވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ މިހާ ބޮޑު އަދަދެއް ކުއްލިއަކަށް އިސްލާހެއްގެ ގޮތުގައި ޖަހާފައިވާއިރު އެފައިސާ ހޯދާނެ ގޮތެއް މެމްބަރުން ވިދާޅުވެފައި ނެތުމުން އިސްލާހަށް ތާއީދު ކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ މި އިސްލާހު ހުށައެޅީ ކޮން ކަހަލަ ދިރާސާއެއްގެ މައްޗަށް ބިނާކޮށްތޯ ސުވާލު ކުރައްވާފައެވެ. މިފަދަ އިސްލާހެއް ގެނައުމުން ސަރުކާރުން އެ ފައިސާ ހޯދާނީ ކޮން ގޮތަކުންތޯ އިލްޔާސް ސުވާލު ކުރެއްވިއެވެ. ޕެންޝަނަށް ދައުލަތަށް ލިބެނީ 90 މިލިއަން ރުފިޔާ ކަމަށާއި މިހާރު އޮތް ގޮތުން ވެސް މަހަކު 105 މިލިއަން ރުފިޔާ އިނާޔަތުގެ ގޮތުގައި ބޭރުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ސްޕަ މެޖޯރިޓީ މަޖިލީހުގައި އޮތުމުން އެމްޑީޕީގެ މެންބަރުން ދެކޮޅު ހަދާނަމަ މިބިލް ފާސް ވުމުގެ އެއްވެސް ފުރުސަތެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރައްޔިތުން

    ހޭހޭ. އެމްޑީޕީން އެ ހެދީ ރަނގަޅަށް. ނުޖެހެ ބޮޑުކުރާކަށް

    32
    27
    • ސަނާ

      ބޮޑުކޮއްދިނަސް ޑަބަލް ބޮޑުކޮށެއް ނުދެވޭނެ ދޮތަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށްވެސް އެހާވަރު ނުލިބޭ

      21
      3
  2. މިގެންދާ19

    މުސްކުޅިންނަދޭ އިނާޔަތަކީ މޑޕއިން ދިރާސާކޮއްފަ ދިންއެއްޗެނޫން ކުރިންވެސް. ކުރިން އެފައިސާ ދިނުމަށް ގާނޫނެހެދީ ރމައުމޫނުގެ ސަރުކާރުން. ފުރަތަ 65އަހަރުވުމުން ރިޓަޔާރ ކުރިމީހުންނަ އިނާޔަތްދިނީ ރމައުމޫނު. 2008ގަ ވެރިކަން ބަދަލުވުމުން ގާނޫނުން އިނާޔަތްދޭން މެދުވެރިވީ މޑޕ ސަރުކާރަށް. އަނެއްކާ އިނާޔަތް ބޮޑުކޮއްދިނީ ތަރައްގީގެ ބާނީ ރޔާމީން. މިއީ އިނާޔަތް ދެވޭނެގޮތް ދިރާސާކޮށް އަދި 5000ހުން 7000ބޮޑުކުރެވޭނެގޮތް އޮތްކަންއެގި ބޮޑުކޮއްދޭން ވައުދުވި ރައީސް ރޔާމީން... މިސަރުކާރަށް މޑޕ އަކަށް ރައްޔިތަކަށް އިނާތެދޭނެގޮތެ ނޭގޭނެ އަދި އާމްދަނީ ހޯދާނެގޮތެވެސް ނޭގޭނެ.ދިރާސާކުރަން މިސަރުކާރުން ގެންގުޅެނީ އުގެއިލުގެ ސޮފްޓްވެއާރ އެކަނި އެއަކަށް ހުރިހާކަމެ ނޭގޭނެ.

    46
    11
  3. ގަސްކަރަ

    ބަބުރު ސޯލިހުގެ ރިޔާސީވައުދު ވެސް ޖަމަލު ފޮޑިޔަށް. އަދި ކަލޭމެން ތިޔަ މަގާމަށް އަންނަން ވެގެން ވީ ވައުދުވެސް ހަމަ އެމަގުން ގޮސް އޮބާލީ. ކެނެރީގޭ ބުރިޖް ދޮހޮއްތޮ ދެއްކި ކަހަލަ ވާހަކައޭ ތިދައްކަނީ މިތިބަ ބީތާއިންތަކާ.. މަ ހީކުރީ ފައިސާތަށް ހޯދާނެ ގޮތް ދަސްކޮށްގެން ކަމަށް ކަލޭމެން ތިތަނަށް ވަދެ ތިތިބީ.. ތިޔައީ ފައިސާ ހޯދާނެ ގޮތް ދަސްކޮށްދޭ އަސާސީ ކްލާސް ހިންގާން ހަދާފައި ހުރި ތަނެއްނޫނޭ.. ހުސް ޅޮސްގަސް // ގައްސާން ނަމަ ނަމަ ފައިސާ ހޯދާނެ ގޮތް ކިޔާނުދޭތި. އިކޯ ސައީދު ވެސް.

    39
    11
  4. ޝަހީމް

    އަހަރެން އެމް.ޑީ.ޕީ އަށް ސަޕޯޓެއް ނުކުރަމެވެ. ނަމަވެސް މިފަހަރު އެމްޑީޕީން އެނިންމީ ރަނގަޅު ނިންމުމެކެވެ. މަސައްކަތު މީހުން އެޑްމިން އޮފިސަރު ފެންވަރު މީހުންނަށް ބުރަ މަސައްކަތްކޮށްގެން މުސާރައަށް ދައުލަތުން ދެނީ އެންމެ 6000 ރ އެވެ. އެކަމަކު ކަމެއްނުކޮށް ގޭގައި އިން 65 އަހަރު ފޯރާމީހާއަށް 10000 ދޭން ހެޔޮވާނެ ހެއްޔެވެ. މުވައްޒަފުން ލިބޭ ކުޑަ އުޖޫރަ ކޮޅުން ދެކޮޅު ނުޖެހި ގަނަ ތެޅެނީއެވެ. މުސްކުޅިން ކާފަދަރައިންނަށް ޗޮކްލެޓްގަތްދީ ދެންވެސް މޮޅުކަންތައް ކުރަނީއެވެ. މިވާހަކަ ދައްކާލާނެ މަޖިލީހު މީހެއް ވަޒީރެއް ނެތެވެ. ރައީސް ޞާލިހެވެ. ދަށްފަންތީގެ މުވައްޒަފުންނަށް އަޅެ މުސާރަ ތަންކޮޅެއް ބޮޑުކޮށްދެއްވަ ބައްލަވާށެވެ.

    34
    15
  5. ޕްރައިވެޓް

    ބަލަގަ ކަލޭމެންނަށް 80،000 ރުފިޔާ ދޭގޮތަށް ކީއްވެ ނުދެވެން ވީ،
    އެފައިސާވެސް ލިބޭ ގޮތް ކަލޭމެންނަށް ހިޔެއް ނުވޭ އިގޭހެނެއް ، އިގޭނަމަ ކަލޭމެންގެ މުސާރަ އަށް 80،000ރ. ނުނަގާނެ،

    45
    6
  6. ސުހައިލް

    އެމްޑީޕީން ދެން މިގައުމަށް އެއްވެސް ކަމެއް ކޮއްނުދޭނެ އެހެން ސަރުކާރެއް އައީމަ ތިވެސް ލިބޭނެ

    42
    9
  7. ޢަލީ އާރިފް

    ހަހަހަަހަ މިއޮތީ ޖާބިރު އެބޭނުންވެގެންއުޅުނު ސުރުޙީ ވަގުތު ނޫހުން އަޅައިދީފަ ދެން އަތް ޖަހާ، ދެން އަތްޖަހާ، ދެން އެންމެން އަތްޖަހާ

    17
  8. 1111

    ބުއްދި ތަޣައްޔަރު ވެގެން އުޅޭ ބަޔަކު ނޫނީ ދައުލަތެއްގެ ޚަޒާނާއިން އެއްވެސް ހަމައެއް ލަމައެއް ނެތި ޚަރަދުކޮށް އިސްރާފް ކުރާކަށް ބާރު ނާޅާނެ! ދުވަސްވީ މީހުންނާއި ނުކުޅަދޭ މިހުންނަށް އެއްޗެއް ދިނުން ބޭނުންތެރި. އެކަމަކު އެ ފަރާތްތަކުގެ ދަތިކަން ފިލުވައި ދިނުމުގެ މާނައެއް ނޫން މާ ބައިވަރު ފައިސާ ދިނުން! ދައުލަތުގެ ހަޒާނައަށާއި ދެން ކުރަން ހުންނަ ކަންކަމަށާއި ބައިވަރު ފައިސާ ދިނުމުން އެއިން ނުކުންނަ ނޭދެވޭ ކަންތައްތަކަށްވެސް ވިސްނަން ޖެހޭ! މި މީހުންގެ އޮތް ޒިންމާއަކީ މީސްތަކުންގެ އިހުސާސްތަކާ ގުޅިފައިހުންނަ އެފަދަ ކަންތައްތައް ނަގައިގެން އޭރުގެ އޮންނަ ދައުލަތަކަށް ޖެއްސުންކޮށް ދަތިކުރުން. މީހުންގެ ހިތުގައި ދައުލަތާމެދު ނަފުރަތު އުފެއްދުން. ދޭތެރެ ޖެއްސުން.
    މިހާރުވެސް އެ ފަރާތްތަކަށް ދެވޭ ފައިސާ މަދެއްނޫން. ނިސްބަތުން ގިނަ ފަރާތްތަކަށް 5000ރ މާ ބޮޑަށްވެސް ގިނަ. ތީގެ ރަނގަޅު ގޮތަކީ އިތުރަށް ދޭން ބޭނުން ޖެހިފައިވާ ފަރާތްތަށް ކަށަވަރުކޮށް އެފަރާތްތަކަށް މާލީގޮތުންވިޔަސް އަދި އެހެނި ގޮތްގޮތުން ވިޔަސް އެހިތެރިވެ ދިނުން. ކިތަންމެ ގިނައިން ދިނަކަސް ޝުކުރުވެރިވާން ނޭގޭ ބަޔަކަށް ލިބޭމިންވަރަކުން ނުވާނެ! ރމ ގެ މެންބަރުން ހަރުދަނާ ގޮތެއްގައި މަސައްކަތް ނޮކޮށް ހުސް އަނގަ ތެޅީމެ ވީތޯ!

    11
    2
  9. 1111

    އަނެއް ކަމަކީ 65 ވީއޭ ކިޔާފަ ހުރިހާ އެންމެންނަކަށް ދޭންޖެހޭ އެއްޗެއް ނޫން އެއަކީ. ލިބެންޖެހޭ ހައްޤު ފަރާތްތަކަށް ދޭންވީ. ލިބިގެން ފުދިގެން އުޅެމީހާ އަކަށް ނޫންދޭންވީ.

    17
    2
  10. ޖިމް

    ސިވިލްސާވިސް މުވައްޒިފުންގެ މުސާރަބޮޑުކޮށްދީ...ހެއުނުވާނެ?????

    18
    2