މާލެ ސިޓީގެ ތިން ތަނެއްގައި ވެންޑިން މެޝިން ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިިމިޓެޑް (އެމްޕީއެލް)އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާލެ ސިޓީގެ ތިން ތަނެއްގައި ވެންޑިން މެޝިން ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެ ކުންފުނިން ވެންޑިންގ މެޝިން ބަހައްޓަން ބޭނުންވާ ތިން ސަރަހައްދަކީ
  • މާލޭ ބަސްޓާމިނަލް
  • ހުޅުމާލޭ އިންޓަރނޭޝަނަލް ޓާމިނަލް
  • ޕޯޓް ބިލްޑިންގ

އަދި މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހަފްތާގެ ބުދަ ދުވަހުގެ 15:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދޭކަމަށް އެ އިއުލާނުގައި ވެއެވެ.

ވެންޑިންގ މެޝިނަކީ ފައިސާ ދެއްކުމުން، ބޭނުންވާ ލުއިކާނާ އާއި ފިނި ބުއިންތައް ލިބޭ އަދި އަމިއްލައަށް އޮޕަރޭޓްކުރާ މެޝިނެކެވެ.