ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުުުުުމެއް އާދިއްތަ ދުވަހަށް ތާވަލްކޮށްފި އެވެ.

މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވާއިރު، މި ޝަރީއަތުގެ އަޑުއެހުން އެންމެ ފުރަތަމަ ތާއާވަލް ކުރީ މިދިޔަ ބުރާސްފަތި ދުވަހަށެވެ.

ނަމަވެސް އެ ދުވަހު އޮތީ އަޑުއެހުމެއް ނޫން ކަމަށާއި، ބަޔާންތަކެއްގައި ސޮއި ކުރުން ކަމަށް ޔާމީންގެ ވަކީލް ވިދާޅުވިއެވެ.

މި މައްސަލައިގެ ޝަރީއަތެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.

އެދުވަހުގެ އަޑުއެހުން ނިންމާލީ ދައުލަތަށް ދައުވާ ސާފުކޮށް ނުދެވުމުން ދެން އޮންނަ އަޑުއެހުމެއްގައި ދައުވާ ސާފު ކޮށްދިނުމަށް ފުރުސަތު ދިނުމަށެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިން މައްސަލައިގެ އިބްތިދާޢީ އަޑުއެހުމެވެ. މި މައްސަލައިގެ ޝަރީޢަތް ފަށާނީ މިއީ ކުރިއަށް ގެންދެވިދާނެ ދައުވާއެއްތޯ މަދަނީ މިންގަނޑުތަކުން ބެލުމަށް ފަހު އެވެ.

ޔާމީންގެ މައްޗަށް މިދައުވާ އުފުލާފައި ވަނީ އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަދުރޭ_09

    ދެން އިތުރު ޝަރިޢަތެއް ނުކޮށް ގެންގޮސް ގޮޅީގަ ބާއްވަބަލަ... ތީ ކުޅަގޮޅީގަ އޮންނަން ޖެހޭ ސޮރެއް...

    4
    54
  2. ނައީމް

    ސަރުކާރުން ފޮނުވާ ވަކީލުން ހަމަ ސުމެއް...ތަންދޮރު ނޭގޭ ވަކީލުން ފޮނުވަިއިގެން ޔާމީން ދުވަހަކު ނުބެދޭނެ. ދުވަހަކު އެމްޑީޕީ ސަރުކާރުން ނުވަތަ އެމްޑީޕީން ފިނުވާ މީހަކު ކުރާ ދައުވާ މީހެއްގެ މައްޗަށް ސާބިތުވެއެއްނެތް. ކޮބާ ލަދު...ޔާމީން މައްޗަށް މިފަހަރު ކަމެއް ސާބިތު ނުވެއްޖެއްޔާ ސަރުކާރު އެއްކޮށް ނުވަތަ ރައީސާއި ނައިބްރައީސް އިސްތިއުފާ ދޭންޖެހޭނެ...އެ ބަނދިވަރު ގޮވައިގެން ރައްޔިތުން މަޤާމުދިނީ.

    36
    1
  3. އަލް ނޫރު

    މި ސަރުކާރުން އަސްލު މީހާ ދޫކޮއްފަ ޔާމީނު ބޮލަށް ކަނޑަން ތީތި ކަޑަ އޭ އަދީބާ ޑީލު ހެދީ....މިތިބީ ބަލާށޭ....

    49
    2
  4. ގލޅ

    ރ ޔާމީން ތާށިކުރަން މަކަރުވެރި މަޅިތައް ޖަހައި
    ގެން ތިކުރާ ކުރާމަސައްކަތް ފޭލްވާނެއެވެ ތިމާ މީހާގެ މައްޗަށް ދައުވާކުރެވި ޝަރީޢަތުން އަދަބު
    ލިބޭދުވަސް އޮތީ ވަރަށް ކައިރީގައެވެ ރ ޔާމީން
    ވެރިކަމަށް ވޑައިގެން އެޝަރީޢަތައް ކުރިއަށް
    ގެންދަވާނެއެވެ.

    33
    • ގަމާރުމޯލްޑިވިއަންއަ

      އުއްމީދު ދޫކޮށްނުލާތި

  5. ޢަލީ

    ކީއްވެތަ އަޅައިގަނެގެން ނެއްޓެންނޭނގިގެން ތިތިބައުޅެނީ ތަރާވީހަކަސް ހާރަކަސް ދަމަކަސް ޔާމީނު ބިރުގަންނަނީތަ؟ ހާދަހީވެޔޭ ތިމާމެން ކިީހުރިހާ ބަނދިވަރެއް ދޮގުވީމަ ޖަލުގައޮތް އަދީބު ދަތެދުވެރިޔާ ނެރެގެން ހަމަހޭބަލިވަނީ ޔާމީނުގެ މައްޗައް ކަމެއްސާބިތުނުވެގެން..ތެޅޭނެ ކަމެއްނެތް ދެނެއްރައްޔިތުން ތިޔަބައިމީހުނަކަށް ވޯޓެއްނުއްނުދޭ ކުރާކަމެއްނެއް އެއްކަމެއްވެސް އެއްމެން ދުނުޔެބަލާލަން ބުރުޖަހާލަނީ ކަމެއްނުކޮއް ޔާމީނު ބޮލައްހުރިޙަކަމެއް ޖަހަނީ

  6. Anonymous

    އެއީ ކީއްވެޔޯ؟ކަލޭ ތިހެން ބުނީމަ؟ ކުށެއް ނުކުރަންޏާ ގޮޅިއަކަށް ނުލެވޭނެ ކަލޭމެންނަށް ހަޖަމް ނުކުރެވުނަކަސް.

    5
    1
    • މޮޔައެނޮނިމަސް

      ބޮޑެތި ބޮޑެތި ވައްކަން ކޮށްފާ އެހެރީ

  7. މުހައްމަދު

    ކިހާބޮޑުވެއްޖެކަމެއް މިމީހުން ކުރާވައަކަންތަކުގަ މަތިޖަހަން ގެންގުޅޭ މަތިގަނޑު ޔާމިނުގެ ޝަރީއަތަކީ މިވީހާތަނުގަ ކުރި އެއްވެސް ކަމެއް ފުލްޕަވަރު ބޭނުންކޮށްގެންވެސް ސާބިތެއް ކުރެވުނީކީނޫން ހަމަހުސްދޮގު މިހާރުޔަގީންވެއްޖެ މީ ހަމަ ނާގާބިލްސަރުކާރެއްކަން ހުސް އެކްޓިވިސްޓުންވީމަ ކުރާނީ އަދި ކުރެވޭނެކަމެއް އޮންނާނެތަ ނޯންނާނެ މީ މިކަމުގަ އުޅޭމީހުން ސަރުކާރުން ވަގަށް ޚަޒާނާ ނަގާ ހުސްކުރުން

    10
  8. ވވ

    އިބޫ ކޭ ލާރިކޮބާ

    16
  9. ސަނަމް

    ވެރިކަމަށް އައީ ޔާމީނު މިދިވެހިރާއްޖެ ތަރައްޤީކޮށް އެކަމާ އަވަދި ނެތި އުޅެނިކޮށް. އެމަނިކްފާނު ގެ ތަރއްޤީ ރައްޔިތުން ބަލައިގަނޭ. އެމަނިކްފާން ދިވެހިރާއްޖޭގެ ވެރިކަމުގައި ހުރި ފަސްއަހަރަކީ ދިވެހިރާއްޖެއަށް ތިޔާގިކަން ގެނެސްދެއްވި ފަސްއަހަރު. ދިވެހި ރައްޔިތުންނަށް އުއްމީދު ތަކެއް ގެނެސްދެއްވި ފަސްއަހަރު. މުޅި ރާއްޖެއަށް އައިސްފާ އޮތް ފަޅުކަން ފަޅުވިލުއްވައި ލެއްވި ފަސްއަހަރު .ވެރިކަމެއް ކޮށް ޤައުމު ތަރއްޤީއެއްކުރާކަން އެނގިފެނި ލޮލުން ފެނުނު ފަސްއަހަރު . މިޙަޤީގަތް އޮޅުވައެއްނުލެވޭނެ. އެކަމަކު އެމްޑީޕީ އާ އެޕާޓީއަށް ބައިޢަތު ހިއްޕެވި ބޭފުޅުން ރައްޔިތުން ގުނބޯ ހައްދައިގެން ވެރިކަން ހޯދުމަށް ބޭނުންކުރި ޝިޢާރަކީ ޔާމީންގެ ވައްކަމާ ކަރަޕްޝަނާ މެރިމީހުން ހޯދާ ދޭނެކަމަށް. ދެއްކުނު ވާހަކަ ތެދުކުރުމަށް އެމީހުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. ހިތުގެ ހުރި ހަސަދަ ފިލުވުމަށް އެމީހުންބޭނުްވާބަޔަކު ކޮމިޝަނާ ޙަވާލުކޮށްގެން އެމީހުން ބޭނުންގޮތަކަށް ޝަރީޢަތް ކޮށް ޔާމީން ޖަލަށްލިޔަކަސް ތީ އިންސާފުވެރި ޝަރީޢަތެކޭ ނުކިޔޭނެ.ތިޔަށް ބުނެވޭނީ ބޭއިންސާފުން ހިންގާ ޖަރިމާއެކޭ. އެއްބަޔަކު ޝަރީޢަތް ކުރަން އެއްބަޔަކު ހެކިދޭން އެއްބަޔަކު ޖަލަށްގެންދަން. މި ގޮތް ކަމުނުގޮސްގެން އައިސަރުކާރުގެ ކަންތައް މާބޮޑު. ކީހާ ޅެން ފަރިއްސަށްވީނުންތަ؟

  10. ޖިމް

    މިމުނާފިގު ސަރުކާރަށް ފިލާވަޅެއް ލިބޭނެ.މިބައިގަނޑު އައްޑޫގެ ކޮންވެންޝަން ސެންޓަރު އެޅުމަށް ނުވަސަތޭކަ މިލިއަން ރުފިޔާ ހޭދަކުރިގޮތް ބަލަން ކެރޭނެތަ؟ ބިޑަކާ ނުލާ އަތުން އަތަށް ދީގެން ކަންތައް ކޮށްފަހުރީ. ބަޖެޓްގައިނުވެސް ހިމެނޭ ފައިސާ އެކްޓިވިސްޓުންނަށް ބަހައިގެން ކުރިކަންތައް ބަލަނީ ކާކު؟ އެއީ އިންސާފުން ކޮށފަ އޮތްކަމެއްތަ؟. އިންސާފުން ޝަރިޢަތެއް ކުރަންޏާ އެކަން ނިކަން ކޮށްބަލަ.މިރާއްޖޭގެ ސިފައިން އެރިއަތްވާ ގެރި ހާވާރެއެއްގައި އެމަސައްކަތްކުރީ. ފައިސާ ކެއީ އެހެންބަޔަކު.

  11. ތަރަހަ

    މިސަރުކާރުޔާމިނުގެނުބައިކަންދަްކންކުރާހުރިހާ ކަމެއްދަނީފަނުފުލުން.ﷲހުރިހާކަމެއްމޮޅަށްދެނެވޮޑިގެންވޭ.

  12. ފާއިޒް

    ހޭބަލި ވެގެން ނޫޅެ މިނިމަން ވޭޖް ކަނޑައަޅާބަލަ މީ މިޤައުމަށް ޖެހިފަ އޮތް މުސީބާތެއް ފަދަ ސަރުކާރެއް......