ފުވައްމުލަކު ވަށައިގެން އޮންނަ ރިންގްރޯޑާއެކު އެ ސިޓީގެ 31 މަގެއް ރަނގަޅު ފެންވަރަށް ހަދައި ތާރު އަޅަން އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.

270 މިލިއަން ރުފިޔާގެ މި މަޝްރޫގެ ދަށުން ފުވައްމުލަކުގައި 16 ކިލޯމީޓަރުގެ މަގު ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ފުވައްމުލަކުގެ ވަށައިގެން އޮންނަ ރިންގް ރޯޑުގައި ތާރު އެޅުމުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި ސަރުކާރުން ބޭނުންވަނީ ފުވައްމުލަކުގައި ތަައްޤީކުރާ މަގުތަކުގެ ބޭސް ލޭޔާގައި ހިލަ ބޭނުންކޮށްގެން އެންމެ ޒަމާނީ ފެންވަރަށް ހެދުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެހެންކަމުން ކުރިން މި މަޝްރޫއަށް ކަނޑައަޅާފައިވާ އަގަށްވުރެ 20 އިންސައްތަ މިހާރު ބޮޑުވާނެ ކަމަށެވެ.

އެންމެ ޒަމާނީ ފެންވަރަށް ފުވައްމުލަކުގެ މަގުތައް ހެދުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާއިރު މި މަސައްކަތަކީ އެ ރަށުގެ ރައްޔިތުންގެ އުއްމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަސައްކަތަކަށް ވާތީ ވީ އެންމެ ބާރުމިނެއްގައި އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އެމްޓީސީސީން ވިދާޅުވެ އެވެ.

ފުވައްމުލަކުގެ ރިންގްރޯޑުގެ މަސައްކަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ފަށާފައިވާ މަސައްކަތެކެވެ.

އެހެން ނަމަވެސް ސަރުކާރު ބަދަލުވުމާއެކު އެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން މި ފެށީ ފުވައްމުލަކުގެ ރައްޔިތުން އެ މަސައްކަތް ފެށުމަށް ސަރުކާރަށް ބޮޑެތި ޕްރެޝަރުތަކެއް ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޞިރާޠު

    ފަންޑުހަމަޖައްސާ ރައީސް ޔާމީން ފައްޓަވާފައިވާ މަސައްކަތެއް ހުއްޓުވައިލީ މި ސަރުކާރުން ނަން ހޯދަންވެގެން. އަލުން ފެށިއެއްކަމަކު މަސައްކަތަކީ ރައީސް ޔާމީންގެ މަސައްކަތެއް! އޮޅުވާލެވޭނީ ވަކި ބަޔަކަށް!

    10
    1
  2. ސައްޔިދު ދީދީ .

    ރިންގ ރޯޑްގެ ބޮޑު ބައެއް ޔާމީންގެ ވެރިކަމުގައި އެއްފަރާތުގައި ޕޭމަންޓް ހަދާގޮތަށް ކާނުއަޅާ މަގު ލެވެލްކޮށް ތާރު ފަތުރާލުން ނޫން ހުރިހާ ކަމެއް ވަނީ ނިންމާފަ. ޔާމީންގެ ސަރުކާރުގަ އެމަގުގެ ތާރަ އަޅަން ނިންމީ މިމަގަކީ ފުވައްމުލައްދެމި އޮތްހާ ހިނދަކު ދަތުރު ކުރާނެ މައި މަގު ކަމަށް ވިސްނާ މިވަގުތަށް ފުޅާކުރެވެން ހުރި މިންވަރަށް ފުޅާކޮށް. ނަމަވެސް މިސަރުކާރުގައި މިމަގު ހަދަނީ އެތައް ތަނެއް ހަނިކޮށްފަ. ބުނެވޭ ގޮތުން 6 ފޫޓް ހަނިކޮށްފަ. މިއީ ވިސްނުމެއް ނެތި ފުވައްމުލަކު ރައްޔިތުންނަށް ދެވޭ ބޮޑު ގެއްލުމެއް. ތަރައްޤީގެ ނަމުގަ ވެވޭ އިހުމާލެއް. މަދު ދުވަސް ކޮޅެއްގެ ތެރޭގަ ފަޅު ރަށަކަށް ވަނީތޯ؟ ތަރައްޤީގެ ވިސްނުމަކީ ޚަރަދު ކުޑަ ކުރަން ދެކޮޅު ނުޖެހޭ ގޮތަށް މިފަދަ މަޝްރޫޢު ހިންގުންތޯ؟ ސަރުކާރާ އެއްކޮޅު ވިޔަސް ދެކޮޅު ވިޔަސް އެރަށެއްގެ ތަރައްޤީގައި ރަށަށް ލިބެން ޖެހޭ އެއްބާރު ލުމަކީ ގުޅި އެއްވިސްނުމެއްގަ ދުރުމުސްތަގްބަލަށް ވިސްނުން ކަމަށްވީއިރު ސަރުކާރު ބޭނުންވާ ގޮތަކަށް ދީލާލުންތޯ ރަށަށް ފައިދާ ހުރި ގޮތަކީ؟ އިދިކޮޅުޕާރޓީ ކޮބަތޯ ބަހެއް ނެތީތޯ؟ ލާމު ރިންގް ރޯޑުވެސް ކުޑަ ކުރަންވީތޯ؟ ވިސްނަންވީ ތިމާ އާއިދަރިންގެ ދަރިންގެ މުސްތަގްބަލަށް ދޮގެއްތޯ؟

    3
    1
  3. ލަކީ

    ޙުރިހާކަމެއް ކުރީގެ ސަރުކާރުން ފެށިވާހަކަ ދަންނަވާލަން
    ޢޮތީ ޔާމީން ސަރުކާރުން ކޮންްމެ ކަމެއްވެސް ފެށީ އިންތި
    ޙާބާ ކާރި ކޮއްފަ އާންމުކޮށް އިންތިހާބު ބާއްވަން ތިންމަހަށްވީމަ ކިހިނެއް ތިންމަހުން ޕުރެޖެކްޓް ތަށް ނިން މާނީ ހަމަ އެގޮތަށް ހިތަދޫގެ ނަރުދަމާވެސް އަޅަން ފެށީ
    މަގުމަތިން ޕާޓޭ ކުދިން ނަގައިގެން ރެޔާދުވާލު މަސައްކަތް ކުރީ ކިހިނެއް ތިންމަސް ތެރޭ ނަރުދަމާ އަޅާނީ
    އެއްވެސް ތަޖުރިބާ އެއްނެތް ބަޔަކު ލައްވާ މަސައްކަތް ކުރުވީ
    ދެންހަމަ ހިތަދޫ ނަރުދަމާ ގެ ހިދުމަތް މިސަރުކާރުން ދޭ އިރަށް ބުނާނެ ކުރީގެ ސަރުކާރުން ފަށާފަ އޮތް މަސައް ކަތެކޭ

    1
    4